Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އިރާގުގައި ވެއްޓުނު އެމެރިކާގެ އަސްކަރީ މަތިންދާބޯޓުގައި ތިބި ހަ ސިފައިން މަރުވެއްޖެ

އިރާގުގެ ހުޅަނގުގައި އެމެރިކާގެ އަސްކަރީ ބޯޓެއް ވައްޓާލި ހާދިސާގައި ހަ ސިފައިން މަރުވެފައިވާކަން އެމެރިކާގެ ސެންޓްކޮމްއިން ކަށަވަރުކޮށްދީފި. މި ބޯޓު ވައްޓާލާފައިވަނީ ރެސިސްޓެންސް ފްރަންޓުން ފޮނުވާލި މިސައިލަކުން ކަމަށް އީރާނުން ބުނި ނަމަވެސް، އެމެރިކާއިން ވަނީ އެއީ ހަމަލާއަކުން ހިނގި ކަމެއް ނޫން ކަމަށް ބުނެފައި. މި ހާދިސާއަކީ އެ ސަރަހައްދުގައި އެމެރިކާގެ ވައިގެ ބާރުވެރިކަމަށް ލިބުނު ބޮޑު ނާކާމިޔާބީއެއްގެ ގޮތުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ސިފަކުރޭ.

ރާއްޖެ އެމްވީ | 14 މާރިޗު 2026 | ހޮނިހިރު 03:10
2003 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު، ހާމަކޮށްފައިނުވާ ވައިގެ ސަރަހައްދެއްގައި ކޭސީ-135 ސްޓްރެޓޯޓޭންކަރެއް އިސްވެ އޮވެ، އެފް-15 ސްޓްރައިކް އީގަލް އަކާއި، ދެ އެފް-16 ފައިޓިންގ ފެލްކަންގެ އިތުރުން އިނގިރޭސިވިލާތުގެ ދެ ޖީއާރު4 ޓޯނޭޑޯ ހިމެނޭހެން ޖެޓް ފްލައިޓްތަކެއް ފޯމޭޝަނެއްގައި ދަތުރުކުރަނީ.

2003 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު، ހާމަކޮށްފައިނުވާ ވައިގެ ސަރަހައްދެއްގައި ކޭސީ-135 ސްޓްރެޓޯޓޭންކަރެއް އިސްވެ އޮވެ، އެފް-15 ސްޓްރައިކް އީގަލް އަކާއި، ދެ އެފް-16 ފައިޓިންގ ފެލްކަންގެ އިތުރުން އިނގިރޭސިވިލާތުގެ ދެ ޖީއާރު4 ޓޯނޭޑޯ ހިމެނޭހެން ޖެޓް ފްލައިޓްތަކެއް ފޯމޭޝަނެއްގައި ދަތުރުކުރަނީ. | ގެޓީ އިމޭޖަސް

ޢިރާޤުގެ ހުޅަނގުގައި ހަރަކާތްތެރިވާ ރެސިސްޓެންސް ގްރޫޕްތަކުން އެމެރިކާގެ އަސްކަރީ މަތިންދާބޯޓެއް ވައްޓާލުމާ ގުޅިގެން، އެ ބޯޓުން ދަތުރުކުރި އެމެރިކާގެ އެއަރ ފޯސްގެ ހަ ސިފައިން މަރުވެފައިވާކަން ކަށަވަރުވެއްޖެއެވެ. ތެޔޮ އެޅުމަށް ބޭނުންކުރާ މި މަތިންދާބޯޓު ވައްޓާލާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ހުކުރު ދުވަހު އެކްސްގައި ކުރި ޕޯސްޓެއްގައި މި ހަ މީހުން މަރުވިކަން ކަށަވަރުކޮށްދީފައިވަނީ، ކޭ.ސީ-135 މަރުކާގެ މި ބޯޓު އިރާގުގެ ހުޅަނގަށް ވެއްޓިފައިވާ ކަމަށް ރިޕޯޓްކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ.

މި ހާދިސާ ހިނގި ވަގުތު ސެންޓްކޮމްއިން ބުނެފައިވަނީ ބޯޓުގައި ތިބި ހަ ފަޅުވެރިންގެ ތެރެއިން މަރުވީ ހަތަރު މީހުން ކަމަށެވެ.

މީގެ އިތުރުން ސެންޓްކޮމްއިން ބުނެފައިވާ ގޮތުގައި، މި މަތިންދާބޯޓު ވެއްޓުނީ ދީފައިވާ ހަމަލާއަކުން ނުވަތަ އޮޅިގެން ދެވުނު ހަމަލާއަކުންނެއް ނޫނެވެ.

ނަމަވެސް، އީރާނުގެ ޚާތަމުލް އަންބިޔާ ސެންޓްރަލް ހެޑްކުއާޓާސްއިން ބުރާސްފަތި ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޢިރާޤުގެ ހުޅަނގުގައި ހަރަކާތްތެރިވާ ރެސިސްޓެންސް ފްރަންޓުން ފޮނުވާލި މިސައިލަކުން އެ މަތިންދާބޯޓަށް ހަމަލާދީ ވައްޓާލާފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން ނެރުނު ވަކި ބަޔާނެއްގައި ބުނެފައިވަނީ، މި ބޯޓު ހުއްޓުވައި ހަލާކުކޮށްލާފައިވަނީ "އުދުވާނީ ފައިޓަރ ޖެޓަކަށް" ތެޔޮ އެޅުމުގެ މަސައްކަތުގައި އުޅެނިކޮށް ކަމަށެވެ.

ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން، ޕެންޓަގަންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް އެމެރިކާގެ މަދުވެގެން 13 ސިފައިން ވަނީ މަރުވެފައެވެ.

މި ހަނގުރާމަ ފެށުނީއްސުރެ، ޢިރާޤުގެ ރެސިސްޓެންސް ގްރޫޕްތަކުން ދަނީ އިރާގާއި އެ ސަރަހައްދުގެ އެކި ކަންކޮޅުތަކުގައި ހުރި އެމެރިކާގެ އަސްކަރީ ވަސީލަތްތަކަށް ކޮންމެ ދުވަހަކު ހަމަލާދެމުންނެވެ.

ކޭ.ސީ-135 މަރުކާގެ މި ބޯޓަކީ އީރާނާއެކު ކުރަމުންދާ ހަނގުރާމައިގައި އެމެރިކާއަށް ގެއްލުނުކަން އެނގިފައިވާ ހަތަރުވަނަ އަސްކަރީ މަތިންދާބޯޓެވެ.

މީގެ އިތުރުން ކުވެއިތު މަތިން އެމެރިކާގެ އެފް-15 މަރުކާގެ ތިން މަތިންދާބޯޓެއް ވެސް ވަނީ ބަޑިޖަހައި ވައްޓާލާފައެވެ.

މަސްރަޙު ދިރާސާކުރާ ގިނަ ފަރާތްތަކުން ދެކޭ ގޮތުގައި، މި ފަހުގެ ހާދިސާއަކީ އެމެރިކާގެ އަސްކަރިއްޔާއަށް ލިބުނު ވަރަށް ބޮޑު ނާކާމިޔާބީއެކެވެ.

ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ތެޔޮ އަޅާ ބޯޓަށް ހަމަލާދިނުމުން ރެސިސްޓެންސް ފްރަންޓުން އެ ހަމަލާދިނީ އެމެރިކާގެ ވައިގެ އޮޕަރޭޝަންތަކުގެ މައިބަދައަށެވެ. މީގެއިން ސާބިތުވަނީ އެ ސަރަހައްދުގެ ވައިގެ ބާރުވެރިކަން އެމެރިކާއަށް އެކަނި މިހާރު ކޮންޓްރޯލް ނުކުރެވޭނެ ކަމެވެ.

އިރާގުއެމެރިކާއެމެރިކާ-އީރާންސެންޓްކޮމްއައިއާރުޖީސީ

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާނުގެ އިސް އޮފިޝަލުންގެ މައުލޫމާތު ދޭ ފަރާތަކަށް 10 މިލިއަން ޑޮލަރުގެ އިނާމު އެމެރިކާ އިން ހުށަހަޅައިފި

އީރާނުގެ އިސް އޮފިޝަލުންގެ މައުލޫމާތު ދޭ ފަރާތަކަށް 10 މިލިއަން ޑޮލަރުގެ އިނާމު އެމެރިކާ އިން ހުށަހަޅައިފި

14 މާރިޗު 2026
އައިއާރުޖީސީގެ އިންޒާރު ޒަޔަނިސްޓުންނަށް: ކަލޭމެންނަށް އަނދިރި ދުވަސްތަކެއް ދައްކާލާނަން

އައިއާރުޖީސީގެ އިންޒާރު ޒަޔަނިސްޓުންނަށް: ކަލޭމެންނަށް އަނދިރި ދުވަސްތަކެއް ދައްކާލާނަން

14 މާރިޗު 2026
ޑްރޯން ހަމަލާއެއްގައި އިރާގުގައި ތިބި ފަރަންސޭސި ސިފައިންގެ މީހަކު މަރުވެ، އިތުރު ސިފައިންތަކެއް ޒަޚަމްވެއްޖެ

ޑްރޯން ހަމަލާއެއްގައި އިރާގުގައި ތިބި ފަރަންސޭސި ސިފައިންގެ މީހަކު މަރުވެ، އިތުރު ސިފައިންތަކެއް ޒަޚަމްވެއްޖެ

13 މާރިޗު 2026
އިރާނުން ބަހްރެއިންގެ އެމެރިކާގެ ނޭވަލް ބޭސްއަށް ހަމަލާދީފި

އިރާނުން ބަހްރެއިންގެ އެމެރިކާގެ ނޭވަލް ބޭސްއަށް ހަމަލާދީފި

13 މާރިޗު 2026
އެންމެފަހުން ކުށްވެރި. އެކަމަކު މުއިއްޒަކަށް ކެރިވަޑައެއް ނުގަތް

އެންމެފަހުން ކުށްވެރި. އެކަމަކު މުއިއްޒަކަށް ކެރިވަޑައެއް ނުގަތް

12 މާރިޗު 2026

އަހަރުތަކުން މިއަދު

24 އެޕްރީލު
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
20242 އަހަރު ކުރިން
ރިޕޯޓު

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު
20233 އަހަރު ކުރިން
ރިޕޯޓު

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''
20215 އަހަރު ކުރިން
ރިޕޯޓު

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު