Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ޓްރަމްޕްގެ އީރާން ހަނގުރާމަ ހުއްޓުވުމަށް، ރިޕަބްލިކަން ޕާޓީގެ މެމްބަރުން ތާއީދު ކުރުމަށް ޝުމާ ގޮވާލައްވައިފި

މިއީ އީރާންއާ ދެކޮޅަށް ޓްރަމްޕް ކުރަމުން އަންނަ ހަނގުރާމަ ހުއްޓުވުމަށް ޑިމޮކްރެޓިކް ޕާޓީ އިން މަސައްކަތް ކުރާ ހަތް ވަނަ ފަހަރު. ވޯ ޕަވަރސް ރިޒޮލިއުޝަން އަކީ ހަނގުރާމައެއް ފެށޭތާ 60 ދުވަސް ހަމަވުމަށް ފަހު، ކޮންގްރެސްގެ ހުއްދައާ ނުލައި ރައީސް އަށް ހަނގުރާމަ ކުރިއަށް ނުގެންދެވޭ ގޮތަށް ހެދުމަށް އެކުލަވާލާފައިވާ ޤާނޫނީ އުސޫލެއް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 13 މެއި 2026 | ބުދަ 10:46
އެމެރިކާގެ ސެނެޓަރު ޗަކް ޝުމާ.

އެމެރިކާގެ ސެނެޓަރު ޗަކް ޝުމާ. | ރޮއިޓާސް

އީރާންއާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރައްވަމުން ގެންދަވާ ހަނގުރާމަ ހުއްޓުވުމަށްޓަކައި، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުން ކުރަމުން އަންނަ މަސައްކަތަށް އެއްބާރުލުން ދިނުމަށް، ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީގެ މެމްބަރުންނަށް އެމެރިކާގެ ސެނެޓަރު ޗަކް ޝުމާ ގޮވާލައްވައިފި އެވެ. 

ޝުމާ މިކަމަށް ގޮވާލައްވާފައި ވަނީ އީރާންއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން އެމެރިކާގެ އިޤްތިޞާދަށް ލޮޅުން ތަކެއް އަރައި، ހަކަތައިގެ އަގު އިންތިހާ އަށް އުފުލެމުންދާ ދަނޑިވަޅެއްގަ އެވެ. 

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝުމާ ވިދާޅުވީ، ހަނގުރާމަ ހުއްޓާލުމަށް އެމެރިކާގެ ރައީސް ޓްރަމްޕް އިންކާރު ކުރައްވަމުން ގެންދަވާތީ، ތެލުގެ އަގު އުފުލި އެމެރިކާގެ ރައްޔިތުން މިހާރު 4.50 އެމެރިކާ ޑޮލަރަށް ވުރެ ބޮޑު ހޭދައެއް ކުރަން ޖެހިފައިވާ ކަމަށެވެ. އަދި ދިރިއުޅުމުގެ ޚަރަދުތައް ކުޑަ ކުރުމަށާއި، އެމެރިކާގެ ސިފައިންގެ ސަލާމަތަށް ރިޕަބްލިކަން ޕާޓީގެ މެމްބަރުން ކުޑަ ވެސް ސަމާލު ކަމެއް ދޭ ނަމަ، ހަނގުރާމަ ހުއްޓުވުމަށް ޑިމޮކްރެޓިކް ޕާޓީ އިން ހުށަހަޅާ، ވޯ ޕަވަރސް ރިޒޮލިއުޝަން އަށް ތާއީދު ކުރަން ޖެހޭ ކަމަށެވެ. 

މިއީ އީރާންއާ ދެކޮޅަށް ޓްރަމްޕް ކުރަމުން އަންނަ ހަނގުރާމަ ހުއްޓުވުމަށް ޑިމޮކްރެޓިކް ޕާޓީ އިން މަސައްކަތް ކުރާ ހަތް ވަނަ ފަހަރެވެ. ވޯ ޕަވަރސް ރިޒޮލިއުޝަން އަކީ ހަނގުރާމައެއް ފެށޭތާ 60 ދުވަސް ހަމަވުމަށް ފަހު، ކޮންގްރެސްގެ ހުއްދައާ ނުލައި ރައީސް އަށް ހަނގުރާމަ ކުރިއަށް ނުގެންދެވޭ ގޮތަށް ހެދުމަށް އެކުލަވާލާފައިވާ ޤާނޫނީ އުސޫލެކެވެ. 

މީގެ ކުރިން ވެސް ޤަރާރު ފާސް ކުރުމަށް ޑިމޮކްރެޓިކް ޕާޓީ އިން އެތައް ފަހަރެއްގެ މަތިން މަސައްކަތް ކޮށްފައިވެ އެވެ. ނަމަވެސް، ކޮންގްރެސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓިކް ޕާޓީ އަށް ނެތުމުގެ ސަބަބުން، މިހާތަނަށް ނެގި ހުރިހާ ވޯޓެއްގައި ވެސް ވަނީ ސިޔާސީ ޕާޓީ ތަކުގެ މެދުގައި ބެހިގެން ގޮސްފަ އެވެ. މިކަމުގެ ސަބަބުން ހަނގުރާމަ ހުއްޓުވުމަށް ކުރާ މަސައްކަތް ތަކަށް ވަނީ ބޮޑެތި ހުރަސް ތަކެއް ކުރިމަތިވެފަ އެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްރިޕަބްލިކަންް ޕާޓީ - އެމެރިކާޗަކް ޝުމާ

ކޮމެންޓް

އިތުރަށް ކިޔާލަން

ހޮރްމޫޒް ކަނޑު އޮޅީގެ މައްސަލައިގައި އެމެރިކާ އާއި ޗައިނާ އެއްބަސްވުމަކަށް

ހޮރްމޫޒް ކަނޑު އޮޅީގެ މައްސަލައިގައި އެމެރިކާ އާއި ޗައިނާ އެއްބަސްވުމަކަށް

13 މެއި 2026
އީރާނުގެ މައްސަލައިގައި ޗައިނާގެ އެހީ ބޭނުމެއް ނޫން: ޓްރަމްޕް

އީރާނުގެ މައްސަލައިގައި ޗައިނާގެ އެހީ ބޭނުމެއް ނޫން: ޓްރަމްޕް

13 މެއި 2026
އީރާންގެ ހަގީގަތް ހާމަ ކުރުމަށް، އެމެރިކާާ އިން ޕާކިސްތާން އަށް އަންގައިފި

އީރާންގެ ހަގީގަތް ހާމަ ކުރުމަށް، އެމެރިކާާ އިން ޕާކިސްތާން އަށް އަންގައިފި

12 މެއި 2026
ހަމަލާ ދީފި ނަމަ، ވަރުގަދަ ފިލާވަޅެއް ދަސްކޮށްދޭނަން: އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް

ހަމަލާ ދީފި ނަމަ، ވަރުގަދަ ފިލާވަޅެއް ދަސްކޮށްދޭނަން: އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް

12 މެއި 2026
އީރާންއާ ދެކޮޅަށް އަލުން ހަނގުރާމަ ފެށުމުގެ މަޝްވަރާ ކުރުމަށް، ޓްރަމްޕް އެޑްވައިޒަރުންނާ ބައްދަލު ކުރައްވައިފި

އީރާންއާ ދެކޮޅަށް އަލުން ހަނގުރާމަ ފެށުމުގެ މަޝްވަރާ ކުރުމަށް، ޓްރަމްޕް އެޑްވައިޒަރުންނާ ބައްދަލު ކުރައްވައިފި

12 މެއި 2026

އަހަރުތަކުން މިއަދު

2 ޖޫން
4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި
20251 އަހަރު ކުރިން
ރިޕޯޓު

4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"
20242 އަހަރު ކުރިން
ރިޕޯޓު

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި
20233 އަހަރު ކުރިން
ރާއްޖެ

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް
20224 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް
20215 އަހަރު ކުރިން
ރާއްޖެ

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި
20197 އަހަރު ކުރިން
ރާއްޖެ

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!
20188 އަހަރު ކުރިން
ރިޕޯޓު

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު