Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބާސެލޯނާ

ފޯކަސް އޮތީ މެޗަކަށް ފަހު މެޗަކަށް، ކުޅުމުގެ ފެންވަރު އެއްވަރެއްގައި ހުންނަން ޖެހޭ: ފްލިކް

ސްޕެނިޝް ލީގާ ގުޅޭ ގޮތުން ސުވާލު ކުރުމުން ފްލިކް ބުނީ، މިވަގުތު އެ ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށް. އަދި އެކަމުގެ ސަބަބުން ޓީމުގެ ރޫހަށް އަދި ކުޅުންތެރިންގެ ވިސްނުމަށް ބަދަލެއް އަަންނަން ބޭނުން ނުވާ ކަމަށް ވެސް ފްލިކް ބުނި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 2 މެއި 2026 | ހޮނިހިރު 05:46
ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް.

ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް. | ރޮއިޓާސް

ބާސެލޯނާގެ ފޯކަސް އޮތީ ކުރިއަށް އޮތް މެޗަށް ކަމަށާއި، އެ ޓީމުގެ ކުޅުމުގެ ފެންވަރު އެއްވަރެއްގައި ހުންނަން ޖެހޭ ކަމަށް ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ބުނެފި އެވެ.

ފްލިކް މިހެން ބުނެފައި ވަނީ، ހޮނިހިރު ދުވަހުގެ ރޭ ދަންވަރު ރަށުން ބޭރުގައި އޮސަސޫނާއާ ދެކޮޅަށް ބާސެލޯނާ ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. އެ މެޗަށް ނިކުންނައިރު ބާސެލޯނާ އިން ވަނީ ސްޕެނިޝް ލީގު ކާމިޔާބު ކުރުމާ ގާތަށް ޖެހިލައިފަ އެވެ.

ފްލިކް ބުނީ އޮސަސޫނާ އަކީ ވެސް އިިދިކޮޅަށް ކުޅެން ވަރުގަދަ ޓީމެއް ކަމަށާއި، އެ ޓީމާ މެދު ސަމާލުވާން ޖެހޭނެ ކަމަށެވެ. އޭނާ ބުނީ އޮސަސޫނާއާ ދެކޮޅަށް ބާސެލޯނާ އިން ދައްކަން ޖެހޭނީ، އެންމެ ފަހުން ލީގުގައި ގެޓާފޭއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ދެއްކި ފެންވަރުގެ ކުޅުމެއް ކަމަށެވެ. ޚާއްސަކޮށް ޑިފެންސްގައި މޮޅު ކުޅުމެއް ދެއްކުމާ އެކު، ލިބޭ ފުރުސަތުގެ ބޭނުން ހިފަން ޖެހޭނެ ކަަމަށް ފްލިކް ބުންޏެވެ. އެއާ އެކު ފްލިކް ބުނީ، އޭނާ މިވަގުތު ދައްކާނީ އޮސަސޫނާ މެޗުގެ ވާހަކަ ކަމަށާއި، އޭގެ ފަހުން ހުރި މެޗު ތަކުގެ ވާހަކަ މިވަގުތު ނުދައްކާނެ ކަމަށެވެ.

މީގެ އިތުރުން ސްޕެނިޝް ލީގާ ގުޅޭ ގޮތުން ސުވާލު ކުރުމުން ފްލިކް ބުނީ، މިވަގުތު އެ ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ޓީމުގެ ރޫހަށް އަދި ކުޅުންތެރިންގެ ވިސްނުމަށް ބަދަލެއް އަަންނަން ބޭނުން ނުވާ ކަމަށް ވެސް ފްލިކް ބުންޏެވެ. ފްލިކް ބުނީ، ފޯކަސް އޮތީ މެޗަކަށް ފަހު މެޗަކަށް ކަމަށާއި، ބާސެލޯނާ އިން ބޭނުން ވަނީ ކޮންމެ މެޗަކުން ވެސް މޮޅުވާން ކަމަށެވެ. އެގޮތުން އޭނާ ބުނީ ލީގުގައި ބާކީ ބާސެލޯނާ އަށް އޮތީ ވެސް އުނދަގޫ މެޗު ތަކަކަށް ވާނެ ކަމަށެވެ. ބާސެލޯނާ އިން އެ ޓީމުގެ އެންމެ މޮޅު ކުޅުން ދައްކަން ޖެހޭނެކަން ފާހަގަކޮށް ފްލިކް ބުނީ، ޓީމުގެ މުޅި ސްކޮޑު އޮތީ ތައްޔާރަށް ކަމަށެވެ. 

އޮސަސޫނާއާ ދެކޮޅަށް ނިކުންނައިރު، ބާސެލޯނާ އެއް ވަަނައިގައި އޮތީ 11 ޕޮއިންޓުގެ ލީޑަކުންނެވެ. އެއީ މިހާތަނަށް ލީގުގައި ކުޅެފައިވާ 33 މެޗުން 85 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި ވާދަވެރި ރެއާލް މެޑްރިޑަށް ލިބެނީ 74 ޕޮއިންޓެވެ.

ބާސެލޯނާހަންސީ ފްލިކް

ކޮމެންޓް

އިތުރަށް ކިޔާލަން

ޓީމާ މެދު އިތުބާރު އެބަ އޮތް، ނަތީޖާ އަނބުރާ ލެވޭނެ: ފްލިކް

ޓީމާ މެދު އިތުބާރު އެބަ އޮތް، ނަތީޖާ އަނބުރާ ލެވޭނެ: ފްލިކް

14 އެޕްރީލު 2026
އަމިއްލަ ދަނޑުގައި އެތުލެޓިކޯ އަތް ދަށުވެ، ބާސެލޯނާ އަށް ހާސްކަން

އަމިއްލަ ދަނޑުގައި އެތުލެޓިކޯ އަތް ދަށުވެ، ބާސެލޯނާ އަށް ހާސްކަން

09 އެޕްރީލު 2026
ފަހަތުން އަރައި އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އިން ލީޑު ފުޅާ ކޮށްފި

ފަހަތުން އަރައި އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އިން ލީޑު ފުޅާ ކޮށްފި

05 އެޕްރީލު 2026
އަނިޔާގެ ސަބަބުން ރަފީނިއާ އަށް ގިނަ މެޗު ތަކެއް ގެއްލޭނެ

އަނިޔާގެ ސަބަބުން ރަފީނިއާ އަށް ގިނަ މެޗު ތަކެއް ގެއްލޭނެ

29 މާރިޗު 2026
މުސްތަޤުބަލާ މެދު ވިސްނަން ވަގުތު އެބަ އޮތް: ލެވަންޑޯސްކީ

މުސްތަޤުބަލާ މެދު ވިސްނަން ވަގުތު އެބަ އޮތް: ލެވަންޑޯސްކީ

25 މާރިޗު 2026

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު