Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ތަރުޖަމާނުގެ ޕްރެސް

ސީރިއަސްލީ ތަރުޖަމާނު؟ ވަރަށް ސެލެކްޓިވް ދެއްތޯ؟

، ނޫސްވެރިންނާ މުއާމަލާތް ކުރެއްވުމުގައި ތަރުޖަމާނުގެ ފަރާތުން ފެނުނީ އެއް ޒާތެއްގެ ކަންކަމުގައި "ސެލެކްޓިވް" އުސޫލެއް ގެންގުޅުއްވި މަންޒަރު.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 1 މެއި 2026 | ހުކުރު 16:26
 ސަރުކާރުގެ ތަރުޖަމާނު، މުހައްމަދު ހުސައިން ޝަރީފް (މުންދު)

ސަރުކާރުގެ ތަރުޖަމާނު، މުހައްމަދު ހުސައިން ޝަރީފް (މުންދު) | ސްކްރީން އިމޭޖް

ތަރުޖަމާން ކަމަށް ސަރުކާރުގެ އާ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) އައްޔަން ކުރައްވައިގެން ނޫސްވެރިންގެ ބައްދަލުވުމަކަށް ރިބަން ކަނޑައިފި އެވެ. ނޫސްވެރިކަން ބަލާލީމަ ލައްކަ ބައިވަރުކަންކަން ފާހަގަކުރެވުނެވެ. ހުރިހާ ވާހަކަ އެއް މިއަދަކު ނުދައްކާނަމެވެ. މިއަދު ދައްކަން ބޭނުމީ ސެލެކްޓިވް ކޮށް ތިމާމެންގެ ސަރުކާރު ވީމަ ވަކި ގޮތެއް، ނޫނީ ވަކި ބަޔަކު ވީމަ ވަކި މޭރުމަކުން ދެއްކި ވާހަކަތަކާއި އެ ނޫނަސް މުޅި ނޫސްވެރިންގެ ބައްދަލުވުމެއްގެ މަލަމައްޗެވެ.

ތަރުޖަމާނަކީ ސުވާލެއްވެސް ނެތް ގޮތުގައި ނިކަން ދޫފަރިތަ، ދޫހެލޭ ބޭފުޅެކެވެ. އަޅުގަނޑަށް ފާހަގަކުރެވުނު ކަންކަން ދަންނަވާލާނަމެވެ. ތަރުޖަމާން ދައްކަވަމުން ދިޔަ ވާހަކަ ބަޔަކު ޤަބޫލު ނުކޮށްފާނެތީ ވަރަށް ބޮޑަށް ޕްރެޝަރގައި ހުންނެވިހެން ބައެއް ފަހަރު ހީވެ އެވެ. ބައެއް ފަހަރު ނޫސްވެރިންނަށް ޗެލެންޖް ކުރައްވާހެން ހީވެއެވެ. ބައެއް ފަހަރު ރިވެތި ބަހުން ނޫސްވެރިންނަށް ހުޝާމަތު ކުރަނީހެން ހީވެ އެވެ. ކައިރި ކައިރީގައި "ކޮންޓްރެޑިކްޓް" ވާފަދަ ސްޓޭޓްމެންޓްތައް ދެއްވި އެވެ. 

ސުވާލެއްވެސް ނެތް ގޮތުގައި އަރުއްވަން ޖެހިވަޑައިގަތް ބޫޓަކީ ކުޑަ ބޫޓެއް ނޫނެވެ. އެހެނީ މި މަނިކުފާނަކީ ސަރުކާރުގެ 3 ވަނަ ތަރުޖަމާނެވެ. މިހާތަނަށް ސަރުކާރުން ފެނުނީ ފޮރުވުމާއި ވަންހަނާކުރުމެވެ. އެކަމަކު ދެ ނޫސްވެރިއަކު ވާހަކަ ދައްކާލާ އިރަށް އެކަމާއި ވެސް ތަރުޖަމާން ބަސް ވިދާޅުވާން ޖެހެ އެވެ. އަޅުގަނޑަށް އެ މަންޒަރު ސިފަވީ މަނިކުފާނު ކުލާސް ޓީޗަރަކަށް ހުންނަވާ ކުލާހުގެ ހަލަނި ދެކުދިން އަނގަ ތަޅާވަރުން ނުރުހުންވެ ބަސް ވިދާޅުވި ވިދާޅުވުމަކާއި އެއްފަދަ ކަމެއްގެ ގޮތުގަ އެވެ.

ކޮންމެއަކަސް ތިން ވަނަ ތަރުޖަމާނާއި އެކު ނޫސްވެރިންގެ ފުރަތަމަ އުއްމީދަކަށް ވީ ތަރުޖަމާނު ކަންކަން ނުފޮރުވާނެ ކަމަށް ވުމެވެ. އެ ވާހަކަ ނޫސްވެރިއަކު ބުނަމުން ދަނިކޮށް ވާހަކަ ކުރިއަށް ގެންދަން ދެން ވެސް ތަރުޖަމާނަށް ކެތްތެރި ވެވަޑައެއް ނުގެންނެވުނެވެ. ދައުލަތެއް ވެއްޖެއްޔާ ފޮރުވަން ވާނެ ކަންކަން ހުންނަން ވާނެ ކަމަށް އަދި އެކަން ޤަބޫލު ކުރަން ވާނެ ކަމަށް ވަރަށް ހަރު އަޑުން ވިދާޅުވި އެވެ. އަދި އެކަން ޤަބޫލުކުރަން ބާރު އެޅުމުގެ ގޮތުން ވަރަށް އަބުއި ރާގެއްގައި "ސީރިއަސްލީ އޭ" މިހެން ވެސް ވިދާޅުވި އެވެ.

ތަރުޖަމާން މަނިކުފާނަށް އެނގިވަޑައި ނުގަންނަވަނީ ނުވަތަ ހަނދުމަފުޅު ނެތީ ކަމަށް ވެދާނެ އެވެ. ދައުލަތެއްގައި ފޮރުވާނެ ކަންކަން ހުރުމަކީ އެއީ ރައީސް މުއިއްޒުގެ ވެރިކަމެއްގައި ނުފެންނާނެ ކަމެއް ކަމަށް ވިދާޅުވީ ރައީސް އަމިއްލަފުޅަށެވެ. ތަރުޖަމާނެވެ. މަނިކުފާނާއި، ރައީސް އާއި މިވެރިކަން ހިންގާ ޕީއެންސީގެ ސްޓޭންޑް ހަނދާން ނެތުނީތޯ އެވެ؟ 

ވެރިކަމަށް ވަޑައިގެންނެވީ އިންޑިއާ އާއި އެކު އެތައް އެއްބަސްވުމެއް ހުރި ކަމަށް ބުނެ ފެތުރި ދޮގު ވާހަކަތައް މަތީގަ އެވެ. އިންޑިއާ އާއި އެކު ވެފައިވާ 100 އެއްބަސްވުމެއްގެ ވާހަކަ ވެރިކަމަށް ވަޑައިގެން ވެސް ކުރެއްސެވި އެވެ. އެ ކަންކަން ހާމަ ނުކުރާ ކަމަށް ބުނެ ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެއްދި އިރު ތިޔަ ވިދާޅުވާ ގައުމީ ސަލާމަތާއި ދައުލަތުގެ ސިއްރު ކޮބާތޯ އެވެ. ސީރިއަސްލީ ތަރުޖަމާނު، ވަރަށް ސެލެކްޓިވް ނޫންތޯ އެވެ؟

ޗާގޯސް މައްސަލައިގައި ދިވެހި ސަރުކާރުން ފޮނުވި ސިޓީ އެއް އާއްމު ކުރުމަށް ގޮވާލި ގޮވާލުމަށް ވާގިވެރިވި އިރު ތިޔަ ވިދާޅުވި ދައުލަތުގެ ސިއްރާއި، ގައުމީ ސަލާމަތް ކޮބާތޯ އެވެ. އޭރު ތިޔަ ވިދާޅުވި ފޮރިން އިންވޭޝަންގެ ވާހަކަ ކޮބާތޯ އެވެ؟ ނިންމާލުމުގެ ކުރިން ސެލެކްޓިވް ވިސްނުމުގެ އެއް މިސާލު ދިނުމަށް ފަހު ނިންމާލާނާމެވެ.

"ކޮންޓްރޯލް ކޮމިޝަން" އޭ ބުނާތީ ސަރުކާރުން ނިކަން ނުރުހުންވެ އެވެ. އެހެން ނޫސްވެރިއަކު ވިދާޅުވެއްޖެއްޔާ އެ ނަމުގެ ދެލިގަނޑު ރަނގަޅު ކޮށްދެއްވަމު އެވެ. ރައީސް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދަދު ނޫހުގެ ސްކީލާން ޑޮކިއުމެންޓްރީ އަށް "ދޮން އަމާ ޑޮކިއުމެންޓްރީ" ވިދާޅުވުން އޯކޭ ދެއްތޯ އެވެ؟ ވަނަމުން ގޮވުމާއި ކުރުނަން ގޮވުން އާއްމުންނާއި ނޫސްވެރިންނަށް މަނާ ކުރަން ވާނީ ފުރަތަމަ އިސް ސަފުން ފެށިގެން އިސްލާހުވުމަށް ފަހުގައި ދެއްތޯ އެވެ. އެހެން ނޫނީ މިކަަހަލަ ކަންކަމުގައި ފެންނަނީ އެއް ޒާތެއްގެ ކަންކަމުގައި ތަންކޮޅެއް ސެލެކްޓިވް މޭރުމަކުން ބަސް ބުނާ މަންޒަރެވެ. ސީރިއަސްލީ އެވެ!

މުންދުޑރ. މުއިއްޒުޕީއެންސީރާއްޖެ-އިންޑިއާ

ކޮމެންޓް

އިތުރަށް ކިޔާލަން

އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމަށް އަނެއްކާ ވެސް އަސްމާ

އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމަށް އަނެއްކާ ވެސް އަސްމާ

30 އެޕްރީލު 2026
ސިނާންގެ ޓިކެޓް އަތުލާފައި ދިނީ ސޮޑާ އަށް

ސިނާންގެ ޓިކެޓް އަތުލާފައި ދިނީ ސޮޑާ އަށް

29 އެޕްރީލު 2026
ތެޔޮ ރިޒާވް ގާއިމްކުރަން ނުފެށެނީސް ބޭރު ކުންފުނިތަކަށް ކުއްޔަށްދިނުމުގެ ވިސްނުން ހުރި ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެއްޖެ

ތެޔޮ ރިޒާވް ގާއިމްކުރަން ނުފެށެނީސް ބޭރު ކުންފުނިތަކަށް ކުއްޔަށްދިނުމުގެ ވިސްނުން ހުރި ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެއްޖެ

29 އެޕްރީލު 2026
ހިތަދޫ އުތުރު ދާއިރާ ޕީއެންސީ ޕްރައިމަރީ ކާމިޔާބު ކުރި ކުރީގެ އެމްޕީ ސިނާނުގެ ޓިކެޓް އަތުލައިފި

ހިތަދޫ އުތުރު ދާއިރާ ޕީއެންސީ ޕްރައިމަރީ ކާމިޔާބު ކުރި ކުރީގެ އެމްޕީ ސިނާނުގެ ޓިކެޓް އަތުލައިފި

29 އެޕްރީލު 2026
ނިމުނު އިންތިޚާބުގައި ޕީއެސްއެމް ފެނުނީ ޕީއެންސީގެ މީޑިއާ ވިންގް އެއްގެ ގޮތުގައި: މީކާއިލް

ނިމުނު އިންތިޚާބުގައި ޕީއެސްއެމް ފެނުނީ ޕީއެންސީގެ މީޑިއާ ވިންގް އެއްގެ ގޮތުގައި: މީކާއިލް

27 އެޕްރީލު 2026

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު