Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާާން ހަނގުރާމަ

ކޮންމެ ފިއްތުމެއް ކުރިމަތި ވިޔަސް ނިންމުން ބަދަލެއް ނުވާނެ، އީރާންއާ ދެކޮޅަށް ކުރާ ހަނގުރާމަ އަކީ އަހަރަމެންގެ ހަނގުރާމައެއް ނޫން: އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމަރ

މި ނިންމުމަކީ ވަކި އުސޫލު ތަކެއްގެ މައްޗަށް ބިނާވެފައިވާ ނިންމުމެއްކަން ފާހަގަ ކުރައްވައި ބޮޑު ވަޒީރު ސްޓާމާ ވިދާޅުވީ، ބޭރުގެ ފަރާތް ތަކުން ކިތަންމެ ބޮޑު ފިއްތުން ތަކެއް ކުރިމަތި ކުރުވި ނަމަވެސް، ސަރުކާރުގެ އެ ނިންމުމަށް ބަދަލެއް ނާންނާނެ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 31 މާރިޗު 2026 | އަންގާރަ 09:45
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ، ބޮޑު ވަޒީރުގެ ރަަސްމީ އޮފީހުން ނިކުމެ ވަޑައިގަންނަވަނީ.

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ، ބޮޑު ވަޒީރުގެ ރަަސްމީ އޮފީހުން ނިކުމެ ވަޑައިގަންނަވަނީ. | ގެޓީ އިމޭޖަސް

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގެ ތެރެއަށް އިނގިރޭސިވިލާތުން ނުވަންނާނެ ކަމަށާއި، އެއީ އެ ޤައުމުގެ ހަނގުރާމައެއް ނޫން ކަމަށް، އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމަރ ވިދާޅުވެއްޖެ އެވެ. 

މިރާ ޔޫކޭ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ސަރަހައްދީ މަސްރަހު ވަރަށް ބޮޑަށް ނުތަނަވަސްވަމުން ދިޔަ ނަމަވެސް، އިނގިރޭސިވިލާތުގެ ސަރުކާރުގެ ސިޔާސަތު އެކަމުގައި ވަރަށް ސާފެވެ. މީގެ ކުރިން ވެސް އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ، އެ ޤައުމުން މި ހަނގުރާމައިގެ ތެރެއަށް ނުވަންނާނެ ކަމަށް ތަކުރާރުކޮށް ބުނެފަ އެވެ. 

އެގޮތުން އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމަރ ވިދާޅުވީ، އެ ޤައުމުގެ ސަރުކާރުން އެ މައްސަލައިގައި ދެކޭ ގޮތް ތަކުރާރުކޮށް ހާމަ ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން މިއީ އިނގިރޭސިވިލާތާ ގުޅުން ހުރި ހަނގުރާމައެއް ނޫން ކަމަށާއި، އެ ހަމަނުޖެހުން ތަކުގެ ތެރެއަށް އެ ޤައުމު ސޮއްސާލައިގެން ދިޔުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ސްޓާމަރ ވަނީ ވިދާޅުވެފަ އެވެ. 

މީގެ އިތުރުން ސްޓާމަރ ވިދާޅުވީ، ސަރަހައްދީ ހަމަ ނުޖެހުން ތަކުގެ ތެރެއަށް ސީދާ ގޮތުން ނުވަން ނަމަވެސް، އިނގިރޭސިވިލާތުގެ ރައްޔިތުންގެ ފުރާނަ އާއި، އެ ޤައުމުގެ އިސްތިރާޖީ މަސްލަޙަތުތައް ހިމާޔަތް ކުރުމަށް ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. އދަި ގަލްފު ސަރަހައްދުގައި ތިބި އިނގިރޭސިވިލާތުގެ ބައިވެރިންނާ އެކު، އެ ޤައުމުން ސާބިތުކަމާ އެކު އޮންނާނެ ކަމުގެ ޔަޤީންކަން ވެސް ބޮޑު ވަޒީރު ސްޓާމަރ ވަނީ ދެއްވައިފަ އެވެ. 

މި ނިންމުމަކީ ވަކި އުސޫލު ތަކެއްގެ މައްޗަށް ބިނާވެފައިވާ ނިންމުމެއްކަން ފާހަގަ ކުރައްވައި ބޮޑު ވަޒީރު ސްޓާމަރ ވިދާޅުވީ، ބޭރުގެ ފަރާތް ތަކުން ކިތަންމެ ބޮޑު ފިއްތުން ތަކެއް ކުރިމަތި ކުރުވި ނަމަވެސް، ސަރުކާރުގެ އެ ނިންމުމަށް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި މިއީ އޭނާ ޤަބޫލު ކުރައްވާ އުސޫލު ތަކާއި ހަމަތައް ކަމަށާއި، ސަރުކާރުގެ ނިންމުންތައް ބިނާ ކުރަނީ އެ އުސޫލު ތަކުގެ މައްޗަށް ކަމަށް ވެސް ބޮޑު ވަޒީރު ވަނީ ވިދާޅުވެފަ އެވެ. 

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމަރ މިފަދަ މޭރުމަކުން ވާހަކަ ދައްކަވާފައި މި ވަނީ، މެދު އިރުމަތީގެ ހަމަ ނުޖެހުންތައް އިތުރަށް ފުޅާވެ، މުޅި ސަރަހައްދަށް ހަނގުރާމައިގެ ނުރައްކާ ބޮޑުވަމުންދާތީ ބައިނަލްއަޤުވާމީ މުޖުތަމައުން ކަންބޮޑުވުން ފާޅު ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. އިނގިރޭސިވިލާތުން މި މައްސަލައިގައި ގެންގުޅޭ ސިޔާސަތަކީ ސީދާ ހަނގުރާމައިގައި ބައިވެރި ނުވެ، މަސްލަޙަތުތައް ހިމާޔަތް ކުރުން ކަމަށް ބޮޑު ވަޒީރުގެ ވާހަކަ އިން ސާފުވެ އެވެ.

މަސްދަރު: އަލް އަރަބިއްޔާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އިނގިރޭސިވިލާތްކިއާ ސްޓާމާ (އިނގިރޭސި ބޮޑު ވަޒީރު)

ކޮމެންޓް

އިތުރަށް ކިޔާލަން

ހަނގުރާމައިގެ ދެބައި ކުޅަ އެއްބައި މަޤުސަދު ހާސިލުވެއްޖެ: ނަތަންޔާހޫ

ހަނގުރާމައިގެ ދެބައި ކުޅަ އެއްބައި މަޤުސަދު ހާސިލުވެއްޖެ: ނަތަންޔާހޫ

31 މާރިޗު 2026
ޓްރަމްޕް އަކީ ޑިޕްލޮމަސީ އަށް އިސްކަން ދެއްވާ ރައީސެއް، އެކަމަކު އީރާން އިން ހިތި ނަތީޖާއާ ކުރިމަތިލާން ޖެހޭނެ: ރޫބިއޯ

ޓްރަމްޕް އަކީ ޑިޕްލޮމަސީ އަށް އިސްކަން ދެއްވާ ރައީސެއް، އެކަމަކު އީރާން އިން ހިތި ނަތީޖާއާ ކުރިމަތިލާން ޖެހޭނެ: ރޫބިއޯ

31 މާރިޗު 2026
ހޮރްމޫޒް ކަނޑު އޮޅި ހުޅުވާ ނުލިޔަސް، ޓްރަމްޕް ހުންނެވީ ހަނގުރާމަ ހުއްޓާލަން ތައްޔާރަށް

ހޮރްމޫޒް ކަނޑު އޮޅި ހުޅުވާ ނުލިޔަސް، ޓްރަމްޕް ހުންނެވީ ހަނގުރާމަ ހުއްޓާލަން ތައްޔާރަށް

31 މާރިޗު 2026
ދުބާއީގައި ކުވެއިތުގެ ތެޔޮ ޓޭންކަރަކަށް އީރާން އިން ހަމަލާ ދީފި

ދުބާއީގައި ކުވެއިތުގެ ތެޔޮ ޓޭންކަރަކަށް އީރާން އިން ހަމަލާ ދީފި

31 މާރިޗު 2026
އެމެރިކާ އާއެކު މެސެޖުތައް ބަދަލު ކުރެވުނު ނަމަވެސް، ސީދާ ވާހަކަ ނުދައްކާ ކަމަށް އީރާން އިން ބުނެފި

އެމެރިކާ އާއެކު މެސެޖުތައް ބަދަލު ކުރެވުނު ނަމަވެސް، ސީދާ ވާހަކަ ނުދައްކާ ކަމަށް އީރާން އިން ބުނެފި

30 މާރިޗު 2026

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު