Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކަނޑުމަތީގެ ހާދިސާ

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފެލިދޫ ކައިރިން ބަންޑުން ޖަހާލި ލޯންޗުން ގެއްލުނު އިންޑިއާ ދެމީހުން އަދިވެސް ނުފެނޭ

21 މާރިޗު 2026 | ހޮނިހިރު 08:52

ވ. ފެލިދޫ ކައިރިން ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު އިންޑިއާގެ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުން. މި ހާދިސާގައި ގެއްލުނު މީހުން ހޯދުމަށް ވ. އަތޮޅުގެ ބޮޑު ސަރަހައްދެއް ބަލާފައިވީ ނަމަވެސް، އެ މީހުންގެ އެއްވެސް ނިޝާނެއް އަދި ފެނިފައެއް ނުވޭ. ހަތް މީހުންނާއެކު ދަތުރުކުރި މި ލޯންޗުން ސަލާމަތްވި މީހުންގެ ތެރޭގައި އިންޑިއާގެ މަހުޖަނު ގޯތަމް ސިންހާނިއާ ހިމެނޭ.

އަމްނާ އިމާދު
އަމްނާ އިމާދު | 21 މާރިޗު 2026 | ހޮނިހިރު 08:52
ފެލިދޫ ކައިރިން ބަންޑުން ޖަހާލި ލޯންޗު -  ގެއްލިގެން ހޯދަމުންދަނީ އިންޑީއާ ދެ މީހުން

ފެލިދޫ ކައިރިން ބަންޑުން ޖަހާލި ލޯންޗު - ގެއްލިގެން ހޯދަމުންދަނީ އިންޑީއާ ދެ މީހުން | ސޯޝަލް މީޑިއާ

ވ. ފެލިދޫ ކައިރިން ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި ގެއްލުނު ދެ މީހުން އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ލޯންޗު ބަންޑުން ޖަހާލި ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ، 19 މާރިޗު 2026 ވަނަ ދުވަހުގެ ރޭ 01:15 ހާއިރު އެވެ. 

ހޮނިހިރު ދުވަހު ފުލުހުން ބުނީ، ލޯންޗް ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ދެ މީހުން އަދިވެސް ނުފެންނަ ކަމަށާއި، އެ މީހުން ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. 

މި ހާދިސާ ހިނގިއިރު އިނގިރޭސި ވިލާތާއި ރަޝިއާގެ ދެ އަންހެނުންނާއި އިންޑިއާގެ ފަސް މީހުންނާއެކު ޖުމްލަ ހަތް މީހުން ތިއްބެވެ. މި ހާދިސާގައި ގެއްލިފައިވަނީ އިންޑިއާގެ ދެ މީހުންނެވެ. ބާކީ ތިބި މީހުން ކަނޑުވެފައި ތިއްބާ ވަނީ ސަލާމަތްކޮށްފަ އެވެ. އަދި މި ހާދިސާގައި އަނިޔާވި ތިން މީހަކަށް ވ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ވެސް ދީފައިވެ އެވެ.

މީގެ އިތުރުން އެމްއެންޑީއެފުން ބުނީ، ގެއްލުނު ދެ މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން އަދި ޑައިވަރުން ބޭނުންކޮށްގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިހާތަނަށް ވ. އަތޮޅުގެ ވަރަށް ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. 

އިންޑިއާގެ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި، މި ހާދިސާގައި އިންޑިއާގެ ރޭމަންޑް ގްރޫޕްގެ ޗެއަރމަން އަދި ބިލިއަނަރު ގޯތަމް ސިންހާނިއާ ވެސް ހިމެނެ އެވެ. އޭނާއަށް ކުދިކުދި އަނިޔާ ލިބިފައިވާތީ މުމްބާއީގެ ހޮސްޕިޓަލެއްގައި ފަރުވާ ދީފައިވާ ކަމަށާއި، ގޯތަމް ސްޓޭބަލް ކަމަށް ރިޕޯޓު ކޮށްފައިވެ އެވެ. 

ދެތެރެދޭތެރެއިން ކަނޑުމަތީގެ މިފަދަ ހިތާމަވެރި ހާދިސާތައް ހިނގައި މީހުން ކަނޑަށް ގެއްލިފައިވެ އެވެ.

ވެލިދޫގައުތަމް ސިންހާނިއާއިންޑިއާކަނޑުމަތީ ހާދިސާ

އިތުރަށް ކިޔާލަން

21 މާރިޗު 2026

އެމްޕީއެލްގެ ޓަގު ބޯޓަކާއި ލޯންޗެއް ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

21 މާރިޗު 2026
އެމްޕީއެލްގެ ޓަގު ބޯޓަކާއި ލޯންޗެއް ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
21 މާރިޗު 2026

އިންޑިއާގެ ބިލިއަނަރު ސިންހާނިއާ ރާއްޖޭގައި އެކްސިޑެންޓުވެ، އަނިޔާވި ވާހަކަ އިންޑިއާގެ ނޫސް ތަކުގެ ފަލަ ޞުރުޚީ އަށް

21 މާރިޗު 2026
އިންޑިއާގެ ބިލިއަނަރު ސިންހާނިއާ ރާއްޖޭގައި އެކްސިޑެންޓުވެ، އަނިޔާވި ވާހަކަ އިންޑިއާގެ ނޫސް ތަކުގެ ފަލަ ޞުރުޚީ އަށް
14 މާރިޗު 2026

”މިފަހަރު އިންޑިއާ އައުޓް ގެ ބައެއް ނެތް، މިފަހަރު އޮތީ އިންޑިއާ އޮއިލް ޕްލީސް“: އަބްދުﷲ ޝާހިދު

14 މާރިޗު 2026
”މިފަހަރު އިންޑިއާ އައުޓް ގެ ބައެއް ނެތް، މިފަހަރު އޮތީ އިންޑިއާ އޮއިލް ޕްލީސް“: އަބްދުﷲ ޝާހިދު
14 މާރިޗު 2026

ތެލުގެ އަގު އުފުލުމާ ގުޅިގެން، އިންޑިއާގެ އެންމެ ބޮޑު ދެ އެއާލައިނުން ޓިކެޓުގެ އަގު ބޮޑުކުރަން ނިންމައިފި

14 މާރިޗު 2026
ތެލުގެ އަގު އުފުލުމާ ގުޅިގެން، އިންޑިއާގެ އެންމެ ބޮޑު ދެ އެއާލައިނުން ޓިކެޓުގެ އަގު ބޮޑުކުރަން ނިންމައިފި
13 މާރިޗު 2026

ފްލައިޓުތަކުގެ 30% ގެއްލުމުން އެކަން ފޫބައްދަން އިންޑިއާ، ޗައިނާ އަދި ރަޝިޔާ މާކެޓުން ފްލައިޓްތައް އިތުރު ކުރަނީ

13 މާރިޗު 2026
ފްލައިޓުތަކުގެ 30% ގެއްލުމުން އެކަން ފޫބައްދަން އިންޑިއާ، ޗައިނާ އަދި ރަޝިޔާ މާކެޓުން ފްލައިޓްތައް އިތުރު ކުރަނީ
13 މާރިޗު 2026

އިންޑިއާ އިން ތެލުގެ އެހީ ހޯދުމަށް މުއިއްޒު ސަރުކާރުން އިން އެދިއްޖެ

13 މާރިޗު 2026
އިންޑިއާ އިން ތެލުގެ އެހީ ހޯދުމަށް މުއިއްޒު ސަރުކާރުން އިން އެދިއްޖެ
07 މާރިޗު 2026

އީރާނުގެ މަނަވަރަށް ދިން ހަމަލާގައި އެމެރިކާއަށް އެހީވިކަމަށް ދެކެވޭ ވާހަކަ އިންޑިއާއިން ދޮގުކޮށްފި

07 މާރިޗު 2026
އީރާނުގެ މަނަވަރަށް ދިން ހަމަލާގައި އެމެރިކާއަށް އެހީވިކަމަށް ދެކެވޭ ވާހަކަ އިންޑިއާއިން ދޮގުކޮށްފި
06 މާރިޗު 2026

އީރާނުގެ ހަނގުރާމަމަތީ މަނަވަރު އިންޑިއާގެ ކޮޗިން ގައި ބަނދަރުކޮށްފި

06 މާރިޗު 2026
އީރާނުގެ ހަނގުރާމަމަތީ މަނަވަރު އިންޑިއާގެ ކޮޗިން ގައި ބަނދަރުކޮށްފި
06 މާރިޗު 2026

ޔޫރަޕުން ބޭސް ގެނައުމުގެ ވައުދު: ސަރުކާރުގެ ރާގު ބަދަލުވެ ބޭސް ގެންނަނީ ޔޫރަޕުންތޯ އޭޝިއާއިންތޯ ނުބަލާނެ

06 މާރިޗު 2026
ޔޫރަޕުން ބޭސް ގެނައުމުގެ ވައުދު: ސަރުކާރުގެ ރާގު ބަދަލުވެ ބޭސް ގެންނަނީ ޔޫރަޕުންތޯ އޭޝިއާއިންތޯ ނުބަލާނެ
05 މާރިޗު 2026

އިންޑިއާގެ ދެ ޒުވާނަކު 6.7 ކިލޯ ހަޝިޝް އޮއިލް އާއެކު ހައްޔަރުކޮށްފި

05 މާރިޗު 2026
އިންޑިއާގެ ދެ ޒުވާނަކު 6.7 ކިލޯ ހަޝިޝް އޮއިލް އާއެކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް