Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިނގިރޭސިވިލާތް

ބޮޑު ވަޒީރު ސްޓާމަރއާ ދެކޮޅަށް ލޭބަރ ޕާޓީގެ މެމްބަރު ވެސްޓް ތެދުވެއްޖެ، ވިދާޅުވީ ކެބިނެޓުން އަންގާރަ ދުވަހުގެ ނިޔަލަށް ގޮތެއް ނިންމަން ޖެހޭނެ ކަމަށް

10 މެއި 2026 | އާދީއްތަ 10:26

ލޭބަރ ޕާޓީ އަށް އެންމެ ފަހުން އޮތް އިންތިޚާބު ތަކުގައި ލިބުނު ބޮޑު ނާކާމިޔާބީގެ ފަހުން ވާހަކަ ދައްކަވަމުން ވެސްޓް ވިދާޅުވީ، އޭނާ ގެންދަވަނީ ކެބިނެޓުގެ މެމްބަރުންނަށް އިންޒާރު ދެއްވަމުން ކަމަށް އަދި އަންގާރަ ދުވަހުގެ ނިޔަލަށް އެކަމަށް ގޮތެއް ނިމި، ލީޑަރު ކަމަށް އެހެން މީހަކު ނުހޯދިއްޖެ ނަމަ، ލޭބަރ ޕާޓީގެ މެމްބަރުންގެ ތާއީދު ހޯއްދަވަން އޭނާ ފައްޓަވާނެ ކަމަށް ވެސްޓް ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 މެއި 2026 | އާދީއްތަ 10:26
 އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމަރ އަދި ލޭބަރ ޕާޓީގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރު ކެތެރިން ވެސްޓް.

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމަރ އަދި ލޭބަރ ޕާޓީގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރު ކެތެރިން ވެސްޓް. | ރޮއިޓާސް

އިނގިރޭސިވިލާތުގައި ވެރިކަން ކުރަމުން އަންނަ ލޭބަރ ޕާޓީ އަށް ލިބުނު ބޮޑު ނާކާމިޔާބާ ގުޅިގެން، ސަރުކާރުގެ ކެބިނެޓުން ގޮތެއް ނުނިންމައިފި ނަމަ، އޭނާ އަމިއްލަ އަށް ލީޑަރު ކަމަށް ނިކުންނަވާނެ ކަމަށް ލޭބަރ ޕާޓީގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރު ކެތެރިން ވެސްޓް ވިދާޅުވެއްޖެ އެވެ. 

ބީބީސީ އަށް ދެއްވި ޚާއްސަ އިންޓަވިޔުއެއްގައި ވެސްޓް ވިދާޅުވީ، އޭނާ އަށް ފެންނަ އެންމެ ރަނގަޅު ޙައްލަކީ ކެބިނެޓުން ބޮޑު ވަޒީރާ މަޝްވަރާ ކުރައްވައި، ބޮޑު ވަޒީރު ކިއާ ސްޓާމަރ ގެ ބަދަލުގައި އެހެން މީހަކު ކުރިއަށް ނެރުން ކަމަށެވެ. އޭރުން ލޭބަރ ޕާޓީގެ ލީޑަރު ހޮވުމަށް އިންތިޚާބެއް ބާއްވާކަށް ނުޖެހޭނެ އެވެ. 

ލޭބަރ ޕާޓީ އަށް އެންމެ ފަހުން އޮތް އިންތިޚާބު ތަކުގައި ލިބުނު ބޮޑު ނާކާމިޔާބީގެ ފަހުން ވާހަކަ ދައްކަވަމުން ވެސްޓް ވިދާޅުވީ، އޭނާ ގެންދަވަނީ ކެބިނެޓުގެ މެމްބަރުންނަށް އިންޒާރު ދެއްވަމުން ކަމަށެވެ. އަދި އަންގާރަ ދުވަހުގެ ނިޔަލަށް އެކަމަށް ގޮތެއް ނިމި، ލީޑަރު ކަމަށް އެހެން މީހަކު ނުހޯދިއްޖެ ނަމަ، ލޭބަރ ޕާޓީގެ މެމްބަރުންގެ ތާއީދު ހޯއްދަވަން އޭނާ ފައްޓަވާނެ ކަމަށް ވެސްޓް ވިދާޅުވި އެވެ. 

އެކަން ކުރުމަށްޓަކައި ލޭބަރ ޕާޓީގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ތެރެއިން 20 އިންސައްތަ މެމްބަރުންގެ ތާއީދު ބޭނުންވާނެ އެވެ. އެއީ 81 މެމްބަރުންގެ ތާއީދެވެ. 

ކުރީގެ ޖޫނިއާ ފޮރިން އޮފީސް މިނިސްޓަރު ވެސްޓް ވިދާޅުވީ، ލޭބަރ ޕާޓީގެ ލީޑަރު ކަމަށް ކުރިމަތިލުމަށް މިހާރު 10 މެމްބަރުންގެ ތާއީދު އޭނާ އަށް އޮތް ކަމަށެވެ. އަދި އެ 10 މެމްބަރުންގެ އަދަދު އިތުރުކޮށް، ވޯޓި ނެގުމަށް ބޭނުންވާ އަދަދު ފުރިހަމަ ވާނެ ކަމުގެ ޔަޤީންކަން އޮތް ކަމަށް ވެސް ވެސްޓް ވަނީ ވިދާޅުވެފަ އެވެ. 

ހޯންސީ އެންޑް ފްރިއަން ބާނެޓްގެ މެމްބަރު ވިދާޅުވީ، އޭނާގެ އެންމެ ރަނގަޅު ޙައްލަކީ ކެބިނެޓުން އެމީހުންގެ ތެރޭގައި ބަދަލު ތަކެއް ގެނައުން ކަަމަށާއި، މިހާރުގެ ބޮޑު ވަޒީރު ސްޓާމަރ އަށް އެހެން ރޯލެއް ދިނުން ކަމަށެވެ. މިސާލެއްގެ ގޮތުގައި އޭނާ ވިދާޅުވީ، ސްޓާމާ އަށް ބައިނަލްއަޤުވާމީ ރޯލެއް ވެސް ދެވިދާނެ ކަމަށެވެ. 

ނަމަވެސް، ސަރުކާރުގެ ކެބިނެޓު އޮފީސް މިނިސްޓަރު ނިކް ތޯމަސް ސިމަންޑްސް ވިދާޅުވީ، އެ ހުށަހެޅުމާ ދެކޮޅު ހެއްދެވުމަށް ކެބިނެޓުގެ ވަޒީރުންނަށް "އިންޒާރު" ދެއްވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ފާއިތުވި 10 އަހަރަށް ބަލާއިރު ވެސް، ސަރުކާރުގައި އޮންނަ ޕާޓީ އިން ލީޑަރު ބަދަލު ކުރުމަކީ މާ ރަނގަޅު ކަމެއް ކަަމަށް ފާހަގަވެފައި ނުވާ ކަމަށެވެ. 

ތަޖުރިބާކާރުން ބުނާ ގޮތުގައި ލޭބަރ ޕާޓީގެ ލީޑަރު ކަމަށް ވަޑައިގެންނެވުމަށް ވެސްޓް އަމިއްލަ އަށް މަސައްކަތް ނުކުރެއްވި ނަމަވެސް، އެ މަގާމަށް އެހެން ބޭފުޅަކު ގެންނަން ވެސް އޭނާ މަސައްކަތް ކުރައްވަފާނެ އެވެ. އެހެންކަމުން، މިވަގުތު ވެރިކަން ކުރާ ލޭބަރ ޕާޓީގެ ތެރޭގައި ނުތަނަވަސްކަން އޮންނާނެ ކަމަށް ތަޖުރިބާކާރުން އަންނަނީ ފާހަގަ ކުރަމުންނެވެ. 

އިންތިޚާބުގެ ނަތީޖާ އަށް ފަހު ބޮޑު ވަޒީރު ސްޓާމަރ ވިދާޅުވެފައި ވަނީ، މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ބޮޑު ވަޒީރު ކަމުން އިސްތިއުފާ ދެއްވައި، އެ ޤައުމު ހަލަބޮލި ކަމެއްގެ ތެރެއަށް ނުގެންދަވާނެ ކަމަށާއި، އޭގެ ބަދަލުގައި އެކުވެރި ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އިނގިރޭސިވިލާތުގެ ކައުންސިލް އިންތިޚާބު ތަކާއި، ވޭލްސް އަދި ސްކޮޓްލެންޑުގެ ޕަރލަމެންޓް އިންތިޚާބު ތަކުގައި ލޭބަރ ޕާޓީ އަށް ވަނީ ބޮޑު ނާކާމިޔާބެއް ކުރިމަތިވެފަ އެވެ. 

މަސްދަރު: ބީބީސީ

އިނގިރޭސިވިލާތްލޭބަރ ޕާޓީ - ޔޫކޭކިއާ ސްޓާމަރ (އިނގިރޭސިވިލާތުގެ ކުރީގެ ބޮޑު ވަޒީރު)ކެތެރިން ވެސްޓް

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

27 އޯގަސްޓު 2026

ފޯޅަވައްސާއި ބެހޭ ގޮތުން "ޕެން ފޯ ރައިޓްސް" އިން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަށް އިނގިރޭސިވިލާތުން ޖަވާބުދީފި، ބުނީ ސިޔާދީ މައްސަލަ އޮތީ އެ ގައުމާ މޮރިޝަސް އާ ދެމެދުގައި ކަމަށް

27 އޯގަސްޓު 2026
ފޯޅަވައްސާއި ބެހޭ ގޮތުން "ޕެން ފޯ ރައިޓްސް" އިން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަށް އިނގިރޭސިވިލާތުން ޖަވާބުދީފި، ބުނީ ސިޔާދީ މައްސަލަ އޮތީ އެ ގައުމާ މޮރިޝަސް އާ ދެމެދުގައި ކަމަށް
24 އޯގަސްޓު 2026

ބޮޑު ވަޒީރުގެ ގޮތުގައި ބާންހަމްގެ ފުރަތަމަ ދަތުރުފުޅު ޔޫކްރެއިން އަށް، އެ ޤައުމަށް މިސައިލް ބްލޫޕްރިންޓް ދެއްވަނީ

24 އޯގަސްޓު 2026
ބޮޑު ވަޒީރުގެ ގޮތުގައި ބާންހަމްގެ ފުރަތަމަ ދަތުރުފުޅު ޔޫކްރެއިން އަށް، އެ ޤައުމަށް މިސައިލް ބްލޫޕްރިންޓް ދެއްވަނީ
17 އޯގަސްޓު 2026

އެމެރިކާގެ ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް ސޫޒީ ވައިލްސްގެ ކަމަށް ހެދިގެން އުޅުނު މީހަކާ އިނގިރޭސި ބޮޑުވަޒީރަށް މެސެޖުތަކެއް ބަދަލުކުރެއްވިއްޖެ

17 އޯގަސްޓު 2026
އެމެރިކާގެ ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް ސޫޒީ ވައިލްސްގެ ކަމަށް ހެދިގެން އުޅުނު މީހަކާ އިނގިރޭސި ބޮޑުވަޒީރަށް މެސެޖުތަކެއް ބަދަލުކުރެއްވިއްޖެ
14 އޯގަސްޓު 2026

ބޮޑެތި ޕާޓީތަކުން ބޮއިކޮޓް ކުރި އިންތިޚާބުގައި ބޮޑު ކާމިޔާބެއް ހޯއްދަވައި، ފަރާޖް ގޮނޑި ދިފާއު ކުރައްވައިފި

14 އޯގަސްޓު 2026
ބޮޑެތި ޕާޓީތަކުން ބޮއިކޮޓް ކުރި އިންތިޚާބުގައި ބޮޑު ކާމިޔާބެއް ހޯއްދަވައި، ފަރާޖް ގޮނޑި ދިފާއު ކުރައްވައިފި
12 އޯގަސްޓު 2026

ރާއްޖެއަށް ފުރުސަތު ލިބޭ އިނގިރޭސިވިލާތުން ދެމުން އަންނަ "ޗީވްނިންގ" ސްކޯލަރޝިޕްގެ ބައެއް ޕްރޮގްރާމްތައް މެދުކަނޑާލައިފި

12 އޯގަސްޓު 2026
ރާއްޖެއަށް ފުރުސަތު ލިބޭ އިނގިރޭސިވިލާތުން ދެމުން އަންނަ "ޗީވްނިންގ" ސްކޯލަރޝިޕްގެ ބައެއް ޕްރޮގްރާމްތައް މެދުކަނޑާލައިފި
10 އޯގަސްޓު 2026

ސިފައިންގެ އަންހެން އޮފިސަރުންނަށް ޖިންސީ އަނިޔާކޮށް ރޭޕު ކުރާ މައްސަލައާ އެކު، ޑިފެންސް ސެކްރެޓަރީ ސްޓްރީޓިން ރަތަށް!

10 އޯގަސްޓު 2026
ސިފައިންގެ އަންހެން އޮފިސަރުންނަށް ޖިންސީ އަނިޔާކޮށް ރޭޕު ކުރާ މައްސަލައާ އެކު، ޑިފެންސް ސެކްރެޓަރީ ސްޓްރީޓިން ރަތަށް!
09 އޯގަސްޓު 2026

ދިރިއުޅުމުގެ އަގުތައް ބޮޑުވާ މައްސަލަ ހައްލުކޮށް، ރައްޔިތުން ނޭވާލާނެ ފުރުސަތެއް ހޯދައި ދިނުމަށް ބޮޑު ވަޒީރު ބާންހަމް ޚާއްސަ ދަތުރުތަކެއް ފައްޓަވަނީ

09 އޯގަސްޓު 2026
ދިރިއުޅުމުގެ އަގުތައް ބޮޑުވާ މައްސަލަ ހައްލުކޮށް، ރައްޔިތުން ނޭވާލާނެ ފުރުސަތެއް ހޯދައި ދިނުމަށް ބޮޑު ވަޒީރު ބާންހަމް ޚާއްސަ ދަތުރުތަކެއް ފައްޓަވަނީ
06 އޯގަސްޓު 2026

ރަޝިޔާއާ ދެކޮޅަށް ދަތި ކުރުމުގެ އައު 13 ފިޔަވަޅެއް އިނގިރޭސިވިލާތުން އަޅައިފި

06 އޯގަސްޓު 2026
ރަޝިޔާއާ ދެކޮޅަށް ދަތި ކުރުމުގެ އައު 13 ފިޔަވަޅެއް އިނގިރޭސިވިލާތުން އަޅައިފި
03 އޯގަސްޓު 2026

ފޯޅަވައްސަކީ ދިވެހިންގެ ތަނެއް ކަމަށް ޝައްކެއްނެތޭ ވިދާޅުވާ ރައީސަކު އެތަން އިނގިރޭސިންގެ އަތްދަށުގައި އޮތުމަކީ އެއްވެސް މައްސަލަ އެއް ނޫނޭ މި ވިދާޅުވަނީ ކީއްވެ؟

03 އޯގަސްޓު 2026
ފޯޅަވައްސަކީ ދިވެހިންގެ ތަނެއް ކަމަށް ޝައްކެއްނެތޭ ވިދާޅުވާ ރައީސަކު އެތަން އިނގިރޭސިންގެ އަތްދަށުގައި އޮތުމަކީ އެއްވެސް މައްސަލަ އެއް ނޫނޭ މި ވިދާޅުވަނީ ކީއްވެ؟
30 ޖުލައި 2026

ބާންހަމްއާ ދިމާވި އުމުރުން ދުވަސްވީ މީހަކު ބުނީ، ކޮންމެ ފަސް މިނެޓަކުން ބޮޑު ވަޒީރު ބަދަލުވާތީ އައު މީހަކު މަޤާމާ ހަވާލުވިޔަސް ނޭނގޭ ކަމަށް!

30 ޖުލައި 2026
ބާންހަމްއާ ދިމާވި އުމުރުން ދުވަސްވީ މީހަކު ބުނީ، ކޮންމެ ފަސް މިނެޓަކުން ބޮޑު ވަޒީރު ބަދަލުވާތީ އައު މީހަކު މަޤާމާ ހަވާލުވިޔަސް ނޭނގޭ ކަމަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް