Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިނގިރޭސިވިލާތް

އިނގިރޭސިވިލާތުން ޗާގޯސްގެ އެއްބަސްވުން މަޑު ޖައްސާލައިފި

11 އެޕްރީލު 2026 | ހޮނިހިރު 09:57

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާގެ އޮފީހުން ބުނެފައި ވަނީ، އެ އެއްބަސްވުމަށް އެމެރިކާގެ ރަސްމީ ތާއީދު ހޯދުމަށް އިނގިރޭސިވިލާތުން މަސައްކަތް ކުރާނެ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 އެޕްރީލު 2026 | ހޮނިހިރު 09:57
ޑިއޭގޯ ގާސިއާ ފެންނަ ފޮޓޯއެއް.

ޑިއޭގޯ ގާސިއާ ފެންނަ ފޮޓޯއެއް. | ރޮއިޓާސް

ޗާގޯސް ޖަޒީރާ ތަކުގެ މިލްކުވެރިކަން މޮރިޝަސް އަށް ދިނުމުގެ އެއްބަސްވުން މަޑު ޖައްސާލަފައިވާ ކަމަށް، އިނގިރޭސިވިލާތުގެ ސަރުކާރުން ހާމަ ކޮށްފި އެވެ. 

ހޮނިހިރު ދުވަހު އިނގިރޭސިވިލާތުގެ ސަރުކާރުން މިކަން ހާމަ ކޮށްފައިވާއިރު، މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި އެއްބަސްވުުމަށް ފާޑު ވިދާޅުވުމުގެ ސަބަބުން އަޅާފައިވާ ފިޔަވަޅެއް ކަމަށް ބައެއް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ. 

ޓައިމްސް ނޫސް ތަކުން ބުނާ ގޮތުގައި މި ޖަޒީރާ ތަކުގެ މިލްކުވެރިކަން މޮރިޝަސް އަށް ދިނުމުގެ އެއްބަސްވުމަށް ބޭނުންވާ ޤާނޫނީ ބިލު ސަރުކާރުގެ ކުރިއަށް އޮތް ޕާލަމެންޓްރީ އެޖެންޑާގައި ހިމާނަކަށް ނުޖެހޭނެ އެވެ. ނަމަވެސް، އެ އެއްބަސްވުމަށް އެމެރިކާގެ ތާއީދު އޮންނަން ޖެހޭނެ ކަމަށް ވަނީ ބުނެފައެވެ. 

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާގެ އޮފީހުން ބުނެފައި ވަނީ، އެ އެއްބަސްވުމަށް އެމެރިކާގެ ރަސްމީ ތާއީދު ހޯދުމަށް އިނގިރޭސިވިލާތުން މަސައްކަތް ކުރާނެ ކަމަށެވެ. މިދިޔަ ފެބްރުވަރީ މަހުގެ ތެރޭގައި ޓްރަމްޕް ވިދާޅުވެފައި ވަނީ، އެ އެއްބަސްވުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށެވެ. ނަމަވެސް އޭގެ ކުރިން ޓްރަމްޕް ވިދާޅުވެފައި ވަނީ، އެއީ އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ އަށް ލިބޭނެ އެންމެ ރަނގަޅު އެއްބަސްވުން ކަަމަށެވެ. 

މި އެއްބަސްވުމުގެ ދަށުން އިނގިރޭސިވިލާތަށް ޑިއޭގޯ ގާސިއާގައި އޮންނަ ސިފައިންގެ މައި ބޭސް 99 އަހަރަށް ކޮންޓްރޯލް ކުރެވޭނެ އެވެ. އަދި އެތަނުގައި އެމެރިކާގެ އޮޕަރޭޝަންތައް ވެސް ކުރިއަށް ގެންދެވޭނެ ކަމަށް ވަނީ ބުނެފަ އެވެ. އިނގިރޭސި ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވެފައި ވަނީ، ޑިއޭގޯ ގާސިއާގެ ދިގު މުއްދަތުގެ އޮަޕަރޭޝަނަލް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ އަބަދު ވެސް އިސްކަން ދޭ ކަމެއް ކަމަށެވެ. 

އެ ތަރުޖަމާނު ވިދާޅުވީ، މި އެއްބަސްވުމަކީ ބޭސްގެ ދިގު މުއްދަތުގެ ރައްކާތެރި ކަމަށް އެންމެ ރަނގަޅު ގޮތް ކަމަށް ވެސް ޤަބޫލު ކުރާ ކަމަށެވެ. ނަމަވެސް، މި އެއްބަސްވުން ކުރިއަށް ގެންދެވޭނީ އެމެރިކާގެ ތާއީދު އެކަމަށް ލިބިގެން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ. އެއާ އެކު އޭނާ ވިދާޅުވީ، އެމެރިކާ އާއި މޮރިޝަސްއާ ދެމެދު ވެސް މަޝްވަރާތައް ކުރިއަށް ދާނެ ކަމަށެވެ. 

އެމެރިކާ އާއި އިނގިރޭސިވިލާތާ ދެމެދު އޮތް ގުޅުން މިހާރު އޮތީ ހީނަރު ކަމެއްގެ ތެރޭގަ އެވެ. އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ފެށި ހަނގުރާމައިގައި ބައިވެރިވުމަށް އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ ދެކޮޅު ހެއްދެވުމާއި، ހަނގުރާމަ ފެށުމަށް އިނގިރޭސިވިލާތުގެ ހުރި އެމެރިކާގެ ބޭސްތައް ބޭނުން ކުރުމަށް ހުއްދަ ނުދިނުމުގެ ސަބަބުން، ދެ ޤައުމުގެ ގުޅުން ގޯސްވެފައިވެ އެވެ. 

މަސްދަރު: ރޮއިޓާސް

އިނގިރޭސިވިލާތްޔޫކޭ-ޔޫއެސްޗާގޯސްޑިއެގޯ ގާސިއާ

އިތުރަށް ކިޔާލަން

31 މާރިޗު 2026

ސީރިއާގެ ރައީސް އަލް ޝަރާ އިނގިރޭސިވިލާތަށް ވަޑައިގެން، ބޮޑު ވަޒީރު ސްޓާމަރ އާއި ބައްދަލު ކުރައްވައިފި

31 މާރިޗު 2026
ސީރިއާގެ ރައީސް އަލް ޝަރާ އިނގިރޭސިވިލާތަށް ވަޑައިގެން، ބޮޑު ވަޒީރު ސްޓާމަރ އާއި ބައްދަލު ކުރައްވައިފި
31 މާރިޗު 2026

ކޮންމެ ފިއްތުމެއް ކުރިމަތި ވިޔަސް ނިންމުން ބަދަލެއް ނުވާނެ، އީރާންއާ ދެކޮޅަށް ކުރާ ހަނގުރާމަ އަކީ އަހަރަމެންގެ ހަނގުރާމައެއް ނޫން: އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމަރ

31 މާރިޗު 2026
ކޮންމެ ފިއްތުމެއް ކުރިމަތި ވިޔަސް ނިންމުން ބަދަލެއް ނުވާނެ، އީރާންއާ ދެކޮޅަށް ކުރާ ހަނގުރާމަ އަކީ އަހަރަމެންގެ ހަނގުރާމައެއް ނޫން: އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމަރ
29 މާރިޗު 2026

ޓްރަމްޕްގެ ސިޔާސަތުތަކާ ދެކޮޅަށް އެމެރިކާގައި ބޮޑެތި އެއްވުން ތަކެއް ބާއްވައިފި

29 މާރިޗު 2026
ޓްރަމްޕްގެ ސިޔާސަތުތަކާ ދެކޮޅަށް އެމެރިކާގައި ބޮޑެތި އެއްވުން ތަކެއް ބާއްވައިފި
24 މާރިޗު 2026

ސިޓީ އަތުން އާސެނަލް ބަލިވި ފައިނަލް މެޗު ބައްލަވަން ވެސް އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ ވަޑައިގެންނެވި

24 މާރިޗު 2026
ސިޓީ އަތުން އާސެނަލް ބަލިވި ފައިނަލް މެޗު ބައްލަވަން ވެސް އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ ވަޑައިގެންނެވި
22 މާރިޗު 2026

ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރަން އެދުނު ގައުމެއް ސަރުކާރުން ހާމަކުރަން ދެކޮޅު ހަދައިފި

22 މާރިޗު 2026
ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރަން އެދުނު ގައުމެއް ސަރުކާރުން ހާމަކުރަން ދެކޮޅު ހަދައިފި
22 މާރިޗު 2026

އިނގިރޭސިވިލާތަށް ހަމަލާ ދެވޭ ފެންވަރުގެ މިސައިލް އީރާން އަތުގައި ހުރި ކަމުގެ އިންޒާރު، ބޮޑު ވަޒީރު ސްޓާމާ އަށް ދީފި

22 މާރިޗު 2026
އިނގިރޭސިވިލާތަށް ހަމަލާ ދެވޭ ފެންވަރުގެ މިސައިލް އީރާން އަތުގައި ހުރި ކަމުގެ އިންޒާރު، ބޮޑު ވަޒީރު ސްޓާމާ އަށް ދީފި
22 މާރިޗު 2026

ޓްރަމްޕް އަކީ އަމިއްލަ އަށް ވާހަކަ ދެއްކޭނެ މީހެއް، އަހަރަމެން ޖަވާބު ދޭކަށް ނުޖެހޭނެ: އިނގިރޭސިވިލާތުގެ ހައުސިން ސެކްރެޓަރީ

22 މާރިޗު 2026
ޓްރަމްޕް އަކީ އަމިއްލަ އަށް ވާހަކަ ދެއްކޭނެ މީހެއް، އަހަރަމެން ޖަވާބު ދޭކަށް ނުޖެހޭނެ: އިނގިރޭސިވިލާތުގެ ހައުސިން ސެކްރެޓަރީ
22 މާރިޗު 2026

ޑިއޭގޯ ގާސިއާ އަށް އަމާޒުކޮށް ހަމަލާ ނުދޭ ކަމަށް އީރާން އިން ބުނެފި

22 މާރިޗު 2026
ޑިއޭގޯ ގާސިއާ އަށް އަމާޒުކޮށް ހަމަލާ ނުދޭ ކަމަށް އީރާން އިން ބުނެފި
22 މާރިޗު 2026

ހަނގުރާމަ ރާއްޖެ އާ ގާތައް، އެމެރިކާގެ ބޮން އަޅާ ބޯޓުފަހަރު ސްޓޭޝަން ކޮށްފައިވާ ޑިއޭގޯ ގާސިއާ އީރާނަށް ހަމަލާ ދިނުމަށް ބޭނުން ކުރުމުގެ ހުއްދަ ދިނުމަކީ ހަނގުރާމައިގައި ބައިވެރިވުން ކަމަށް އެ ގައުމުން ބުނެފި

21 މާރިޗު 2026

އީރާނުން ޑިއޭގޯ ގާސިއާ އަށް އަމާޒުކޮށް ހަމަލާ ދީފި

21 މާރިޗު 2026
އީރާނުން ޑިއޭގޯ ގާސިއާ އަށް އަމާޒުކޮށް ހަމަލާ ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް