Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭ ކަޕް

ޕެޑްރޯ ނެޓޯގެ ހެޓްރިކް އިން މޮޅުވެ، ޗެލްސީ އެފްއޭ ކަޕްގެ ފަސް ވަނަ ބުރަށް

މޮޅާ އެކު ޗެލްސީ އިން ވަނީ އެފްއޭ ކަޕްގެ ފަސް ވަނަ ބުރުން ޖާގަ ހޯދާފައި. ޗެލްސީގެ ކޯޗުކަމާ ލިއަމް ރޮސެނިއާ ހަވާލުވީ ފަހުން އެ ޓީމުން އަންނަނީ ރަނގަޅު ނަތީޖާ ތަކެއް ނެރެމުން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 14 ފެބުރުއަރީ 2026 | ހޮނިހިރު 04:25
މެޗުގައި ލަނޑު ޖެހުމަށް ފަހު ޗެލްސީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ޗެލްސީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | ރޮއިޓާސް

އިނގިރޭސި އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގައި ހަލް ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ޗެލްސީ އިން މުބާރާތުގެ ފަސް ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗު ޗެެލްސީ އިން ކާމިޔާބު ކުރީ 4-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީ އިން އެއް ލަނޑު ޖެހިއިރު، އަނެއް ތިން ލަނޑު އެ ޓީމުން ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައި ޗެލްސީ އަށް ލީޑު ނަގައިދިނީ ޕެޑްރޯ ނެޓޯ އެވެ. އެ ލަނޑު ޖަހަން ނެޓޯ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ލިއަމް ޑެލަޕް އެވެ. އޭގެ ފަހުން ދެ ވަނަ ހާފު ފަށައިގެން ހަ ވަނަ މިނެޓުގައި ނެޓޯ ވަނީ ދެ ވަނަ ލަނޑެއް ޖަހައި ޗެލްސީގެ ލީޑު ފުޅާ ކޮށްފަ އެވެ. 

އޭގެ އަށް މިނެޓު ފަހުން ޗެލްސީގެ ތިން ވަނަ ލަނޑު ޖެހީ އެސްޓެވާއޯ އެވެ. އެ ލަނޑު ޖަހަން އެސްޓެވާއޯ އަށް ވެސް ފުރުސަތު ތަނަވަސްކޮށްދިނީ ޑެލަޕް އެވެ. މެޗުގެ 71 ވަނަ މިނެޓުގައި ނެޓޯ ވަނީ ޗެލްސީގެ ހަތަރު ވަނަ ލަނޑު ޖަހައި މެޗުގައި އޭނާގެ ހެޓްރިކް ހަމަ ކޮށްފަ އެވެ. އެއީ ޑެލަޕް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

މޮޅާ އެކު ޗެލްސީ އިން ވަނީ އެފްއޭ ކަޕްގެ ފަސް ވަނަ ބުރުން ޖާގަ ހޯދައިފަ އެވެ. ޗެލްސީގެ ކޯޗުކަމާ ލިއަމް ރޮސެނިއާ ހަވާލުވީ ފަހުން އެ ޓީމުން އަންނަނީ ރަނގަޅު ނަތީޖާ ތަކެއް ނެރެމުންނެވެ. އޭނާގެ އިރުޝާދުގެ ދަށުން މިހާތަނަށް ކުޅުނު 11 މެޗުގެ ތެރެއިން، ނުވަ މެޗުން ޗެލްސީ ވަނީ މޮޅުވެފަ އެވެ.

އިނގިރޭސި އެފްއޭ ކަޕްޗެލްސީޕެޑްރޯ ނެޓޯ

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2026

ފަހަތުން އަރައި ލީޑްސް އިން ޗެލްސީ ހުއްޓުވައިފި

11 ފެބުރުއަރީ 2026
ފަހަތުން އަރައި ލީޑްސް އިން ޗެލްސީ ހުއްޓުވައިފި
08 ފެބުރުއަރީ 2026

ޕާމާގެ ހެޓްރިކާ އެކު ވުލްވްސް ބަލިކޮށް، ޗެލްސީ ފަސް ވަނައިގައި

08 ފެބުރުއަރީ 2026
ޕާމާގެ ހެޓްރިކާ އެކު ވުލްވްސް ބަލިކޮށް، ޗެލްސީ ފަސް ވަނައިގައި
04 ފެބުރުއަރީ 2026

ދެ ވަނަ ލެގުގައި ވެސް ޗެލްސީ ބަލިކޮށް، އާސެނަލް ފައިނަލް އަށް

04 ފެބުރުއަރީ 2026
ދެ ވަނަ ލެގުގައި ވެސް ޗެލްސީ ބަލިކޮށް، އާސެނަލް ފައިނަލް އަށް
01 ފެބުރުއަރީ 2026

ފަހަތުން އަރައި ވެސްޓް ހޭމް ބަލިކޮށް، ޗެލްސީ ރަނގަޅު ފޯމުގައި

01 ފެބުރުއަރީ 2026
ފަހަތުން އަރައި ވެސްޓް ހޭމް ބަލިކޮށް، ޗެލްސީ ރަނގަޅު ފޯމުގައި
26 ޖެނުއަރީ 2026

ޕެލަސް ބަލިކޮށް، ޗެލްސީ ރަނގަޅު ފޯމުގައި

26 ޖެނުއަރީ 2026
ޕެލަސް ބަލިކޮށް، ޗެލްސީ ރަނގަޅު ފޯމުގައި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު