Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާނުން އެމެރިކާ އާއި އިޒްރޭލުގެ ރާޑަރު ނިޒާމުތަކުގެ ބޮޑު ބައެއް ހަލާކުކޮށްލައިފި

11 މާރިޗު 2026 | ބުދަ 02:39

އެމެރިކާއާއި އިޒްރޭލުގެ ރާޑަރު ނިޒާމުތަކުގެ ބޮޑު ބައެއް ހަލާކުކޮށްލުމާ ގުޅިގެން، އީރާނުގެ ޑްރޯންތަކަށް ދުޝްމަނުންގެ ވައިގެ ދިފާއީ ނިޒާމުތައް ފޫއަޅުވާލުމުގެ ފުރުސަތު ބޮޑުވެފައިވާ ކަމަށް އެ ގައުމުގެ އަސްކަރިއްޔާއިން ވަނީ ބުނެފައި. ދުޝްމަނުންގެ ހަތިޔާރުގެ ރިޒާވްގެ 75 އިންސައްތަ ބޭނުންކޮށްފައިވާތީ ހަތިޔާރުގެ ދަތިކަމެއް ކުރިމަތިވެފައިވާ ކަމަށާއި، މި ހުސްކަން ފޫބެއްދުމަށް އެމެރިކާއިން އެހެން ސަރަހައްދުތަކުން މިސައިލް ޑިފެންސް ސާމާނު މެދުއިރުމައްޗަށް ބަދަލުކުރަމުންދާ ކަމަށްވެސް އީރާނުން ހާމަކުރޭ. މީގެއިތުރުން، ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް އިރާގުގެ ވައިގެ ސަރަހައްދު ބޭނުންކުރާ ކުރުން ކުށްވެރިކޮށް، ކޮންމެ އުދުވާނަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އީރާނުން ވަނީ ދީފައި.

ރާއްޖެ އެމްވީ | 11 މާރިޗު 2026 | ބުދަ 02:39
ކުވެއިތުގައި ހުންނަ އަލީ އަލް ސާލިމް އެއާ ބޭސް.

ކުވެއިތުގައި ހުންނަ އަލީ އަލް ސާލިމް އެއާ ބޭސް. | ޕްރެސްޓީވީ

އެމެރިކާއާއި އިޒްރޭލުގެ ރާޑަރު ނިޒާމުތަކުގެ ބޮޑު ބައެއް ހަލާކުކޮށްލައިފި ކަމަށް އީރާނުގެ އަސްކަރިއްޔާއިން ބުނެފިއެވެ. އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން އެމެރިކާއާއި އިޒްެރޭލުގެ ރާޑަރުގެ ގާބިލުކަމުގެ ބޮޑު ބައެއް ކާމިޔާބުކަމާއެކު ނައްތާލާފައިވާ ކަމަށާއި، މީގެ ސަބަބުން އިޒްރޭލުގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ދޭ ހަމަލާތަކަށް އެ ތަންތަން އިތުރަށް ހުށަހެޅިފައިވާ ކަމަށް އަސްކަރީ ތަރުޖަމާނަކު ވިދާޅުވިއެވެ.

އީރާނުގެ އަސްކަރިއްޔާގެ ބްރިގޭޑިއާ ޖެނެރަލް މުޙައްމަދު އަކްރަމީނިއާ އަންގާރަ ދުވަހު ވިދާޅުވީ، ދުޝްމަނުންގެ ފާރަވެރިވާ ނިޒާމުތައް ހަލާކުކޮށްލުމުގެ ސަބަބުން، އީރާނުގެ ކުރިއަރާފައިވާ ޑްރޯންތަކަށް ކުރިއަށްވުރެ ފަސޭހަކަމާއެކު ވައިގެ ދިފާއީ ނިޒާމުތައް ފޫއަޅުވާލުމުގެ ފުރުސަތު ލިބިފައިވާ ކަމަށެވެ.

ޖެނެރަލް އަކްރަމީނިއާ ވިދާޅުވީ، އީރާނުގެ އަސްކަރިއްޔާއިން އަމިއްލައަށް އުފައްދާފައިވާ، ޒަމާނީ ޓެކްނޮލޮޖީއާއި އާ ފަންނުތަކުގެ މައްޗަށް ބިނާވެފައިވާ ޑްރޯންތަކުން ދުޝްމަނުންގެ މަރުކަޒުތައް ނައްތާލުމުގައި ވަރަށް ފުރިހަމަ ނަތީޖާއެއް ހޯދާފައިވާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، ދުޝްމަނުންގެ "އާލީ ވޯނިންގް" ނުވަތަ ދުރާލާ އިންޒާރުދޭ ނިޒާމުތައް ބަލިކަށިވުމާ ގުޅިގެން، އީރާނުގެ އަސްކަރިއްޔާއާއި އައި.އާރް.ޖީ.ސީ އިން މިހާރު ދުޝްމަނުންގެ އަމާޒުތަކަށް މާ ސީދާކޮށް ހަމަލާދެމުންދާ ކަމަށެވެ. އީރާނުގެ މީޑިއާތަކުން އާންމުކޮށްފައިވާ އިންޓެލިޖެންސް ރިޕޯޓުތަކަށް ބަލާއިރު، އެ ސަރަހައްދުގައި އެމެރިކާއާއި އިޒްރޭލުން ބޭނުންކުރާ ރާޑަރު ނިޒާމުތަކުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ވަނީ ހަލާކުކޮށްލާފައެވެ. އަދި ބާކީ ހުރި ނިޒާމުތަކަށް ބޮޑެތި ބުރޫތަކެއް އަރައި، އޮޕަރޭޝަނަލް ގޮތުން ބޮޑެތި ބަލިކަށިކަމެއް ކުރިމަތިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އަސްކަރީ މަސްދަރުތަކާ ހަވާލާދީ އެ ރިޕޯޓުތަކުގައި ބުނެފައިވަނީ، ދުޝްމަނުންގެ އަތުގައި ހުރި ހަތިޔާރުގެ ރަސްމީ ރިޒާވްގެ 75 އިންސައްތަ ބޭނުންކޮށްފައިވާތީ، ހަތިޔާރުގެ ބޮޑު ދަތިކަމެއް އެ ފަރާތްތަކަށް މިހާރު ކުރިމަތިވެފައިވާ ކަމަށެވެ.

ވައިގެ ދިފާއީ ނިޒާމަށް އައިސްފައިވާ މި ހުސްކަން ފޫބެއްދުމަށްޓަކައި، އެމެރިކާއިން އިރުމަތީ އޭޝިއާގައި ހުރި މިސައިލް ޑިފެންސް ސާމާނުތައް މެދުއިރުމައްޗަށް ބަދަލުކުރަން ފަށާފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ޖެނެރަލް އަކްރަމީނިއާގެ ވާހަކަފުޅުގައި، އެމެރިކާއާއި ޒަޔަނިސްޓު ބާރުތަކުން އިރާގުގެ ވައިގެ ސަރަހައްދު ބޭނުންކުރަމުންދާ ދިއުން ވަނީ ވަރަށް ބޮޑަށް ކުށްވެރިކުރައްވާފައެވެ.

އޭނާ ވިދާޅުވީ، އިރާގު ސަރުކާރުން އެކަމާ ދެކޮޅު ހަދަމުންދަނިކޮށް، ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް އީރާނާ ދެކޮޅަށް އުދުވާނީ އަމަލުތައް ހިންގުމަށް އެމެރިކާއާއި އިޒްރޭލުން އަދިވެސް އިރާގުގެ ވައިގެ ސަރަހައްދު ބޭނުންކުރަމުންދާ ކަމަށެވެ.

އީރާނުގެ އަސްކަރިއްޔާގެ ތަރުޖަމާނު ވިދާޅުވީ، އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާގެ އަސްކަރިއްޔާއިން ކޮންމެ އުދުވާނަކަށް ނުވަތަ ނުރައްކަލަކަށް، އެކަމާ އެކަށީގެންވާ ފަދަ ހަލުވި އަދި ވަރުގަދަ ރައްދު ހަމަލާއެއް ދޭނެ ކަމަށެވެ.

އީރާން-އިޒްރޭލްއީރާން-އެމެރިކާއީރާނުގެ އިސްލާމިކް ރެވޮލިއުޝަން ގާޑްސް ކޯޕްސްއިރާގުއީރާން-ޔޫއެސްއޭ-އިޒްރޭލް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

11 މާރިޗު 2026

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމާގައި އެމެރިކާގެ 140 ސިފައިން ޒަޚަމްވެއްޖެ ކަމަށް ޕެންޓަގަން އިން ބުނެފި

11 މާރިޗު 2026
އީރާނާ ދެކޮޅަށް ކުރާ ހަނގުރާމާގައި އެމެރިކާގެ 140 ސިފައިން ޒަޚަމްވެއްޖެ ކަމަށް ޕެންޓަގަން އިން ބުނެފި
11 މާރިޗު 2026

ޓްރަމްޕް ނައްތާލަފާނެ ކަމުގެ އިންޒާރު އީރާނުން ދީފި

11 މާރިޗު 2026
ޓްރަމްޕް ނައްތާލަފާނެ ކަމުގެ އިންޒާރު އީރާނުން ދީފި
11 މާރިޗު 2026

އީރާނުން ހުއްޓުމެއް ނެތި 3 ގަޑިއިރު ވަންދެން މިސައިލް ހަމަލާތައް އިޒްރޭލާއި އެމެރިކާގެ އަމާޒުތަކަށް ދީފި

11 މާރިޗު 2026
އީރާނުން ހުއްޓުމެއް ނެތި 3 ގަޑިއިރު ވަންދެން މިސައިލް ހަމަލާތައް އިޒްރޭލާއި އެމެރިކާގެ އަމާޒުތަކަށް ދީފި
11 މާރިޗު 2026

ރާއްޖެއަށް ދަތުރު ނުކުރުމަށް އިނގިރޭސިވިލާތުގެ ރައްޔިތުންނަށް އެ ގައުމުގެ ސަރުކާރުން އަންގައިފި

11 މާރިޗު 2026
ރާއްޖެއަށް ދަތުރު ނުކުރުމަށް އިނގިރޭސިވިލާތުގެ ރައްޔިތުންނަށް އެ ގައުމުގެ ސަރުކާރުން އަންގައިފި
10 މާރިޗު 2026

އީރާން ހަނގުރާމަ އިން އެންމެ ބޮޑު ފައިދާއެއް ލިބެނީ ހަމައެކަނި ރަޝިޔާ އަށް: ޔޫރަޕިއަން ކައުންސިލްގެ ރައީސް

10 މާރިޗު 2026
އީރާން ހަނގުރާމަ އިން އެންމެ ބޮޑު ފައިދާއެއް ލިބެނީ ހަމައެކަނި ރަޝިޔާ އަށް: ޔޫރަޕިއަން ކައުންސިލްގެ ރައީސް
10 މާރިޗު 2026

ހަނގުރާމަ ހުއްޓާލުމުގެ ވިސްނުމެއް ނެތް، ހަމަލާ ދޭ ފަރާތް ތަކުގެ އަނގަ މަތީގައި ފައިން ޖަހާ ރަނގަޅު ފިލާވަޅެއް ދޭން ޖެހޭ: އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް

10 މާރިޗު 2026
ހަނގުރާމަ ހުއްޓާލުމުގެ ވިސްނުމެއް ނެތް، ހަމަލާ ދޭ ފަރާތް ތަކުގެ އަނގަ މަތީގައި ފައިން ޖަހާ ރަނގަޅު ފިލާވަޅެއް ދޭން ޖެހޭ: އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް
10 މާރިޗު 2026

އީރާންއާ ދެކޮޅަށް ދޭ ހަމަލާތައް އަދި ނުނިމޭ ކަމަށް ވިދާޅުވެ، ނަތަންޔާހޫގެ އިންޒާރެއް

10 މާރިޗު 2026
އީރާންއާ ދެކޮޅަށް ދޭ ހަމަލާތައް އަދި ނުނިމޭ ކަމަށް ވިދާޅުވެ، ނަތަންޔާހޫގެ އިންޒާރެއް
10 މާރިޗު 2026

އެމެރިކާ އާއި އިޒްރޭލްގެ ހަނގުރާމަ އެ ދެ ޤައުމަށް ނާކާމިޔާބު ކަމަށް އަރާގްޗީ ވިދާޅުވެއްޖެ

10 މާރިޗު 2026
އެމެރިކާ އާއި އިޒްރޭލްގެ ހަނގުރާމަ އެ ދެ ޤައުމަށް ނާކާމިޔާބު ކަމަށް އަރާގްޗީ ވިދާޅުވެއްޖެ
10 މާރިޗު 2026

ސައުދީގެ އަލް-ޒުލްފީ އަށް ޑްރޯން ތަކެއް ވެއްޓި ގެއްލުން ތަކެއް ލިބިއްޖެ

10 މާރިޗު 2026
ސައުދީގެ އަލް-ޒުލްފީ އަށް ޑްރޯން ތަކެއް ވެއްޓި ގެއްލުން ތަކެއް ލިބިއްޖެ
10 މާރިޗު 2026

މުޖުތަބާ ޚާމަނާއީ އަކީ ކުރިމަތިވި މާޔޫސް ކަމެއް: ޓްރަމްޕް

10 މާރިޗު 2026
މުޖުތަބާ ޚާމަނާއީ އަކީ ކުރިމަތިވި މާޔޫސް ކަމެއް: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް