Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއިންޑިއާ-ރާއްޖެ

އިންޑިއާ އަށް ދައްކަންޖެހޭ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕްގެ މުއްދަތު އިތުރުކުރުމަށް ހުރަސްތަކެއް ކުރިމަތިވެއްޖެ!

20 އެޕްރީލު 2026 | ހޯމަ 09:50

ރާއްޖެއަށް ކުރިމަތިވެފައިވާ ބޭރު ފައިސާގެ ދަތިކަމަށް ހައްލެއް ހޯދުމަށް އިންޑިއާއިން ދޫކޮށްފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީގެ މުއްދަތު އިތުރުކުރުމަށް ރާއްޖެއިން އެދިފައިވީ ނަމަވެސް، އެ ނިޒާމުގެ އުސޫލުތައް ހުރިގޮތުން އެކަމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައި. އިންޑިއާ އައުޓް ޝިއާރުގެ ދަށުން ވެރިކަމަށް އައި މުއިއްޒު ސަރުކާރަށް އިންޑިއާއިން މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާއިރު، ދަރަނި ދެއްކުމާއި އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށް މި ފެސިލިޓީގެ މުއްދަތު އިތުރުވުމަކީ ރާއްޖެއަށް ނުހަނު މުހިންމު ކަމެއް. އެހެންކަމުން މި މުއްދަތު އިތުރުނުވެއްޖެނަމަ، ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ މާލީ ހާލަތު އިތުރަށް ނާޒުކުވެދާނެ ކަމަށް ބެލެވޭ.

ރާއްޖެ އެމްވީ | 20 އެޕްރީލު 2026 | ހޯމަ 09:50
މަނީ އެކްސްޗޭންޖެއްގައި މަސައްކަތްކުރާ ކްލާކަކު އެމެރިކާ ޑޮލަރުގެ ނޫޓުތަތަކެއް ގުނަނީ.

މަނީ އެކްސްޗޭންޖެއްގައި މަސައްކަތްކުރާ ކްލާކަކު އެމެރިކާ ޑޮލަރުގެ ނޫޓުތަތަކެއް ގުނަނީ. | ގެޓީ އިމޭޖަސް

އިންޑިއާގެ ކަރަންސީ ސްވޮޕް ފެސިލިޓީގެ މުއްދަތު އިތުރުކޮށްދިނުމަށް ދިވެހިރާއްޖެއިން އެދިފައިވާ އެދުމަށް، އެ ނިޒާމު ހިންގުމަށް ކަނޑައަޅާފައިވާ އުސޫލުތަކާއި ގަވާއިދުތަކުގެ ސަބަބުން ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް މިކަމުގެ މައުލޫމާތު އެނގޭ ފަރާތްތަކުން ބުނެފި ކަމަށް ހިންދުސްތާން ޓައިމްސް އިން ރިޕޯޓް ކޮށްފި އެވެ. 

ފާއިތުވި އަހަރުތަކުގައި ރާއްޖެއަށް ކުރިމަތިވި ބޭރު ފައިސާގެ ދަތިކަމާއި ދަރަނީގެ މައްސަލަތަކުން އަރައިގަތުމަށް އިންޑިއާއިން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. މިގޮތުން ސާކް ކަރަންސީ ސްވޮޕް ފްރޭމްވޯކްގެ ދަށުން ކްރެޑިޓް ލައިންތަކާއި އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. މީގެ ތެރޭގައި 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ދޫކުރި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ ހިމެނޭއިރު، މިއީ ރާއްޖޭގެ މާލީ ދަތިތަކަށް ހައްލެއް ހޯދުމަށް ދިން ކުރު މުއްދަތުގެ އެހީއެއް ކަމަށް ވެސް އެ ނޫހުގައިވެ އެވެ.

މައުލޫމާތު އެނގޭ ފަރާތްތަކާ ހަވާލާދީ ހިންދުސްތާން ޓައިމްސް އިން ބުނި ގޮތުގައި، 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ދޫކުރި ކަރަންސީ ސްވޮޕް ފެސިލިޓީ އަށް ހަރުކަށި އުސޫލުތަކެއް އޮތް ނަމަވެސް ދެ ފަހަރެއްގެ މަތިން ވަނީ މުއްދަތު އާކޮށްދީފައެވެ. މީގެ އިތުރުން، 2025 ވަނަ އަހަރުގެ މެއި އަދި ސެޕްޓެމްބަރު މަހު މުއްދަތު ހަމަވި 50 މިލިއަން ޑޮލަރުގެ ދެ ޓްރެޜަރީ ބިލެއްގެ މުއްދަތު ވެސް އިންޑިއާއިން ވަނީ އިތުރު އެއް އަހަރަށް އިތުރުކޮށްދީފައެވެ. މި ފިޔަވަޅުތަކަކީ ގާތް އަވަށްޓެރިއަކަށް އިންޑިއާއިން ދިން "ޚާއްސަ އިސްތިސްނާ" އެހީތެރިކަމެއްގެ ގޮތުގައި އެ ފަރާތްތަކުން ސިފަކުރެއެވެ.

ކަރަންސީ ސްވޮޕް ފެސިލިޓީގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްދިނުމަށް ރާއްޖެއިން ދާދިފަހުން ވަނީ އިންޑިއާގައި އެދިފައެވެ. ނަމަވެސް، އިންޑިއާ ސަރުކާރުން މި ހުށަހެޅުން ދިރާސާކުރަމުންދާއިރު، އެ ފެސިލިޓީގެ މިހާރުގެ އުސޫލުތަކާއި ޝަރުތުތައް ހުރިގޮތުން އެކަމަށް ހުއްދަ ދިނުމަކީ ވަރަށް ދަތި ކަމެއް ކަމަށް މައުލޫމާތު ލިބެއެވެ. މީގެ ތެރޭގައި ފައިސާ ނެގުމުގެ ދެ މަރުހަލާގެ ދެމެދުގައި އޮންނަންޖެހޭ މުއްދަތާއި، އެންމެ ގިނަވެގެން މުއްދަތު އިތުރުކުރެވޭނެ އަދަދު ހަމަވެފައިވުން ހިމެނެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު "އިންޑިއާ އައުޓް" ކެމްޕޭނަކާއެކު ވެރިކަމަށް ވަޑައިގެން، ޗައިނާއާ ގާތް ގުޅުމެއް ބޭއްވުމަށް މަސައްކަތް ކުރެއްވުމާ ގުޅިގެން މީގެ އަހަރުތަކެއް ކުރިން ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވިއެވެ. ނަމަވެސް، 2024 ވަނަ އަހަރު ބޭއްވި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހުވާކުރުމުގެ ރަސްމިއްޔާތަށް ރައީސް މުއިއްޒަށް ދައުވަތު ދެއްވުމާ ގުޅިގެން ދެ ގައުމުގެ ގުޅުން އަލުން ރަނގަޅުވާން ފެށިއެވެ.

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިޔައީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ރައީސް މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައެވެ. އެ ދަތުރުފުޅުގައި ބޭރު ފައިސާގެ ދަތިކަމުން އަރައިގަތުމަށްޓަކައި 6،300 ކްރޯޑް އިންޑިއަން ރޫޕީސްއަށްވުރެ ގިނަ އަދަދެއްގެ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދިނުމަށް އިންޑިއާއިން އެއްބަސްވިއެވެ. މީގެ ތެރޭގައި 100 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލްތަކުގެ މުއްދަތު އިތުރުކުރުމާއި، 400 މިލިއަން ޑޮލަރު އަދި 3،000 ކްރޯޑް ރުޕީސްގެ ކަރަންސީ ސްވޮޕް އިންތިޒާމުތައް ހިމެނެއެވެ.

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ހާލަތު މިހާރު ވަނީ އިތުރަށް ގޯސްވެފައެވެ. ޚާއްސަކޮށް ގަލްފުގެ މުއްސަނދި ގައުމުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް މަދުވެ، ހަކަތައިގެ އަގުތައް ވަނީ އުފުލިފައެވެ. މި ހާލަތުގެ ސަބަބުން އިތުރު ލޯނުތައް ހޯދުމަށް ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް އިތުރުވެދާނެ ކަމަށް މައުލޫމާތު އެނގޭ ފަރާތްތަކުން ބުނެއެވެ.

މާލީ ހާލަތު އިތުރަށް ނާޒުކުވެފައިވަނީ އޭޕްރީލް މަހު ދައްކަންޖެހޭ ގާތްގަނޑަކަށް 1 ބިލިއަން ޑޮލަރުގެ ދަރަނީގެ ސަބަބުންނެވެ. މީގެ ތެރޭގައި 500 މިލިއަން ޑޮލަރުގެ ސުކޫކް ބޮންޑާއި، އިންޑިއާއާއެކު ހަދާފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ހިމެނެއެވެ. ދިވެހި ސަރުކާރުން އޭޕްރީލް 1 ވަނަ ދުވަހު އިއުލާންކުރި ގޮތުގައި، 500 މިލިއަން ޑޮލަރުގެ ސުކޫކް ބޮންޑާއި އޭގެ އިންޓްރެސްޓްގެ ގޮތުގައި ދައްކަންޖެހޭ 24.68 މިލިއަން ޑޮލަރު މިހާރު ވަނީ ރިޒާވް އަދި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުން ދައްކާފައެވެ.

ކަރަންސީ ސްވޮޕް ފެސިލިޓީގެ މުއްދަތު އިތުރުކޮށްދިނުމަށް ރާއްޖެއިން އެދިފައިވާ އެދުމަށް އިންޑިއާއަށް އިޖާބަ ނުދެވިއްޖެނަމަ، ކުރިއަށް އޮތް ކުރު އަދި މެދު ރާސްތާގައި ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތައް އިތުރަށް ބޮޑުވެގެންދާނެ ކަމަށް މައުލޫމާތު އެނގޭ ފަރާތްތަކުން ލަފާކުރާ ކަމަށް ހިންދުސްތާން ޓައިމްސް އިން ރިޕޯޓު ކޮށްފައިވެ އެވެ.

ރާއްޖެ-އިންޑިއާކަރަންސީ ސްވޮޕް ފެސިލިޓީސުކޫކް ބޮންޑް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

18 އެޕްރީލު 2026

ރާއްޖޭގައި އެއްވެސް މަޝްރޫއެއް ކުރިއަށް ނުދަނީ ސަރުކާރުގެ ނާގާބިލުކަމުން، އެ މީހުންނަށް އެކަން ކުރަން ނޭނގޭތީ: ފަލާހު

18 އެޕްރީލު 2026
ރާއްޖޭގައި އެއްވެސް މަޝްރޫއެއް ކުރިއަށް ނުދަނީ ސަރުކާރުގެ ނާގާބިލުކަމުން، އެ މީހުންނަށް އެކަން ކުރަން ނޭނގޭތީ: ފަލާހު
29 މާރިޗު 2026

އިންޑިއާއިން ރާއްޖެއަށް ދީފައިވާ 50 މިލިއަން ޑޮލަރުގެ ޓީ-ބިލް އެއް އަހަރަށް އިތުރުކޮށްދީފި

29 މާރިޗު 2026
އިންޑިއާއިން ރާއްޖެއަށް ދީފައިވާ 50 މިލިއަން ޑޮލަރުގެ ޓީ-ބިލް އެއް އަހަރަށް އިތުރުކޮށްދީފި
12 މާރިޗު 2026

ފެންނަ ނުފެންނަ ވޯޓާ މެދު ދެވަނަ ވިސްނުމަކަށް ދާން ރައީސް ނަޝީދު ގޮވާލައްވައިފި

12 މާރިޗު 2026
ފެންނަ ނުފެންނަ ވޯޓާ މެދު ދެވަނަ ވިސްނުމަކަށް ދާން ރައީސް ނަޝީދު ގޮވާލައްވައިފި
09 ފެބުރުއަރީ 2026

މަލިކު އެއީ ދިވެހިންގެ ތަނެއް، އިންޑިއާ މީހުން އެއީ އެމީހުންގެ ތަނެއް ކަމަށް ދެކިގެން ނުވާނެ: ރައީސް ޔާމީން

09 ފެބުރުއަރީ 2026
މަލިކު އެއީ ދިވެހިންގެ ތަނެއް، އިންޑިއާ މީހުން އެއީ އެމީހުންގެ ތަނެއް ކަމަށް ދެކިގެން ނުވާނެ: ރައީސް ޔާމީން
05 ފެބުރުއަރީ 2026

މުއިއްޒޫ، ތިޔޭ އެއްކަލަ!. ހަމަ މޮޅު އެއްޗެއް އަނެއްކާވެސް ބުނެލީ

05 ފެބުރުއަރީ 2026
މުއިއްޒޫ، ތިޔޭ އެއްކަލަ!. ހަމަ މޮޅު އެއްޗެއް އަނެއްކާވެސް ބުނެލީ
04 ފެބުރުއަރީ 2026

ފަތުރުވެރި ކަމުގެ ރެކޯޑެއް ރާއްޖެ އިން ޖެނުއަރީ މަހު ހެދި ކަމަށް ބުނެ މިނިސްޓަރު ތޯރިގް ފޮނި ކެނޑުއްވި އިރު ސްރީލަންކާ އިން ޖެނުއަރީ މަހު ހެދި ރިކޯޑު މާ މަތި!

04 ފެބުރުއަރީ 2026
ފަތުރުވެރި ކަމުގެ ރެކޯޑެއް ރާއްޖެ އިން ޖެނުއަރީ މަހު ހެދި ކަމަށް ބުނެ މިނިސްޓަރު ތޯރިގް ފޮނި ކެނޑުއްވި އިރު ސްރީލަންކާ އިން ޖެނުއަރީ މަހު ހެދި ރިކޯޑު މާ މަތި!
30 ޖެނުއަރީ 2026

ބޮޑު ވަޒީރު މޯދީ ރައީސް މުއިއްޒު އަށް ޝުކުރު އަދާ ކުރައްވާ ކުރެއްވި ޕޯސްޓެއް، އޭއައި ގްރޮކް އިން ތަރުޖަމާ ކޮށް އާންމު ކުރި އިރު އޮންނަނީ މި ސަރުކާރުގައި ތިބީ އިންޑިއާ އާ ދެކޮޅު ހަރަކާތުގައި ކުރީ ސަފުގައި ތިބި މީހުން ކަމަށް!

30 ޖެނުއަރީ 2026
ބޮޑު ވަޒީރު މޯދީ ރައީސް މުއިއްޒު އަށް ޝުކުރު އަދާ ކުރައްވާ ކުރެއްވި ޕޯސްޓެއް، އޭއައި ގްރޮކް އިން ތަރުޖަމާ ކޮށް އާންމު ކުރި އިރު އޮންނަނީ މި ސަރުކާރުގައި ތިބީ އިންޑިއާ އާ ދެކޮޅު ހަރަކާތުގައި ކުރީ ސަފުގައި ތިބި މީހުން ކަމަށް!
22 ޖެނުއަރީ 2026

މިނިސްޓަރ ސައީދު ވިއޮން އަށް އިނގިރޭސިބަހުން ދެއްވި އިންޓަރވިއުގެ ފެންވަރު ދަށްކަމުން އެތައް ބައެއްގެ ފާޑުކިޔުން އޮއްސާލައިފި

22 ޖެނުއަރީ 2026
މިނިސްޓަރ ސައީދު ވިއޮން އަށް އިނގިރޭސިބަހުން ދެއްވި އިންޓަރވިއުގެ ފެންވަރު ދަށްކަމުން އެތައް ބައެއްގެ ފާޑުކިޔުން އޮއްސާލައިފި
22 ޖެނުއަރީ 2026

މި އަހަރު އެއްކޮށް ނިންމާލެވޭނެ ކަމަށް ވިދާޅުވި ތިލަމާލެ ބުރިޖު ގެ މަސައްކަތް މިއަހަރު ނުނިމޭނެ ކަމަށް މުއްތޮލިބު ވިދާޅުވެއްޖެ

22 ޖެނުއަރީ 2026
މި އަހަރު އެއްކޮށް ނިންމާލެވޭނެ ކަމަށް ވިދާޅުވި ތިލަމާލެ ބުރިޖު ގެ މަސައްކަތް މިއަހަރު ނުނިމޭނެ ކަމަށް މުއްތޮލިބު ވިދާޅުވެއްޖެ
16 ޖެނުއަރީ 2026

އިންޑިއާގެ އަސްކަރީ އުޅަނދުތަކެއް މާލޭ ގައި ބަނދަރު ކޮށްފި

16 ޖެނުއަރީ 2026
އިންޑިއާގެ އަސްކަރީ އުޅަނދުތަކެއް މާލޭ ގައި ބަނދަރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް