Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުހައްމަދު ނަޝީދު

އިންޑިއަން އޯޝަން ޑަޔަލޮގް ގައި ބައިވެރި ވުމަށް ނަޝީދު އިންޑިއާ އަށް

އިންޑިއާގެ ނިއުދިއްލީގައި ބާއްވާ 10 ވަނަ އިންޑިއަން އޯޝަން ޑަޔަލޮގްގައި ބައިވެރިވެވަޑައިގަތުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ގައުމަށް ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވަނީ ވިދާޅުވެފަ. މި މަހުގެ 7 އިން 8 އަށް ކުރިއަށްދާ މި ބައްދަލުވުމުގައި ކަނޑުގެ ސަލާމަތާއި ނޫ އިގްތިސާދުގެ އިތުރުން ޑިޒާސްޓަރ ރިސްކް މެނޭޖްމަންޓާ ގުޅޭގޮތުން އެމަނިކުފާނު ވާހަކަދައްކަވާނެ. މި ދަތުރުފުޅުގައި އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި، އިންޑިއާ ކަނޑުގެ ސަރަހައްދުގައި ރާއްޖެއަށް އަދާކުރެވިދާނެ މުހިއްމު ދައުރާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 6 މެއި 2026 | ބުދަ 07:15
ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވަނީ

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވަނީ | ގެޓީ އިމޭޖަސް

އިންޑިއާގެ ނިއުދިއްލީގައި ބާއްވާ 10 ވަނަ އިންޑިއަން އޯޝަން ޑަޔަލޮގް (އައިއޯޑީ) ގައި ބައިވެރިވެވަޑައިގެން މުހިއްމު މަޝްވަރާތަކެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށާ ރާއްޖެއަށް ބޭނުންތެރި މުހިއްމު މަޝްވަރާތަކެއް ކުރިއަށް ގެންދަވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

މެއި މަހުގެ 6 ވަނަ ދުވަހުން ފެށިގެން 8 ވަނަ ދުވަހުގެ ނިޔަލަށް އިންޑިއާގެ ނިއުދިއްލީ އަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަން ރައީސް ނަޝީދު ވަނީ އެކްސްގައި ހިއްސާ ކުރައްވާފަ އެވެ. 

އެކަން ހިއްސާކުރައްވާ އެމަނިކުފާނު ވިދާޅުވީ މި ދަތުރުފުޅަކީ ނިއުދިއްލީގައި މި މަހުގެ 7 ވަނަ ދުވަހުން 8 ވަނަ ދުވަހަށް އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަނުން ރާވާ, އިންތިޒާމު ކޮށް ބޭއްވުމަށް ހަމަޖެހިފައިވާ 10 ވަނަ އިންޑިއަން އޯޝަން ޑަޔަލޮގް (އައިއޯޑީ) ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. 

މި ޕްލެޓްފޯމްގައި ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާ ނޫ އިގްތިސާދާއި ޑިޒާސްޓަރ ރިސްކް މެނޭޖްމަންޓާއި އިންވެސްޓްމަންޓް އަދި އިގްތިސާދީ ހަރަކާތްތެރިކަމާ ސައިންސާެި ޓެކްނޮލޮޖީ އަދި އަންހެނުން ބާރުވެރިކުރުވުުގެ ރޮނގުން މަޝްވަރާ ހިންގޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. 

އޭގެ އިތުރުން، ޑިޒާސްޓަރ ރިސްކް މެނޭޖްމަންޓްގެ މައުޟޫ އަށް ވާހަކަދެއްވެކުމަށް ހަމަޖެހިފައިވާ ކަމަށާ އެމަނިކުފާނުގެ ވާހަކައިގައި އިންޑިއާ ކަނޑުގެ ސަރަހައްދުގައި ދިވެހިރާއްޖެ އަށް އަދާކުރެވެން އޮތް މުހިއްމު ދައުރާ ކަންފަހިކުރެވެން ހުރި އިގްތިސާދާއި ވިޔަފާރީގެ ފުރުސަތުތަކުގެ މައްޗަށް އަލިއަޅުއްވާ ލައްވާނެ ކަން ފާހަގަ ކޮށްފައިވެ އެވެ. އަދި މި ދަތުރުފުޅުގައި އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. 

މުހައްމަދު ނަޝީދުއިންޑިއަން އޯޝަން ޑަޔަލޮގްނިއު ދިއްލީއިންޑިއަން އޯޝަން ރިމް އެސޯސިއޭޝަންރާއްޖެ-އިންޑިއާ

އިތުރަށް ކިޔާލަން

05 މެއި 2026

ހަނގުރާމައާއި ގުޅިގެން ރައީސް މުއިއްޒުގެ ސަރުކާރުން އުޅެނީ ކަންކަމުގައި މަތިޖަހަން: ނަޝީދު

05 މެއި 2026
ހަނގުރާމައާއި ގުޅިގެން ރައީސް މުއިއްޒުގެ ސަރުކާރުން އުޅެނީ ކަންކަމުގައި މަތިޖަހަން: ނަޝީދު
04 މެއި 2026

ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކީ ރައީސް ނަޝީދުގެ ކެމްޕޭނުގެ ފަރާތުން ހުށަހެޅި މައްސަލައެއް ކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކައެއް: ވަހީދު

04 މެއި 2026
ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކީ ރައީސް ނަޝީދުގެ ކެމްޕޭނުގެ ފަރާތުން ހުށަހެޅި މައްސަލައެއް ކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކައެއް: ވަހީދު
04 މެއި 2026

ރާއްޖޭގެ ރަށްތައް އާދަޔާ ހިލާފަށް ދަނީ ފަޅުވަމުން، މިއީ ރައްޔިތުންގެ އަތުން މިގައުމު ގެއްލިގެންދާނެ ކަމެއް: ނަޝީދު

04 މެއި 2026
ރާއްޖޭގެ ރަށްތައް އާދަޔާ ހިލާފަށް ދަނީ ފަޅުވަމުން، މިއީ ރައްޔިތުންގެ އަތުން މިގައުމު ގެއްލިގެންދާނެ ކަމެއް: ނަޝީދު
02 މެއި 2026

އެމްޑީޕީ ގެ ޗެއާޕާސަން އިންތިހާބު ފަސްކުރަން ފައްޔާޒް އަދި މީކާއީލް ވެސް ދެކޮޅު

02 މެއި 2026
 އެމްޑީޕީ ގެ ޗެއާޕާސަން އިންތިހާބު ފަސްކުރަން ފައްޔާޒް އަދި މީކާއީލް ވެސް ދެކޮޅު
02 މެއި 2026

އެމްޑީޕިގެ ޗެއާޕަރސަން ހޮވަން ބާއްވާ އިންތިޚާބު ރިޔާސީ ޕްރައިމަރީ އަށް ފަހު ބާއްވަން ހުށަހަޅައިފި

02 މެއި 2026
އެމްޑީޕިގެ ޗެއާޕަރސަން ހޮވަން ބާއްވާ އިންތިޚާބު ރިޔާސީ ޕްރައިމަރީ އަށް ފަހު ބާއްވަން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު