Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަބްދުﷲ ޝާހިދު

”މިފަހަރު އިންޑިއާ އައުޓް ގެ ބައެއް ނެތް، މިފަހަރު އޮތީ އިންޑިއާ އޮއިލް ޕްލީސް“: އަބްދުﷲ ޝާހިދު

14 މާރިޗު 2026 | ހޮނިހިރު 12:41

އަވައްޓެރި ގައުމުތަކާ ދިމާލަށް ހިތުހުރި އެއްޗެއް ގޮވުމަށް ފަހު، އެ ގައުމުތަކުގެ އެހީއަށް އެދެންޖެހުމަކީ ލަދުވެތި ކަމެއްކަން ފާހަގަކުރައްވައި، ރައްޔިތުންނަށް ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަށް ޝާހިދު ގޮވައިލެއްވި. ބޭރު ގައުމުތަކުގެ ކުރިމަތީގައި ރާއްޖޭގެ އަބުރު ގެއްލޭ ފަދަ އަމަލުތައް ނުކުރުމަށާއި، އަވައްޓެރިންނާ ގުޅުން ބަދަހިކުރުމުގެ މުހިންމުކަން ވެސް އޭނާ ފާހަގަކުރެއްވި.

އަލީ ޝާހީން
އަލީ ޝާހީން | 14 މާރިޗު 2026 | ހޮނިހިރު 12:41
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު | ރާއްޖެ އެމްވީ

ގައުމެއް ވެއްޖެއްޔާ ކޮންމެސް ކަހަލަ ގޮތަކާއި ސިފައެއް ހުންނަންޖެހޭނެ ކަމަށާއި ވެރިކަމަށް އަންނަންވެގެން އިންޑިއާ އައުޓް ކިޔައި، މިހާރު އިންޑިއާ އައުޓް ގެ ބަދަލުގައި އިންޑިއާ އޮއިލް ޕްލީސް އަށް ބަދަލުވެއްޖެ ކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ސަރުކާރަށް ފާޑު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު، އެ ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނާއެކު އަތޮޅުތެރެއަށް ކުރައްވަމުންގެންދަވާ ކެމްޕޭން ދަތުރުތަކުގެ ތެރެއިން ލ. މާވަށަށް ވަޑައިގެން އެރަށުގައި ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، އޮމާން އިން ބޭނުންވަރަކަށް ތެޔޮ ލިބޭނެ ކަމަށް މީގެ ކުރިން މިސަރުކާރުގެ ވެރިން ބުނަމުންދިޔަ ނަމަވެސް މިއަދު އިންޑިއާގެ އެހީތެރިކަމަށް އެދިފައިވާ ކަމަށެވެ. މިކަމުންވެސް މި ސަރުކާރުގެ ނާގާބިލުކަން ހާމަވާކަން ޝާހިދު ފާހަގަކުރެއްވި އެވެ. 

Advertisement - newsAdvertisement
އަނެއްކާވެސް އިންޑިއާ. މިފަހަރު އައުޓްގެ ބައެއް ނެތް، މިފަހަރު އޮތީ އިންޑިއާ އޮއިލް ޕްލީސް. ދެން އަޅުގަނޑުމެން ވެސް ގައުމެއް މިއީ ކޮންމެސް ކަހަލަ ގޮތެއް ހުންނަންޖެހޭނެ. ކޮންމެސް ކަހަލަ ސިފަވެރިކަމެއް ހުންނަނެޖެހޭނެ. ހިތު ހުރިގޮތަކަށް އަޅުގަނޑުމެން ވެސް ބޭރު ގައުމުތަކުގެ ކުރިމަތީގަ އޮރިޔާން ކުރައްވާކަށް ނުވާނެ.
އަބްދުﷲ ޝާހިދު

މީގެ އިތުރުން ޝާހިދު ވިދާޅުވީ ވަރަށް ފަލަ ރަތް ރޮނގެއްގެ ކުރިމަތީ ހުންނަވައި މުހާތަބުކުރައްވައި ހިތުހުރި އެއްޗެއް ރާއްޖޭގެ އަވައްޓެރިންނާ ދިމާލަށް ގޮވުމަށްފަހު މިއަދު ތެޔޮފޮދެއް ގަންނަން ލިބޭތޯ އިންޑިއާގެ ފައިބުޑަށް ވެއްޓެން ޖެހުނީމަ އެއީ މިސަރުކާރުން ލަދު ގަންނަންޖެހޭ ކަމެއް ކަމަށެވެ. އަދި އަވައްޓެރި ގައުމުތަކާއެކު ގުޅުން ބަދަހި ކުރުމަކީ މުހިންމު ކަމެއްކަން ޝާހިދު ފާހަގަކުރެއްވި އެވެ. 

ޝާހިދު ވިދާޅުވީ މިސަރުކާރުން ރައްޔިތުންނަށް ސައްހަ މައުލޫމާތު ފޯރުކޮށްދޭންޖެހޭ ކަމަށާއި ރާއްޖެ ތެލަށް ނުޖެހޭނެ ކަމަށް ބުނެ ދެއްކި ވާހަކަ މިހާރު ރައްޔިތުންނަށް ގަބޫލުކުރަން ދަތިކަމަށެވެ.

އަބްދުﷲ ޝާހިދުއެމްޑީޕީއިންޑިއާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

14 މާރިޗު 2026

ރައީސް މުއިއްޒުގެ މެނިފެސްޓޯގެ 5 އިންސައްތަ ވެސް ފުއްދައިދެވިފައި ނެތް: ލޫކަސް

14 މާރިޗު 2026
ރައީސް މުއިއްޒުގެ މެނިފެސްޓޯގެ 5 އިންސައްތަ ވެސް ފުއްދައިދެވިފައި ނެތް: ލޫކަސް
14 މާރިޗު 2026

މިސަރުކާރުން ދަނީ ރިފަރަންޑަމް ވޯޓު ކާމިޔާބު ކުރުމަށް މަރުފަލި ޖަހަމުން: ރާއީ

14 މާރިޗު 2026
މިސަރުކާރުން ދަނީ ރިފަރަންޑަމް ވޯޓު ކާމިޔާބު ކުރުމަށް މަރުފަލި ޖަހަމުން: ރާއީ
14 މާރިޗު 2026

ސަރުކާރަށް ރިފަރެންޑަމް ކާމިޔާބު ވެއްޖެނަމަ އިންތިޚާބު ކުރާ މަގާމުތަކަކީ މުއްދަތު ކަނޑައެޅިފައި އޮންނަ މަގާމުތަކަކަށް ނުވާނެ: މެންބަރު ޝަމްހީދު

14 މާރިޗު 2026
ސަރުކާރަށް ރިފަރެންޑަމް ކާމިޔާބު ވެއްޖެނަމަ އިންތިޚާބު ކުރާ މަގާމުތަކަކީ މުއްދަތު ކަނޑައެޅިފައި އޮންނަ މަގާމުތަކަކަށް ނުވާނެ: މެންބަރު ޝަމްހީދު
14 މާރިޗު 2026

ރިފަރެންޑަމްގެ ވޯޓު ގުނަން ރާވާފައި އޮތީ ދަންވަރުގެ ވަގުތު، މިއީ ވެސް އޮޅުވާލަން ކުރާ ކަމެއް: ނިޔާޒު

14 މާރިޗު 2026
ރިފަރެންޑަމްގެ ވޯޓު ގުނަން ރާވާފައި އޮތީ ދަންވަރުގެ ވަގުތު، މިއީ ވެސް އޮޅުވާލަން ކުރާ ކަމެއް: ނިޔާޒު
14 މާރިޗު 2026

ތެލުގެ އަގު އުފުލުމާ ގުޅިގެން، އިންޑިއާގެ އެންމެ ބޮޑު ދެ އެއާލައިނުން ޓިކެޓުގެ އަގު ބޮޑުކުރަން ނިންމައިފި

14 މާރިޗު 2026
ތެލުގެ އަގު އުފުލުމާ ގުޅިގެން، އިންޑިއާގެ އެންމެ ބޮޑު ދެ އެއާލައިނުން ޓިކެޓުގެ އަގު ބޮޑުކުރަން ނިންމައިފި
13 މާރިޗު 2026

އިލެކްޝަން ކޮމިޝަން ޖަވާބުދާރީ ކުރުވާނަން، ވޯޓު އޮޅުވާލައިފިއްޔާ ގާނޫނުގެ ކުރިމަށްޗަށް ވެސް ހާޒިރު ކުރާނަން: އަބްދުﷲ ޝާހިދު

13 މާރިޗު 2026
އިލެކްޝަން ކޮމިޝަން ޖަވާބުދާރީ ކުރުވާނަން، ވޯޓު އޮޅުވާލައިފިއްޔާ ގާނޫނުގެ ކުރިމަށްޗަށް ވެސް ހާޒިރު ކުރާނަން: އަބްދުﷲ ޝާހިދު
13 މާރިޗު 2026

ޕިކަޕް ޖަލްސާ: "ރެފަރެންޑަމް ވޯޓަށް ބޮޑުތަނުން ނޫނެކޭ ބުނެ ރައްޔިތުންގެ ބާރު ދަމަހައްޓަން ޖެހޭ."

13 މާރިޗު 2026
ޕިކަޕް ޖަލްސާ: "ރެފަރެންޑަމް ވޯޓަށް ބޮޑުތަނުން ނޫނެކޭ ބުނެ ރައްޔިތުންގެ ބާރު ދަމަހައްޓަން ޖެހޭ."
13 މާރިޗު 2026

އިންތިޚާބުތައް އެއްކޮށް، ދައުރަށް ބަދަލު ގެންނަ ވޯޓަކީ ގާނޫނާ ޚިލާފަށް ނަގާ ވޯޓެއް: ސަލީމް

13 މާރިޗު 2026
އިންތިޚާބުތައް އެއްކޮށް، ދައުރަށް ބަދަލު ގެންނަ ވޯޓަކީ ގާނޫނާ ޚިލާފަށް ނަގާ ވޯޓެއް: ސަލީމް
13 މާރިޗު 2026

ރިފަރެންޑަމް ގަރާރުގައި ހުރި މައްސަލައިގެ ޝަކުވާ ކުރާނެ ތަނެއް ކޯޓު ނޫނީ ނެތް، ‎ސިޔާސީ ގޮތުން ޖެއްސުން ކުރުމުގެ ބަދަލުގައި މައްސަލަ އަވަހަށް ރަޖިސްޓްރީ ކޮށް އަޑުއެހުންތައް ބޭއްވުން އުންމީދަކީ: މައުރޫފް

ފްލައިޓުތަކުގެ 30% ގެއްލުމުން އެކަން ފޫބައްދަން އިންޑިއާ، ޗައިނާ އަދި ރަޝިޔާ މާކެޓުން ފްލައިޓްތައް އިތުރު ކުރަނީ

13 މާރިޗު 2026
ފްލައިޓުތަކުގެ 30% ގެއްލުމުން އެކަން ފޫބައްދަން އިންޑިއާ، ޗައިނާ އަދި ރަޝިޔާ މާކެޓުން ފްލައިޓްތައް އިތުރު ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް