Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިނގިރޭސިވިލާތް

ފަލަސްޠީނަށް ތާއީދުކޮށް ބާއްވާ އެއްވުންތައް މަނާ ކުރުމަކީ ކުރަން ޖެހޭ ކަމެއް: އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ

ބީބީސީ އަށް ދެއްވި އިންޓަވިޔުއެއްގައި ސްޓާމާ ވިދާޅުވީ، މުޒާހަރާތައް ތަކުރާރުވަމުންދާ ގޮތުގެ ސަބަބުން ގިނަ އަދަދެއްގެ ޔަހޫދީންނަށް ނަފްސާނީ ގޮތުން އަސަރު ކޮށްފައިވާ ކަމަށް. ވަކިން ޚާއްސަކޮށް، "ގްލޯބަލައިޒް ދަ އިންތިފާދާ" މުޅި ދުނިޔެ އަށް ފަތުރާލުމަށް ގޮވާލާ ގޮވުން ތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެފަދަ ކަންކަމާ މެދު ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 2 މެއި 2026 | ހޮނިހިރު 07:51
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ.

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ. | ގެޓީ އިމޭޖަސް

ފަލަސްޠީނަށް ތާއީދުކޮށް އިނގިރޭސިވިލާތުގައި ބާއްވަމުންދާ މުޒާހަރާ ތަކުގައި ނަފުރަތު ފެތުރުމަށް ގޮވާލާ ނަމަ، އެފަދަ އެއްވުންތައް މަނާ ކުރުމަކީ ކުރަން ޖެހޭ ކަމެއް ކަމަށް އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހު ދެއްވި އިންޓަވިޔުއެއްގައި ބޮޑު ވަޒީރު ސްޓާމާ ވިދާޅުވީ ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމާއި، ސުލްޙަވެރި މުޒާހަރާ ތަަކަށް އޭނާ ތާއީދު ކުރެއްވި ނަމަވެސް، ވަކި އިންތަކެއް ހުންނަން ޖެހޭނެ ކަމަށެވެ. 

ބޮޑު ވަޒީރު ސްޓާމާ މިހެން ވިދާޅުވެފައި ވަނީ، އިނގިރޭސިވިލާތުގައި ޔަހޫދީންނާ ދެކޮޅު ޙަރަކާތްތައް އިތުރުވަމުންދާ ކަމަށް ބުނެ، އޭނާ އަށް ބޮޑެތި ފިއްތުން ތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގަ އެވެ. މިގޮތުން، މި ހަފުތާގައި ލަންޑަންގެ އުތުރުގައި އޮންނަ، ގިނަ އަދަދެއްގެ ޔަހޫދީން ދިރިއުޅޭ ގޯލްޑާސް ގްރީން ސަރަހައްދުގައި ދެ މީހަކަށް ވަޅިން ހަމަލާދީ ޒަޚަމުކޮށްލާފައިވެ އެވެ. މި މައްސަލައިގައި ތުހުމަތު ކުރެވޭ ސޯމާލިއާ އަށް އުފަން، އުމުރުން 45 އަހަރުގެ އިނގިރޭސި ރައްޔިތަކު ހައްޔަރު ކޮށްފައިވެ އެވެ. އަދި އޭނާގެ މައްޗަށް ވަނީ މީހަކު މަރާލަން އުޅުމުގެ ދައުވާ އުފުލައިފަ އެވެ.

ބޮޑު ވަޒީރު ސްޓާމާ ބުރާސްފަތި ދުވަހު އެ ސަރަހައްދަށް ޒިޔާރާތް ކުރައްވާފައިވާއިރު، އެތަނަށް އެއްވި ބައެއް މީހުން ވަނީ ބޮޑު ވަޒީރާ ދެކޮޅަށް އަޑު އުފުލައިފަ އެވެ. އަދި ޚާއްސަކޮށް، ޔަހޫދީންގެ ރައްކާތެރި ކަމަށް އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ބުނެ އަޑު އުފުލާފައިވެ އެވެ. މީގެ އިތުރުން 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިން އިޒްރޭލް އަށް ދިން ހަމަލާއާ ގުޅިގެން ފެށުނު ޣައްޒާ ހަނގުރާމައާ ދެކޮޅަށް، އިނގިރޭސިވިލާތުގެ އެކި ސިޓީ ތަކުގައި ބާއްވަމުންދާ މުޒާހަރާތައް ހުއްޓުވުމަށް ވެސް އެ މީހުން ވަނީ ގޮވާލައިފަ އެވެ. 

ބީބީސީ އަށް ދެއްވި އިންޓަވިޔުއެއްގައި ސްޓާމާ ވިދާޅުވީ، މުޒާހަރާތައް ތަކުރާރުވަމުންދާ ގޮތުގެ ސަބަބުން ގިނަ އަދަދެއްގެ ޔަހޫދީންނަށް ނަފްސާނީ ގޮތުން އަސަރު ކޮށްފައިވާ ކަމަށެވެ. ވަކިން ޚާއްސަކޮށް، "ގްލޯބަލައިޒް ދަ އިންތިފާދާ" މުޅި ދުނިޔެ އަށް ފަތުރާލުމަށް ގޮވާލާ ގޮވުން ތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެފަދަ ކަންކަމާ މެދު ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މި ޙަރަކާތަކީ 1987 އިން 1993 އަށް، އަދި 2000 ގެ ކުރީ ކޮޅު އިޒްރޭލްގެ އިސްތިއުމާރާ ދެކޮޅަށް ފަލަސްޠީނުގެ ރައްޔިތުންގެ ހައްގުގައި ކުރިއަށް ގެންދާ ޙަރަކާތެކެވެ. 

އިންސާނީ ހައްގުތަކާ ބެހޭ ވަކީލެއްގެ ގޮތުގައި މީގެ ކުރިން މަސައްކަތް ކުރައްވާފައިވާ، އަދި އަނބިކަނބަލުންނަކީ ޔަހޫދީ ދަރިކޮޅުގެ ބޭފުޅަކަށްވާ ސްޓާމާ އިތުރަށް ވިދާޅުވީ، މުޒާހަރާ ތަކުގައި ބޭނުން ކުރާ ބަސް މަގު އިތުރަށް މޮނިޓާ ކުރަން ޖެހޭ ކަމަށެވެ. އަދި ބައެއް ޙާލަތް ތަކުގައި މުޒާހަރާތައް މުޅިން ހުއްޓުވަން ޖެހިދާނެ ކަމަށާއި، އެކަމާ ގުޅޭ ގޮތުން ފުލުހުންނާ އެކު މަޝްވަރާތައް ކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

މަސްދަރު: އޭއެފްޕީ

ޣައްޒާ ހަނގުރާމަފަލަސްތީނުއިނގިރޭސިވިލާތްކިއާ ސްޓާމަރ (އިނގިރޭސި ބޮޑު ވަޒީރު)

ކޮމެންޓް

އިތުރަށް ކިޔާލަން

ޣައްޒާގެ ހަނގުރާމަ އަށް ފަހު ފަލަސްޠީނުގެ ފުރަތަމަ އިންތިޚާބުގެ ވޯޓުލުން ކުރިއަށް

ޣައްޒާގެ ހަނގުރާމަ އަށް ފަހު ފަލަސްޠީނުގެ ފުރަތަމަ އިންތިޚާބުގެ ވޯޓުލުން ކުރިއަށް

25 އެޕްރީލު 2026
އިޒްރޭލުން އެލްބިޓް ސިސްޓަމްސް އަށް 200 މިލިއަން ޑޮލަރުގެ ހަތިޔާރުގެ އޯޑަރެއް ދީފި

އިޒްރޭލުން އެލްބިޓް ސިސްޓަމްސް އަށް 200 މިލިއަން ޑޮލަރުގެ ހަތިޔާރުގެ އޯޑަރެއް ދީފި

23 އެޕްރީލު 2026
ޑިއޭގޯ ގާސިއާގައި ހުރި ސްރީލަންކާގެ ރެފިއުޖީއަކު ރާއްޖެއަށް ފޮނުވަން އިނގިރޭސި ކޯޓުން ނިންމައިފި

ޑިއޭގޯ ގާސިއާގައި ހުރި ސްރީލަންކާގެ ރެފިއުޖީއަކު ރާއްޖެއަށް ފޮނުވަން އިނގިރޭސި ކޯޓުން ނިންމައިފި

21 އެޕްރީލު 2026
ނަތަންޔާހޫގެ ކޮރަޕްޝަންގެ މައްސަލައިގެ ހެކިބަސް ދިނުން ކެންސަލް ކޮށްފި

ނަތަންޔާހޫގެ ކޮރަޕްޝަންގެ މައްސަލައިގެ ހެކިބަސް ދިނުން ކެންސަލް ކޮށްފި

20 އެޕްރީލު 2026
އިނގިރޭސިވިލާތުން ޗާގޯސްގެ އެއްބަސްވުން މަޑު ޖައްސާލައިފި

އިނގިރޭސިވިލާތުން ޗާގޯސްގެ އެއްބަސްވުން މަޑު ޖައްސާލައިފި

11 އެޕްރީލު 2026

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު