Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާންއާ ދެކޮޅަށް އަލުން ހަނގުރާމަ ފެށުމުގެ މަޝްވަރާ ކުރުމަށް، ޓްރަމްޕް އެޑްވައިޒަރުންނާ ބައްދަލު ކުރައްވައިފި

12 މެއި 2026 | އަންގާރަ 05:58

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، ހޯމަ ދުވަހު ޓްރަމްޕް ވަނީ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީއާ ބައްދަލު ކުރައްވާފައި. އެ ބައްދަލުވުމުގައި އެމެެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް އާއި، ޓްރަމްޕްގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް އާއި، ސެކްރެޓަރީ އޮފް ސްޓޭޓް މާކޫ ރޫބިއޯ، ޕެންޓަގަންގެ އިސްވެރިޔާ ޕީޓް ހެގްސެތު، ސީއައިއޭގެ ވެރިޔާ ޖޯން ރެޓްކްލިފް އަދި ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޖެނެރަލް ޑޭން ކެއިން ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 މެއި 2026 | އަންގާރަ 05:58
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. | ގެޓީ އިމޭޖަސް

އީރާން އިން ހުށަހެޅި ފަހުގެ މަޝްވަރާ ތަކުގެ ހުށަހެޅުން ބަލައި ނުގަނެވޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުުވުމާ ގުޅިގެން، އީރާންއާ ދެކޮޅަށް އަލުން ހަމަލާތައް ފެށުމަށް ވިސްނަވަމުން ގެންދަވާ ކަމަށް އެމެރިކާގެ އޮފިޝަލުން ހާމަ ކޮށްފި އެވެ. 

ރިޕޯޓު ތަކުގައި ބުނާ ގޮތުގައި ހަފުތާ ތަކަށް ހަނގުރާމަ މެދު ކަނޑާލުމަށް އެއްބަސްވުމަށް ފަހު، އީރާންއާ ދެކޮޅަށް އަލުން ހަމަލާތައް ދިނުމާ މެދު މަޝްވަރާ ކުރުމާއި، އެކަމުގައި ރާވަން ޖެހޭ ކަންކަން ރޭވުމަށް ޓްރަމްޕް ވަނީ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓިއާ ބައްދަލު ކުރައްވަން ނިންމަވައިފަ އެވެ. 

އީރާން އިން އެމެރިކާގެ އުޅަނދު ތަކަށް ނުރައްކާ ކުރަމުން އަންނަ ކަމަށް ބުނެ، އެމެރިކާގެ ސިފައިން ވަނީ ފާއިތުވި ދުވަސް ތަކުގައި އީރާންގެ ސިފައިންނަށް އަމާޒުކޮށް ހަމަލާ ތަކެއް ދީފަ އެވެ. ރައްދުގައި އީރާން އިން ވެސް ވަނީ އެމެރިކާގެ އަސްކަރިއްޔާ އަށް އަމާޒުކޮށް ހަމަލާ ތަކެއް ދީފަ އެވެ. 

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، ހޯމަ ދުވަހު ޓްރަމްޕް ވަނީ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީއާ ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި އެމެެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް އާއި، ޓްރަމްޕްގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް އާއި، ސެކްރެޓަރީ އޮފް ސްޓޭޓް މާކޫ ރޫބިއޯ، ޕެންޓަގަންގެ އިސްވެރިޔާ ޕީޓް ހެގްސެތު، ސީއައިއޭގެ ވެރިޔާ ޖޯން ރެޓްކްލިފް އަދި ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޖެނެރަލް ޑޭން ކެއިން ވެސް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ. 

އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ އެކްސިއޯސްގައި ބުނެފައި ވަނީ، އީރާންއާ ދެކޮޅަށް "ކުޑަކޮށް" ފިޔަވަޅު އަޅުއްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. އެކްސިއޯސް އަށް މައުލޫމާތު ދެމުން އޮފިޝަލުން ބުނި ގޮތުގައި، އީރާންގެ ނިއުކްލިއާ ޕްރޮގްރާމް އަށް ދަތި ކުރުމާއި، އީރާންގެ ވެރިކަަމަށް ދަތި ކުރުމުގެ ގޮތުން ބައެއް ފިޔަވަޅުތައް އެޅުމަށް ޓްރަމްޕް ގެންދަވަނީ ވިސްނަވަމުންނެވެ. 

މިދިޔަ ހަފުތާގެ ތެރޭގައި ޓްރަމްޕް ވަނީ، އީރާން އާއެކު އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ އުންމީދު ފާޅު ކުރައްވައިފަ އެވެ. ނަމަވެސް، ޕާކިސްތާން މެދުވެރިކޮށް އީރާން އިން ހުށަހެޅި ޖަވާބަށް ފަހު، ޓްރަމްޕް ވިދާޅުވީ ހަނގުރާމަ ހުއްޓުވުމުގެ އެއްބަސްވުން މިހާރު ނުރައްކަލެއްގައި އޮތް ކަމަށެވެ. 

މަސްދަރު: އަލް އަރަބިއްޔާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

11 މެއި 2026

އީރާން މައްސަލައިގައި ޓްރަމްޕް ބޭނުން ވަނީ ޗައިނާގެ ރައީސް އަށް ޕްރެޝަރު ކުރިމަތި ކުރުވަން

11 މެއި 2026
އީރާން މައްސަލައިގައި ޓްރަމްޕް ބޭނުން ވަނީ ޗައިނާގެ ރައީސް އަށް ޕްރެޝަރު ކުރިމަތި ކުރުވަން
11 މެއި 2026

އީރާން އިން ހުށަހެޅީ ވަރަށް އިންސާފުވެރި ހުށަހެޅުމެއް: ބަޣާއީ

11 މެއި 2026
އީރާން އިން ހުށަހެޅީ ވަރަށް އިންސާފުވެރި ހުށަހެޅުމެއް: ބަޣާއީ
11 މެއި 2026

އެމެރިކާގެ އަސްކަރީ އެހީތެރިކަމަށް ބަރޯސާވުން ކުޑަ ކުރާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

11 މެއި 2026
އެމެރިކާގެ އަސްކަރީ އެހީތެރިކަމަށް ބަރޯސާވުން ކުޑަ ކުރާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
11 މެއި 2026

އީރާން އިން ދިން ޖަވާބު ބަލައި ނުގަނެވޭނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

11 މެއި 2026
އީރާން އިން ދިން ޖަވާބު ބަލައި ނުގަނެވޭނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
10 މެއި 2026

ފަތުރުވެރިކަމުގެ ސިނާޢަތަށް 500 މިލިއަން ޑޮލަރުގެ ގެއްލުންވެފައިވާތީ، ސިނާއަތް ސަލާމަތްކުރަން ކުއްލި އެހީއަށް އެދިއްޖެ

10 މެއި 2026
ފަތުރުވެރިކަމުގެ ސިނާޢަތަށް 500 މިލިއަން ޑޮލަރުގެ ގެއްލުންވެފައިވާތީ، ސިނާއަތް ސަލާމަތްކުރަން ކުއްލި އެހީއަށް އެދިއްޖެ
10 މެއި 2026

އިޒްރޭލް އިން އިރާގުގައި ސިއްރު އަސްކަރީ މަރުކަޒެއް ޤާއިމު ކޮށްފި

10 މެއި 2026
އިޒްރޭލް އިން އިރާގުގައި ސިއްރު އަސްކަރީ މަރުކަޒެއް ޤާއިމު ކޮށްފި
10 މެއި 2026

ސައުދީ އަރަމްކޯގެ ފައިދާ 25 އިންސައްތަ އިތުރުވެއްޖެ

10 މެއި 2026
ސައުދީ އަރަމްކޯގެ ފައިދާ 25 އިންސައްތަ އިތުރުވެއްޖެ
10 މެއި 2026

އީރާންއާ ދެކޮޅު ހަދާ ޤައުމު ތަކަށް، ހޮރްމޫޒް ކަނޑު އޮޅީގައި ދަތި ތަކެއް ކުރިމަތި ވާނެ ކަމަށް އެ ޤައުމުން ބުނެފި

10 މެއި 2026
އީރާންއާ ދެކޮޅު ހަދާ ޤައުމު ތަކަށް، ހޮރްމޫޒް ކަނޑު އޮޅީގައި ދަތި ތަކެއް ކުރިމަތި ވާނެ ކަމަށް އެ ޤައުމުން ބުނެފި
10 މެއި 2026

ރޫބިއޯ، ޤަތަރުގެ ބޮޑު ވަޒީރާ ބައްދަލު ކުރައްވައިފި

10 މެއި 2026
ރޫބިއޯ، ޤަތަރުގެ ބޮޑު ވަޒީރާ ބައްދަލު ކުރައްވައިފި
10 މެއި 2026

ޑްރޯން އާއި މިސައިލް ތަކުން ހަމަލާ ދޭން ތައްޔާރު، މިތިބީ އޯޑަރު އަންނަންދެން: އީރާން

10 މެއި 2026
ޑްރޯން އާއި މިސައިލް ތަކުން ހަމަލާ ދޭން ތައްޔާރު، މިތިބީ އޯޑަރު އަންނަންދެން: އީރާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް