Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަބްދުﷲ ޔާމީން

ކުރީގެ ރައީސް ޔާމީނު ދެކެ އެންމެ ލޯބިވާ އެންމެ އަޅާލަން ބޭނުންވާ ބޭފުޅަކީ ރައީސް މުއިއްޒު: މިނިސްޓަރު ސައީދު

7 މެއި 2026 | ބުރާސްފަތި 08:50

ސިނަމާލެ ބްރިޖު މަޝްރޫއުގެ އެންމެ ބޮޑު ކްރެޑިޓެއް ލިބެންޖެހޭނީ ކުރީގެ ރައީސް ޔާމީނަށް ކަމަށާއި، އެމަނިކުފާނަށް އޮންނަ އިހުތިރާމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި. ރައީސް މުއިއްޒުގެ ހިތްޕުޅުގައި ޔާމީނާ މެދު އެއްވެސް ހިތްބުރަކަމެއް ނެތްކަން ފާހަގަކުރައްވައި، މިނިސްޓަރު ސައީދު ވިދާޅުވީ ޔާމީންގެ އަރިހުގައި އުޅުއްވާ ބައެއް ބޭފުޅުން މަސައްކަތް ކުރައްވަނީ ހަގީގަތް އޮޅުވާލުމަށް ކަމަށް.

އަމްނާ އިމާދު
އަމްނާ އިމާދު | 7 މެއި 2026 | ބުރާސްފަތި 08:50
ރައީސް ޑރ. މުހައްމަދު މުއިއްޒު (ކ) އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން.

ރައީސް ޑރ. މުހައްމަދު މުއިއްޒު (ކ) އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން. | ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނު ދެކެ އެންމެ ލޯބިވާ އެންމެ އަޅާލަން ބޭނުންވާ ބޭފުޅާ ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. 

ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެޓީވީގެ ނޫސްވެރިޔާ ވަނީ ސިނަމާލެ ބްރިޖުގެ މަޝްރޫއުއާ ގުޅޭގޮތުން މިނިސްޓަރު ސައީދު ދެއްކެވި ވާހަކަތަކަށް އިޝާރާތްކޮށް ސުވާލު ކޮށްފަ އެވެ. އަދި އެމަޝްރޫއުގައި ޔާމީންގެ ދައުރެއް ނެތްތޯ ސުވާލުކުރި އެވެ.

މިސުވާލަށް މިނިސްޓަރު ސައީދު ވިދާޅުވީ، ސިނަމާލެ ބްރިޖު މަޝްރޫއުގެ އެންމެ ބޮޑު ކްރެޑިޓެއް ލިބޭނީ ޔާމިނަށް ކަމަށާއި، ޔާމީނަށް ފުރިހަމަ އިހުތިރާމް އޮންނާނެ ކަމަށެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ ރައީސް މުއިއްޒަކީ ޔާމީނުގެ އެންމެ ލޯބިވާ އެންމެ އަޅާލަން ބޭނުންވާ ބޭފުޅާ ކަމަށާއި، ޔާމީން އަރިހުގައި ހުންނަން ބޭނުންފުޅުވާނެ އެއް ބޭފުޅާ ކަމަށެވެ. އަދި ރައީސް މުއިއްޒުގެ ހިތްޕުޅުގައި ޔާމީންނާ ދޭތެރޭގައި އެއްވެސް ކަހަލަ ހިތްބުރަ ކަމެއް ނޯންނާނެ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ. 

މީގެ އިތުރުން މިނިސްޓަރު ސައީދު ވިދާޅުވީ ޔާމީންގެ އަރިހުގައި އުޅުއްވާ ދެތިން ބޭފުޅަކު އުޅުއްވަނީ ވަރަށް ހުތުރު ކޮށް ކަމަށާއި، އެބޭފުޅުން އެ ދައްކަވާ ވާހަކަތައް ވެސް ޔާމީން ގަބޫލުފުޅު ނުކުރައްވާނެ ކަމަށެވެ. 

ނޫން، ނޫން، ރައީސް ޔާމީނަށް ވަރަށް ބޮޑު ކްރެޑިޓެއް. އެމަނިކުފާނަކީ ވަރަށް ވިސްނުންތެރި ބޭފުޅެއް. އެ މަނިކުފާނަކީ ހަމަ ވަރަށް ވިޝަނަރީ ބޭފުޅެއް. އަޅުގަނޑު ދެންނެވި އެއްޗަށް އަނެއްކާވެސް އޮޅުވާލީ، ރައީސް ޔާމީނަށް އޮންނަންވާ ފުރިހަމަ އިހުތިރާމު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހިތްޕުޅުގައި އަބަދުވެސް އޮވޭ. އޮންނާނެ. އެ އެއްޗެއް ބަދަލެއް ވެސް ނުވާނެ. ރައީސް މުއިއްޒަކީ ރައީސް ޔާމީނަށް އެންމެ ލޯބިވާ އެންމެ އަޅާލަން ބޭނުންވާ އެންމެ ރައީސް ޔާމީން އަރިހުގައި ހުންނަން ބޭނުންފުޅުވާނެ އެއް ބޭފުޅަކު އެއީ. އެހެންވީމާ، ރައީސް މުއިއްޒުގެ ހިތްޕުޅުގައި ރައީސް ޔާމީންނާ ދޭތެރޭގައި އެއްވެސް ކަހަލަ ހިތްބުރަ ކަމެއް އޮވެދާނެ ކަމަކަށް އަޅުގަނޑު އަދި ރާއްޖެ ޓީވީން ތިޔައިން ބުންޏަކަސް ގަބޫލެއް ނުކުރާނަން އިނގޭތޯ. އެއީ އަޅުގަނޑުމެން އެންމެންނަކީ އެއް ޓީމެއް. އަޅުގަނޑު ދެންނެވިހާ އައިސް ވާހަކައަކީ، އޭރުގެ ހައުސިންގ މިނިސްޓަރަކީ، އިންފްރާސްޓްރަކްޗަރ މިނިސްޓަރަކީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުއޭ. ބުރިޖު ގެންދެވީ އެމަނިކުފާނުގެ ސީދާ ބެލުމުގެ ދަށުންނޭ. ދެން އޭރުގެ އިޤްތިޞާދީ ވަޒީރަކަށް ހުރީ ހަމަ އަޅުގަނޑު ހުރީ. އެ ވާހަކަ އަޅުގަނޑު ފަސޭހަ ގޮތަކަށް މި ދަންނަވާލީ. އަޅުގަނޑުމެން ދެމީހުން ތިބީ އޭގެ ނޫންހެއްޔޭ. މީގައި ނެތީމި ވަގުތު އެންމެ މީހެއް ނޫންހެއްޔޭ ނުވަތަ މަދު މީހެއް ނޫންހެއްޔޭ.
މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު

ޕީއެންސީގައި 70،000 މެންބަރުން ތިބިކަން ފާހަގަކުރައްވައި މިނިސްޓަރު ސައީދު ވިދާޅުވީ މި ފިކުރަށް ގިނަ ބަޔަކު ތާއީދު ކުރަމުންދަނީ ސަބަބުތަކެއް ހުރީމަ ކަމަށެވެ. އަދި ދެ ދައުރުގައި ވެރިކަން ކުރިއިރު، ޕާޓީގެ ފަރާތުން ނަމޫނާ ދައްކާފައިވާ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

އަބްދުﷲ ޔާމީންމިނިސްޓަރ މުޙައްމަދު ސަޢީދުސިނަމާލެ ބުރިޖުޕީއެންސީރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

އިތުރަށް ކިޔާލަން

07 މެއި 2026

ހަނޑޫ ހުސްވި ކަމަށް ބުނެ ރިޕޯޓް ކުރިކަމަށް ވިދާޅުވެ މިނިސްޓަރު ސައީދު ބޮޑު ދޮގެއް ހައްދަވައިފި

07 މެއި 2026
ހަނޑޫ ހުސްވި ކަމަށް ބުނެ ރިޕޯޓް ކުރިކަމަށް ވިދާޅުވެ މިނިސްޓަރު ސައީދު ބޮޑު ދޮގެއް ހައްދަވައިފި
07 މެއި 2026

މުއިއްޒުމެންގެ މިހާރުގެ ބަސް "މަށެއް ނޫން"

07 މެއި 2026
މުއިއްޒުމެންގެ މިހާރުގެ ބަސް "މަށެއް ނޫން"
07 މެއި 2026

މިނިވަން މުއައްސަސާ ތަކަކީ ޕީއެންސީގެ ޖަގަހަ ތެރެއިން އޮޕަރޭޓް ކުރާ ތަންތަނަށް ހަދައިފި: މާޒް ސަލީމް

07 މެއި 2026
މިނިވަން މުއައްސަސާ ތަކަކީ ޕީއެންސީގެ ޖަގަހަ ތެރެއިން އޮޕަރޭޓް ކުރާ ތަންތަނަށް ހަދައިފި: މާޒް ސަލީމް
06 މެއި 2026

ހަނޑުލުގެ ސްޓޮކް ދަށްވެ އެސްޓީއޯ ކާޑު ގުދަނުން ލިމިޓްކޮށް ހަނޑޫ ވިއްކަނީ!

06 މެއި 2026
ހަނޑުލުގެ ސްޓޮކް ދަށްވެ އެސްޓީއޯ ކާޑު ގުދަނުން ލިމިޓްކޮށް ހަނޑޫ ވިއްކަނީ!
06 މެއި 2026

އީޝާ ފުލުހަށް ހާޒިރު ކުރީ ހަތަރު ފަރާތުން މަގު ބަންދުކޮށްގެން، ފުލުހުން ދަނީ ނޫސްވެރިންނަށް ވެސް ހުރަސް އަޅަމުން

06 މެއި 2026
އީޝާ ފުލުހަށް ހާޒިރު ކުރީ ހަތަރު ފަރާތުން މަގު ބަންދުކޮށްގެން، ފުލުހުން ދަނީ ނޫސްވެރިންނަށް ވެސް ހުރަސް އަޅަމުން
06 މެއި 2026

"އައިޝާ ޑޮކިއުމެންޓްރީ" އާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށް އީޝާ މިއަދު ވެސް ފުލުހަށް ހާޒިރު ކުރަނީ

06 މެއި 2026
"އައިޝާ ޑޮކިއުމެންޓްރީ" އާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށް އީޝާ މިއަދު ވެސް ފުލުހަށް ހާޒިރު ކުރަނީ
06 މެއި 2026

މަޖިލީހުގައި ރައީސް މުއިއްޒުގެ އަގު ވައްޓާލަނީ ޕީއެންސީ އިން: ޝަމްހީދު

06 މެއި 2026
މަޖިލީހުގައި ރައީސް މުއިއްޒުގެ އަގު ވައްޓާލަނީ ޕީއެންސީ އިން: ޝަމްހީދު
06 މެއި 2026

ރަސްމާދޫ ފެން ޕްލާންޓްގެ 70 އިންސައްތަ ނިމިފައިވަނިކޮށް، މި ސަރުކާރުން ވަނީ މަސައްކަތް ހުއްޓާލާ ވީރާނާވާން ދޫކޮށްލާފަ

06 މެއި 2026
 ރަސްމާދޫ ފެން ޕްލާންޓްގެ 70 އިންސައްތަ ނިމިފައިވަނިކޮށް، މި ސަރުކާރުން ވަނީ މަސައްކަތް ހުއްޓާލާ ވީރާނާވާން ދޫކޮށްލާފަ
05 މެއި 2026

އިދިކޮޅު ޕާޓީތަކަށް ފިޔަވަޅު ނާޅާނަމަ އީސީ ވެރިން އިސްތިއުފާ ދެއްވަންޖެހޭ ކަމަށް ވިދާޅުވެ ޕީއެންސީ ޕީޖީ ލީޑަރުގެ އިންޒާރެއް!

05 މެއި 2026
އިދިކޮޅު ޕާޓީތަކަށް ފިޔަވަޅު ނާޅާނަމަ އީސީ ވެރިން އިސްތިއުފާ ދެއްވަންޖެހޭ ކަމަށް ވިދާޅުވެ ޕީއެންސީ ޕީޖީ ލީޑަރުގެ އިންޒާރެއް!
05 މެއި 2026

އިންތިހާ އަށް ދަތުރު ގިނަ، އެކަމަކު ރައްޔިތަށް ލިބޭ އެއްޗެއް ނެތް!

05 މެއި 2026
އިންތިހާ އަށް ދަތުރު ގިނަ، އެކަމަކު ރައްޔިތަށް ލިބޭ އެއްޗެއް ނެތް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް