Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މުހައްމަދު ނަޝީދު

ސިޔާސީ މަސްރަހަށް ''ސިޔާސީ އިރު'' ވަނީ އަރާފައި، އެއާއެކު މިހާރު މުޅި ގައުމުން ދަނީ ވާދަވެރިކަން ފެންނަމުން: ވައްޑެ

ކުރީގެ ރައީސް ނަޝީދު ސިޔާސީ މައިދާނަށް ނުކުންނެވުމާއެކު ރާއްޖޭގެ ސިޔާސީ މަސްރަހަށް ބޮޑު ވާދަވެރިކަމެއް އައިސްފައިވާ ކަމަށް ކުރީގެ މެންބަރު ވަހީދު ވަނީ ވިދާޅުވެފައި. އޭނާ ފާހަގަކުރެއްވި ގޮތުގައި ނަޝީދުގެ ސަބަބުން މުޅި މަންޒަރު ބަދަލުވެ، ރައީސް މުއިއްޒުގެ ސަރުކާރަށް އޮތް ގޮންޖެހުންތައް މިހާރު ވަނީ އިތުރުވެފައި. އަދި ނަޝީދަކީ ސިޔާސަތުތަކެއްގެ މައްޗަށް ބިނާކޮށް ރައްޔިތުންގެ ތާއީދު ހޯއްދަވާ ބޭފުޅެއްކަން ވެސް ވަހީދު ފާހަގަކުރެއްވި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 6 މެއި 2026 | ބުދަ 07:21
އަންގާރަ ދުވަހުގެ ރޭ ބޭއްވި ބޮޑު ބަދަލު ހަރުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވާހަކަ ދައްކަވަނީ.

އަންގާރަ ދުވަހުގެ ރޭ ބޭއްވި ބޮޑު ބަދަލު ހަރުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހަށް ސިޔާސީ އިރު އަރާފައިވާ ކަމަށާއި، ވާދަވެރިކަން މުޅި ގައުމުން ފެންނަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހުގެ ރޭ ބޭއްވި ބޮޑު ބަދަލު ހަރުގެ ޖަލްސާގައި ވައްޑެ ވިދާޅުވީ ސިޔާސީ މައިދާނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ނުކުންނެވުމާއެކު، މުޅި ގައުމުން މިހާރު އެކަން ފެންނަމުންދާ ކަމަށާއި، ހުރިހާ ދިމާލެއްގައި ވާދަވެރިކަން އުފެދިފައިވާ ކަމަށެވެ. އަދި އެމްޑީޕީ އެތެރޭގައި ވެސް ވާދަވެރިކަން ވަރަށް ބޮޑުކަން އޭނާ ފާހަގަކުރެއްވި އެވެ. 

Advertisement - newsAdvertisement

ވައްޑެ ވިދާޅުވީ ވާދަވެރިކަމެއް އޭގެ ޒާތުގައި އޮތުމަށްޓަކައި ވެސް ނަޝީދު ސިޔާސީ މަސައްކަތުގައި ހުންނަވަން ޖެހޭ ކަމަށެވެ. އަދި އޮނޑި ކަނޑަށް ގަދަވެ، ސްޕީޑް ބާރު ކުރަން ބޭނުންވާ ކަމަށްވާނަމަ މިކަން ތޮބީއީ ގޮތުން ދަންނަ މީހަކާ ހަވާލު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން ވައްޑެ ވިދާޅުވީ ނަޝީދު އަމަލީ ގޮތުން މި މައިދާނަށް ވަޑައިގަތުމާ ހަމައަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރުގެ ބޭފުޅެއް ނެތް ކަމަށް ބައެއް މީހުންނަށް ހީވި ކަމަށެވެ. ނަމަވެސް މިހާރު މުޅި މަންޒަރު ބަދަލުވެފައިވާ ކަމަށާއި، ސިޔާސީ އިރު އަނެއްކާ ވެސް އަރާފައިވާ ކަމަށް ވައްޑެ ވިދާޅުވި އެވެ. 

އަދިރި އިރުގައި އުޑުމަތިން އުނޑުމަތިން ތަރިތައް ވަރަށް ގިނައިން ފެންނާނެ. ހަނދު އެރީމަ ވަރަށް މަދު ތަރިއެއް ފެންނާނީ. އިރު އެރުމާއެކު ހުރިހާ އެއްޗެއް ގެއްލޭނެ. ސިޔާސީ އިރު އަނެއްކާ ވެސް އެރީ އަނެއްކާ ވެސް. އަރާފައި މިހާރު. ބައްލަވާ ރައީސް ނަޝީދު ވަޑައިގަތުމާ ހިސާބަށް މުއިއްޒު ވަރުގެ މީހެއް ނެތް މިރާއްޖެއަކު. ވާދަ ކުރެވިދާނެ ކަމަކަށް ވެސް ބަޔަކު އުއްމީދެއް ނުކުރޭ.
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) 

ސިޔާސީ މަސްރަހަށް އިޝާރާތް ކުރައްވައި ވައްޑެ ވިދާޅުވީ ރާއްޖޭގައި އަގު ދީފައި ވޯޓު ގަންނަ ބޭފުޅުން ވަރަށް ގިނަ ކަމަށާއި، ރައީސް މުއިއްޒު ވެސް އަމަލު ކުރައްވަނީ އެގޮތަށް ކަމަށެވެ. 

ނަމަވެސް ރާއްޖެއަށް މިހާރު ބޮޑު ބަދަލެއް ގެންނަން ޖެހޭ ކަމަށް ރައްޔިތުން ވެސް ގަބޫލުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ނަޝީދަކީ ސިޔާސަތަކުން އުންމީދަކުން ވޯޓު ހޯއްދަވާ ބޭފުޅެއް ކަމަށާއި، އެކަން މީގެ ކުރިން ފެނިފައިވާ ކަމަށެވެ. 

މުހައްމަދު ވަހީދު (ވައްޑެ)މުހައްމަދު ނަޝީދުއެމްޑީޕީ

ކޮމެންޓް

އިތުރަށް ކިޔާލަން

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ހުޅުމާލޭގައި ވޯޓު ފޮއްޓެއް ބަހައްޓައިދިނުމަށް އެމްޑީޕީން އެދިއްޖެ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ހުޅުމާލޭގައި ވޯޓު ފޮއްޓެއް ބަހައްޓައިދިނުމަށް އެމްޑީޕީން އެދިއްޖެ

06 މެއި 2026
 އިންޑިއަން އޯޝަން ޑަޔަލޮގް ގައި ބައިވެރި ވުމަށް ނަޝީދު އިންޑިއާ އަށް

އިންޑިއަން އޯޝަން ޑަޔަލޮގް ގައި ބައިވެރި ވުމަށް ނަޝީދު އިންޑިއާ އަށް

06 މެއި 2026
 ރަސްމާދޫ ފެން ޕްލާންޓްގެ 70 އިންސައްތަ ނިމިފައިވަނިކޮށް، މި ސަރުކާރުން ވަނީ މަސައްކަތް ހުއްޓާލާ ވީރާނާވާން ދޫކޮށްލާފަ

ރަސްމާދޫ ފެން ޕްލާންޓްގެ 70 އިންސައްތަ ނިމިފައިވަނިކޮށް، މި ސަރުކާރުން ވަނީ މަސައްކަތް ހުއްޓާލާ ވީރާނާވާން ދޫކޮށްލާފަ

06 މެއި 2026
ހަނގުރާމައާއި ގުޅިގެން ރައީސް މުއިއްޒުގެ ސަރުކާރުން އުޅެނީ ކަންކަމުގައި މަތިޖަހަން: ނަޝީދު

ހަނގުރާމައާއި ގުޅިގެން ރައީސް މުއިއްޒުގެ ސަރުކާރުން އުޅެނީ ކަންކަމުގައި މަތިޖަހަން: ނަޝީދު

05 މެއި 2026
އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބު ކާމިޔާބުކުރަން ބޭނުންވަނީ ކެނޑިނޭޅި މަސައްކަތްކުރި އާއްމު މެންބަރުންގެ ވޯޓަކުން: މީކާއިލް

އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބު ކާމިޔާބުކުރަން ބޭނުންވަނީ ކެނޑިނޭޅި މަސައްކަތްކުރި އާއްމު މެންބަރުންގެ ވޯޓަކުން: މީކާއިލް

05 މެއި 2026

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު