Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިނގިރޭސިވިލާތް

ކުރީގެ ޑެޕިއުޓީ ބޮޑު ވަޒީރު ރޭނާ، ލޭބާ ޕާޓީގެ ލީޑަރު ކަމަށް ވާދަ ކުރައްވަން ތައްޔާރު

ރޭނާގެ އަރިސް ބޭފުޅުންނާ ހަވާލާދީ ބީބީސީ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ޕާޓީގެ ލީޑަރު ކަމުގެ މަގާމަށް ބޭފުޅަކު އިންތިޚާބު ކުރުމުގެ މަރުޙަލާ ކުރިއަށް ގެންދަން ޖެހިއްޖެ ޙާލަތެއްގައި، އެ މަގާމަށް ކުރިމަތިލެއްވުމަށް އޭނާ ހުންނެވީ ތައްޔާރަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 މެއި 2026 | ބުދަ 02:29
އިނގިރޭސިވިލާތުގެ ކުރީގެ ޑެޕިއުޓީ ބޮޑު ވަޒީރު އެންޖެލާ ރޭނާ.

އިނގިރޭސިވިލާތުގެ ކުރީގެ ޑެޕިއުޓީ ބޮޑު ވަޒީރު އެންޖެލާ ރޭނާ. | ރޮއިޓާސް

އިނގިރޭސިވިލާތުގެ ކުރީގެ ބޮޑު ވަޒީރުގެ ނާއިބު އެންޖެލާ ރޭނާ، ވެރިކަން ކުރާ ލޭބާ ޕާޓީގެ ލީޑަރުގެ މަގާމަށް ވާދަ ކުރައްވަން ތަައްޔާރަށް ހުންނެވި ކަމަށް، އޭނާގެ އަރިސް ބޭފުޅުން ބީބީސީ އަށް މައުލޫމާތު ދީފި އެވެ. 

ރޭނާގެ ފަރާތުން މިފަދަ އިޝާރާތެއް ލިބިފައި ވަނީ، އިނގިރޭސިވިލާތުގެ ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލު ތަކެއް އަންނަމުންދާ ދަނޑިވަޅެއްގަ އެވެ. 

ރޭނާގެ އަރިސް ބޭފުޅުންނާ ހަވާލާދީ ބީބީސީ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ޕާޓީގެ ލީޑަރު ކަމުގެ މަގާމަށް ބޭފުޅަކު އިންތިޚާބު ކުރުމުގެ މަރުޙަލާ ކުރިއަށް ގެންދަން ޖެހިއްޖެ ޙާލަތެއްގައި، އެ މަގާމަށް ކުރިމަތިލެއްވުމަށް އޭނާ ހުންނެވީ ތައްޔާރަށެވެ. 

ނަމަވެސް، ވަގުތުން ވަގުތަށް ލީޑަރު ކަމުގެ ވާދަވެރި ކަމެއް ފެށުމަށް އޭނާ ބާރު އަޅުއްވަމުން ނު ގެންދަވާކަން ވެސް އެ ފަރާތްތަކުން ވަނީ ފާހަގަ ކޮށްފަ އެވެ. 

ހަމަ އެއާ އެކު، ލޭބާ ޕާޓީގެ ލީޑަރު ކަމަށް އެހެން ބޭފުޅަކު ވާދަ ކުރައްވަން ބޭނުން ވެއްޖެ ޙާލަތެއްގައި، އެ ބޭފުޅަކަށް ތާއީދު ކުރުމުގެ ވިސްނުން ވެސް ރޭނާ ގެންގުޅުއްވަފާނެ ކަމަށް ބުނެފައިވެ އެވެ. މިއީ ޕާޓީގެ އެތެރޭގެ އެއްބައިވަންތަކަން ހިފެހެއްޓުމަށް އޭނާ ގެންގުޅުއްވާ ސިޔާސަތެއް ކަމަށް ބެލެވެ އެވެ. 

ރޭނާ އަކީ ލޭބާ ޕާޓީގެ ތެރޭގައި ނުފޫޒު ގަދަ، އަދި އާންމުންގެ ތެރޭގައި ވަރަށް މަޤުބޫލު ބޭފުޅެކެވެ.، އޭނާ ލީޑަރު ކަމަށް ވާދަ ކުރައްވަން ތައްޔާރަށް ހުންނެވިކަން ހާމަވުމާ އެކު، ކުރިއަށް އޮތް ތަނުގައި ޕާޓީގެ އެތެރޭގެ ސިޔާސީ ޙަރަކާތްތައް އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ލަފާ ކުރެ އެވެ. 

މިކަން ރިޕޯޓު ކޮށްފައި މި ވަނީ އިނގިރޭސިވިލާތުގެ ސަރުކާރަށް ބޮޑެތި ފާޑު ކިޔުން ތަކެއް އަމާޒުވެ، ލޭބާ ޕާޓީގެ ތެރޭގައި އައު ލީޑަރަކު އިންތިޚާބު ކުރުމާ ގުޅޭ ގޮތުން ނުރަސްމީ މަޝްވަރާ ތަކެއް ކުރެވެމުންދާާ ވަގުތެެއްގަ އެވެ. ނަމަވެސް، މިކަމާ ގުޅޭ ގޮތުން ރޭނާ ރަސްމީކޮށް އެއްޗެއް ވިދާޅުވެފައި ނުވެ އެވެ.

މަސްދަރު: ބީބީސީ

އިނގިރޭސިވިލާތްލޭބަރ ޕާޓީ - ޔޫކޭކިއާ ސްޓާމަރ (އިނގިރޭސި ބޮޑު ވަޒީރު)އެންޖެލާ ރޭނަރ

އިތުރަށް ކިޔާލަން

10 މެއި 2026

ބޮޑު ވަޒީރު ސްޓާމަރއާ ދެކޮޅަށް ލޭބަރ ޕާޓީގެ މެމްބަރު ވެސްޓް ތެދުވެއްޖެ، ވިދާޅުވީ ކެބިނެޓުން އަންގާރަ ދުވަހުގެ ނިޔަލަށް ގޮތެއް ނިންމަން ޖެހޭނެ ކަމަށް

10 މެއި 2026
ބޮޑު ވަޒީރު ސްޓާމަރއާ ދެކޮޅަށް ލޭބަރ ޕާޓީގެ މެމްބަރު ވެސްޓް ތެދުވެއްޖެ، ވިދާޅުވީ ކެބިނެޓުން އަންގާރަ ދުވަހުގެ ނިޔަލަށް ގޮތެއް ނިންމަން ޖެހޭނެ ކަމަށް
09 މެއި 2026

ވެރިކަން ކުރާާ ލޭބާ ޕާޓީ އަށް ލަދުވެތި ނާ ކާމިޔާބެއް، ބޮޑު ވަޒީރު ސްޓާމާ ވިދާޅުވީ އިސްތިއުފާ ނުދެއްވާނެ ކަމަށް

09 މެއި 2026
ވެރިކަން ކުރާާ ލޭބާ ޕާޓީ އަށް ލަދުވެތި ނާ ކާމިޔާބެއް، ބޮޑު ވަޒީރު ސްޓާމާ ވިދާޅުވީ އިސްތިއުފާ ނުދެއްވާނެ ކަމަށް
02 މެއި 2026

ފަލަސްޠީނަށް ތާއީދުކޮށް ބާއްވާ އެއްވުންތައް މަނާ ކުރުމަކީ ކުރަން ޖެހޭ ކަމެއް: އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ

02 މެއި 2026
ފަލަސްޠީނަށް ތާއީދުކޮށް ބާއްވާ އެއްވުންތައް މަނާ ކުރުމަކީ ކުރަން ޖެހޭ ކަމެއް: އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ
21 އެޕްރީލު 2026

ޑިއޭގޯ ގާސިއާގައި ހުރި ސްރީލަންކާގެ ރެފިއުޖީއަކު ރާއްޖެއަށް ފޮނުވަން އިނގިރޭސި ކޯޓުން ނިންމައިފި

21 އެޕްރީލު 2026
ޑިއޭގޯ ގާސިއާގައި ހުރި ސްރީލަންކާގެ ރެފިއުޖީއަކު ރާއްޖެއަށް ފޮނުވަން އިނގިރޭސި ކޯޓުން ނިންމައިފި
11 އެޕްރީލު 2026

އިނގިރޭސިވިލާތުން ޗާގޯސްގެ އެއްބަސްވުން މަޑު ޖައްސާލައިފި

11 އެޕްރީލު 2026
އިނގިރޭސިވިލާތުން ޗާގޯސްގެ އެއްބަސްވުން މަޑު ޖައްސާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު