Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އެމެރިކާގެ ރައްޔިތުން މިހާރުން މިހާރަށް އިރާގުން ފޭބުމަށް އަންގައިފި

އިރާގުގެ ވެރިރަށް ބަޣުދާދުގައި ހުންނަ އެމެރިކާ އެމްބަސީއަށް ޑްރޯން ހަމަލާތަކެއް އަމާޒުވުމާ ގުޅިގެން، އެ ގައުމުގައި ތިބި އެމެރިކާ ރައްޔިތުން ވަގުތުން ފޭބުމަށް އެމްބަސީން ވަނީ އިލްތިމާސްކޮށްފައި. އީރާނަށް ތާއީދުކުރާ ޖަމާއަތްތަކުން ދެމުންދާ މި ހަމަލާތަކުގެ ނުރައްކާ ބޮޑުވެފައިވާތީ، އެމެރިކާގެ ސަލާމަތީ އިންޒާރު މިހާރު ވަނީ އާކޮށްފައި. މި ހަމަލާތަކަކީ އެ ސަރަހައްދުގައި އެމެރިކާއާއި އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ދެވޭ ހަމަލާތަކެއް ކަމަށް ބެލެވޭ.

ރާއްޖެ އެމްވީ | 15 މާރިޗު 2026 | އާދީއްތަ 00:45
ޢިރާޤުގައި ހުންނަ އެމެރިކާގެ އެމްބަސީ.

ޢިރާޤުގައި ހުންނަ އެމެރިކާގެ އެމްބަސީ. | އެކްސް

ބަޣުދާދުގައި ހުންނަ އެމެރިކާގެ އެމްބަސީއަށް ހޮނިހިރު ދުވަހު ހަމަލާއެއް ދީފި ކަމަށް ސަލާމަތީ ބާރުތަކުން ބުނެފިއެވެ. މި ހަމަލާ ދީފައިވަނީ އިރާގުގެ ވެރިރަށް ބަޣުދާދުގައި އީރާނަށް ތާއީދުކުރާ ވަރުގަދަ ޖަމާއަތެއްގެ ތިން މެންބަރަކު މަރާލުމާ ގުޅިގެންނެވެ.

އެމެރިކާ އާއި އީރާނުގެ މެދުގައި ހިނގާ ކުރިމަތިލުންތަކުގެ މައިދާނަކަށް ވެފައިވާ އިރާގު، މެދުއިރުމަތީގެ ހަނގުރާމައިގެ ތެރެއަށް ވަދެފައި ވަނީ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެންނެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވުމާއެކު، އެމެރިކާގެ އެމްބަސީ ހުންނަ ސަރަހައްދުން ކަޅު ދުން އަރަމުންދިޔަ މަންޒަރު ފެނިފައިވާ ކަމަށް އޭއެފްޕީގެ ނޫސްވެރިއަކު ވަނީ ރިޕޯޓުކޮށްފައެވެ.

ސަލާމަތީ ދާއިރާގެ ދެ އޮފިޝަލަކު އޭއެފްޕީއަށް މައުލޫމާތު ދެއްވި ގޮތުގައި، އެމެރިކާ އެމްބަސީގެ އިމާރާތަށް ހަމަލާދީފައިވަނީ ޑްރޯން ބޭނުންކޮށްގެންނެވެ.

މިއީ ހަނގުރާމަ ފެށުނު ފަހުން ބަޣުދާދުގައި ހުންނަ އެމެރިކާ އެމްބަސީއަށް ހަމަލާއެއް އަމާޒުވި ދެވަނަ ފަހަރެވެ.

ހޮނިހިރު ދުވަހުގެ ފަހުގެ ވަގުތެއްގައި އެމްބަސީން ވަނީ ސަލާމަތީ އިންޒާރު އާކޮށް، އެމެރިކާގެ ރައްޔިތުން މިހާރުން މިހާރަށް އިރާގުން ފޭބުމަށް އިލްތިމާސްކޮށްފައެވެ. އަދި އިރާގުގެ ވައިގެ ސަރަހައްދުގައި މިސައިލާއި ޑްރޯން އަދި ރޮކެޓް ހަމަލާތަކުގެ ނުރައްކާ އޮތުމުން، ބަޣުދާދުގައި ހުންނަ އެމްބަސީއަށް ނުވަތަ އަރްބީލްގައި ހުންނަ ކޮންސިއުލޭޓް ޖެނެރަލަށް ނުދިއުމަށް ވެސް ވަނީ އަންގާފައެވެ.

އެކްސްގައި އާންމުކުރި ބަޔާނެއްގައި އެމްބަސީން ބުނީ، އީރާނަށް ތާއީދުކުރާ ޓެރަރިސްޓް ހަނގުރާމަވެރި ޖަމާއަތްތަކުން ބަޣުދާދުގެ "އިންޓަނޭޝަނަލް ޒޯން" އަށް ތަކުރާރުކޮށް ހަމަލާދެމުންދާ ކަމަށެވެ.

މީގެ އިތުރުން އަރްބީލް އިންޓަނޭޝަނަލް އެއާޕޯޓް ހިމެނޭ ސަރަހައްދަށާއި، އެ ސިޓީގައި ހުންނަ ކޮންސިއުލޭޓް ޖެނެރަލަށް ވެސް ތަކުރާރުކޮށް ހަމަލާތައް އަމާޒުވަމުންދާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ވޮޝިންޓަނުން "ޓެރަރިސްޓް ޖަމާއަތްތަކުގެ" ގޮތުގައި ކަނޑައަޅާފައިވާ، އީރާނުގެ ތާއީދު އޮންނަ ހަނގުރާމަވެރި ޖަމާއަތްތައް ގުޅިގެން އުފައްދާފައިވާ "އިސްލާމިކް ރެސިސްޓެންސް އިން އިރާގު" އިން ގެންދަނީ އިރާގާއި އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ކޮންމެ ދުވަހަކު ޑްރޯން އަދި ރޮކެޓް ހަމަލާތައް ދެމުންނެވެ.

މަސްދަރު: އޭއެފްޕީ

އިރާގުއެމެރިކާ-އީރާންއީރާން-ޔޫއެސްއޭ-އިޒްރޭލް

ކޮމެންޓް

އިތުރަށް ކިޔާލަން

ދުބާއީ އާއި ބަހްރައިން ގެ ސިޓީބޭންކަށް ޑްރޯން ހަމަލާ ދީފި

ދުބާއީ އާއި ބަހްރައިން ގެ ސިޓީބޭންކަށް ޑްރޯން ހަމަލާ ދީފި

14 މާރިޗު 2026
އިޒްރޭލުގެ ޖާސޫސީ އިދާރާގެ މައި ޔުނިޓެއް ކަމަށްވާ "ޔުނިޓް 8200" އަށް ހަމަލާ ދީފައިވާ ކަމަށް އީރާނުން ބުނެފި

އިޒްރޭލުގެ ޖާސޫސީ އިދާރާގެ މައި ޔުނިޓެއް ކަމަށްވާ "ޔުނިޓް 8200" އަށް ހަމަލާ ދީފައިވާ ކަމަށް އީރާނުން ބުނެފި

14 މާރިޗު 2026
އިރާނުން ތުހުމަތު ކުރަނީ އެ ގައުމަށް ހަމަލާ ދިނުމަށް ޔޫއޭއީގެ ބިން ބޭނުން ކުރާ ކަމަށް، އެތަނުގައި ހުރި އެމެރިކާ މަރުކަޒުތަކަށް ހަމަލާދޭނެ ކަމަށް ބުނެ އިންޒާރު ދީފި

އިރާނުން ތުހުމަތު ކުރަނީ އެ ގައުމަށް ހަމަލާ ދިނުމަށް ޔޫއޭއީގެ ބިން ބޭނުން ކުރާ ކަމަށް، އެތަނުގައި ހުރި އެމެރިކާ މަރުކަޒުތަކަށް ހަމަލާދޭނެ ކަމަށް ބުނެ އިންޒާރު ދީފި

14 މާރިޗު 2026
އީރާނުން ސިއްރު މައުލޫމާތު ދުޝްމަނުންނަށް ފޯރުކޮށްދިން ތުހުމަތުގައި 81 މީހަކު ހައްޔަރުކޮށްފި

އީރާނުން ސިއްރު މައުލޫމާތު ދުޝްމަނުންނަށް ފޯރުކޮށްދިން ތުހުމަތުގައި 81 މީހަކު ހައްޔަރުކޮށްފި

14 މާރިޗު 2026
ހޯރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތް އޮތުން ދަމަހައްޓާނަން: އީރާން

ހޯރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތް އޮތުން ދަމަހައްޓާނަން: އީރާން

14 މާރިޗު 2026

އަހަރުތަކުން މިއަދު

3 އެޕްރީލު
ޓޫރިޒަމް ކެމްޕޭން "ލޯންޗުކުރަން" ރައީސް ލިވަރޕޫލް އަށް ކުރެއްވި ދަތުރުފުޅު މިވީ އަވާ މެންދުރަކަށް ނޫންތޯއެވެ؟
20251 އަހަރު ކުރިން
ރިޕޯޓު

ޓޫރިޒަމް ކެމްޕޭން "ލޯންޗުކުރަން" ރައީސް ލިވަރޕޫލް އަށް ކުރެއްވި ދަތުރުފުޅު މިވީ އަވާ މެންދުރަކަށް ނޫންތޯއެވެ؟

119 ކިލޯގެ ޑްރަގު އުފުލި ގޮތުގެ ސީސީޓީވީ ފޫޓެޖް ދައްކާލައިފި
20242 އަހަރު ކުރިން
ރާއްޖެ

119 ކިލޯގެ ޑްރަގު އުފުލި ގޮތުގެ ސީސީޓީވީ ފޫޓެޖް ދައްކާލައިފި

މަސްބޭނުމުގެ ރޮނގުން ހީވެސް ނުކުރާފަދަ ރެކޯޑްތަކެއް، ސައެންސްވެރިން މުގުރާލައިފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަސްބޭނުމުގެ ރޮނގުން ހީވެސް ނުކުރާފަދަ ރެކޯޑްތަކެއް، ސައެންސްވެރިން މުގުރާލައިފި

ގެރިކިރު ބޯކިބާ
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ގެރިކިރު ބޯކިބާ

އައީޑީކާޑުގެ މުއްދަތު ހަމަވިޔަސް ވޯޓުލެވޭނެ - ޝަރީފު
20215 އަހަރު ކުރިން
ރާއްޖެ

އައީޑީކާޑުގެ މުއްދަތު ހަމަވިޔަސް ވޯޓުލެވޭނެ - ޝަރީފު

ހޯރަފުށީ ދާއިރާގެ ރައްޔިތުން ސަލީމަށް ވޯޓް ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަނެއްކާ ވެސް ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ހޯރަފުށީ ދާއިރާގެ ރައްޔިތުން ސަލީމަށް ވޯޓް ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަނެއްކާ ވެސް ގޮވާލައްވައިފި

ޕެޕާސްޕްރޭ ޖަހައި، ބޯފަޅާލުމަށް ފަހު ވިޔަފާރިވެރިއެއްގެ އަތުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ފޭރިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ޕެޕާސްޕްރޭ ޖަހައި، ބޯފަޅާލުމަށް ފަހު ވިޔަފާރިވެރިއެއްގެ އަތުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ފޭރިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު