Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުހައްމަދު ފަލާހު

ރާއްޖޭގައި އެއްވެސް މަޝްރޫއެއް ކުރިއަށް ނުދަނީ ސަރުކާރުގެ ނާގާބިލުކަމުން، އެ މީހުންނަށް އެކަން ކުރަން ނޭނގޭތީ: ފަލާހު

18 އެޕްރީލު 2026 | ހޮނިހިރު 09:24

ރާއްޖޭގައި ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައި ވަނީ ސަރުކާރުގެ ނާގާބިލުކަމުން ކަމަށް ވިދާޅުވެ، ކުރީގެ މެންބަރު މުހައްމަދު ފަލާހު ވަނީ ފާޑުވިދާޅުވެފަ. އިންޑިއާއިން ބޮޑު ހިލައިގެ ކޯޓާ ދިން ނަމަވެސް، އެ ތަކެތި ގެނެސް މަސައްކަތްތައް ކުރިއަށް ނުގެންދެވުމަކީ ސަރުކާރުގެ އިހުމާލެއް ކަމަށާއި، މަޝްރޫއުތައް ހަވާލުކުރާ ކުންފުނިތަކަށް ފައިސާ ނުދީ ރައްޔިތުންނަށް އޮޅުވާލަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވި. އެހެންކަމުން، ރައްޔިތުންނަށް އިތުރު ގެއްލުން ނުދީ ރައީސް އިސްތިއުފާ ދެއްވުމަށް ފަލާހު ވަނީ ގޮވާލައްވާފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 18 އެޕްރީލު 2026 | ހޮނިހިރު 09:24
ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު

ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު | ރާއްޖެއެމްވީ

ރާއްޖޭގައި އެއްވެސް ޕްރޮޖެކްޓެއްގެ މަސައްކަތް ކުރިއަށް ނުދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ގާބިލުކަމެއް ނެތުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީ ގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ ރާއްޖޭގައި ތަރައްގީގެ އެއްވެސް މަޝްރޫއެއް މިހާރު ނުހިނގާ ކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި ޕޮލިސް ސްޓޭޝަންތައް ހަދަމުންދާ ކަމަށް ސަރުކާރުން ބުނާ ކަމަށާއި އެހެން ނަމަވެސް އެ މަޝްރޫއުތައް ވެސް ކުރިއަށް ނުދާ ކަމަށެވެ. އޭގެ އިތުރުން ބަނދަރު ހެދުން ފަދަ މަޝްރޫއުތައް ވެސް ހުއްޓިފައިވާ ކަމަށް ފަލާހު ވިދާޅުވި އެވެ. 

Advertisement - newsAdvertisement

ފަލާހު ވިދާޅުވީ މިއަދު ގައުމުގައި މަޝްރޫއުތަކަށް ބޭނުންވާ ސާމާނު ވެސް ނެތް ކަމަށެވެ. އެގޮތުން ބޮޑު ހިލައިގެ ވާހަކަ ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ ބޮޑު ހިލައިގެ ޝިޕްމަންޓްތައް ގަނޑުކޮށް ގެންނަވާނެ ކަމަށް ރައީސް މީގެ ކުރިން ވިދާޅުވި ކަމަށެވެ. ރާއްޖެއަށް ބޮޑު ހިލަ ފޯރުކޮށްދެނީ އިންޑިއާ އިން ކަން ފާހަގަ ކުރައްވާ ފަލާހު ވިދާޅުވީ މި ސަރުކާރުން އަވަށްޓެރި އިންޑިއާ އާ މެދު ކަންތައް ކުރި އިހާނެތި ގޮތާ، އެ ގައުމަށް އަމާޒުކޮށް ކީ އެއްޗިއްސަށް ފަހު ވެސް އެ ގައުމުން ކޯޓާ ދިން އިރު ދުނިޔޭގެ އެހެން އެއްވެސް ގައުމަކަށް ދީފައި ނުވާވަރުގެ ބޮޑު ކޯޓާ އެއް ދިން ކަމަށެވެ. 

މިހުރިހާ ކަމަކާ އެކުވެސް މިއަދު ސަރުކާރުން ބުނަމުން ދަނީ ބޮޑު ހިލަ ނެތް ވާހަކަ ކަމަށާ މި ހުރިހާ ކަމަކުން ވެސް ހާމަވަނީ މި ސަރުކާރުގެ ނާގާބިލުކަން ކަމަށް އޭނާ ވިދާޅުވި އެވެ. 

އެހެންވީމަ އެވަރަށް ދިނީމަ ވެސް މިއަދު މިއޮތް ސަރުކާރުން އެކަންކަން ނުކުރަނީ އަޅުގަނޑު ދަންނަވާނީ ހަމަ ގާބިލުކަމެއް ނެތީއޭ. ހަމަ ނޭނގެނީއޭ ކުރަން. ކުރަން އެނގިވަޑައިގަންނަވާނަމަ ބޮޑު ހިލަ ވެސް ގެންނާނެ. ރާއްޖޭގެ ޕްރޮޖެކްޓްތައް ވެސް ހިނގާނެ. ބަނދަރުތައް ވެސް ހެދޭނެ. ރާއްޖޭގެ ރަށްރަށުގަ މަގުތައް ވެސް ހެދޭނެ. އިމާރާތްތައް ވެސް ހެދޭނެ. 
ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު

ފަލާހު ވިދާޅުވީ ނާގާބިލު ކަމުގެ އިތުރަށް މި ސަރުކާރަކީ ކޮންމެ ކަމެއްގައި ވެސް މަކަރާ ހީލަތް ހަދައި، ރައްޔިތުންނަށް އޮޅުވާލާ ބައެއް ކަމަށެވެ. އެގޮތުން މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ކުންފުނިތަކާ ހަވާލުކުރާ ކަމަށާ ނަމަވެސް އެ ފަރާތްތަކަށް ފައިސާ ނުދޭ ކަމަށެވެ. އެކަމުން ވެސް ހަދަނީ މަކަރާ ހީލަތް ކަމަށާ މަޝްރޫއުތައް ކުރިއަށް ނުދާ އަނެއް ސަބަބަކީ އެއީ ކަމަށް ފަލާހު ވިދާޅުވި އެވެ. 

ފަލާހު ވިދާޅުވީ ތަރައްގީ އާއި ކުރިއެރުމަށް ކަންކަން ކުރެވޭ ގާބިލް ބޭފުޅުން ނެތުމުން ވާ ހުރިހާ ކަމެއް މި ގައުމުގައި ވަމުންދާ ކަމަށާއި، އެއްވެސް މަޝްރޫއެއްގެ މަސައްކަތް ކުރިއަށް ނުދާ ކަމަށެވެ. ރައްޔިތުންނަށް މިއަދު ޖެހިފައިވާ ހުރިހާ އުދަނގުލަކީ ވެސް އުރައްޕެއް ނެތް ބޭފުޅުން ރައްޔިތުންނަށް ޚިދުމަތް ކުރަން ފެށުމުން ޖެހިފައިވާ އުދަނގޫތައް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މިއަދު ރައްޔިތުންނަށް ރައީސް މުއިއްޒު ހެވާ ލާބަޔަށް އެދޭ ކަމަށް ވާނަމަ އިސްތިއުފާ ދެއްވުމަށް ފަހު ގެއަށް ވަޑައިގަންނަވަން ޖެހޭ ކަމަށެވެ. 

މިސަރުކާރު އޮތުމުން ރާއްޖޭގެ ރައްޔިތުންނަށް އެއްވެސް ފައިދާ އެއް ނުލިބޭނެކަން ފާހަގަކުރައްވައި ފަލާހު ވިދާޅުވީ ރައްޔިތުންނަށް ލިބޭނީ ގެއްލުން ކަމަށެވެ. އަދި ވަޒީފާ ދިނުމާއި މުސާރަ ދިނުމާއި މިކަންކަން ކޮށްގެން ސަރުކާރުގެ ޕާޓީ، ޕީއެންސީގެ މެންބަރޝިޕް ބޮޑު ކުރެވިދާނެ ކަމަށާއި، ޕާޓީއަށް ދައުލަތުން ލިބޭ ރުފިޔާ ގިނަ ކުރި ނަމަވެސް ތަރައްގީގެ މަޝްރޫއެއް ނުވަތަ ރައްޔިތުންނަށް މަންފާވާ ކަމެއް ނުހިނގާނެ ކަމަށެވެ.

ޑރ. މުޙައްމަދު މުޢިއްޒުމުހައްމަދު ފަލާހުރާއްޖެ-އިންޑިއާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

17 އެޕްރީލު 2026

އެމްޑީޕީގެ ސިލްސިލާ މުޒާހަރާ: ފެނުނީ ކަނބަލުންގެ އިސްނެގުމާއި ކެރުން

17 އެޕްރީލު 2026
އެމްޑީޕީގެ ސިލްސިލާ މުޒާހަރާ: ފެނުނީ ކަނބަލުންގެ އިސްނެގުމާއި ކެރުން
17 އެޕްރީލު 2026

ރައީސް މުއިއްޒު ރަނގަޅު ކުރަން އޮތީ އެންމެ ކަމެއް، އެއީ ތެދުބަހުން ވާހަކަ ދެއްކުން: ޒިޔާދު

17 އެޕްރީލު 2026
ރައީސް މުއިއްޒު ރަނގަޅު ކުރަން އޮތީ އެންމެ ކަމެއް، އެއީ ތެދުބަހުން ވާހަކަ ދެއްކުން: ޒިޔާދު
16 އެޕްރީލު 2026

ރައްޔިތުންނަށް ހެވާ ލާބަޔަަށް އެދޭ ކަަމަށްވާނަމަ، ރައީސް މުއިއްޒަށް ކޮށްދެވޭނެ އެންމެ ރަނގަޅު ކަމަކީ އިސްތިއުފާ ދެއްވުމަށްފަހު ގެއަށް ވަޑައިގެންނެވުން: ފަލާހު

16 އެޕްރީލު 2026
ރައްޔިތުންނަށް ހެވާ ލާބަޔަަށް އެދޭ ކަަމަށްވާނަމަ، ރައީސް މުއިއްޒަށް ކޮށްދެވޭނެ އެންމެ ރަނގަޅު ކަމަކީ އިސްތިއުފާ ދެއްވުމަށްފަހު ގެއަށް ވަޑައިގެންނެވުން: ފަލާހު
15 އެޕްރީލު 2026

ރައީސް އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަންކަމުގެ މަޤާމަށް މުންދު

15 އެޕްރީލު 2026
ރައީސް އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަންކަމުގެ މަޤާމަށް މުންދު
15 އެޕްރީލު 2026

ޑިފެންސް މިނިސްޓަރުގެ މަގާމަށް ހަސަން ރަޝީދު އައްޔަންކުރައްވައިފި

15 އެޕްރީލު 2026
ޑިފެންސް މިނިސްޓަރުގެ މަގާމަށް ހަސަން ރަޝީދު އައްޔަންކުރައްވައިފި
15 އެޕްރީލު 2026

ސަރުކާރުގެ އިދާރީ އޮނިގަނޑަށް ބަދަލު ގެނެސްފި

15 އެޕްރީލު 2026
ސަރުކާރުގެ އިދާރީ އޮނިގަނޑަށް ބަދަލު ގެނެސްފި
15 އެޕްރީލު 2026

މިނިސްޓަރު މުއްތަލިބެވެ. މޭޔަރުން ފޭލްވި ނަމަ، ރައްޔިތުން އެ ބޭފުޅުން އަލުން އިންތިޚާބެއް ނުކުރީހެވެ.

15 އެޕްރީލު 2026
މިނިސްޓަރު މުއްތަލިބެވެ. މޭޔަރުން ފޭލްވި ނަމަ، ރައްޔިތުން އެ ބޭފުޅުން އަލުން އިންތިޚާބެއް ނުކުރީހެވެ.
15 އެޕްރީލު 2026

އެމްޑީޕީ އިން ރައީސް މުއިއްޒުގެ އިސްތިއުފާ އަށް ގޮވާލައި އިހުތިޖާޖުކޮށްފި

15 އެޕްރީލު 2026
އެމްޑީޕީ އިން ރައީސް މުއިއްޒުގެ އިސްތިއުފާ އަށް ގޮވާލައި އިހުތިޖާޖުކޮށްފި
14 އެޕްރީލު 2026

ރައީސް މުއިއްޒާއި ސަރުކާރަށް އިތުބާރު ގެއްލިފައިވާތީ ގައުމުގެ ސަލާމަތަށްޓަކައި 12 ކަމެއް އިސްލާހު ކުރުމަށް ސަރުކާރަށް ގޮވާލާ އެމްޑީޕީ އިން މަގުމަތީ ހަރަކާތަށް ނުކުމެއްޖެ

14 އެޕްރީލު 2026
ރައީސް މުއިއްޒާއި ސަރުކާރަށް އިތުބާރު ގެއްލިފައިވާތީ ގައުމުގެ ސަލާމަތަށްޓަކައި 12 ކަމެއް އިސްލާހު ކުރުމަށް ސަރުކާރަށް ގޮވާލާ އެމްޑީޕީ އިން މަގުމަތީ ހަރަކާތަށް ނުކުމެއްޖެ
14 އެޕްރީލު 2026

ރައްޔިތުން ނިކަމެތިކޮށް ވިޔަފާރިވެރިން ހަލާލުކޮށްގެން މުއިއްޒުއަށް ދެވަނަ ދައުރެއް ހާސިލެއް ނުކުރެވޭނެ: ސައުދުﷲ

14 އެޕްރީލު 2026
ރައްޔިތުން ނިކަމެތިކޮށް ވިޔަފާރިވެރިން ހަލާލުކޮށްގެން މުއިއްޒުއަށް ދެވަނަ ދައުރެއް ހާސިލެއް ނުކުރެވޭނެ: ސައުދުﷲ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް