Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

މުއިއްޒުމެންގެ މިހާރުގެ ބަސް "މަށެއް ނޫން"

މިހާރު އިދިކޮޅުން ކުރާ މުޒާހަރާތައް ހުއްޓުވަން ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އޭރު އެވެރިން ކުރި މުޒާހަރާތަކާ އެއްގޮތްވިއަސް އެކަން ބަލައެއް ނުގަނެވުނެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 7 މެއި 2026 | ބުރާސްފަތި 04:12
އިންޑިއާ އައުޓް ކެމްޕެއިންގައި ރައީސް މުޢިއްޒު - ހިލޭ އެހީ އެންމެ ބޮޑަށް ރާއްޖެ އަށް ދެނީ އިންޑިއާ އިން

އިންޑިއާ އައުޓް ކެމްޕެއިންގައި ރައީސް މުޢިއްޒު - ހިލޭ އެހީ އެންމެ ބޮޑަށް ރާއްޖެ އަށް ދެނީ އިންޑިއާ އިން | ރާއްޖެއެމްވީ

އެއީ ވަރަށް މަޝްހޫރުވި ލަވައެކެވެ. ޓީވީ މޯލްޑިވްސްއިން ގެނެސްދިން ކުޑަކުދިންގެ ލަވަ މުބާރާތުގައި ޒައިން އަހުމަދު ޝަހީދު ކިޔާފައިވާ "މަށެއް ނޫން" މި ލަވައެވެ. ފޯރިގަދަ މި ރެޕް ލަވައިގައި ދައްކާފައިވާ ވާހަކައަކީ ދިވެހިންގެ ތެރޭގައި ދެކެވޭ ފުލޯކް ވާހަކައެއްގައި ޚިޔާލީ ފޫޅުދިގު ހަނޑިއަށް އައިމިނާބީ ދޭ ޖަވާބެވެ. އައިމިނާބީއަށް ފެނުނު ފޫޅުދިގު ހަންޑީގެ ވާހަކަ ރަށުތެރޭގައި ދެއްކިންތޯ ފޫޅުދިގު ހަންޑި އަހާ އެހުމަށް ބިރުން ހުރެ އައިމިނާބީ އެކަމަށް ނޫނެކޭ ބުނާ ބުނުމެވެ.

ނަގަނަގައިގެން ދައްކާން މިއުޅެނީ އެލަވައިގެ ވާހަކައެއް ނޫނެވެ. މިއަދު ސަރުކާރުގައި ތިބި މީހުންނަށް ވެފައިވާ ގޮތެއްގެ ވާހަކައެވެ. އެމީހުން އެމީހުންގެ ދުލި ބަދަލު ކުރި ވާހަކައެވެ. ކުއްލިއަކަށް އިހު އުޅުނު ގޮތާއި ކުރިން ދެއްކި ވާހަކަތައް ބަދަލުވި ގޮތުގެ ވާހަކައެވެ. ޖެހިސަކަރާތާއި ކުޅުނު ޑްރާމާތައް އަދި ވައިގާ ހިފި ފޮޓޯތަކާއި ވީޑިއޯ ތަކުން މިހާރު އެފެންނަނީ އެވެރިންނެއް ނޫނޭ ބުނާ ވާހަކައެވެ.

އެއީ މާދުރަށް ސޮއްސާލާފައިވާ ކަންކަމެއް ނޫނެވެ. ކުޑަކުދިންނަށް ނޭނގޭނީވެސް އަންޒަމާނު ކަރަޔަށް ވައިއެރިޔޭ ބުނި ޒަމާނުގެ ހަނދާންތަކެއްނަމަ ތާއެވެ. އެއަށްވުރެގާތް، އިއްޔެ މެންދުރު ހިނގާފައިވާ ކަންތައްތަކެކެވެ. އެއަށްވުރެ ބޮޑަށް ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން މިހާރު ފުހެވެން ނެތް ކަންތައްތަކެކެވެ. އަމުދުން އިހުގައި ލިޔުނު ފޮތެއްގެ ދެލިގަނޑު ފަނޑުވެގެން ކިޔަން ނޭނގޭހެން ގެއްލުނަސް މިއަދު އޭގެ ކޮންމެ އެއްޗެއް އެހުންނަނީ ބޭނުންވެއްޖެ ކޮންމެ ހިނދަކު ބަލައިލެވޭގޮތައް ދާއިމަށް ރައްކާ ކުރެވިފައެވެ.

ޕީއެންސީން މި ހަފުތާގައި މަޖިލީހުގައި ކުރި އެންމެ ބޮޑު މަސައްކަތަކީ އިދިކޮޅު މީހުން މުޒާހަރާ ކުރާތީ އެކަމާ ދެކޮޅަށް މަޖިލީހަށް ހުށަހެޅި ގަރާރުގެ މަސައްކަތެވެ. އެގަރާރަށް ސަރުކާރަށް ނިސްބަތްވާ މެންބަރުން ދެއްކި ރީތި މޮޅު ވާހަކައެވެ. ވާހަކައިގެ މައިގަނޑަކީ ނުވަތަ ޚުލާސާއަކީ އިދިކޮޅު މީހުން ކުރާ މުޒާހަރާތައް ހުއްޓުވަން ޖެހޭ ކަމެވެ. އެ މީހުންގެ އެމުޒާހަރާތަކުގައި ސާބިތު ނުހިފޭ ދޮގު ވާހަކަ ދައްކާތީއެވެ. އާއްމު މިންގަޑުތަކާއި ޚިލާފް ހަޑިހުތުރު ވާހަކަތައް ދައްކާތީއެވެ. ޤާނޫނާ ޚިލާފަށް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ކުރަމުން ގެންދާތީއެވެ. އެހެންކަމުން އެއީ ހިނދުން ހިނދަށް ހުއްޓުވަން ޖެހޭ ކަމެއްގެ ގޮތުގައި އެ މެންބަރުން ފާހަގަ ކުރެއްވިއެވެ.

މިވާހަކަތައް އަޑުއެހި ކޮންމެ މީހަކަށް އަދި ބެލި ކޮންމެ ބައެއްގެ ގާތަށް އަންނަނީ އަމަށަކު ހިންޏެއް ނޫނެވެ. މަޖާ ވަނީކީ ތިޔަހެނެއް ނޫނެވެ. އެވާހަކަ އެ ދައްކާ މީހުން ކަންކުރި ގޮތް ލޯ ކުރިމަތިން ސިފަވާތީއެވެ. ނިމިދިޔަ ސަރުކާރު ބަދަލު ކުރަން އެވެރިން ކުރި މުޒާހަރާތަކުގައި ޖެހި ސަކަރާތް ހިތަށް އެރީމައެވެ. ގޮވި ގޮވެލިފަތީގެ އަޑުގެ ހަނދާން އާވީމައެވެ. "މަޝްހޫރު ދެދޮރު ދޭ ތެރޭ"ގައެވެ. "ސިލްސިލާ ހަމީހުންގެ މުޒާހަރާ" އެވެ. "އިންޑިއާ އައުޓެވެ" . "ޗޯރު އިބުރޭ" އާއި "ކިނބުލެވެ". "ރާއްޖޭގައި ތިބި އެތައް ހާސް އިންޑިޔާ ސިފައިންނެވެ". "ބާނަބާނާ ތިއްބާ ވިއްކާލި ދިވެހި މަސްކަނޑެވެ". "ކޮތަޅު ސަރުކާރެވެ". ރައްޔިތުންނަށް ދެއްކޭވަރުނުވާ ކަރަންޓް ބިލެވެ". " ގައުމުގެ ސިޔާދަތާއި މިނިވަންކަން ގެއްލުވާލި އިންޑިޔާ އެއްބަސްވުން" ތަކެވެ. "ގާދޫކޮލުން ބޭރުވެދާނެ ދިވެހިންގެ ދީނެވެ". "ނޭވާ ހޮޅިން ކުރި ވައްކަމެވެ". "ރައްޔިތުން ގަޔަށް ޖެހި ކޮވިޑް ވެކްސިނެވެ". މިހެންގޮސް ކިޔާނެ ކަމެއް ނެތެވެ. މިއީ އެބުނާ ވަރުގެ "ކޯރެއްގެ ކޯވަރެކެވެ" ހުނި ޖަހާލާފައި ނެގި މަދު މިންވަރެކެވެ. ނަކަލު މިކޮށްލީ އެފޮތުގެ ކުޑަ މިންވަރެކެވެ.

މި ސުރުހީތަކުގައި އެވެރިން ކުރީ އާދައިގެ މުޒާހަރާއެއް ނޫނެވެ. ދެއްކީ އާދައިގެ ވާހަކަތަކެއްވެސް ނުމެ ނޫންމެއެވެ. ނުކުރާ މަލާމާތެއް ނެތެވެ. ނުނެރޭ މާއްޔެއް ނުކިޔާ ބަންޖެއް ނެތެވެ. ހަޑިވެގެން މައިން ދަރިން އެއްތާކު ތިބެ އަޑު އަހާލަން ނުކެރޭވަރުގެ ކުނި ހުތުރެވެ. ސީދާ އައުގުރާނައަށް ނުވިއަސް ބަލާން ނުކެރޭ ޒާތުގެ ހުތުރު އިޝާރާތްތަކެވެ. ހަމަ އެންމެ މިސާލަކުން އިތުރަށް ހަނދާން އާކޮށްދޭނަމެވެ. މިހާރުގެ ފިޝަރީޒް މިނިސްޓަރ ޝިޔާމް ވިދާޅުވި "ސޭމް ބެޑެވެ". ކުރީގެ ޑެޕިއުޓީ މޭޔަރ ނަރީޝްގެ " އަތުގެ އިޝާރާތެވެ"

އެކަމަކު ތަފާތުވީ މިހާރުއެވެ. ކުރާ މުޒާހަރާތަކާއި ދައްކާ ވާހަކަތައް ހަޖަމް ނުވެ ހުއްޓުވަން އުޅެނީ އެހެން ވެގެންނެވެ. ކުރިން އެވާހާކަ ދެއްކި މީހަކު މިހާރު ނެތީއެވެ. އެވެރިންގެ ބަހުންނަމަ "އެއީ ޕީޕީއެމް" އެވެ. މޮޔަ ނުވާށެވެ. އެއީ ޕީއެންސީ އެއް ނޫނެވެ. މިހާރު ވެރިކަމުގައި އޮތީ ޕީއެންސީއެވެ. އެވެރިން ބުނާގޮތުން ސިފަވަނީ ފެންނަ ފެނުމަށް އެއީ އެހެން ބައެއް ކަމެވެ. އޭރު އެކަން ކުރި މީހުންނާ ވައްތަރުގޮތެއް ހުއްޓަސް ސަރުކާރު ހިންގަން މިހާރު ތިބީ އެހެން ބައެކެވެ. ހާދަހާވާ ވައްތަރުމީހުންވެސް ގިނަތާއެވެ.

ކޮންމެއަކަސް ނިންމާލާނަމެވެ. ތިޔަބުނަނީ ޒައިންގެ ލަވައިގާ އެބުނާހެން "މަށެއް ނޫނޭއެވެ". އެކަމަކު ވިސްނާލާށެވެ. ސިޔާސީ މައިދާނަށް ނުކުންނާން ވާނީ ނިކަން ހިތްވަރު ހުރެގެންނެވެ. އަދި "ބެދޭމަޅި ނުފެނި" ތިބެ ހިތުހުރިހާ ކަމެއް ހިތުހުރިހާ ގޮތަކަށް ކުރާކަށްވެސް ހެޔޮ ނުވާނެއެވެ. "ބަހެއް ބުނާ ކޮންމެ މީހަކީ އެބަހެއްގެ އަޅެއްކަން" ހަނދާން ބަހައްޓާން ވާނެއެވެ. ކިޔާ ކޮންމެ ލަވައެއް، މަޝްހޫރުވިއަސް ނުވިއަސް އެވާނީ އޭނާގެ ލަވައަކަށެވެ". ޖެއްސޭ ވައްތަރުތަކާއި ކުރެވޭ އިޝާރާތްތައް ބަލާން ތިބޭ ލައްކަ މީހުން ތިބޭނެއެވެ. ފަހުން މަށެއް ނޫނޭ ނުބުނެވޭ ވަރަށް މިހާރު އެއެއްޗެހި ދަނީ ރެކޯޑް ކުރެވެމުން ރައްކާ ކުރެވެމުންނެވެ. ފަށްފަށްކޮށްފައި ފަހުން ބެލޭ ގޮތައް އާކައިވް ކުރެވެމުންނެވެ. ކިތައްމެ ވަރަކަށް ސަލާމަތްވާން މަށެއް ނޫނޭ ބުންޏަސް ބޯދަމައި ނުގަނެވޭ ބީދައަށެވެ. ވަރަށް ސަލާމެވެ.

ޒައިން އަހުމަދު ޝަހީދުޓީވީއެމްޕީއެންސީމިނިސްޓަރ ޝިޔާމްނަރީޝްޕީޕީއެމް

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިވަން މުއައްސަސާ ތަކަކީ ޕީއެންސީގެ ޖަގަހަ ތެރެއިން އޮޕަރޭޓް ކުރާ ތަންތަނަށް ހަދައިފި: މާޒް ސަލީމް

މިނިވަން މުއައްސަސާ ތަކަކީ ޕީއެންސީގެ ޖަގަހަ ތެރެއިން އޮޕަރޭޓް ކުރާ ތަންތަނަށް ހަދައިފި: މާޒް ސަލީމް

07 މެއި 2026
މަޖިލީހުގައި ރައީސް މުއިއްޒުގެ އަގު ވައްޓާލަނީ ޕީއެންސީ އިން: ޝަމްހީދު

މަޖިލީހުގައި ރައީސް މުއިއްޒުގެ އަގު ވައްޓާލަނީ ޕީއެންސީ އިން: ޝަމްހީދު

06 މެއި 2026
ސަރުކާރު މުއައްސަސާތަކުގައި ހޭވެރިކަމެއް ނެތް އިރު މިނިސްޓަރު އިހުސާންގެ މަސްއޫލިއްޔަތާމެދު ސުވާލު އުފެދޭ: ހުސެންބެ

ސަރުކާރު މުއައްސަސާތަކުގައި ހޭވެރިކަމެއް ނެތް އިރު މިނިސްޓަރު އިހުސާންގެ މަސްއޫލިއްޔަތާމެދު ސުވާލު އުފެދޭ: ހުސެންބެ

05 މެއި 2026
ސަރުކާރުން އެއްވެސް ކަމެއް ނުކުރޭ، ކުރި ހުރިހާ ކަމެއް ވެސް އޮތީ ހުއްޓިފައި: އިހަވަންދޫ މޫސާ މަނިކު

ސަރުކާރުން އެއްވެސް ކަމެއް ނުކުރޭ، ކުރި ހުރިހާ ކަމެއް ވެސް އޮތީ ހުއްޓިފައި: އިހަވަންދޫ މޫސާ މަނިކު

03 މެއި 2026
"ހޯރަފުށީގެ މަޝްރޫއުތައް ހުއްޓި ރަށް އޮތީ ވަޅުޖެހިފަ، ސިއްހީ މަރުކަޒު ވެސް ބޭނުންކުރީ ޕީއެންސީގެ ޖަގަހައެއްގެ ގޮތުގައި"

"ހޯރަފުށީގެ މަޝްރޫއުތައް ހުއްޓި ރަށް އޮތީ ވަޅުޖެހިފަ، ސިއްހީ މަރުކަޒު ވެސް ބޭނުންކުރީ ޕީއެންސީގެ ޖަގަހައެއްގެ ގޮތުގައި"

03 މެއި 2026

އަހަރުތަކުން މިއަދު

6 މެއި
"ޕްރިންސް އޮފް މަޑަގަސްކަރަ"!
20251 އަހަރު ކުރިން
ރިޕޯޓު

"ޕްރިންސް އޮފް މަޑަގަސްކަރަ"!

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!
20242 އަހަރު ކުރިން
ރިޕޯޓު

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް
20233 އަހަރު ކުރިން
މީހުން

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"
20224 އަހަރު ކުރިން
ރާއްޖެ

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް

ބިލެތުގެ ސިއްހީ ބައެއް ފައިދާ!
20197 އަހަރު ކުރިން
ސިއްހަތު

ބިލެތުގެ ސިއްހީ ބައެއް ފައިދާ!

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު