Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޗާގޯސް މައްސަލަ

ޗާގޯސް މައްސަލައިގަ މޮރިޝަސް އޮތީ ސުލްހަވެރި ހައްލެއް ހޯދަން ރާއްޖެ އާއި މަޝްވަރާ ކުރަން ތައްޔާރަށް: ރައީސް ނަޝީދު

ޗާގޯސްގެ މައްސަލައިގައި ރާއްޖެއާ ޑިޕްލޮމެޓިކް ގުޅުން ކަނޑާލާފައިވާ މޮރިޝަސް އިން، ދިވެހި ސަރުކާރާއެކު މަޝްވަރާކޮށް ސުލްހަވެރި ހައްލެއް ހޯދުމަށް ތައްޔާރަށް އޮތްކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ހާމަކުރައްވައިފި. އިންޑިއާގައި ބޭއްވި ބައްދަލުވުމެއްގެ ތެރެއިން އެ ގައުމުގެ ފޮރިން މިނިސްޓަރާ ބައްދަލުކުރެއްވުމަށްފަހު ނަޝީދު ވިދާޅުވީ، ރާއްޖޭގެ ފޮރިން މިނިސްޓްރީން މި ފުރުސަތުގެ ބޭނުންހިފައި ދެ ގައުމުގެ ގުޅުން ބަދަހިކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށް. މޮރިޝަސްއިން ރާއްޖެއާ ގުޅުން ކަނޑާލީ ޗާގޯސްގެ ސިޔާދަތީ ބާރުގެ މައްސަލައިގައި އުފެދުނު ހިޔާލުތަފާތުވުންތަކާ ގުޅިގެން.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 9 މެއި 2026 | ހޮނިހިރު 09:22
 އިންޑިއަން އޯޝަން ޑަޔަލޮގް (އައިއޯޑީ) ގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާ ގެ ނިއުދިއްލީ ކުރެއްވި ދަތުރުފުޅަށް ފަހު ރައީސް ނަޝީދު ރާއްޖެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަަނީ

އިންޑިއަން އޯޝަން ޑަޔަލޮގް (އައިއޯޑީ) ގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާ ގެ ނިއުދިއްލީ ކުރެއްވި ދަތުރުފުޅަށް ފަހު ރައީސް ނަޝީދު ރާއްޖެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަަނީ | ރާއްޖެ އެމްވީ

ޗާގޯސް މައްސަލައިގަ ދިވެހިރާއްޖެ އާ  ޑިޕްލޮމެޓިކް ގުޅުން ކަނޑާލާފައިވާ މޮރިޝަސް އިން ދިވެހި ސަރުކާރާ ވާހަކަ ދައްކައި، މައްސަލަތަކަށް ސުލްހަވެރި ހައްލެއް ހޯދުމަށް ތައްޔާރަށް އޮތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އިންޑިއާގެ ނިއުދިއްލީގައި ބޭއްވި އިންޑިއަން އޯޝަން ޑަޔަލޮގް (އައިއޯޑީ) ގައި ބައިވެރިވެވަޑައިގަތުމަށްފަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު ވިދާޅުވީ މި ދަތުރުފުޅުގެ ތެރެއިން މޮރިޝަސްގެ ފޮރިން މިނިސްޓަރާ ބައްދަލުކޮށް މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ރާއްޖެ އާއި މޮރިޝަސް އާ ދެމެދު ޖެހިފައިވާ މައްސަލައާ ގުޅޭގޮތުން ވާހަކަ ދެއްކުމަށް އެދިވަޑައިގަތުމުން، އެކަމަށް ތައްޔާރަށް ހުންނެވި ކަމަށް މޮރިޝަސްގެ ފޮރިން މިނިސްޓަރު ވިދާޅުވި ކަމަށް ނަޝީދު ފާހަގަކުރެއްވި އެވެ.

އަޅުގަނޑާ ދިމާވީ މޮރިޝަސްގެ ފޮރިން މިނިސްޓަރާ، އެނގިވަޑައިގަންނަވާނެ، ދިވެހިރާއްޖެ އާއި މޮރިޝަސް އާ މިހާރު މި އޮތީ ޑިޕްލޮމެޓިކް ގުޅުން ކަނޑައިލާފަ. ދެން އަޅުގަނޑު ވަރަށް ބޮޑަށް މިނިސްޓަރު އަރިހުގައި ވެސް ދެންނެވިން، ދިވެހިރާއްޖެ އާ މިކަމުގައި ވާހަކަދައްކައި، ދެ ޤައުމަށް ސުއްލަވެރި ގޮތުގައި ކަންތައްތައް ނިންމޭނެ ގޮތް ހޯދުން. ދެން އެއްވެސް ހާލެއްގައި އަވައްޓެރި ޤައުމުތަކާއި އެހެން ޑިޕްލޮމެޓިކް ގުޅުން ނެތުމަކީ ރަނގަޅު ކަމެއް ނޫން. ދެން އެ ބޭފުޅުން ތިއްބެވީ ތައްޔާރަށް
ކުރީގެ ރައީސް މުހައްމަދު ނަޝީދު

އެމަނިކުފާނު އިތުރަށް ވިދާޅުވީ ރާއްޖޭގެ ފޮރިން މިނިސްޓްރީން މި ފުރުސަތުގެ ބޭނުން ހިފައި މޮރިޝަސް ސަރުކާރާއެކު ކުރިއަށްދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މޮރިޝަސް އިން ރާއްޖެއާއެކު އޮތް ގުޅުން ކަނޑާލަން ނިންމީ، ޗާގޯސްގެ ސިޔާދަތީ ބާރު އެ ގައުމަށް އޮތް ކަމަށް ރާއްޖެ އިން ގަބޫލު ނުކުރާތީ އާއި މޮރިޝަސްއާ ޗާގޯސް ހަވާލު ކުރަން އިނގިރޭސިވިލާތުން ވެފައިވާ އެއްބަސްވުމަށް ރާއްޖެ އިން ދެކޮޅު ހަދާތީ އެވެ. ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ލިބޭ ކަމަށް ބައިނަލްއަގްވާމީ ކޯޓުތަކުން ކަނޑައަޅާފައި އޮއްވައި، އެކަންކަމަށް އަމަލު ނުކުރައްވާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު އިއުލާނު ކުރައްވާފަ އެވެ.

އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އައިއޯއާރުއޭ) އަކީ އިންޑިއާ ކަނޑުގެ 23 ގައުމެއްގެ މެދުގައި އޮންނަ ޖަމިއްޔާއެކެވެ. މި ޖަމިއްޔާގެ ފަރާތުން ބާއްވާ އިންޑިއަން އޯޝަން ޑަޔަލޮގަކީ ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ މުހިންމު ބައްދަލުވުމެކެވެ.

ޗާގޯސްރާއްޖެ-މޮރިޝަސްއިންޑިއަން އޯޝަން ޑަޔަލޮގްއިންޑިއަން އޯޝަން ރިމް އެސޯސިއޭޝަންކުރީގެ ރައީސް، މުހައްމަދު ނަޝީދު

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ސޯލިހާ ބައްދަލެއް ނުވޭ، ވާހަކަ ދެކެވުނީ ފޯނުން: ރައީސް ނަޝީދު

ރައީސް ސޯލިހާ ބައްދަލެއް ނުވޭ، ވާހަކަ ދެކެވުނީ ފޯނުން: ރައީސް ނަޝީދު

09 މެއި 2026
ޗާގޯސް މައްސަލައިގައި ރާއްޖެ އާއި މޮރިޝަސްގެ ގުޅުން ގޯސްވުން: އިންޑިއާގެ ނުފޫޒަށް ބޮޑު އިމްތިހާނެއް.

ޗާގޯސް މައްސަލައިގައި ރާއްޖެ އާއި މޮރިޝަސްގެ ގުޅުން ގޯސްވުން: އިންޑިއާގެ ނުފޫޒަށް ބޮޑު އިމްތިހާނެއް.

07 މެއި 2026
 އިންޑިއަން އޯޝަން ޑަޔަލޮގް ގައި ބައިވެރި ވުމަށް ނަޝީދު އިންޑިއާ އަށް

އިންޑިއަން އޯޝަން ޑަޔަލޮގް ގައި ބައިވެރި ވުމަށް ނަޝީދު އިންޑިއާ އަށް

06 މެއި 2026
ނޫސްވެރިކަމުގެ މިނިވަންކަމުގެ ހިމާޔަތުގައި ދޫ ނުދިނުމަށް ކުރީގެ ރައީސް ނަޝީދު ގޮވާލައްވައިފި

ނޫސްވެރިކަމުގެ މިނިވަންކަމުގެ ހިމާޔަތުގައި ދޫ ނުދިނުމަށް ކުރީގެ ރައީސް ނަޝީދު ގޮވާލައްވައިފި

03 މެއި 2026
ކުރީގެ ރައީސް ނަޝީދު ހުށަހެޅުއްވި '' ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަޝްވަރާއަށް'' ރައީސް މުއިއްޒު ދެކޮޅު ހައްދަވައިފި

ކުރީގެ ރައީސް ނަޝީދު ހުށަހެޅުއްވި '' ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަޝްވަރާއަށް'' ރައީސް މުއިއްޒު ދެކޮޅު ހައްދަވައިފި

20 އެޕްރީލު 2026

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު