Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

ޓްރަމްޕްގެ ސިޔާސަތުތަކާ ދެކޮޅަށް އެމެރިކާގައި ބޮޑެތި އެއްވުން ތަކެއް ބާއްވައިފި

އެ ފަރާތް ތަކުން ބުނަނީ ޓްރަމްޕް ބޭނުން ވަނީ ޒާލިމެއްގެ ގޮތުގައި ވެރިކަން ކުރަން ކަމަށް. ނަމަވެސް، އެއީ އެމެރިކާ ކަމަށާއި، އެ ޤައުމުގައި ބާރު ލިބިފައި އޮންނަނީ ރައްޔިތުންނަށް ކަމަށް މުޒާހަރާގެ ބައިވެރިން ފާހަގަ ކޮށްފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 29 މާރިޗު 2026 | އާދީއްތަ 11:36
ވޮޝިންޓަން ޑީސީގައި ހުންނަ ލިންކަން މެމޯރިއަލް ކުރިމައްޗަށް ގިނަ އަދަދެއްގެ މުޒާހަރާގެ ބައިވެރިން އެއްވެފައި.

ވޮޝިންޓަން ޑީސީގައި ހުންނަ ލިންކަން މެމޯރިއަލް ކުރިމައްޗަށް ގިނަ އަދަދެއްގެ މުޒާހަރާގެ ބައިވެރިން އެއްވެފައި. | ގެޓީ އިމޭޖަސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިޔާސަތުތަކާ ދެކޮޅަށް އެ ޤައުމުގައި ބޮޑެތި މުޒާހަރާ ތަކެއް ކުރިއަށް ގެންގޮސްފި އެވެ. 

މިއީ ނޯ ކިންގްސް ނަމުގައި ކުރިއަށް ގެންދާ މުޒާހަރާ ތަކުގެ ތެރެއިން، ތިން ވަނަ މުޒާހަރާ އެވެ. މީގެ ކުރިން ވެސް ބޭއްވި އެއްވުން ތަކުގައި މިލިއަނުން މީހުން ވަނީ ބައިވެރިވެފަ އެވެ. 

މުޒާހަރާ އިންތިޒާމު ކުރި ފަރާތް ތަކުން ބުނާ ގޮތުގައި، މި އެއްވުންތައް ކުރިއަށް ގެންދަނީ ޓްރަމްޕް ތަންފީޒު ކުރަމުން ގެންދާ ސިޔާސަތުތަކާ ދެކޮޅަށެވެ. އޭގެ ތެރޭގައި އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމައިގެ އިތުރުން، އިމިގްރޭޝަންގެ މައްސަލަ ތަކާއި،  ދިރިއުޅުމުގެ ޚަރަދުތައް މަތިވުން ފަދަ ކަންކަން ހިމެނެ އެވެ. 

އެ ފަރާތް ތަކުން ބުނަނީ ޓްރަމްޕް ބޭނުން ވަނީ ޒާލިމެއްގެ ގޮތުގައި ވެރިކަން ކުރަން ކަމަށެވެ. ނަމަވެސް، އެއީ އެމެރިކާ ކަމަށާއި، އެ ޤައުމުގައި ބާރު ލިބިފައި އޮންނަނީ ރައްޔިތުންނަށް ކަމަށް މުޒާހަރާގެ ބައިވެރިން ފާހަގަ ކޮށްފައިވެ އެވެ. އެކަމާ ގުޅޭ ގޮތުން އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގެ ތަރުޖަމާނަކު ވިދާޅުވެފައި ވަނީ، އެއީ ޓްރަމްޕްއާ ދެކޮޅަށް ރޭވިގެން ހިންގާ ޙަރަކާތެއް ކަމަށެވެ.

ވާޖިނިއާގެ އާލިންގްޓަން އިން ފެށިގެން ވޮޝިންޓަން ޑީސީއާ ދެމެދު އޮންނަ ފާލަން ހުރަސްކޮށް، ގިނަ އަދަދެއްގެ މުޒާހަރާގެ ބައިވެރިން ހިނގާލަނީ
ވާޖިނިއާގެ އާލިންގްޓަން އިން ފެށިގެން ވޮޝިންޓަން ޑީސީއާ ދެމެދު އޮންނަ ފާލަން ހުރަސްކޮށް، ގިނަ އަދަދެއްގެ މުޒާހަރާގެ ބައިވެރިން ހިނގާލަނީ

ހޮނިހިރު ދުވަހު ވަނީ އެމެރިކާގެ ނިއުޔޯކްގެ އިތުރުން، ވޮޝިންޓަން ޑީސީ އާއި ލޮސް އެންޖަލެސް ފަދަ ބޮޑެތި ސިޓީ ތަކުގައި މި އެއްވުން ކުރިއަށް ގެންގޮސްފަ އެވެ. ވެރި ރަށް ވޮޝިންޓަން ޑީސީގެ މަގު ތަކުގައި އެއްވުން ކުރިއަށް ގެންދިޔައިރު، ގިނަ ބަޔަކު ވަނީ ލިންކަން މެމޯރިއަލް އަށް ޖަމާވެފަ އެވެ. އެ މުޅި ސަރަހައްދު ފުރިފައިވާއިރު، ގިނަ ބަޔަކު ޓްރަމްޕްއާ ދެކޮޅަށް އަޑު އުފުލި އެވެ. 

މި އެއްވުމުގެ ތެރެއިން މިނެސޯޓާގައި ކުރިއަށް ގެންދިޔަ އެއްވުމަކީ ވަރަށް މުހިންމު އެއްވުމެކެވެ. މިއަހަރުގެ ޖަނަވަރީ މަހު ފެޑެރަލް އިމިގްރޭޝަން އެޖެންޓުން، އެމެރިކާގެ ދެ ރައްޔިތަކު މަރާލުމާ ގުޅިގެން ވެސް އެ ސަރަހައްދުގައި އެއްވުމެއް ބާއްވާފައިވެ އެވެ. އެތައް ހާސް ބަޔަކު މަގު ތަކަށް ނިކުމެ އަޑު އުފުލުން ކުރިއަށް ގެންދިޔައިރު، އިދިކޮޅު ޑިމޮކްރަޓިކް ޕާޓީގެ ބައެއް މަޝްހޫރު ބޭފުޅުން ވަނީ އެ އެއްވުމުގައި ވާހަކަ ވެސް ދައްކަވައިފަ އެވެ. 

ވޮޝިންޓަން ޑީސީގައި ހުންނަ ލިންކަން މެމޯރިއަލް ކުރިމައްޗަށް ގިނަ އަދަދެއްގެ މުޒާހަރާގެ ބައިވެރިން އެއްވެފައި.
ވޮޝިންޓަން ޑީސީގައި ހުންނަ ލިންކަން މެމޯރިއަލް ކުރިމައްޗަށް ގިނަ އަދަދެއްގެ މުޒާހަރާގެ ބައިވެރިން އެއްވެފައި.

ނިއުޔޯކް ސިޓީގެ ޓައިމްސް ސްކޮޔާގައި ވެސް އެތައް ހާސް ބަޔަކު އެއްވެ އަޑު އުފުލާފައިވާއިރު، ފުލުހުންނަށް ވަނީ މަގު ބަންދު ކުރަން ވެސް ޖެހިފަ އެވެ. އެއްވުމުގެ ތެރެއިން ލޮސް އެންޖަލެސްގައި ދެ މީހަކު ހައްޔަރު ކޮށްފައިވެ އެވެ. އެއީ ފެޑެރަލް ޤާނޫނު ތަންފީޒު ކުރާ ފަރާތް ތަކަށް ހަމަލާ ދިނުމާ ގުޅިގެންނެވެ. ހޯމް ލޭންޑް ސެކިއުރިޓީ ޑިޕާޓްމަންޓް އިން ބުނީ، އެ މީހުން ހައްޔަރު ކޮށްފައި ވަނީ ސިމެންތި ބްލޮކް ތަކުން ދެ އޮފިސަރަކަށް ހަމަލާ ދިނުމާ ގުޅިގެންނެވެ. 

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ބޭއްވި ނޯ ކިންގްސް އެއްވުމުގައި ވެސް ހަތް މިލިއަނަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށް ވަނީ ރިޕޯޓު ކޮށްފަ އެވެ. އެމެރިކާގެ އިތުރުން ފްރާންސް ޕެރިސް އާއި، އިނގިރޭސިވިލާތުގެ ލަންޑަން އަދި ޕޯޗުގަލްގެ ލިސްބަންގައި ވެސް އެމެރިކާގެ ރައްޔިތުން ވަނީ މި އެއްވުން ކުރިއަށް ގެންގޮސްފަ އެވެ. 

ސެއިންޓް ޕޯލްގައި ހުންނަ މިނެސޯޓާ ސްޓޭޓްގު ކެޕިޓަލް އިމާރާތުގެ ބޭރުގައި މުޒާހަރާގެ ބައިވެރިން އެއްވެ
ސެއިންޓް ޕޯލްގައި ހުންނަ މިނެސޯޓާ ސްޓޭޓްގު ކެޕިޓަލް އިމާރާތުގެ ބޭރުގައި މުޒާހަރާގެ ބައިވެރިން އެއްވެ

ޕެރިސް، ލަންޑަން، އަދި ލިސްބަން ފަދަ ބޭރު ގައުމުތަކުގައި ދިރިއުޅޭ އެމެރިކާ ރައްޔިތުން ވެސް ހަޅޭލުންތައް ކުރިއަށް ގެންދިޔައެވެ.

މަސްދަރު: ބީބީސީ

އެމެރިކާއިނގިރޭސިވިލާތްފްރާންސްޕޯޗުގަލްއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްނޯ ކިންގްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ޕެރިހުގައި ހުންނަ ބޭންކް އޮފް އެމެރިކާ ގޮއްވާލަން އުޅެފި

ޕެރިހުގައި ހުންނަ ބޭންކް އޮފް އެމެރިކާ ގޮއްވާލަން އުޅެފި

29 މާރިޗު 2026
ޓްރަމްޕްއާ ދެކޮޅަށް "ނޯ ކިންގްސް"ގެ ނަމުގައި އެމެރިކާގެ 3،200 އަށް ވުރެ ގިނަ ސަރަހައްދު ތަކުގައި މުޒާހަރާ ކުރަނީ

ޓްރަމްޕްއާ ދެކޮޅަށް "ނޯ ކިންގްސް"ގެ ނަމުގައި އެމެރިކާގެ 3،200 އަށް ވުރެ ގިނަ ސަރަހައްދު ތަކުގައި މުޒާހަރާ ކުރަނީ

29 މާރިޗު 2026
ޓްރަމްޕްގެ ސޮއި އެމެރިކާގެ ޑޮލަރުގައި ހިމެނުމަށް ނިންމައިފި

ޓްރަމްޕްގެ ސޮއި އެމެރިކާގެ ޑޮލަރުގައި ހިމެނުމަށް ނިންމައިފި

29 މާރިޗު 2026
ވަލީ އަހުދު މުޙައްމަދަކީ ވަރަށް ގާތް އެކުވެރިއެއް، އެއީ ސައުދީ އިން ފަޚުރުވެރިވާން ޖެހޭ ލީޑަރެއް: ޓްރަމްޕް

ވަލީ އަހުދު މުޙައްމަދަކީ ވަރަށް ގާތް އެކުވެރިއެއް، އެއީ ސައުދީ އިން ފަޚުރުވެރިވާން ޖެހޭ ލީޑަރެއް: ޓްރަމްޕް

28 މާރިޗު 2026
މި ހަފުތާގެ ތެރޭގައި އީރާންއާ އެކު ބައްދަލުވުމެއް ބޭއްވޭނެ ކަމަށް އެމެރިކާ ސަރުކާރުން އުންމީދު ކުރޭ

މި ހަފުތާގެ ތެރޭގައި އީރާންއާ އެކު ބައްދަލުވުމެއް ބޭއްވޭނެ ކަމަށް އެމެރިކާ ސަރުކާރުން އުންމީދު ކުރޭ

28 މާރިޗު 2026

އަހަރުތަކުން މިއަދު

18 އެޕްރީލު
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"
20233 އަހަރު ކުރިން
ދުނިޔެ

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި
20224 އަހަރު ކުރިން
ދުނިޔެ

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި
20197 އަހަރު ކުރިން
އިސްލާމް

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!
20188 އަހަރު ކުރިން
ރިޕޯޓު

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު