Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހޮރްމޫޒް ގަރާރު

ހޮރްމޫޒް ކަނޑުއޮޅި އާ ގުޅޭގޮތުން އދ އަށް ހުށަހަޅާފައިވާ ގަރާރު ރާއްޖެއިން ކޯ-ސްޕޮންސާ ކޮށްފި

މި ގަރާރަކީ ބަހުރައިން، ކުވައިތު، ޤަތަރު، ސައޫދީ އަރަބިއްޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަދި ޖޯޑަން އިން އިސްނަގައިގެން ހުށަހަޅާފައިވާ ގަރާރެއް. ގަރާރުގެ މައިގަނޑު މަގުސަދަކީ ހޮރްމޫޒު ކަނޑުއޮޅި ހިމެނޭ ސަރަހައްދުގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމާއި، ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން އުޅަނދުފަހަރަށް މިނިވަންކަމާއެކު ދަތުރުފަތުރުކުރުމުގެ ހައްގު ކަށަވަރުކުރުން.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 16 މެއި 2026 | ހޮނިހިރު 06:47
ބަންދަރު އައްބާސް ކައިރީގައިވާ ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރަމުންދާ އުޅަނދު ފަހަރު.

ބަންދަރު އައްބާސް ކައިރީގައިވާ ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރަމުންދާ އުޅަނދު ފަހަރު. | ރޮއިޓާސް

ހޮރްމޫޒް ކަނޑުއޮޅީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ގަލްފުގެ ގައުމުތަކާއި ޖޯޑަން ގުޅިގެން އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރުގައި ދިވެހިރާއްޖެއިން ބައިވެރިވެ، އެ ގަރާރު ކޯ-ސްޕޮންސާ ކޮށްފި އެވެ.

މި ގަރާރަކީ ބަހުރައިން، ކުވައިތު، ޤަތަރު، ސައޫދީ އަރަބިއްޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަދި ޖޯޑަން އިން އިސްނަގައިގެން ހުށަހަޅާފައިވާ ގަރާރެކެވެ.

މި ގަރާރުގެ މައިގަނޑު މަގުސަދަކީ ހޮރްމޫޒު ކަނޑުއޮޅި ހިމެނޭ ސަރަހައްދުގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމާއި، ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން އުޅަނދުފަހަރަށް މިނިވަންކަމާއެކު ދަތުރުފަތުރުކުރުމުގެ ހައްގު ކަށަވަރުކުރުމެވެ. މީގެ އިތުރުން، ބައިނަލްއަގުވާމީ ވިޔަފާރިއާއި މުދާ އުފުލާ ނިޒާމުތަކަށް ކުރިމަތިވާ ހުރަސްތައް ނައްތާލައި، އެ ނިޒާމުތައް ހިމާޔަތްކުރުމަކީ ވެސް މި ގަރާރުގެ މުހިންމު ބައެކެވެ.

ދިވެހި ސަރުކާރުން މި ގަރާރު ކޯ-ސްޕޮންސާ ކުރަން ނިންމި ނިންމުމާ ގުޅޭގޮތުން ބުނެފައިވަނީ، މީގެ ސަބަބުން "ޔުނައިޓަޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ" (އަންކްލޮސް) ހިމެނޭހެން ކަނޑުގެ ގާނޫނުތަކާ ގުޅޭގޮތުން ރާއްޖެއިން ގަބޫލުކުރާ އުސޫލުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި ކަނޑުގެ ގާނޫނުގެ ދަށުން ރާއްޖެ ފަދަ ޖަޒީރާ ނުވަތަ އާޗިޕެލަޖިކް ގައުމުތަކަށް ލިބިގެންވާ ހާއްސަ ހައްގުތަކާއި އިހްތިސާސްތަކަށް މި ނިންމުމުގެ ސަބަބުން އެއްވެސް އުނިކަމެއް ނާންނާނެކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފަ އެވެ.

 ގަލްފުގެ މަސްރަހު އިތުރަށް ގޯސްވިޔަނުދީ ހިފެހެއްޓުމަކީ ބައިނަލްއަގުވާމީ އިގްތިސާދަށް ނުހަނު މުހިންމު ކަމެއްކަން ފާހަގަކުރައްވައި، ދިވެހި ސަރުކާރުން ވަނީ މުދާ އުފުލާ ނިޒާމުތަކަށް ކުރިމަތިވާ ގޮންޖެހުންތައް ކުޑަކުރުމަށް ބާރުއަޅާ ފައެވެ. ހޮރްމޫޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ހަކަތަ އާއި ވިޔަފާރީގެ މުހިންމު ރާސްތާއަކަށް ވާތީ، އެ ސަރަހައްދުގެ ހަމަޖެހުމަކީ ރާއްޖެ ފަދަ އިމްޕޯޓަށް ބަރޯސާވާ ގައުމުތަކުގެ އިގްތިސާދީ ރައްކާތެރިކަމާ ވެސް ގުޅިފައިވާ ކަމެކެވެ.

ހޮރްމޫޒް ކަނޑުއޮޅިސެކިއުރިޓީ ކައުންސިލްގަލްފު ގައުމުތައްޖޯޑަންއދ ގެ ސަލާމަތީ މަޖިލިސް

އިތުރަށް ކިޔާލަން

13 މެއި 2026

ހޮރްމޫޒް ކަނޑު އޮޅީގައި ފްރާންސް އާއި އިނގިރޭސިވިލާތުން ކުރިއަށް ގެންދާ މިޝަންގައި އޮސްޓްރޭލިއާ ބައިވެރި ވަނީ

13 މެއި 2026
ހޮރްމޫޒް ކަނޑު އޮޅީގައި ފްރާންސް އާއި އިނގިރޭސިވިލާތުން ކުރިއަށް ގެންދާ މިޝަންގައި އޮސްޓްރޭލިއާ ބައިވެރި ވަނީ
13 މެއި 2026

ހޮރްމޫޒް ކަނޑު އޮޅީގެ މައްސަލައިގައި އެމެރިކާ އާއި ޗައިނާ އެއްބަސްވުމަކަށް

13 މެއި 2026
ހޮރްމޫޒް ކަނޑު އޮޅީގެ މައްސަލައިގައި އެމެރިކާ އާއި ޗައިނާ އެއްބަސްވުމަކަށް
09 މެއި 2026

ހޮރްމޫޒް ކަނޑު އޮޅީގެ ކޮންޓްރޯލް އޮތުމަކީ، އެޓޮމިކް ބޮމެއް އޮތުން ކަހަލަ ކަމެއް: އީރާން

09 މެއި 2026
ހޮރްމޫޒް ކަނޑު އޮޅީގެ ކޮންޓްރޯލް އޮތުމަކީ، އެޓޮމިކް ބޮމެއް އޮތުން ކަހަލަ ކަމެއް: އީރާން
08 މެއި 2026

ޔޫއޭއީއަށް ދިން މިސައިލް ހަމަލާ ހުއްޓުވައިފި ކަމަށް އެ ގައުމުން ބުނެފި

08 މެއި 2026
ޔޫއޭއީއަށް ދިން މިސައިލް ހަމަލާ ހުއްޓުވައިފި ކަމަށް އެ ގައުމުން ބުނެފި
07 މެއި 2026

ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިން ހުށަހަޅާފައިވާ ކަންކަމަކީ ކޮބާ؟ އީރާނުން އެކަންކަމަށް އެއްބަސްވާނެތަ؟

07 މެއި 2026
ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިން ހުށަހަޅާފައިވާ ކަންކަމަކީ ކޮބާ؟ އީރާނުން އެކަންކަމަށް އެއްބަސްވާނެތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު