Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕީއެސްޖީ

ޙަކީމީ ޕީއެސްޖީ ދޫކޮށް ނުލާނެ ކަމަށް އޭނާގެ އެޖެންޓު ބުނެފި

26 މާރިޗު 2026 | ބުރާސްފަތި 03:30

ޙަކީމީގެ މުސްތަޤުބަލާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އޭނާގެ އެޖެންޓު ބުނީ، ޙަކީމީ ޕީއެސްޖީ ދޫކޮށްލުމުގެ އެއްވެސް ފުރުސަތެއް ނެތް ކަމަށް. އެގޮތުން އެއްބަސްވުމުގެ މުއްދަތު ހަމަވާން އަދި ތިން އަހަރު އޮތްއިރު، އޭނާ ޕީއެސްޖީ ދޫކޮށް ނުލާނެ ކަމަށް އެޖެންޓު ބުނި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 މާރިޗު 2026 | ބުރާސްފަތި 03:30
ޕީއެސްޖީ އަށް ކުޅެމުން އަންނަ މޮރޮކޯގެ ޑިފެންޑަރު އަޝްރަފް ޙަކީމީ

ޕީއެސްޖީ އަށް ކުޅެމުން އަންނަ މޮރޮކޯގެ ޑިފެންޑަރު އަޝްރަފް ޙަކީމީ | ރޮއިޓާސް

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ މޮރޮކޯގެ ޑިފެންޑަރު އަޝްރަފް ޙަކީމީ އެ ކުލަބު ދޫކޮށްލުމުގެ ފުރުސަތެއް ނެތް ކަމަށް، އޭނާގެ އެޖެންޓު ބުނެފި އެވެ.

އެންމެ ފަހުން ޙަކީމީ ޕީއެސްޖީގެ އެއްބަަސްވުން އައު ކޮށްފައި ވަނީ 2025 ވަނަ އަހަރު އެވެ. އެފަހަރު އެ ކުލަބާ އެކު އޭނާ ސޮއި ކުރި ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2029 ވަނަ އަހަރު އެވެ. އޭނާގެ އެއްބަސްވުމުގެ މުއްދަތު ހަމަވާން އަދި ތިން އަހަރު އެބަ އޮތެވެ.

ޙަކީމީގެ މުސްތަޤުބަލާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އޭނާގެ އެޖެންޓު ބުނީ، ޙަކީމީ ޕީއެސްޖީ ދޫކޮށްލުމުގެ އެއްވެސް ފުރުސަތެއް ނެތް ކަމަށެވެ. އެގޮތުން އެއްބަސްވުމުގެ މުއްދަތު ހަމަވާން އަދި ތިން އަހަރު އޮތްއިރު، އޭނާ ޕީއެސްޖީ ދޫކޮށް ނުލާނެ ކަމަށް އެޖެންޓު ބުންޏެވެ. ހަމަ އެހެންމެ، އެހެން ކުަލަބަކަށް ބަދަލުވުމުގެ އެއްވެސް ވާހަކައެއް ވެސް ނުދެކެވޭ ކަމަށް ވެސް އެޖެންޓު ވަނީ ބުނެފަ އެވެ.

މީގެ އިތުރުންް ޙަކީމީގެ އެޖެންޓު ބުނީ، އޭނާ ޕީއެސްޖީގައި ހުރީ ވަރަށް ހިތްހަމަ ޖެހިގެން އަދި އުފަލުން ކަމަށެވެ. އަދި ޙަކީމީ ބޭނުން ވަނީ ޕީއެސްޖީ އާއެކު ދެ ވަނަ ފަހަރަށް ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރަން ކަމަށް ވެސް އޭނާގެ އެޖެންޓު ވަނީ ބުނެފަ އެވެ. އެއާ އެކު، ޕީއެސްޖީ އާއެކު އެންމެ ދިގު މުއްދަތެއް ހޭދަ ކުރަން ވެސް ޙަކީމީ ބޭނުންވާ ކަމަށް އޭނާގެ އެޖެންޓު ބުނެފައިވެ އެވެ.

އިންޓަރ މިލާން ދޫކޮށްލުމަށް ފަހު، އުމުރުން 27 އަހަރުގެ ޙަކީމީ ޕީއެސްޖީ އަށް ބަދަލުވީ 2021 ވަނަ އަހަރު އެވެ. އޭގެ ފަހުން މި ފާއިތުވި މުއްދަތުގެ ތެރޭގައި އޭނާ ވަނީ ޕީއެސްޖީ އަށް 199 މެޗު ކުޅެދީ 28 ލަނޑު ޖަހައިފަ އެވެ. އަދި ޕީއެސްޖީ އާއެކު އޭނާ ވަނީ 11 ތައްޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި ފްރާންސް ލީގު ހަތަރު ފަހަރު ކާމިޔާބު ކުރުމުގެ އިތުރުން، ޕީއެސްޖީގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުން ވެސް ހިމެނެ އެވެ.

ޕީއެސްޖީއަޝްރަފް ހަކީމީ

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

18 މާރިޗު 2026

ޗެލްސީގެ ދަނޑުގައި ވެސް ކުރި ހޯދައި، ޗެމްޕިއަން ޕީއެސްޖީ ކުއާޓާ ފައިނަލަށް.

18 މާރިޗު 2026
ޗެލްސީގެ ދަނޑުގައި ވެސް ކުރި ހޯދައި، ޗެމްޕިއަން ޕީއެސްޖީ ކުއާޓާ ފައިނަލަށް.
12 މާރިޗު 2026

ޗެލްސީ ބަލިކޮށް، ޕީއެސްޖީ އިން ފުރުސަތު ބޮޑު ކޮށްފި

12 މާރިޗު 2026
ޗެލްސީ ބަލިކޮށް، ޕީއެސްޖީ އިން ފުރުސަތު ބޮޑު ކޮށްފި
07 މާރިޗު 2026

މޮނާކޯ އަތް ދަށުވެ، ޕީއެސްޖީ އަށް ލީޑު ފުޅާ ނުކުރެވުނު

07 މާރިޗު 2026
މޮނާކޯ އަތް ދަށުވެ، ޕީއެސްޖީ އަށް ލީޑު ފުޅާ ނުކުރެވުނު
28 ފެބުރުއަރީ 2026

ސިޓީ އާއި ރެއާލް ވާދަކުރަން ޖެހުނުއިރު، ޗެމްޕިއަން ޕީއެސްޖީ އާއި ޗެލްސީގެ ކުރިމަތިލުމެއް.

28 ފެބުރުއަރީ 2026
ސިޓީ އާއި ރެއާލް ވާދަކުރަން ޖެހުނުއިރު، ޗެމްޕިއަން ޕީއެސްޖީ އާއި ޗެލްސީގެ ކުރިމަތިލުމެއް.
26 ފެބުރުއަރީ 2026

ދެ ވަނަ ލެގު އެއްވަރުވެ، އެގްރިގޭޓް އިން ކުރި ހޯދައި ޕީއެސްޖީ ގަދަ 16 އަަށް

26 ފެބުރުއަރީ 2026
ދެ ވަނަ ލެގު އެއްވަރުވެ، އެގްރިގޭޓް އިން ކުރި ހޯދައި ޕީއެސްޖީ ގަދަ 16 އަަށް
18 ފެބުރުއަރީ 2026

ފަހަތުން އަރައި މޮނާކޯ ބަލިކޮށް، ޕީއެސްޖީ އިން ފުރުސަތު ބޮޑު ކޮށްފި

18 ފެބުރުއަރީ 2026
ފަހަތުން އަރައި މޮނާކޯ ބަލިކޮށް، ޕީއެސްޖީ އިން ފުރުސަތު ބޮޑު ކޮށްފި
29 ޖެނުއަރީ 2026

ނިއުކާސަލްއާ އެއްވަރުވެ، ޗެމްޕިއަން ޕީއެސްޖީ ޕްލޭ އޮފްގައި ކުޅެން ޖެހިއްޖެ

29 ޖެނުއަރީ 2026
ނިއުކާސަލްއާ އެއްވަރުވެ، ޗެމްޕިއަން ޕީއެސްޖީ ޕްލޭ އޮފްގައި ކުޅެން ޖެހިއްޖެ
24 ޖެނުއަރީ 2026

ބާކޮލާގެ ލަނޑުން މޮޅުވެ، ޕީއެސްޖީ އެއް ވަނަ އަށް ޖެހިލައިފި

24 ޖެނުއަރީ 2026
ބާކޮލާގެ ލަނޑުން މޮޅުވެ، ޕީއެސްޖީ އެއް ވަނަ އަށް ޖެހިލައިފި
21 ޖެނުއަރީ 2026

ސްޕޯޓިން އަތުން ޗެމްޕިއަންސް ޕީއެސްޖީ ބަލިވެއްޖެ

21 ޖެނުއަރީ 2026
ސްޕޯޓިން އަތުން ޗެމްޕިއަންސް ޕީއެސްޖީ ބަލިވެއްޖެ
17 ޖެނުއަރީ 2026

ލީލް ބަލިކޮށް ޕީއެސްޖީ އެއް ވަނަ އަށް، އެންރީކޭ އަށް 100 ވަނަ މޮޅު

17 ޖެނުއަރީ 2026
ލީލް ބަލިކޮށް ޕީއެސްޖީ އެއް ވަނަ އަށް، އެންރީކޭ އަށް 100 ވަނަ މޮޅު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް