Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިނގިރޭސިވިލާތް

ވެރިކަން ކުރާާ ލޭބާ ޕާޓީ އަށް ލަދުވެތި ނާ ކާމިޔާބެއް، ބޮޑު ވަޒީރު ސްޓާމާ ވިދާޅުވީ އިސްތިއުފާ ނުދެއްވާނެ ކަމަށް

ލޭބާ ޕާޓީ އަށް ވޭލްސްގެ ވެރިކަން ގެއްލިފައިވާއިރު، މިއީ އެ ޕާޓީ އިން 27 އަހަރު ވަންދެން ވޭލްސްގައި ކުރަމުން އައި ވެެރިކަން ބަދަލުވި ފަހަރު. ސްކޮޓްލެންޑުގައި އެންމެ ބޮޑު ކާމިޔާބެއް އޭއެއެސްޕީ އިން ހޯދި ނަމަވެސް، އިނގިރޭސިވިލާތުގައި ރިފޯމް ޔޫކޭ އިން ވަނީ ބޮޑު ކާމިޔާބެއް ހޯދާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 9 މެއި 2026 | ހޮނިހިރު 06:40
އިންތިޚާބުގައި ވޯޓު ލެއްވުމަށް ފަހު ބޮޑު ވަޒީރު ސްޓާމާ އާއި އަނބިކަނބަލުން ވޯޓިން ސްޓޭޝަން އިން ނިކުމެ ވަޑައިގަންނަވަނީ.

އިންތިޚާބުގައި ވޯޓު ލެއްވުމަށް ފަހު ބޮޑު ވަޒީރު ސްޓާމާ އާއި އަނބިކަނބަލުން ވޯޓިން ސްޓޭޝަން އިން ނިކުމެ ވަޑައިގަންނަވަނީ. | ގެޓީ އިމޭޖަސް

އިނގިރޭސިވިލާތުގައި ވެރިކަން ކުރަމުން އަންނަ ލޭބާ ޕާޓީ އަށް އިންތިޚާބުގައި ލަދުވެތި ނާކާމިޔާބެއް ކުރިމަތިވެފައިވާއިރު، މަގާމުން އިސްތިއުފާ ދެއްވައި، ޤައުމު ހަމަ ނުޖެހުމަކަށް ދިޔުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ ވިދާޅުވެއްޖެ އެވެ. 

އިނގިރޭސިވިލާތާާއި، ސްކޮޓްލެންޑް އަދި ވޭލްސްގައި ބޭއްވި އިންތިޚާބުގެ ނަތީޖާ އިން ބޮޑު ވަޒީރު ސްޓާމާ އަށް ޕްރެޝަރު ބޮޑުވެފައިވާއިރު، ލޭބާ ޕާޓީގެ ބައެއް މެމްބަރުން ވެސް ވަނީ ސްޓާމާ މަގާމުން ދުރަށް ޖެހިލަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. 

ލޭބާ ޕާޓީ އަށް ވޭލްސްގެ ވެރިކަން ގެއްލިފައިވާއިރު، މިއީ އެ ޕާޓީ އިން 27 އަހަރު ވަންދެން ވޭލްސްގައި ކުރަމުން އައި ވެެރިކަން ބަދަލުވި ފަހަރެވެ. ސްކޮޓްލެންޑުގައި އެންމެ ބޮޑު ކާމިޔާބެއް އޭއެސްޕީ. އިން ހޯދި ނަމަވެސް، އިނގިރޭސިވިލާތުގައި ރިފޯމް ޔޫކޭ އިން ވަނީ ބޮޑު ކާމިޔާބެއް ހޯދައިފަ އެވެ. 

ރިފޯމް ޔޫކޭ އިން 1400 އަށް ވުރެ ގިނަ ގޮނޑި ކާމިޔާބު ކޮށްފައިވާއިރު، ލޭބާ ޕާޓީ އާއި ކޮންސަވޭޓިވް ޕާޓީ އިން ތާރީޚީ ގޮތުން ވެރިކަން ކުރަމުން އައި ސަރަހައްދު ތަކުގައި ވެސް ކައުންސިލް ތަކުގެ ކޮންޓްރޯލް އެ ޕާޓީ އިން ވަނީ ހޯދައިފަ އެވެ. ބީބީސީގެ އެނަލިސްޓުން އަންދާޒާ ކޮށްފައިވާ ގޮތުގައި، 26 އިންސައްތަ އާއެކު އެންމެ ކުރީގައި އޮތީ ވެސް ރިފޯމް ޔޫކޭ އެވެ. 

ގްރީން ޕާޓީ އިން 18 އިންސައްތަ އާއެކު ދެ ވަނައިގައި އޮތްއިރު، ތިން ވަނަ އަށް ދިޔަ ކޮންސަވޭޓިވް ޕާޓީ އަށް ލިބިފައި ވަނީ 17 އިންސައްތަ އެވެ. މިއީ އިނގިރޭސިވިލާތުގައި ބޮޑު ދެ ބާާރުގެ ގޮތުގައި އޮތް ލޭބާ ޕާޓީ އާއި، ކޮންސަވޭޓިވް ޕާޓީގެ ތާއީދު ދަށްވެފައިވާ ކަމުގެ ހެއްކެއް ކަމަށް ތަޖުރިބާކާރުން ފާހަގަ ކޮށްފައިވެ އެވެ. 

ލޭބާ ޕާޓީ އަށް އިނގިރޭސިވިލާތުގެ އުތުރާއު މެދު ތެރޭގައި 1100 އަށް ވުރެ ގިނަ ކައުންސިލް ގޮނޑި ގެއްލިފައިވާއިރު، ވޭލްސްގައި ޕްލައިޑް ސިމްރީ އަކީ އެންމެ ބޮޑު ޕާޓީ އަށް ވެފައިވާއިރު، ރިފޯމް ޔޫކޭ ވެފައި ވަނީ އިދިކޮޅު ޕާޓީ އަށެވެ. ސްކޮޓްމެންޑުގައި އޭއެސްއެންޕީ އިިން އެންމެ ބޮޑު ޕާޓީގެ ގޮތުގައި އޮތް ނަމަވެސް، ބޮޑު މެޖޯރިޓީއެއް ލިބިފައި ނުވެ އެވެ. 

މި ނަތީޖާ އާއެކު ބޮޑު ވަޒީރު ސްޓާމާގެ މުސްތަޤުަބަލާ މެދު ސުވާލު ތަކެއް އުފެދިފައިވާއިރު، އޭނާ ވިދާޅުވެފައި ވަނީ ބައިބައިވުން ތަކުގައި ނުޖެހި، އެކުވެރި ކަމުގެ މަގުން ޤައުމު ކުރިއަށް ގެންދަވާނެ ކަމަށެވެ. ބޮޑު ވަޒީރަށް ޕްރެޝަރު ބޮޑުވެފައިވާއިރު، ހެލްތު ސެކްރެޓަރީ ވެސް ސްޓްރީޓިން ވިދާޅުވެފައި ވަނީ ސަރުކާރުން ގޯސްތަކުގެ ޒިންމާ ނަގާނެ ކަމަށާއި، ބޮޑު ވަޒީރަށް ފުރިހަމަ އަށް އިތުބާރު އޮތް ކަމަށެވެ. 

ނަމަވެސް، ވެރިކަން ކުރާ ލޭބާ ޕާޓީގެ 22 މެމްބަރަކު ހުކުރު ދުވަހު ވަނީ، ބޮޑު ވަޒީރު ސްޓާމާ އިސްތިއުފާ ދެއްވުމަށް ގޮވާލައްވައިފަ އެވެ. އެގޮތުން ވަގުތީ ތާވަލެއް އެކުލަވާލައި، މަގާމުން ދުރަށް ވަޑައިގެންނެވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އެ މެމްބަރުން ވަނީ ގޮވާލައްވައިފަ އެވެ. މިއީ ބޮޑު ވަޒީރު ކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުން، އިސްތިއުފާގެ ޕްރެޝަރާ ސްޓާމާ އަށް ކުރިމަތިލާން ޖެހުނު ދެ ވަނަ ފަހަރެވެ.

އިނގިރޭސިވިލާތުގެ ކެބިނެޓުގެ ގިނަ ވަޒީރުން ވަނީ ބޮޑު ވަޒީރު ސްޓާމާ އަށް ތާއީދު އޮތް ކަމަށް ހާމަ ކުރައްވައިފަ އެވެ. އެގޮތުން ޗާންސެލަރު ރޭޗަލް ރީވްސް ވިދާޅުވީ، ބޮޑު ވަޒީރު ސްޓާމާ އަށް އޮތީ ޤައުމު ބަދަލު ކުރުމުގެ މެންޑޭޓު ހަވާލުވެފައި ކަމަށެވެ. 

މަސްދަރު: ބީބީސީ

އިނގިރޭސިވިލާތްވޭލްސްސްކޮޓްލޭންޑްލޭބާ ޕާޓީ - ޔޫކޭކިއާ ސްޓާމަރ (އިނގިރޭސި ބޮޑު ވަޒީރު)

ކޮމެންޓް

އިތުރަށް ކިޔާލަން

ފަލަސްޠީނަށް ތާއީދުކޮށް ބާއްވާ އެއްވުންތައް މަނާ ކުރުމަކީ ކުރަން ޖެހޭ ކަމެއް: އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ

ފަލަސްޠީނަށް ތާއީދުކޮށް ބާއްވާ އެއްވުންތައް މަނާ ކުރުމަކީ ކުރަން ޖެހޭ ކަމެއް: އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ

02 މެއި 2026
ޑިއޭގޯ ގާސިއާގައި ހުރި ސްރީލަންކާގެ ރެފިއުޖީއަކު ރާއްޖެއަށް ފޮނުވަން އިނގިރޭސި ކޯޓުން ނިންމައިފި

ޑިއޭގޯ ގާސިއާގައި ހުރި ސްރީލަންކާގެ ރެފިއުޖީއަކު ރާއްޖެއަށް ފޮނުވަން އިނގިރޭސި ކޯޓުން ނިންމައިފި

21 އެޕްރީލު 2026
އިނގިރޭސިވިލާތުން ޗާގޯސްގެ އެއްބަސްވުން މަޑު ޖައްސާލައިފި

އިނގިރޭސިވިލާތުން ޗާގޯސްގެ އެއްބަސްވުން މަޑު ޖައްސާލައިފި

11 އެޕްރީލު 2026
ސީރިއާގެ ރައީސް އަލް ޝަރާ އިނގިރޭސިވިލާތަށް ވަޑައިގެން، ބޮޑު ވަޒީރު ސްޓާމަރ އާއި ބައްދަލު ކުރައްވައިފި

ސީރިއާގެ ރައީސް އަލް ޝަރާ އިނގިރޭސިވިލާތަށް ވަޑައިގެން، ބޮޑު ވަޒީރު ސްޓާމަރ އާއި ބައްދަލު ކުރައްވައިފި

31 މާރިޗު 2026
ކޮންމެ ފިއްތުމެއް ކުރިމަތި ވިޔަސް ނިންމުން ބަދަލެއް ނުވާނެ، އީރާންއާ ދެކޮޅަށް ކުރާ ހަނގުރާމަ އަކީ އަހަރަމެންގެ ހަނގުރާމައެއް ނޫން: އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމަރ

ކޮންމެ ފިއްތުމެއް ކުރިމަތި ވިޔަސް ނިންމުން ބަދަލެއް ނުވާނެ، އީރާންއާ ދެކޮޅަށް ކުރާ ހަނގުރާމަ އަކީ އަހަރަމެންގެ ހަނގުރާމައެއް ނޫން: އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމަރ

31 މާރިޗު 2026

އަހަރުތަކުން މިއަދު

8 މެއި
ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި
20251 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!
20233 އަހަރު ކުރިން
މީހުން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!
20215 އަހަރު ކުރިން
ރާއްޖެ

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!
20197 އަހަރު ކުރިން
ރާއްޖެ

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ
20188 އަހަރު ކުރިން
ރާއްޖެ

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު