Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ހަމަލާ ދީފި ނަމަ، ވަރުގަދަ ފިލާވަޅެއް ދަސްކޮށްދޭނަން: އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޣަލިބާފް ވިދާޅުވީ، ކޮންމެ ފަދަ އުދުވާާނަކަށް ރައްދު ދީ، އެކަން ކުރާ ބަޔަކަށް ފިލާާވަޅެއް ދަސްކޮށްދިނުމަށް އީރާންގެ ހަތިޔާރު އެޅި ސިފައިން ތިބީ ތައްޔާރަށް ކަމަށް. އަދި ނުބައި ސިޔާސަތު ތަކާއި، ނުބައި ނިންމުން ތަކުގެ ނަތީޖާ އަބަދު ވެސް ނިކުންނާނީ ގޯސްކޮށް ކަމަށާއި، އެކަން މިއަދު މުޅި ދުނިޔެ އަށް ވެސް ސާފު ވާނެ ކަމަށް އޭނާ ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 މެއި 2026 | އަންގާރަ 06:17
އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ޣަލިބާފް.

އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ޣަލިބާފް. | ރޮއިޓާސް

އީރާން އަށް އަލުން ހަމަލާއެއް ދީފި ނަމަ، އެފަދަ އުދުވާނެއް ހިންގާ ބަޔަކަަށް ވަރުގަދަ ފިލާވަޅެއް ދަސްކޮށްދޭނެ ކަމަށް ވިދާޅުވެ، އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ޣަލިބާފް އިންޒާރު ދެއްވައިފި އެވެ. 

ޣަލިބާފް މިހެން ވިދާޅުވީ، މެދު އިރުމަތީގައި އޮތް ހަަމަލާ ބަދަލު ކުރުން ހުއްޓާލުމުގެ އެއްބަސްވުން އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނިކޮށެވެ. އެކަމަށް ރައްދު ދެއްވަމުން ޣަލިބާފް ވިދާޅުވީ، އީރާންގެ އަސްކަރިއްޔާ އޮތީ އެންމެ ފުރިހަމަ އަށް ތައްޔާރަށް ކަމަށެވެ. 

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޣަލިބާފް ވިދާޅުވީ، ކޮންމެ ފަދަ އުދުވާާނަކަށް ރައްދު ދީ، އެކަން ކުރާ ބަޔަކަށް ފިލާާވަޅެއް ދަސްކޮށްދިނުމަށް އީރާންގެ ހަތިޔާރު އެޅި ސިފައިން ތިބީ ތައްޔާރަށް ކަމަށެވެ. އަދި ނުވައި ސިޔާސަތު ތަކާއި، ނުބައި ނިންމުން ތަކުގެ ނަތީޖާ އަބަދު ވެސް ނިކުންނާނީ ގޯސްކޮށް ކަމަށާއި، އެކަން މިއަދު މުޅި ދުނިޔެ އަށް ވެސް ސާފު ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޯމަ ދުވަހު ވިދާޅުވީ، އީރާން އާއެކު ޤާއިމު ކޮށްފައި އޮތް ހަމަލާ ބަދަލު ކުރުން މެދު ކަނޑާލުމުގެ އެއްބަަސްވުން މިހާރު އޮތީ ނާޒުކު ޙާލަތެއްގައި ކަަމަށެވެ. ނުވަތަ އެ އެއްބަސްވުން އޮތީ ނެތި ދިޔުމުގެ މަގު މަތީގައި ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. ޓްރަމްޕް މިހެން ވިދާޅުވީ، އެމެރިކާ އިން ހުށަހެޅި ހުށަހެޅުން ތަކަށްް އީރާން އިން ދިން ޖަވާބަކީ، ބަލައި ގަނެވޭނެ ޖަވާބެއް ނޫން ކަމަށް ވިދާޅުވުމަށް ފަހު އެވެ. 

އީރާން އިން ދިން ޖަވާބު ބަލައި ނުގަންނަން ޓްރަމްޕް ނިންމުމާ ގުޅިގެން، މިހާރު 10 ހަފުތާ އަށް ދެމިގެން ގޮސްފައިވާ މި ހަަމަނުޖެހުންތައް އިތުރަށް ދިގުލައިގެން ހިނގައި ދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ. މީގެ އިތުރުން، ހޮރްމޫޒް ކަނޑު އޮޅިން ކުރާ މުދާ އުފުލުމުގެ ދަތުރު ފަހަރު ތަކަށް މީގެ ސަބަބުން ބޮޑެތި ހުރަސް ތަކެއް ކުރިމަތި ވަމުންދާނެ ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ލަފާ ކުރެ އެވެ. 

މި ޙާލަތާ ގުޅިގެން ހޯމަ ދުވަހު ޓްރަމްޕް ވަނީ އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީއާ ބައްދަލު ކުރައްވައި، އީރާން އަށް ހަަމަލާ ދެވިދާނެ ގޮތްތަކާ މެދު މަޝްވަރާ ކުރައްވައިފަ އެވެ. 

މަސްދަރު: އެޖެންސީސް

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ މުހައްމަދު ބާގިރު ގަލިބާފްއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އިތުރަށް ކިޔާލަން

12 މެއި 2026

އީރާންއާ ދެކޮޅަށް އަލުން ހަނގުރާމަ ފެށުމުގެ މަޝްވަރާ ކުރުމަށް، ޓްރަމްޕް އެޑްވައިޒަރުންނާ ބައްދަލު ކުރައްވައިފި

12 މެއި 2026
އީރާންއާ ދެކޮޅަށް އަލުން ހަނގުރާމަ ފެށުމުގެ މަޝްވަރާ ކުރުމަށް، ޓްރަމްޕް އެޑްވައިޒަރުންނާ ބައްދަލު ކުރައްވައިފި
11 މެއި 2026

އީރާން މައްސަލައިގައި ޓްރަމްޕް ބޭނުން ވަނީ ޗައިނާގެ ރައީސް އަށް ޕްރެޝަރު ކުރިމަތި ކުރުވަން

11 މެއި 2026
އީރާން މައްސަލައިގައި ޓްރަމްޕް ބޭނުން ވަނީ ޗައިނާގެ ރައީސް އަށް ޕްރެޝަރު ކުރިމަތި ކުރުވަން
11 މެއި 2026

އީރާން އިން ހުށަހެޅީ ވަރަށް އިންސާފުވެރި ހުށަހެޅުމެއް: ބަޣާއީ

11 މެއި 2026
އީރާން އިން ހުށަހެޅީ ވަރަށް އިންސާފުވެރި ހުށަހެޅުމެއް: ބަޣާއީ
11 މެއި 2026

އެމެރިކާގެ އަސްކަރީ އެހީތެރިކަމަށް ބަރޯސާވުން ކުޑަ ކުރާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

11 މެއި 2026
އެމެރިކާގެ އަސްކަރީ އެހީތެރިކަމަށް ބަރޯސާވުން ކުޑަ ކުރާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
11 މެއި 2026

އީރާން އިން ދިން ޖަވާބު ބަލައި ނުގަނެވޭނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

11 މެއި 2026
އީރާން އިން ދިން ޖަވާބު ބަލައި ނުގަނެވޭނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު