Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ހޮރްމޫޒް ކަނޑު އޮޅީގައި ފްރާންސް އާއި އިނގިރޭސިވިލާތުން ކުރިއަށް ގެންދާ މިޝަންގައި އޮސްޓްރޭލިއާ ބައިވެރި ވަނީ

ބައިނަލްއަޤުވާމީ ސިފައިންގެ މި މަސައްކަތަކީ ޑިޕްލޮމެޓި މަޝްވަރާ ތަކާއި، ޙާލަތު ހަމަޖެއްސުމުގެ މަސައްކަތް ތަކަށް އިތުރު ބާރެއް ލިބި ދިނުމަށް ރާވާފައިވާ ކަމެއް ކަމަށް މާލްސް ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 މެއި 2026 | ބުދަ 10:50
އޮސްޓްރޭލިއާގެ ބޮޑު ވަޒީރު އެންތަނީ އަލްބަނީސް އާއި، އޮސްޓްރޭލިއާގެ ޑިފެންސް މިނިސްޓަރު ރިޗާޑް މާލްސް.

އޮސްޓްރޭލިއާގެ ބޮޑު ވަޒީރު އެންތަނީ އަލްބަނީސް އާއި، އޮސްޓްރޭލިއާގެ ޑިފެންސް މިނިސްޓަރު ރިޗާޑް މާލްސް. | ގެޓީ އިމޭޖަސް

ހޮރްމޫޒް ކަނޑު އޮޅި ހިމާޔަތް ކުރުމަށް ފްރާންސް އާއި އިނގިރޭސިވިލާތުން ކުރިއަށް ގެންދާ މިޝަންގައި ބައިވެރިވުމަށް އިސްޓްރޭލިއާ އިން ނިންމައިފި އެވެ.

މިކަން އިއުލާން ކޮށްފައި ވަނީ އޮސްޓްރޭލިއާގެ ޑިފެންސް މިނިސްޓަރު ރިޗާޑް މާލްސް ދުވަހު ނެރުއްވި ބަޔާނެއްގަ އެވެ. 

މި މަސައްކަތުގައި އޮސްޓްރޭލިއާ އިން ބައިވެރި ވާނީ ވެޖްޓެއިލް އީ ސެވެން އޭ ނަމަކަށް ކިޔާ އުޅަނދެއް ފޮނުވައިގެންނެވެ. މި އުޅަނދަކީ އީރާންގެ އިން ޑްރޯން ހަމަލާ ތަކުން ރައްކާތެރި ކުރުމަށް، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އަށް އެހީތެރިވުމުގެ ގޮތުން ކުރިން ވެސް އެ ސަރަހައްދުގައި ޙަރަކާތްތެރި ވަަމުން އަންނަ އުޅަނދެވެ. 

ޤައުމު ތަކުގެ ބައިވެރިވުމާ އެކު ބޭއްވި ބައްދަލުވުމަށް ފަހު މާލްސް ވިދާޅުވީ، އޮސްޓްރޭލިއާ އިން މި މަސައްކަތުގައި ބައިވެރި ވާނީ މިޝަން އުފެއްދުމަށް ފަހު ކަމަށެވެ. މި ބައްދަލުވުމުގައި 40 އަށް ވުރެ ގިނަ ޤަައުމު ތަކުން ވަނީ ބައިވެރިވެފަ އެވެ. 

ޑިފެންސް މިނިސްޓަރު މާލްސް ނެރުއްވި ބަޔާނުގައި ވިދާޅުވީ، އޮސްޓްރޭލިއާ އިން އިނގިރޭސިވިލާތް އަދި ފްރާންސް ލީޑު ކުރުމުގެ ދަށުން ހިންގާ މިނިވަން އަދި މުޅިން ދިފާއީ ބައިނަލްއަޤުވާމީ ސިފައިންގެ މަސައްކަތަށް އެހީތެރިވެ ދިނުމަށް ތައްޔާރަށް ތިބި ކަމަށެވެ. 

ބައިނަލްއަޤުވާމީ ސިފައިންގެ މި މަސައްކަތަކީ ޑިޕްލޮމެޓި މަޝްވަރާ ތަކާއި، ޙާލަތު ހަމަޖެއްސުމުގެ މަސައްކަތް ތަކަށް އިތުރު ބާރެއް ލިބި ދިނުމަށް ރާވާފައިވާ ކަމެއް ކަމަށް މާލްސް ވިދާޅުވި އެވެ. އަދި މި މަސައްކަތުގެ ސަބަބުން ބައިނަލްއަޤުވާމީ ވިޔަފާރީގެ ރައްކާތެރި ކަމަށް ދެވިދާނެ އަހަންމިއްޔަތުކަން ދައްކައި ދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ހޮރްމޫޒް ކަނޑު އޮޅި ބައިނަލްއަޤުވާމީ ވިޔަފާރީގައި ވަރަށް މުހިންމު ދައުރެއް އަދާ ކުރެ އެވެ. ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ބޮޑު ބައެއް މި ކަނޑު އޮޅިން ދަތުރު ކުރެ އެވެ. މި ސަރަހައްދުގައި ރައްކާތެރިކަން ކަށަވަރު ކުރުމަކީ، ބައިނަލްއަޤުވާމީ އިޤްތިޞާދަށް ވަރަށް މުހިންމު ކަމެކެވެ. 

މި މަސައްކަތުގައި އޮސްޓްރޭލިއާ ބައިވެރިވުމުގެ މައިގަނޑު މަޤުސަދަކީ، ބައިނަލްއަޤުވާމީ ވިޔަފާރީގެ މަގުތައް ރައްކާތެރިކޮށް، އަމާންކަން ކަށަވަރު ކުރުމެވެ. މި މަސައްކަތަކީ މުޅިން ދިފާއީ ބޭރުމުގައި ހިންގާ މަސައްކަތެއް ކަމަށް ވަނީ ބުނެފަ އެވެ. 

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ހޮރްމޫޒް ކަނޑުއޮޅިފްރާންސް-އިނގިރޭސިވިލާތްއޮސްޓްރޭލިއާރިޗާޑް މާލްސް

އިތުރަށް ކިޔާލަން

13 މެއި 2026

ޓްރަމްޕްގެ އީރާން ހަނގުރާމަ ހުއްޓުވުމަށް، ރިޕަބްލިކަން ޕާޓީގެ މެމްބަރުން ތާއީދު ކުރުމަށް ޝުމާ ގޮވާލައްވައިފި

13 މެއި 2026
ޓްރަމްޕްގެ އީރާން ހަނގުރާމަ ހުއްޓުވުމަށް، ރިޕަބްލިކަން ޕާޓީގެ މެމްބަރުން ތާއީދު ކުރުމަށް ޝުމާ ގޮވާލައްވައިފި
13 މެއި 2026

ހޮރްމޫޒް ކަނޑު އޮޅީގެ މައްސަލައިގައި އެމެރިކާ އާއި ޗައިނާ އެއްބަސްވުމަކަށް

13 މެއި 2026
ހޮރްމޫޒް ކަނޑު އޮޅީގެ މައްސަލައިގައި އެމެރިކާ އާއި ޗައިނާ އެއްބަސްވުމަކަށް
13 މެއި 2026

އީރާނުގެ މައްސަލައިގައި ޗައިނާގެ އެހީ ބޭނުމެއް ނޫން: ޓްރަމްޕް

13 މެއި 2026
އީރާނުގެ މައްސަލައިގައި ޗައިނާގެ އެހީ ބޭނުމެއް ނޫން: ޓްރަމްޕް
12 މެއި 2026

އީރާންގެ ހަގީގަތް ހާމަ ކުރުމަށް، އެމެރިކާާ އިން ޕާކިސްތާން އަށް އަންގައިފި

12 މެއި 2026
އީރާންގެ ހަގީގަތް ހާމަ ކުރުމަށް، އެމެރިކާާ އިން ޕާކިސްތާން އަށް އަންގައިފި
12 މެއި 2026

ހަމަލާ ދީފި ނަމަ، ވަރުގަދަ ފިލާވަޅެއް ދަސްކޮށްދޭނަން: އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް

12 މެއި 2026
ހަމަލާ ދީފި ނަމަ، ވަރުގަދަ ފިލާވަޅެއް ދަސްކޮށްދޭނަން: އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު