Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

އެލްޗޭ އަތުން މޮޅުވެ، ރެއާލް ލީގު ރޭހުގައި

މޮޅާ އެކު ރެއާލް ދެ ވަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 28 މެޗުން 66 ޕޮއިންޓާ އެކު. ރެއާލް އަށް ވުރެ އެއް މެޗު މަދުން ކުޅެގެން އެއް ވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އަށް ލިބެނީ 67 ޕޮއިންޓު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 މާރިޗު 2026 | އާދީއްތަ 04:31
މެޗުގައި ލަނޑު ޖެހުމަށް ފަހު ރެއާލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ރެއާލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | ރޮއިޓާސް

ސްޕެނިޝް ލީގުގައި އެލްޗޭއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ރެއާލް މެޑްރިޑް އިން އެއް ވަަނައިގައި އޮތް ބާސެލޯނާގެ ފަހަތުން، ލީގު ރޭހުގައި ވިއްދައިފި އެވެ.

ރެއާލްގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 4-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ރެއާލް އިން ދެ ލަނޑު ޖެހިއިރު، އަނެއް ދެ ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ. 

މެޗުގެ ފުރަތަމަ ހާފުގެ 39 ވަނަ މިނެޓުގައި ރެއާލް އަށް ލީޑު ނަގައިދިނީ އެންޓޯނިއޯ ރޫޑިގާ އެވެ. އޭގެ ފަހުން ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް، ފެޑެރިކޯ ވަަލްވާޑޭ ވަނީ ރެއާލްގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އެ ލަނޑު ޖަހަން ވަލްވާޑޭ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ފްރާން ގާސިއާ އެވެ.

މެޗުގެ ދެ ވަނަ ހާފުގެ 66 ވަނަ މިނެޓުގައި ޑީން ހައުސަން ވަނީ ރެއާލްގެ ތިން ވަނަ ލަނޑު ޖަހައި އިތުރަށް ލީޑު ފުޅާ ކޮށްފަ އެވެ. އޭގެ ފަހުން މެޗުގެ 85 ވަނަ މިނެޓުގައި އެލްޗޭގެ ހަމައެކަނި ލަނޑަކީ ރެއާލްގެ މެނުއަލް އެންޖެލް އަތުން ބައި ކޮޅަށް ވަތް ލަނޑެކެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައި ވަނިކޮށް އާޑާ ގުލާ ވަނީ ރެއާލްގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. 

މޮޅާ އެކު ރެއާލް ދެ ވަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 28 މެޗުން 66 ޕޮއިންޓާ އެކު އެވެ. ރެއާލް އަށް ވުރެ އެއް މެޗު މަދުން ކުޅެގެން އެއް ވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އަށް ލިބެނީ 67 ޕޮއިންޓެވެ. އާދީއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ސެވިއްޔާއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ، ބާސެލޯނާ އަށް ލީޑު ފުޅާ ކުރުމުގެ ފުރުސަތު އެބަ އޮތެވެ.

ސްޕެނިޝް ލީގުރެއާލް މެޑްރިޑް

އިތުރަށް ކިޔާލަން

12 މާރިޗު 2026

ވަލްވާޑޭގެ ހެޓްރިކާ އެކު، ރެއާލް އިން ސިޓީ ބަލިކޮށްފި

12 މާރިޗު 2026
ވަލްވާޑޭގެ ހެޓްރިކާ އެކު، ރެއާލް އިން ސިޓީ ބަލިކޮށްފި
08 މާރިޗު 2026

ޔަމާލްގެ ލަނޑުން މޮޅުވެ، ބާާސެލޯނާ އިން ލީޑު ފުޅާ ކޮށްފި

08 މާރިޗު 2026
ޔަމާލްގެ ލަނޑުން މޮޅުވެ، ބާާސެލޯނާ އިން ލީޑު ފުޅާ ކޮށްފި
07 މާރިޗު 2026

ފަހު ވަގުތު މޮޅުވެ، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

07 މާރިޗު 2026
ފަހު ވަގުތު މޮޅުވެ، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
03 މާރިޗު 2026

އަމިއްލަ ދަނޑުގައި ރެއާލް އިން ގެޓާފޭގެ އަތް ދަށުވެ، ބާސެލޯނާ އަށް ހަތަރު ޕޮއިންޓުގެ ލީޑެއް

03 މާރިޗު 2026
އަމިއްލަ ދަނޑުގައި ރެއާލް އިން ގެޓާފޭގެ އަތް ދަށުވެ، ބާސެލޯނާ އަށް ހަތަރު ޕޮއިންޓުގެ ލީޑެއް
01 މާރިޗު 2026

ފްލިކްގެ 100 ވަނަ މެޗުން މޮޅުވެ، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

01 މާރިޗު 2026
ފްލިކްގެ 100 ވަނަ މެޗުން މޮޅުވެ، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު