Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޑިއޭގޯ ގާސިއާ

ޑިއޭގޯ ގާސިއާގައި ހުރި ސްރީލަންކާގެ ރެފިއުޖީއަކު ރާއްޖެއަށް ފޮނުވަން އިނގިރޭސި ކޯޓުން ނިންމައިފި

ޑިއޭގޯ ގާސިއާގައި ތާށިވެފައި ހުރި ސްރީލަންކާގެ ރައްޔިތަކު، އިންސާނީ އެހީތެރިކަމުގެ ދަށުން 30 ދުވަހުގެ މުއްދަތަކަށް ރާއްޖެއަށް ފޮނުވުމަށް އިނގިރޭސިވިލާތުގެ ހައިކޯޓުން ވަނީ ނިންމާފައެވެ. އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ގޯސްވުމާ ގުޅިގެން އޭނާ ރާއްޖެ ގެނައުމަށް ދިވެހި ސަރުކާރުން އެއްބަސްވެފައިވަނީ ބޭނުންވާ ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށާއި އޭނާގެ ފުރާނައަށް އޮތް ނުރައްކަލުން ސަލާމަތްކުރުމަށެވެ. ނަމަވެސް މި މުއްދަތު ހަމަވުމަށްފަހު އޭނާއާ މެދު އަމަލުކުރާނެ ދާއިމީ ގޮތެއް އަދި ނިންމާފައެއް ނުވެއެވެ.

އަލް - ހުރަވީ
އަލް - ހުރަވީ, ރާއްޖެ އެމްވީ | 21 އެޕްރީލު 2026 | އަންގާރަ 12:47
ޑިއޭގޯ ގާސިއާ

ޑިއޭގޯ ގާސިއާ | ދަ ސަންޑޭ ގާރޑިޔަން

އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒެއް ކަމަށްވާ ޑިއޭގޯ ގާސިއާގައި ތާށިވެފައި ހުރި ސްރީލަންކާގެ ހިމާޔަތް ހޯދާ މީހަކު (އެސައިލަމް ސީކަރ) 30 ދުވަހުގެ މުއްދަތަކަށް ދިވެހިރާއްޖެއަށް ފޮނުވުމަށް އިނގިރޭސިވިލާތުގެ ހައިކޯޓުން ނިންމައިފިއެވެ.

ކޯޓުގައި "ކޭޕީ" ގެ ނަމުން ނަންދީފައިވާ މި މީހާއަކީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ކަނޑުމަގުން ކެނަޑާއަށް ދާން އުޅުމުގެ ތެރޭގައި ހާލުގައި ޖެހިގެން އިނގިރޭސި ކަނޑުގެ ސިފައިން ޑިއޭގޯ ގާސިއާއަށް ގެންދިޔަ މީހެކެވެ. އޭނާއާ އެކު ދިޔަ ގާތްގަނޑަކަށް 60 އެއްހާ މީހުން އެހެން ގައުމުތަކަށް ފޮނުވާލާފައިވީ ނަމަވެސް، ޖިންސީ ގޯނާކުރުމާއި ހުޅުޖެހުމުގެ ކުށުގެ ރެކޯޑުތަކެއް އޮތުމުން އޭނާ އެތަނުގައި މަޑުކުރަން ޖެހުނީއެވެ.

Advertisement - newsAdvertisement

ކޭޕީ ރާއްޖެއަށް ފޮނުވަން ކޯޓުން މި ނިންމީ، އީރާނާ އެކު އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ޑިއޭގޯ ގާސިއާގެ ސަލާމަތީ ކަންކަން ގޯސްވެ، އެތަނުގައި ތިބި އާންމު މުވައްޒަފުން ހުސްކުރަން ފެށުމާ ގުޅިގެންނެވެ. އޭނާ އެކަނި އެތަނުގައި ބެހެއްޓުމަކީ ރައްކާތެރި ގޮތަކަށް ނުވާތީ، އޭނާ އިނގިރޭސިވިލާތަށް ގެންދިއުމަށް އެދި އޭނާގެ ވަކީލުން ވަނީ ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.

އިނގިރޭސި ސަރުކާރުން ކޯޓުގައި ބުނެފައިވަނީ އޭނާއަށް އިނގިރޭސިވިލާތަށް އެތެރެވުމުގެ ގާނޫނީ ހައްގެއް ނެތް ކަމަށެވެ. ނަމަވެސް 20 އަށް ވުރެ ގިނަ ގައުމަކާ ކުރެވުނު މަޝްވަރާތަކަށްފަހު، 30 ދުވަހުގެ ވަގުތީ މުއްދަތަކަށް އޭނާއާ ހަވާލުވުމަށް ދިވެހިރާއްޖެއިން އުސޫލެއްގެ ގޮތުން އެއްބަސްވެފައިވާ ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.

މި އެއްބަސްވުމުގެ ދަށުން އޭނާ ރާއްޖެ ގެނެސް، ބޭނުންވާ ސިއްހީ ފަރުވާ ފޯރުކޮށްދޭނެއެވެ. އަދި އޭނާ އަނބުރާ ސްރީލަންކާއަށް ނުފޮނުވާނެ ކަމުގެ ޔަގީންކަންވެސް ވަނީ ދީފައެވެ.

އިނގިރޭސި ހައިކޯޓުގެ ފަނޑިޔާރު ޖަސްޓިސް ކިމްބްލިން ވިދާޅުވީ މިއީ ވަރަށް ހާއްސަ ހާލަތެއްގައި ނިންމި ނިންމުމެއް ކަމަށާއި، ރާއްޖެއަށް ފޮނުވުމަކީ އޭނާގެ ފުރާނައަށް ހުރި ނުރައްކަލުން ސަލާމަތްކޮށްދިނުމަށް ލިބުނު ވަގުތީ އަދި އަމަލީ ހައްލެއް ކަމަށެވެ.

ނަމަވެސް، 30 ދުވަހުގެ މުއްދަތު ހަމަވުމަށްފަހު ދެން ކޭޕީއާ މެދު އަމަލުކުރާނެ ގޮތެއް އަދި ކަށަވަރެއް ނުވެއެވެ. އަދި ދާއިމީ ހައްލެއް ނުލިބިއްޖެނަމަ އަނެއްކާވެސް ގާނޫނީ ގޮތުން މައްސަލަތަކެއް އުފެދުމުގެ ފުރުސަތު އޮތްކަން ކޯޓުން ވަނީ ފާހަގަކޮށްފައެވެ.

މަސްދަރު: ދަ ސަންޑޭ ގާރޑިޔަން

ޑިއެގޯ ގާސިއާސްރީލަންކާއިނގިރޭސިވިލާތްކެނެޑާއީރާން-އިސްރާއީލު ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

އިނގިރޭސިވިލާތުން ޗާގޯސްގެ އެއްބަސްވުން މަޑު ޖައްސާލައިފި

އިނގިރޭސިވިލާތުން ޗާގޯސްގެ އެއްބަސްވުން މަޑު ޖައްސާލައިފި

11 އެޕްރީލު 2026
ސީރިއާގެ ރައީސް އަލް ޝަރާ އިނގިރޭސިވިލާތަށް ވަޑައިގެން، ބޮޑު ވަޒީރު ސްޓާމަރ އާއި ބައްދަލު ކުރައްވައިފި

ސީރިއާގެ ރައީސް އަލް ޝަރާ އިނގިރޭސިވިލާތަށް ވަޑައިގެން، ބޮޑު ވަޒީރު ސްޓާމަރ އާއި ބައްދަލު ކުރައްވައިފި

31 މާރިޗު 2026
ކޮންމެ ފިއްތުމެއް ކުރިމަތި ވިޔަސް ނިންމުން ބަދަލެއް ނުވާނެ، އީރާންއާ ދެކޮޅަށް ކުރާ ހަނގުރާމަ އަކީ އަހަރަމެންގެ ހަނގުރާމައެއް ނޫން: އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމަރ

ކޮންމެ ފިއްތުމެއް ކުރިމަތި ވިޔަސް ނިންމުން ބަދަލެއް ނުވާނެ، އީރާންއާ ދެކޮޅަށް ކުރާ ހަނގުރާމަ އަކީ އަހަރަމެންގެ ހަނގުރާމައެއް ނޫން: އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމަރ

31 މާރިޗު 2026
ޓްރަމްޕްގެ ސިޔާސަތުތަކާ ދެކޮޅަށް އެމެރިކާގައި ބޮޑެތި އެއްވުން ތަކެއް ބާއްވައިފި

ޓްރަމްޕްގެ ސިޔާސަތުތަކާ ދެކޮޅަށް އެމެރިކާގައި ބޮޑެތި އެއްވުން ތަކެއް ބާއްވައިފި

29 މާރިޗު 2026
ރާއްޖެ އިން އެމެރިކާގެ ވައިގެ ސިފައިންނާ ގުޅިގެން ތަމްރީނުތަކެއް ބޭއްވުމަށް ތައްޔާރުވަނީ

ރާއްޖެ އިން އެމެރިކާގެ ވައިގެ ސިފައިންނާ ގުޅިގެން ތަމްރީނުތަކެއް ބޭއްވުމަށް ތައްޔާރުވަނީ

26 މާރިޗު 2026

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު