Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ރެއާލް ނުހުއްޓުވުނު، ދެ ވަނަ ލެގުގައި ވެސް ސިޓީ ބަލިކޮށް ކުއާޓާ ފައިނަލަށް

މޮޅާ އެކު ރެއާލް އިން މުބާރާތުގެ ކުއާޓާ ފައިނަލްގެ ފުރުސަތު ހޯދީ އެގްރިގޭޓް ނަތީޖާ 5-1 އިން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 މާރިޗު 2026 | ބުދަ 04:50
މެޗުގައި ލަނޑު ޖެހުމަށް ފަހު ރެއާލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ރެއާލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | ރޮއިޓާސް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގެ ދެ ވަނަ ލެގުގައި ވެސް ވާދަވެރި މެންޗެސްޓަރ ސިޓީގެ މައްޗަށް ކުރި ހޯދައި، ރެއާލް މެޑްރިޑް އިން މުބާރާތުގެ ކުއާޓާ ފައިނަލްގެ ފުރުސަތު ހޯދައިފި އެވެ.

މިދިޔަ ހަފުތާގައި ރެއާލް އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގައި އެ ޓީމުން ވަނީ 3-0 އިން ސިޓީ ބަލިކޮށްފަ އެވެ. އެހެންވެ ސިޓީ އަށް ކުއާޓާ ފައިނަލްގެ ފުރުސަތު އޮތީ އަމިއްލަ ދަނޑުގައި ތިން ލަނޑުގެ ތަފާތުން ރެއާލް ބަލިކޮށްގެންނެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި އަންގާރަ ދުވަހުގެ ރޭ ދަންވަރު ކުޅުނު ދެ ވަނަ ލެގު ރެއާލް އިން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގައި ރެއާލް އިން ލީޑު ނަގާފައި ވަނިކޮށް، ސިޓީ އިން ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. ނަމަވެސް ފަހު ވަގުތު ލަނޑު ޖަހައިގެން ރެއާލް ވަނީ މެޗުން މޮޅުވެފަ އެވެ.

މެޗު ފަށައިގެން 22 ވަނަ މިނެޓުގައި ރެއާލް އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، ލީޑު ނަގައިދިނީ ވިނީޝިއުސް ޖޫނިއާ އެވެ. ނަމަވެސް ފުރަތަމަ ހާފުގެ 41 ވަނަ މިނެޓުގައި އާލިން ހާލަންޑް ޖެހި ލަނޑުން ސިޓީ އިން ނަތީޖާ ހަމަހަމަ ކުރި އެވެ. 

މެޗުގެ ދެ ވަނަ ހާފުގައި ސިޓީ އިން އިތުރު ލަނޑު ޖަހަން މަސައްކަތް ކުރި ނަމަވެސް، އެކަން ކާމިޔާބެއް ނުވި އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ވިނީޝިއުސް ވަނީ ދެ ވަނަ ލަނޑެއް ޖަހައި މެޗުން ރެއާލް މޮޅު ކޮށްދީފަ އެވެ. އެއީ އައުރެލިއަން ޗުއަމެނީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ވިނީޝިއުސް ޖެހި ލަނޑެކެވެ.

މޮޅާ އެކު ރެއާލް އިން މުބާރާތުގެ ކުއާޓާ ފައިނަލްގެ ފުރުސަތު ހޯދީ އެގްރިގޭޓް ނަތީޖާ 5-1 އިންނެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުރެއާލް މެޑްރިޑްމެންޗެސްޓަރ ސިޓީ

އިތުރަށް ކިޔާލަން

18 މާރިޗު 2026

ޗެލްސީގެ ދަނޑުގައި ވެސް ކުރި ހޯދައި، ޗެމްޕިއަން ޕީއެސްޖީ ކުއާޓާ ފައިނަލަށް.

18 މާރިޗު 2026
ޗެލްސީގެ ދަނޑުގައި ވެސް ކުރި ހޯދައި، ޗެމްޕިއަން ޕީއެސްޖީ ކުއާޓާ ފައިނަލަށް.
18 މާރިޗު 2026

ދެ ވަނަ ލެގު ކާމިޔާބުކޮށް، އާސެނަލް ކުއާޓާ ފައިނަލް އަށް

18 މާރިޗު 2026
ދެ ވަނަ ލެގު ކާމިޔާބުކޮށް، އާސެނަލް ކުއާޓާ ފައިނަލް އަށް
15 މާރިޗު 2026

އެލްޗޭ އަތުން މޮޅުވެ، ރެއާލް ލީގު ރޭހުގައި

15 މާރިޗު 2026
އެލްޗޭ އަތުން މޮޅުވެ، ރެއާލް ލީގު ރޭހުގައި
15 މާރިޗު 2026

ވެސްޓް ހޭމްއާ އެއްވަރުވެ، ސިޓީ އަށް ފަރަގު ކުޑަ ނުކުރެވުނު

15 މާރިޗު 2026
ވެސްޓް ހޭމްއާ އެއްވަރުވެ، ސިޓީ އަށް ފަރަގު ކުޑަ ނުކުރެވުނު
14 މާރިޗު 2026

ރެއާލް މެޗުގެ ނަތީޖާއާ ގުޅޭ ގޮތުން ސުވާލު ކުރުމުން ގާޑިއޯލާ ބުނީ، މިއީ ސިޓީ އަށް ފަރިތަ ކަމެއް ކަމަށް

14 މާރިޗު 2026
ރެއާލް މެޗުގެ ނަތީޖާއާ ގުޅޭ ގޮތުން ސުވާލު ކުރުމުން ގާޑިއޯލާ ބުނީ، މިއީ ސިޓީ އަށް ފަރިތަ ކަމެއް ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު