Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހިތަދޫ އުތުރުގެ ބައި-އިލެކްޝަން

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ގައި މާލޭގައި 2 ފޮށި އައްޑޫ ސިޓީގައި 5 ފޮށި

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން ބާއްވާ ބައި-އިލެކްޝަންގައި ވާދަކުރައްވަނީ ޕީއެންސީގެ އަޙްމަދު ސަޢީދާއި އެމްޑީޕީގެ ޢަބްދުﷲ ޞާދިޤު. މި އިންތިޚާބު އޮބްޒާވްކުރުމާއި މޮނިޓަރ ކުރުމުގެ ފުރުސަތު މޭ 16 ގެ ނިޔަލަށް ހުޅުވާލާފައިވާއިރު، ޝަރުތުހަމަވާ ފަރާތްތަކުން އިލެކްޝަންސް ކޮމިޝަނުގެ ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް ވަނީ އެދިފައި. ޖުމްލަ 4،114 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ މި އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ ޖޫން މަހުގެ 6 ވާ ހޮނިހިރު ދުވަހު.

މަޚްތޫމް
މަޚްތޫމް | 7 މެއި 2026 | ބުރާސްފަތި 14:26
ނިމިގެންދިޔަ އިންތިހާބުގައި މީހަކު ވޯޓުލަނީ. - ފައިލް

ނިމިގެންދިޔަ އިންތިހާބުގައި މީހަކު ވޯޓުލަނީ. - ފައިލް | އިލެކްޝަންސް ކޮމިޝަން

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓުލުމަށްޓަކައި ޖުމްލަ 7 ވޯޓުފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އެ ކޮމިޝަނުން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އައްޑޫ ސިޓީގައި 5 ވޯޓުފޮށި ބަހައްޓާއިރު، މާލޭގައި ދިރިއުޅޭ އެ ދާއިރާގެ ރައްޔިތުން ވޯޓުލުމަށްޓަކައި މާލޭގައި 2 ވޯޓުފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.

މި އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ އަންނަ ޖޫން މަހުގެ 6 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. މާލޭގައި ވޯޓުފޮށިތައް ބެހެއްޓުމަށް ހަމަޖެހިފައިވަނީ ދަރުމަވަންތަ ސްކޫލުގެ ދެކުނު އިމާރާތުގަ އެވެ. އަދި އައްޑޫ ސިޓީގައި ވޯޓުފޮށިތައް ބަހައްޓާނީ ހިތަދޫ ސްކޫލުގަ އެވެ. އިލެކްޝަންސް ކޮމިޝަނުގެ ވޯޓާސް ލިސްޓުގައިވާ ގޮތުން މި ބައި-އިލެކްޝަންގައި ވޯޓުލުމުގެ ހައްގު ޖުމްލަ 4،114 މީހަކަށް ލިބިގެންވެ އެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން ބާއްވާ މި އިންތިޚާބުގައި ވާދަކުރައްވަނީ ދެ ކެންޑިޑޭޓުންނެވެ. އެއީ ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ކުރިމަތިލައްވާ އަޙްމަދު ސަޢީދާއި، އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ޢަބްދުﷲ ޞާދިޤެވެ. މި ދާއިރާގެ ގޮނޑި ހުސްވީ، ކުރިން އެ ގޮނޑި ފުރުއްވަމުން ގެންދެވި މުޙައްމަދު ސިނާންގެ ސާބިތު ދަރަންޏެއް އޮތްކަން ސާބިތުވެ، އެ ދަރަނި ހުކުމާ އެއްގޮތަށް ނުދައްކާ މައްސަލައިގައި ސުޕްރީމް ކޯޓުން ކުރި ހުކުމަކާ ގުޅިގެންނެވެ.

މި އިންތިޚާބުގެ ކަންކަން އޮބްޒާވް ކުރުމާއި، މޮނިޓަރ ކުރުމުގެ އިތުރުން ކެންޑިޑޭޓުންގެ މަންދޫބުންނަށް ވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. އެގޮތުން ޝައުގުވެރިވާ ފަރާތްތަކުން މޭ 7 ވާ ބުރާސްފަތި ދުވަހުން ފެށިގެން މޭ 16 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު 15:00 ގެ ނިޔަލަށް އެޕްލިކޭޝަން ހުށަހެޅޭނެ އެވެ. ހުރިހާ ފަރާތްތަކަކުންވެސް ފޯމު ހުށަހަޅަންޖެހޭނީ އިލެކްޝަންސް ކޮމިޝަނުގެ މައި ޕޯޓަލް މެދުވެރިކޮށެވެ.

އޮބްޒާވަރުންނާއި މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވެވޭނީ އުމުރުން 18 އަހަރު ފުރިފައިވާ، ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒު ކުރަމުންނުދާ ދިވެހިންނަށެވެ. މީގެ އިތުރުން ފާއިތުވި 5 އަހަރު ތެރޭގައި ސުލޫކީ މިންގަނޑާ ޚިލާފުވެގެން ފިޔަވަޅެއް އަޅާފައިވާ މީހަކަށް ނުވުމާއި، އިންތިޚާބީ ކުށެއް ސާބިތުވެފައިވާ މީހަކަށް ވެގެން ނުވާނެ އެވެ. މޮނިޓަރުންގެ ގޮތުގައި ކުރިމަތިލެވޭނީ ރަޖިސްޓަރީކޮށްފައިވާ މީޑިއާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށެވެ.

ކެންޑިޑޭޓުންގެ މަންދޫބުން އައްޔަންކުރުމުގައި ކޮންމެ މަރުކަޒަކަށް އައްޔަންކުރެވޭނީ އެއްމެ މަންދޫބެކެވެ. އަދި އޮބްޒާވަރުންނާއި މޮނިޓަރުންނަށްވެސް ކޮންމެ މަރުކަޒެއްގައި އެއްފަހަރާ ހަރަކާތްތެރިވެވޭނީ އެކަކަށެވެ. މި އިންތިޚާބުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަކަށްވެސް އިލެކްޝަންސް ކޮމިޝަނުން ހާއްސަ މައުލޫމާތު ސެޝަނެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ކޮމިޝަނުގެ ނަންބަރު 3004432 ނުވަތަ 3004433 އަށް ގުޅުމަށް އެ ކޮމިޝަނުން އެދެ އެވެ.

އިލެކްޝަންސް ކޮމިޝަންއަޙްމަދު ސަޢީދުއަބްދުﷲ ސާދިގުޕީއެންސީއެމްޑީޕީހިތަދޫ އުތުރު ދާއިރާ

އިތުރަށް ކިޔާލަން

07 މެއި 2026

ރ. މަޑުއްވަރީގެ ޔޫތް ސެންޓަރުގެ މަސައްކަތް ނިމުނު ނަމަވެސް ސަރުކާރަށް މިވީ 2 އަހަރާއި ބައިގެ ތެރޭގައި އެތަނަށް ވަސީލަތްތައް ހޯދައި ނުދެވުނު

07 މެއި 2026
ރ. މަޑުއްވަރީގެ ޔޫތް ސެންޓަރުގެ މަސައްކަތް ނިމުނު ނަމަވެސް ސަރުކާރަށް މިވީ 2 އަހަރާއި ބައިގެ ތެރޭގައި އެތަނަށް ވަސީލަތްތައް ހޯދައި ނުދެވުނު
07 މެއި 2026

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ހުޅުމާލޭގައި ވޯޓު ފޮށި ނުބަހައްޓަން ނިންމައިފި

07 މެއި 2026
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ހުޅުމާލޭގައި ވޯޓު ފޮށި ނުބަހައްޓަން ނިންމައިފި
07 މެއި 2026

ކުރީގެ ރައީސް ޔާމީނު ދެކެ އެންމެ ލޯބިވާ އެންމެ އަޅާލަން ބޭނުންވާ ބޭފުޅަކީ ރައީސް މުއިއްޒު: މިނިސްޓަރު ސައީދު

07 މެއި 2026
ކުރީގެ ރައީސް ޔާމީނު ދެކެ އެންމެ ލޯބިވާ އެންމެ އަޅާލަން ބޭނުންވާ ބޭފުޅަކީ ރައީސް މުއިއްޒު: މިނިސްޓަރު ސައީދު
07 މެއި 2026

"ސަރުކާރުން ފުލުހުންގެ މުއައްސަސާ ބޭނުންކުރަނީ އެމްޑީޕީގެ ސިޔާސީ ޙަރަކާތްތަކުގައި އުޅޭ ޒުވާނުންނާއި ލީޑަރުން ފަހަތަށް ޖައްސަން

07 މެއި 2026
"ސަރުކާރުން ފުލުހުންގެ މުއައްސަސާ ބޭނުންކުރަނީ އެމްޑީޕީގެ ސިޔާސީ ޙަރަކާތްތަކުގައި އުޅޭ ޒުވާނުންނާއި ލީޑަރުން ފަހަތަށް ޖައްސަން
07 މެއި 2026

މުއިއްޒުމެންގެ މިހާރުގެ ބަސް "މަށެއް ނޫން"

07 މެއި 2026
މުއިއްޒުމެންގެ މިހާރުގެ ބަސް "މަށެއް ނޫން"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު