Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއީރާން ހަނގުރާމަ

ތެލުގެ އަގު އުފުލުމާ ގުޅިގެން، އިންޑިއާގެ އެންމެ ބޮޑު ދެ އެއާލައިނުން ޓިކެޓުގެ އަގު ބޮޑުކުރަން ނިންމައިފި

14 މާރިޗު 2026 | ހޮނިހިރު 02:58

އެއާ އިންޑިއާއިން ޓިކެޓަކުން 90 ޑޮލަރާ ހަމައަށް އަގު ބޮޑުކުރަން ނިންމާފައިވާއިރު، އިންޑިގޯއިން ވަނީ ޓިކެޓުގެ އަގަށް 30 ޑޮލަރު އިތުރުކުރަން ނިންމާފައި.

ރާއްޖެ އެމްވީ | 14 މާރިޗު 2026 | ހޮނިހިރު 02:58
ލަންޑަން ހީތުރޯ އެއާޕޯޓުގެ ރަންވޭއަށް ޖެއްސުމަށްޓަކައި، އެއާ އިންޑިއާގެ އެއާބަސް A350-900 މަރުކާގެ ބޯޓެއް ދަތުރުކުރަނީ.

ލަންޑަން ހީތުރޯ އެއާޕޯޓުގެ ރަންވޭއަށް ޖެއްސުމަށްޓަކައި، އެއާ އިންޑިއާގެ އެއާބަސް A350-900 މަރުކާގެ ބޯޓެއް ދަތުރުކުރަނީ. | ގެޓީ އިމޭޖަސް

އީރާނާއި އިޒްރޭލާ ދެމެދު އެމެރިކާ ބައިވެރިވެގެން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލިފައިވާތީ، އިންޑިއާގެ އެންމެ ބޮޑު ދެ އެއާލައިން ކަމަށްވާ އެއާ އިންޑިއާ އަދި އިންޑިގޯ އިން ފްލައިޓް ޓިކެޓުގެ އަގުން "ފިއުލް ސާޗާޖް" ނުވަތަ ތެލުގެ ފީއެއް ނަގަން ނިންމައިފިއެވެ.

މި ހަފުތާގެ ކުރީކޮޅު އެއާ އިންޑިއާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެއާލައިނެއް ހިންގުމަށް ހިނގާ ޚަރަދުގެ ގާތްގަނޑަކަށް 40 އިންސައްތައަކީ ބޯޓަށް އަޅާ ތެޔޮ (އޭވިއޭޝަން ޓާބައިން ފިއުލް) ކަމަށެވެ. ނަމަވެސް 2026 ވަނަ އަހަރުގެ މާރިޗު މަހުން ފެށިގެން ތެޔޮ ސަޕްލައި ކުރުމަށް ދިމާވެފައިވާ ދަތިތަކާ ގުޅިގެން، ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިފައިވާ ކަމަށް އެ އެއާލައިނުން ބުނެފައިވެއެވެ.

ތެލުގެ އަގަށް އައި މި ބަދަލާ ގުޅިގެން، އެއާ އިންޑިއާއިން ވަނީ ތެލުގެ ޚަރަދު ހަމަޖެއްސުމަށްޓަކައި ޓިކެޓުގެ އަގު 90 ޑޮލަރާ ހަމައަށް ބޮޑުކުރުމަށް ނިންމާފައެވެ.

މީގެ އިތުރުން، އިންޑިއާގެ ވައިގެ ދަތުރުފަތުރުގެ ބާޒާރުގައި ބޮޑު ހިއްސާއެއް އޮންނަ އަނެއް އެއާލައިން ކަމަށްވާ އިންޑިގޯއިން ހުކުރު ދުވަހު ބުނީ، ތެލުގެ އަގު އުފުލުމުގެ ސަބަބުން ކުރިމަތިވާ މާލީ ދަތިތަކުން އަރައިގަތުމަށްޓަކައި އެ އެއާލައިންގެ ޓިކެޓުތަކުން ވެސް ގާތްގަނޑަކަށް 30 ޑޮލަރާ ހަމައަށް އަގު ބޮޑުކުރަން ނިންމާފައިވާ ކަމަށެވެ.

މަސްދަރު: އަލް ޖަޒީރާ

އެއަރ އިންޑިއާއިންޑިގޯއިންޑިއާތެލުގެ އަގުއީރާން-ޔޫއެސްއޭ-އިޒްރޭލްހޫނު ހަބަރު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

14 މާރިޗު 2026

އީރާން ހަނގުރާމަ: އެމެރިކާއާއި އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ 14 ވަނަ ދުވަހު ހިނގަމުން ދިޔަ ކަންތައްތައް

14 މާރިޗު 2026
އީރާން ހަނގުރާމަ: އެމެރިކާއާއި އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ 14 ވަނަ ދުވަހު ހިނގަމުން ދިޔަ ކަންތައްތައް
14 މާރިޗު 2026

އީރާނުގެ އާ ލީޑަރަށް ވަނީ އަނިޔާވެ ޖިސްމާނީ ގެއްލުން ލިބިފައި: އެމެރިކާ

14 މާރިޗު 2026
އީރާނުގެ އާ ލީޑަރަށް ވަނީ އަނިޔާވެ ޖިސްމާނީ ގެއްލުން ލިބިފައި: އެމެރިކާ
14 މާރިޗު 2026

އީރާނުގެ އިސް އޮފިޝަލުންގެ މައުލޫމާތު ދޭ ފަރާތަކަށް 10 މިލިއަން ޑޮލަރުގެ އިނާމު އެމެރިކާ އިން ހުށަހަޅައިފި

14 މާރިޗު 2026
އީރާނުގެ އިސް އޮފިޝަލުންގެ މައުލޫމާތު ދޭ ފަރާތަކަށް 10 މިލިއަން ޑޮލަރުގެ އިނާމު އެމެރިކާ އިން ހުށަހަޅައިފި
14 މާރިޗު 2026

އީރާނުގެ ތެޔޮ އެކްސްޕޯޓު ކުރާ މައިމަރުކަޒު ހުންނަ ޚާރްގް ޖަޒީރާ އަށް ވަރުގަދަ ބޮމުގެ ހަމަލާތަކެއް ދީފި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

14 މާރިޗު 2026
އީރާނުގެ ތެޔޮ އެކްސްޕޯޓު ކުރާ މައިމަރުކަޒު ހުންނަ ޚާރްގް ޖަޒީރާ އަށް ވަރުގަދަ ބޮމުގެ ހަމަލާތަކެއް ދީފި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
14 މާރިޗު 2026

އީރާނާ ދެކޮޅަށްދޭ ހަމަލާތައް ވަރުގަދަ ކުރުމަށް މެދުއިރުމައްޗަށް އެމެރިކާގެ މެރިން ފައުޖެއް ފޮނުވުމަށް ޕެންޓަގަން އިން ހުއްދަ ދީފި

14 މާރިޗު 2026
އީރާނާ ދެކޮޅަށްދޭ ހަމަލާތައް ވަރުގަދަ ކުރުމަށް މެދުއިރުމައްޗަށް އެމެރިކާގެ މެރިން ފައުޖެއް ފޮނުވުމަށް ޕެންޓަގަން އިން ހުއްދަ ދީފި
14 މާރިޗު 2026

އައިއާރުޖީސީގެ އިންޒާރު ޒަޔަނިސްޓުންނަށް: ކަލޭމެންނަށް އަނދިރި ދުވަސްތަކެއް ދައްކާލާނަން

14 މާރިޗު 2026
އައިއާރުޖީސީގެ އިންޒާރު ޒަޔަނިސްޓުންނަށް: ކަލޭމެންނަށް އަނދިރި ދުވަސްތަކެއް ދައްކާލާނަން
14 މާރިޗު 2026

ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަށް ތެލުގެ ދަތިކަން ކުރިމަތިވެ، ސަރުކާރުތަކުން ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފަށައިފި

14 މާރިޗު 2026
ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަށް ތެލުގެ ދަތިކަން ކުރިމަތިވެ، ސަރުކާރުތަކުން ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފަށައިފި
13 މާރިޗު 2026

ފްލައިޓުތަކުގެ 30% ގެއްލުމުން އެކަން ފޫބައްދަން އިންޑިއާ، ޗައިނާ އަދި ރަޝިޔާ މާކެޓުން ފްލައިޓްތައް އިތުރު ކުރަނީ

13 މާރިޗު 2026
ފްލައިޓުތަކުގެ 30% ގެއްލުމުން އެކަން ފޫބައްދަން އިންޑިއާ، ޗައިނާ އަދި ރަޝިޔާ މާކެޓުން ފްލައިޓްތައް އިތުރު ކުރަނީ
13 މާރިޗު 2026

ޑްރޯން ހަމަލާއެއްގައި އިރާގުގައި ތިބި ފަރަންސޭސި ސިފައިންގެ މީހަކު މަރުވެ، އިތުރު ސިފައިންތަކެއް ޒަޚަމްވެއްޖެ

13 މާރިޗު 2026
ޑްރޯން ހަމަލާއެއްގައި އިރާގުގައި ތިބި ފަރަންސޭސި ސިފައިންގެ މީހަކު މަރުވެ، އިތުރު ސިފައިންތަކެއް ޒަޚަމްވެއްޖެ
13 މާރިޗު 2026

އިރާނުން ބަހްރެއިންގެ އެމެރިކާގެ ނޭވަލް ބޭސްއަށް ހަމަލާދީފި

13 މާރިޗު 2026
އިރާނުން ބަހްރެއިންގެ އެމެރިކާގެ ނޭވަލް ބޭސްއަށް ހަމަލާދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް