Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އިރާގުގައި އޮތް ދެ ތެޔޮ ޓޭންކަރަށް ހަމަލާދިނީ އީރާނުގެ އުޅަނދުތަކުން: އިރާގު

އިރާގުގެ އަލް-ފައު ބަނދަރުގައި އޮތް ބޭރުގެ ދެ ތެޔޮ ޓޭންކަރަކަށް ދިން ނުރައްކާތެރި ހަމަލާއެއްގައި އެކަކު މަރުވެ، ގިނަ ބަޔަކު ވަނީ ސަލާމަތްކޮށްފައި. މި ހަމަލާއާ ގުޅިގެން ދެ އުޅަނދުގައި އަލިފާން ރޯވެފައިވާއިރު، މިއީ އިރާގުގެ އިސްތިގުލާލަށް އަރައިގަތުމުގެ ފިނޑި އަމަލެއްގެ ގޮތުގައި އެ ގައުމުގެ އަސްކަރިއްޔާއިން ވަނީ ސިފަކޮށްފައި.

ރާއްޖެ އެމްވީ | 12 މާރިޗު 2026 | ބުރާސްފަތި 01:30
އިރާގުގެ ބަނދަރުގައި އޮތް ތެޔޮ ޓޭންކަރަކަށް ހަމަލާ އަމާޒުވެފައި.

އިރާގުގެ ބަނދަރުގައި އޮތް ތެޔޮ ޓޭންކަރަކަށް ހަމަލާ އަމާޒުވެފައި. | އެކްސް

އިރާގުގެ އަލް-ފައު ބަނދަރުގައި އޮތް ބޭރުގެ ދެ ތެޔޮ ޓޭންކަރަކަށް ހަމަލާދީފި އެވެ.

އިރާގުގެ ކަނޑުގެ ސަރަހައްދުގައި އޮތް ތެޔޮ ޓޭންކަރުތަކަށް ދިން ހަމަލާތަކުގެ ފަހަތުގައި ވަނީ ގޮވާތަކެތި ބަރުކޮށްފައިވާ އީރާނުގެ އުޅަނދުތަކެއް ކަމަށް، ފުރަތަމަ ހޯދި ހޯދުންތަކުން އެނގޭ ކަމަށް އިރާގުގެ ސަލާމަތީ އޮފިޝަލަކު ރޮއިޓާސް ނިއުސް އެޖެންސީއަށް ވަނީ މައުލޫމާތު ދީފައެވެ.

މި ހަމަލާތަކާ ގުޅިގެން ދެ އުޅަނދުގައިވެސް އަލިފާން ރޯވެފައިވާއިރު، ކަމާބެހޭ ފަރާތްތަކުން ވަނީ ވަގުތުން ކުއްލި ހާލަތުގައި ހަރަކާތްތެރިވާން ފަށާފައެވެ. އިރާގުގެ އަލް-ފައު ބަނދަރުގައި އޮތް ބޭރުގެ ދެ ތެޔޮ ޓޭންކަރަށް ދިން މި ހަމަލާގައި އެކަކު މަރުވެފައިވާ ކަމަށާއި، އިތުރު 38 މީހަކު ސަލާމަތްކޮށްފައިވާ ކަމަށް އިރާގުގެ އަސްކަރިއްޔާގެ ތަރުޖަމާނު ވިދާޅުވިއެވެ.

އިރާގު ނިއުސް އެޖެންސީ (އައި.އެން.އޭ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ލެފްޓިނަންޓް ޖެނެރަލް ސާދު މާން ވިދާޅުވީ، ދެ ތެޔޮ ޓޭންކަރަށް ދީފައިވަނީ ފިނޑި، ފަނާކުރަނިވި ހަމަލާއެއް ކަމަށެވެ. އަދި މި ހަމަލާ ދީފައިވަނީ އިރާގުގެ ސަރަހައްދީ ކަނޑުގެ ތެރޭގައި ކަމަށްވުމުން، މިއީ އިރާގުގެ އިސްތިގުލާލަށް އަރައިގަތުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މި މައްސަލައިގައި ގާނޫނީ ފިޔަވަޅު އެޅުމުގެ ހައްގު އިރާގަށް ލިބިގެންވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިރާގުއަލް-ފައު ބަނދަރުއީރާން-ޢިރާޤް

އިތުރަށް ކިޔާލަން

11 މާރިޗު 2026

އީރާނުން އެމެރިކާ އާއި އިޒްރޭލުގެ ރާޑަރު ނިޒާމުތަކުގެ ބޮޑު ބައެއް ހަލާކުކޮށްލައިފި

11 މާރިޗު 2026
އީރާނުން އެމެރިކާ އާއި އިޒްރޭލުގެ ރާޑަރު ނިޒާމުތަކުގެ ބޮޑު ބައެއް ހަލާކުކޮށްލައިފި
07 މާރިޗު 2026

ހަމަނުޖެހުން ތަކުގެ ތެރެއަށް އިރާގު ނުވަންނާތީ، މެކްރޮންގެ ތައުރީފު އެ ޤައުމުގެ ބޮޑު ވަޒީރަށް

07 މާރިޗު 2026
ހަމަނުޖެހުން ތަކުގެ ތެރެއަށް އިރާގު ނުވަންނާތީ، މެކްރޮންގެ ތައުރީފު އެ ޤައުމުގެ ބޮޑު ވަޒީރަށް
07 މާރިޗު 2026

ބަޣުދާދުގެ ބައިނަލްއަގުވާމީ އެއާޕޯޓްގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާ ދީފި

07 މާރިޗު 2026
ބަޣުދާދުގެ ބައިނަލްއަގުވާމީ އެއާޕޯޓްގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާ ދީފި
06 މާރިޗު 2026

އެމެރިކާ އާއި އިޒްރޭލާ ދެކޮޅަށް ޖިހާދަށް ތެދުވުމަށް އިރާގުގެ މަޝްހޫރު ދީނީ އިލްމްވެރިއަކު ފަތުވާ ނެރެފި

06 މާރިޗު 2026
އެމެރިކާ އާއި އިޒްރޭލާ ދެކޮޅަށް ޖިހާދަށް ތެދުވުމަށް އިރާގުގެ މަޝްހޫރު ދީނީ އިލްމްވެރިއަކު ފަތުވާ ނެރެފި
05 މާރިޗު 2026

އިރާގުގެ ސުލައިމާނިއްޔާގައި ބާރުގަދަ ގޮވުންތަކެއް ގޮވައިފި

05 މާރިޗު 2026
އިރާގުގެ ސުލައިމާނިއްޔާގައި ބާރުގަދަ ގޮވުންތަކެއް ގޮވައިފި
03 މާރިޗު 2026

އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދަނިކޮށް އިރާގުން ތެޔޮ އުފެއްދުން މަދުކޮށްފި

03 މާރިޗު 2026
އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދަނިކޮށް އިރާގުން ތެޔޮ އުފެއްދުން މަދުކޮށްފި
01 މާރިޗު 2026

ޚާމަނާއީ އަވަހާރަ ކޮށްލުމުން، އިރާގުން ތިން ދުވަހުގެ ރަސްމީ ހިތާމަ އިއުލާން ކޮށްފި

01 މާރިޗު 2026
ޚާމަނާއީ އަވަހާރަ ކޮށްލުމުން، އިރާގުން ތިން ދުވަހުގެ ރަސްމީ ހިތާމަ އިއުލާން ކޮށްފި
23 ފެބުރުއަރީ 2026

ކެންޑިޑޭސީއާ މެދު އެމެރިކާއިން އިންޒާރު ދީފައި ވަނިކޮށް، މާލިކީ އިރާގުގެ ބޮޑުވަޒީރު ކަމަށް ވަޑައިގަތުމަށް ކުރައްވާ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށް ވިދާޅުވެއްޖެ

23 ފެބުރުއަރީ 2026
ކެންޑިޑޭސީއާ މެދު އެމެރިކާއިން އިންޒާރު ދީފައި ވަނިކޮށް، މާލިކީ އިރާގުގެ ބޮޑުވަޒީރު ކަމަށް ވަޑައިގަތުމަށް ކުރައްވާ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށް ވިދާޅުވެއްޖެ
28 ޖެނުއަރީ 2026

އަލް މާލިކީ އަކީ ނުބައި މީހެއް ކަމަށް ވިދާޅުވެ، ޓްރަމްޕް ވެސް އިރާގަށް އިންޒާރު ދެއްވައިފި

28 ޖެނުއަރީ 2026
އަލް މާލިކީ އަކީ ނުބައި މީހެއް ކަމަށް ވިދާޅުވެ، ޓްރަމްޕް ވެސް އިރާގަށް އިންޒާރު ދެއްވައިފި
26 ޖެނުއަރީ 2026

އިރާގުގެ ބޮޑު ވަޒީރަކަށް އަލް މާލިކީ ގެންނަން ނިންމާފައި ވަނިކޮށް، ރޫބިއޯގެ ވަރުގަދަ އިންޒާރެއް

26 ޖެނުއަރީ 2026
އިރާގުގެ ބޮޑު ވަޒީރަކަށް އަލް މާލިކީ ގެންނަން ނިންމާފައި ވަނިކޮށް، ރޫބިއޯގެ ވަރުގަދަ އިންޒާރެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު