Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިނގިރޭސިވިލާތް-ސީރިއާ

ސީރިއާގެ ރައީސް އަލް ޝަރާ އިނގިރޭސިވިލާތަށް ވަޑައިގެން، ބޮޑު ވަޒީރު ސްޓާމަރ އާއި ބައްދަލު ކުރައްވައިފި

އިނގިރޭސިވިލާތާއި، ސީރިއާގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ބަދަހި ކުރުމާއި، އިޤްތިޞާދީ އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ ގޮތުން މި ބައްދަލު ކުރެއްވުމުގައި މަޝްވަރާ ކުރައްވާފައިވާ ކަމަށް ވެސް ވަނީ ރިޕޯޓު ކޮށްފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 31 މާރިޗު 2026 | އަންގާރަ 10:58
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމާ އާއި، ސީރިއާގެ ރައީސް އަޙުމަދު އަލްޝަރާ

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމާ އާއި، ސީރިއާގެ ރައީސް އަޙުމަދު އަލްޝަރާ | ގެޓީ އިމޭޖަސް

ސީރިއާގެ ރައީސް އަޙުމަދު އަލް ޝަރާ އިނގިރޭސިވިލާތަށް ވަޑައިގެން، އެ ޤައުމުގެ ބޮޑު ވަޒީރު ކިއާ ސްޓާމަރ އާއި ބައްދަލު ކުރައްވައިފި އެވެ. 

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރުގެ ރަސްމީ އޮފީސް ޑައުނިންގ ސްޓްރީޓްގައި އަންގާރަ ދުވަހު އަލް ޝަރާ އާއިސްޓާމަރ ބައްދަލު ކުރައްވާފައިވާއިރު، އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރައްވާފައި ވަނީ ސީރިއާގެ ސިޔާސީ ބަދަލުތަކާ ގުޅޭ ގޮތުންނެވެ. 

އެގޮތުން ދެ ޤައުމުގެ ދެ މެދުގައި ގުޅުން ބަދަހި ކުރުމާއި ވަރުގަދަ ކުރުމާއި، އަދި ސީރިއާގެ ޙާލަތާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށް މީޑިއާ ތަކުގައި ވަނީ ރިޕޯޓު ކޮށްފަ އެވެ. މިއީ ސީރިއާގެ އައު ސަރުކާރާއި، އިނގިރޭސިވިލާތާ ދެމެދު އެއްބާރުލުން ދެމުން އަންނަ ކަމުގެ ނިޝާނެއް ކަމަށް މާހިރުން ވަނީ ފާހަގަ ކޮށްފަ އެވެ. 

އިނގިރޭސިވިލާތާއި، ސީރިއާގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ބަދަހި ކުރުމާއި، އިޤްތިޞާދީ އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ ގޮތުން މި ބައްދަލު ކުރެއްވުމުގައި މަޝްވަރާ ކުރައްވާފައިވާ ކަމަށް ވެސް ވަނީ ރިޕޯޓު ކޮށްފަ އެވެ. ސީރިއާގެ ތަރައްޤީ އަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އިނގިރޭސިވިލާތުން ތައްޔާރަށް އޮތް ކަމުގެ އިޝާރާތެއް ވެސް ސްޓާމަރ ދެއްވާފައިވާ ކަމަށް ރިޕޯޓު ތަކުގައި ބުނެފަ އެވެ. 

ސީރިއާގެ ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު އަލް ޝަރާ ގެންދަވަނީ ދުނިޔޭގެ އެކި ޤައުމުތަކާއި ސީރިއާއާ ދެމެދު ގުޅުން ބަދަހި ކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރައްވަމުންނެވެ. ޚާއްސަކޮށް ސީރިއާގެ ކުރިއެރުމާއި، އެ ޤައުމުގެ އިޤްތިޞާދަށް ބަދަލު ގެނައުމަށް އަލް ޝަރާ ގެންދަވަނީ ގިނަ މަސައްކަތް ތަކެއް ވެސް ކުރައްވަމުންނެވެ. 

މަސްދަރު: އޭއެފްޕީ

އިނގިރޭސިވިލާތްސީރިއާސީރިއާ-އިނގިރޭސިވިލާތުސީރިއާގެ ރައީސް އަޙުމަދު އަލް ޝަރާކިއާ ސްޓާމަރ (އިނގިރޭސި ބޮޑު ވަޒީރު)

އިތުރަށް ކިޔާލަން

31 މާރިޗު 2026

ކޮންމެ ފިއްތުމެއް ކުރިމަތި ވިޔަސް ނިންމުން ބަދަލެއް ނުވާނެ، އީރާންއާ ދެކޮޅަށް ކުރާ ހަނގުރާމަ އަކީ އަހަރަމެންގެ ހަނގުރާމައެއް ނޫން: އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމަރ

31 މާރިޗު 2026
ކޮންމެ ފިއްތުމެއް ކުރިމަތި ވިޔަސް ނިންމުން ބަދަލެއް ނުވާނެ، އީރާންއާ ދެކޮޅަށް ކުރާ ހަނގުރާމަ އަކީ އަހަރަމެންގެ ހަނގުރާމައެއް ނޫން: އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމަރ
29 މާރިޗު 2026

ޓްރަމްޕްގެ ސިޔާސަތުތަކާ ދެކޮޅަށް އެމެރިކާގައި ބޮޑެތި އެއްވުން ތަކެއް ބާއްވައިފި

29 މާރިޗު 2026
ޓްރަމްޕްގެ ސިޔާސަތުތަކާ ދެކޮޅަށް އެމެރިކާގައި ބޮޑެތި އެއްވުން ތަކެއް ބާއްވައިފި
25 މާރިޗު 2026

އީރާނުން ސައުދީ އަށް ދެމުން އަންނަ ހަމަލާ ތަކަކީ، ސަރަހައްދީ ސުލްޙަ އާއި އަމާންކަމަށް ނުރައްކާވާ ކަމެއް: ސްޓާމާ

25 މާރިޗު 2026
އީރާނުން ސައުދީ އަށް ދެމުން އަންނަ ހަމަލާ ތަކަކީ، ސަރަހައްދީ ސުލްޙަ އާއި އަމާންކަމަށް ނުރައްކާވާ ކަމެއް: ސްޓާމާ
24 މާރިޗު 2026

ސިޓީ އަތުން އާސެނަލް ބަލިވި ފައިނަލް މެޗު ބައްލަވަން ވެސް އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ ވަޑައިގެންނެވި

24 މާރިޗު 2026
ސިޓީ އަތުން އާސެނަލް ބަލިވި ފައިނަލް މެޗު ބައްލަވަން ވެސް އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ ވަޑައިގެންނެވި
23 މާރިޗު 2026

އީރާން އިން އިނގިރޭސިވިލާތަށް ހަމަލާއެއް ދީފާނެ ކަމުގެ އެއްވެސް ހެއްކެއް ނެތް: ބޮޑު ވަޒީރު ސްޓާމާ

23 މާރިޗު 2026
އީރާން އިން އިނގިރޭސިވިލާތަށް ހަމަލާއެއް ދީފާނެ ކަމުގެ އެއްވެސް ހެއްކެއް ނެތް: ބޮޑު ވަޒީރު ސްޓާމާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު