Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ހަމަނުޖެހުން ތަކުގެ ތެރެއަށް އިރާގު ނުވަންނާތީ، މެކްރޮންގެ ތައުރީފު އެ ޤައުމުގެ ބޮޑު ވަޒީރަށް

އެ ޕޯސްޓުގައި އިތުރަށް މެކްރޮން ވިދާޅުވީ، އިރާގުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމަށާއި، ހަމަ ނުޖެހުން ތަކުން އެ ޤައުމު ދުރުހެލި ކުރުމަށް ބޮޑު ވަޒީރު ކުރައްވާ މަސައްކަތް ތަކަށް ފްރާންސްގެ ތާއީދު އެންމެ ފުރިހަމަ އަށް އޮންނާނެކަން ކަށަވަރު ކޮށްދެއްވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 7 މާރިޗު 2026 | ހޮނިހިރު 04:35
ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އާއި، އިރާގުގެ ބޮޑު ވަޒީރު މުޙައްމަދު ޝިއާ އަލް ސުދާނީ.

ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އާއި، އިރާގުގެ ބޮޑު ވަޒީރު މުޙައްމަދު ޝިއާ އަލް ސުދާނީ. | ރޮއިޓާސް

އެމެރިކާ އާއި އިޒްރޭލް އިން އީރާން އަށް ދިން ހަމަލާތަކާ ގުޅިގެން، ދިފާއުގައި އީރާން އިން ދެމުން އަންނަ ހަމަލާ ތަކާ އެކު މެދު އިރުމަތީގެ ސަރަހައްދުގައި މިހާރު އޮތް ހަމަ ނުޖެހުން ތަކުގެ ތެރެއަށް އިރާގު ވަނަ ނުދީ ހިފެހެއްޓުމަށް އެ ޤައުމުގެ ބޮޑު ވަޒީރު މުޙައްމަދު ޝިއާ އަލް ސުދާނީ ކުރައްވަމުން ގެންދަވާ މަސައްކަތް ތަކަށް، ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ތައުރީފު ކުރައްވައިފި އެވެ. 

ހުކުރު ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މެކްރޮން ވިދާޅުވީ، އިރާގުގެ ބޮޑު ވަޒީރު އަލް ސުދާނީ އަށް ފޯނުން ގުޅުއްވައި، މެދު އިރުމަތީގެ މަސްރަހާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. މި މަޝްވަރާ ތަކުގައި ސަރަހައްދީ ހަނގުރާމައިގެ ތެރެއަށް އިރާގު ސޮއްސާލުމާ ދެކޮޅަށް ބޮޑު ވަޒީރު އަޅުއްވަމުން ގެންދަވާ ޚަރުދަނާ ފިޔަވަޅު ތަކަށް މެކްރޮން ވަނީ މަރުޙަބާ ވިދާޅުވެފަ އެވެ. 

އެ ޕޯސްޓުގައި އިތުރަށް މެކްރޮން ވިދާޅުވީ، އިރާގުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމަށާއި، ހަމަ ނުޖެހުން ތަކުން އެ ޤައުމު ދުރުހެލި ކުރުމަށް ބޮޑު ވަޒީރު ކުރައްވާ މަސައްކަތް ތަކަށް ފްރާންސްގެ ތާއީދު އެންމެ ފުރިހަމަ އަށް އޮންނާނެކަން ކަށަވަރު ކޮށްދެއްވާ ކަމަށެވެ. އަދި ސަރަހައްދީ ހަމަޖެހުން ޤާއިމު ކުރުމަށާއި، އިރާގުން އަދާ ކުރާ ދައުރު ފްރާންސް އިން ބަލައި ގަންނަ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. 

މެދު އިރުމަތީގެ މަސްރަހު ނުތަނަވަސް ވެފައިވާ ދަނޑިވަޅެއްގައި އިރާގުގެ ސަރުކާރުން ގެންގުޅެނީ އެއްވެސް ފަރާތަކަށް ނުޖެހި، ޤައުމުގެ މަސްލަހަތު އިސް ކުރުމުގެ ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން އަވަށްޓެރި ޤައުމު ތަކުގައި ހިނގަނުންދާ ހަނގުރާމަ ތަކުގެ އަސައު އިރާގަށް ފޯރިޔަ ނުދިނުމަށް ބޮޑު ވަޒީރު އަލް ސުދާނީގެ ސަރުކަރުން ޑިޕްލޮމެޓިކް ގޮތުން ގިނަ މަސައްކަތް ތަކެއް ކުރަމުންދާ ކަަމަށް ވަނީ ބުނެފަ އެވެ. 

ފްރާންސް އާއި އިރާގާ ދެމެދު އޮންނަ ގުޅުން މިފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް ބަދަހިވެފަ އެވެ. ޚާއްސަކޮށް ސަލާމަތީ ދާއިރާ އާއި، އިޤްތިޞާދީ ދާއިރާ އިން ދެ ޤައުމުގެ ދެމެދުގައި އޮންނަ އެއްބާރުލުން އިތުރު ކުރުމަށް ދެ ޤައުމުގެ ވެރިން ގެންދަނީ މަސައްކަތް ތަކެއް ކުރަމުންނެވެ. 

މަސްދަރު: ރޮއިޓާސް

އިރާގުމުޙައްމަދު ޝިޔާއު އަލް ސުދާނީފްރާންސް-އިރާގުއެމަނުއަލް މެކްރޯންއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

ޝަރުތަކާ ނުލައި އީރާން އިން އަމާން ނުދެނީސް، އެއްވެސް ވާހަކައެއް ނުދައްކާނަން: ޓްރަމްޕް

ޝަރުތަކާ ނުލައި އީރާން އިން އަމާން ނުދެނީސް، އެއްވެސް ވާހަކައެއް ނުދައްކާނަން: ޓްރަމްޕް

07 މާރިޗު 2026
ބަޣުދާދުގެ ބައިނަލްއަގުވާމީ އެއާޕޯޓްގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާ ދީފި

ބަޣުދާދުގެ ބައިނަލްއަގުވާމީ އެއާޕޯޓްގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާ ދީފި

07 މާރިޗު 2026
އެމެރިކާ އާއި އިޒްރޭލާ ދެކޮޅަށް ޖިހާދަށް ތެދުވުމަށް އިރާގުގެ މަޝްހޫރު ދީނީ އިލްމްވެރިއަކު ފަތުވާ ނެރެފި

އެމެރިކާ އާއި އިޒްރޭލާ ދެކޮޅަށް ޖިހާދަށް ތެދުވުމަށް އިރާގުގެ މަޝްހޫރު ދީނީ އިލްމްވެރިއަކު ފަތުވާ ނެރެފި

06 މާރިޗު 2026
އީރާން އަށް އަމާޒުކޮށް، އިޒްރޭލް އިން އައު ހަމަލާ ތަކެއް ދީފި

އީރާން އަށް އަމާޒުކޮށް، އިޒްރޭލް އިން އައު ހަމަލާ ތަކެއް ދީފި

06 މާރިޗު 2026
އީރާންއާ ގުޅޭ ގޮތުން ޑިސަނަޔަކެ ވިދާޅުވީ، ލަންކާ އިން އިންސާނީ އަގުތައް ދަމަހައްޓާނެ ކަމަށް

އީރާންއާ ގުޅޭ ގޮތުން ޑިސަނަޔަކެ ވިދާޅުވީ، ލަންކާ އިން އިންސާނީ އަގުތައް ދަމަހައްޓާނެ ކަމަށް

06 މާރިޗު 2026

އަހަރުތަކުން މިއަދު

10 މެއި
ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އަންގައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އަންގައިފި

ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް
20242 އަހަރު ކުރިން
ރިޕޯޓު

ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް

ހުދު ކަފުނުން ދަރިފުޅު ކަފުންކުރީ، ކައިވެނީގެ ހުދު ހެދުމުގައި އެ ދަރިފުޅު ދެކިލުމުގެ އުއްމީދުގައި ހުރި ބައްޕަގެ އަތުން!
20233 އަހަރު ކުރިން
ރިޕޯޓު

ހުދު ކަފުނުން ދަރިފުޅު ކަފުންކުރީ، ކައިވެނީގެ ހުދު ހެދުމުގައި އެ ދަރިފުޅު ދެކިލުމުގެ އުއްމީދުގައި ހުރި ބައްޕަގެ އަތުން!

ރައީސް ޔާމީނަށް މިނިސްޓަރު ޔުމްނާގެ ވަރުގަދަ ރައްދެއް
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް މިނިސްޓަރު ޔުމްނާގެ ވަރުގަދަ ރައްދެއް

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް

\'\'އިބޫ އޯކޭ\'\' ތަސްވީރު ފްރޭމްކުރުމަށް ފަހު، މުލިއާގެ ސިޓިން ރޫމްގައި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އިބޫ އޯކޭ\'\' ތަސްވީރު ފްރޭމްކުރުމަށް ފަހު، މުލިއާގެ ސިޓިން ރޫމްގައި

ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު