Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ޑްރޯން ހަމަލާއެއްގައި އިރާގުގައި ތިބި ފަރަންސޭސި ސިފައިންގެ މީހަކު މަރުވެ، އިތުރު ސިފައިންތަކެއް ޒަޚަމްވެއްޖެ

13 މާރިޗު 2026 | ހުކުރު 02:28

އިރާގުގައި ހަރަކާތްތެރިވާ ފަރަންސޭސި ސިފައިންނަށް އަމާޒުކޮށް ދިން ހަމަލާއެއްގައި އެ ގައުމުގެ އޮފިސަރަކު މަރުވެ، އިތުރު ބަޔަކަށް އަނިޔާވުމާ ގުޅިގެން ރައީސް މެކްރޮން ވަނީ ހިތާމަ ފާޅުކުރައްވާފައި. އައިއެސްއާ ދެކޮޅަށް މަސައްކަތްކުރާ މި ސިފައިންނަށް ދިން ހަމަލާއަކީ އީރާނުގެ ހަނގުރާމައާ ގުޅުވައިގެން ދިން ހަމަލާއެއް ނަމަވެސް، އެއީ މިފަދަ އަމަލެއް ހިންގުމަށް އޮތް އުޒުރެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި.

ރާއްޖެ އެމްވީ | 13 މާރިޗު 2026 | ހުކުރު 02:28
އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ހަމަލާ ދިނުމުގައި ބޭނުން ކުރާ ޑްރޯންގެ މަންޒަރެއް.

އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ހަމަލާ ދިނުމުގައި ބޭނުން ކުރާ ޑްރޯންގެ މަންޒަރެއް. | ތަސްނީމް ނިއުސް އޭޖެންސީ

އިރާގުގެ އުރުބީލް ސަރަހައްދުގައި ދިން ޑްރޯން ހަމަލާއެއްގައި ފަރަންސޭސިވިލާތުގެ ޗީފް ވޮރަންޓް އޮފިސަރަކު މަރުވެ، އިތުރު ސިފައިންތަކަކަށް އަނިޔާވެފައިވާކަން އެ ގައުމުގެ ރައީސް އިމަނުއަލް މެކްރޮން އިއުލާން ކުރައްވައިފިއެވެ. ރައީސް މެކްރޮން ވަނީ މި ހަމަލާއަކީ އީރާނާއެކު ހިނގަމުންދާ ހަނގުރާމައާ ގުޅުންހުރި ހަމަލާއެއްކަމަށް ވިދާޅުވެފައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މެކްރޮން ވިދާޅުވީ، މަރުވި ސިފައިންގެ މީހާގެ އާއިލާއަށާއި އޭނާއާއެކު މަސައްކަތްކުރި ސިފައިންނަށް، މުޅި ގައުމުގެ ފަރާތުން ހަމްދަރުދީއާއި ތައުޒިޔާ ފޮނުއްވާ ކަމަށެވެ.

މީގެ އިތުރުން، މި ހަމަލާގައި ފަރަންސޭސިވިލާތުގެ އިތުރު ސިފައިންތަކަކަށް އަނިޔާވެފައިވާ ކަމަށާއި، ފަރަންސޭސި ސަރުކާރު އޮތީ އެ ސިފައިންނާއި އެމީހުންގެ އާއިލާތަކާއެކު ކަމަށްވެސް ރައީސް މެކްރޮން ވިދާޅުވިއެވެ.

ފަރަންސޭސި ސިފައިން އިރާގުގައި ތިބެނީ ހަރުކަށި ފިކުރުގެ އައިއެސް ޖަމާއަތާ ދެކޮޅަށް ކުރާ މަސައްކަތުގެ ތެރެއިން ކަމަށް ރައީސް މެކްރޮން ފާހަގަކުރެއްވިއެވެ.

ރައީސް މެކްރޮން އިތުރަށް ވިދާޅުވީ، އީރާނުގައި ހިނގަމުންދާ ހަނގުރާމައަކީ މިފަދަ ހަމަލާތަކެއް ދިނުމަށް އޮތް އުޒުރެއް ނޫން ކަމަށެވެ.

އިރާގުއުރުބީލްއެމެނުއެލް މެކްރޮންފްރާންސްއީރާން-ޔޫއެސްއޭ-އިޒްރޭލް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

13 މާރިޗު 2026

އިރާނުން ބަހްރެއިންގެ އެމެރިކާގެ ނޭވަލް ބޭސްއަށް ހަމަލާދީފި

13 މާރިޗު 2026
އިރާނުން ބަހްރެއިންގެ އެމެރިކާގެ ނޭވަލް ބޭސްއަށް ހަމަލާދީފި
13 މާރިޗު 2026

އީރާނާއި ލުބްނާނަށް އިޒްރޭލާއި އެމެރިކާ އިން ދެމުންދާ ހަމަލާތައް އދ. ގެ މިނިވަން މާހިރުންގެ ޕެނެލަކުން ކުށްވެރިކޮށްފި

13 މާރިޗު 2026
އީރާނާއި ލުބްނާނަށް އިޒްރޭލާއި އެމެރިކާ އިން ދެމުންދާ ހަމަލާތައް އދ. ގެ މިނިވަން މާހިރުންގެ ޕެނެލަކުން ކުށްވެރިކޮށްފި
13 މާރިޗު 2026

އައިއާރުޖީސީން އިޒްރޭލުގެ ދާޚިލީ ސަލާމަތީ އިދާރާ ޝިންބެޓްގެ މައިމަރުކަޒަށް ހަމަލާ ދީފި

13 މާރިޗު 2026
އައިއާރުޖީސީން އިޒްރޭލުގެ ދާޚިލީ ސަލާމަތީ އިދާރާ ޝިންބެޓްގެ މައިމަރުކަޒަށް ހަމަލާ ދީފި
13 މާރިޗު 2026

އެމެރިކާގެ އަސްކަރިއްޔާގެ ބާރެއްގެ ގޮތުގައި ބެލެވޭ ކޭސީ-135 ބޯޓު ވައްޓާލައިފި

13 މާރިޗު 2026
އެމެރިކާގެ އަސްކަރިއްޔާގެ ބާރެއްގެ ގޮތުގައި ބެލެވޭ ކޭސީ-135 ބޯޓު ވައްޓާލައިފި
12 މާރިޗު 2026

އެމެރިކާ ރައްޔިތުން އީރާނާއެކު ހަނގުރާމައަކަށް ބޭނުން ނުވާކަމަށް ސެނެޓުގެ މައިނޯރިޓީ ލީޑަރު ވިދާޅުވެއްޖެ

12 މާރިޗު 2026
އެމެރިކާ ރައްޔިތުން އީރާނާއެކު ހަނގުރާމައަކަށް ބޭނުން ނުވާކަމަށް ސެނެޓުގެ މައިނޯރިޓީ ލީޑަރު ވިދާޅުވެއްޖެ
12 މާރިޗު 2026

އީރާނުގެ ހަމަލާތަކުގައި މެދުއިރުމަތީގައި ހުރި އެމެރިކާގެ 17 ތަނަކަށް ގެއްލުންދީފި: ނިއުޔޯކް ޓައިމްސް

12 މާރިޗު 2026
އީރާނުގެ ހަމަލާތަކުގައި މެދުއިރުމަތީގައި ހުރި އެމެރިކާގެ 17 ތަނަކަށް ގެއްލުންދީފި: ނިއުޔޯކް ޓައިމްސް
12 މާރިޗު 2026

ބަހްރެއިންގެ ތެޔޮ ރައްކާކުރާ މަރުކަޒަކަށް އީރާނުން ހަމަލާދީފި

12 މާރިޗު 2026
ބަހްރެއިންގެ ތެޔޮ ރައްކާކުރާ މަރުކަޒަކަށް އީރާނުން ހަމަލާދީފި
12 މާރިޗު 2026

އިރާގުގައި އޮތް ދެ ތެޔޮ ޓޭންކަރަށް ހަމަލާދިނީ އީރާނުގެ އުޅަނދުތަކުން: އިރާގު

12 މާރިޗު 2026
އިރާގުގައި އޮތް ދެ ތެޔޮ ޓޭންކަރަށް ހަމަލާދިނީ އީރާނުގެ އުޅަނދުތަކުން: އިރާގު
12 މާރިޗު 2026

'ރާނުގެ ބަނދަރުތަކަށް ހަމަލާދީފިނަމަ ފާރިސީ ކަނޑުއޮޅީގެ ހުރިހާ ބަނދަރުތަކަކީ ހަމަލާ ދޭނެ ކަމަށް އީރާނުން ބުނެފި

12 މާރިޗު 2026
'ރާނުގެ ބަނދަރުތަކަށް ހަމަލާދީފިނަމަ ފާރިސީ ކަނޑުއޮޅީގެ ހުރިހާ ބަނދަރުތަކަކީ ހަމަލާ ދޭނެ ކަމަށް އީރާނުން ބުނެފި
12 މާރިޗު 2026

އައިއާރުޖީސީން ހިޒްބުاللهއާ ގުޅިގެން އިޒްރޭލުގެ އެކި ސަރަހައްދުތަކަށާއި މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފި

12 މާރިޗު 2026
އައިއާރުޖީސީން ހިޒްބުاللهއާ ގުޅިގެން އިޒްރޭލުގެ އެކި ސަރަހައްދުތަކަށާއި މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް