Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަހުމަދު މައިމޫން މުހައްމަދު

އެމްޑީޕީގެ މުޒާހަރާއެއްގައި ފުލުހެއްގެ ގައިގައި ޖެހި ކަމުގެ ތުހުމަތުގައި، މައިމޫން ފުލުހަށް ހާޒިރުވާން އަންގައިފި

އެމްޑީޕީގެ މުޒާހަރާއެއްގައި ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި ފުލުހެއްގެ ގައިގައި ޖެހި ކަމުގެ ތުހުމަތުގައި، އެ ޕާޓީގެ ޒުވާނުންގެ ގޮފީގެ ނައިބު ރައީސް މައިމޫން ފުލުހަށް ހާޒިރުވާން ވަނީ އަންގާފައި. މިދިޔަ އޭޕްރީލް މަހު ބޭއްވި މުޒާހަރާއެއްގެ ތެރެއިން ހައްޔަރުކޮށް ޝަރުތުތަކަކާއެކު ދޫކޮށްލާފައިވާ މައިމޫންގެ މައްޗަށް، އާންމު ދަތުރުފަތުރާއި ވިޔަފާރިތަކަށް ދަތިވާގޮތަށް އަމަލުކުރި ކަމުގެ ތުހުމަތު ވެސް ވަނީ ކޮށްފައި. ސަރުކާރާ ދެކޮޅަށް އަޑުއުފުލާ މި ޒުވާނާ މީގެ ކުރިން ވެސް އެކި މައްސަލަތަކުގައި ފުލުހަށް ހާޒިރުކޮށްފައިވޭ.

އަމްނާ އިމާދު
އަމްނާ އިމާދު | 6 މެއި 2026 | ބުދަ 09:00
އަހުމަދު މައިމޫން މުހައްމަދު ބުރާސްފަތި ދުވަހުގެ ހެނދުނު ފުލުހަށް ހާޒިރުވާން ވަނީ އަންގާފައި.

އަހުމަދު މައިމޫން މުހައްމަދު ބުރާސްފަތި ދުވަހުގެ ހެނދުނު ފުލުހަށް ހާޒިރުވާން ވަނީ އަންގާފައި. | ރާއްޖެއެމްވީ

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބޭއްވި މުޒާހަރާއެއްގައި އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުގެ ނައިބު ރައީސް އަހުމަދު މައިމޫން މުހައްމަދު، ފުލުހެއްގެ ގައިގައި ޖަހައި، ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި، ފުލުހުންގެ އިދާރާއަށް  ހާޒިރު ކުރުމަށް ޗިޓް ފޮނުވައިފި އެވެ.

ބުދަ ދުވަހު މައިމޫނަށް ފޮނުވި ޗިޓުގައި ބުނެފައި ވަނީ، ބުރާސްފަތި ދުވަހުގެ ހެނދުނު 9:30ށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ އަށް ހާޒިރުވާން ޖެހޭ ކަމަށެވެ.

ކުށުގެ ތުހުމަތުގައި ހާޒިރު ކުރެވޭއިރު، ދެ ގަޑިއިރު ހޭދަވާނެ ކަމަށް ޗިޓުގައި ބުނެފައިވެ އެވެ. 

އެމްޑީޕީގެ މުޒާހަރާއެއްގައި ފުލުހެއްގެ ގައިގައި ޖެހި ކަމުގެ ތުހުމަތުގައި، މައިމޫން ފުލުހަށް ހާޒިރުވާން އަންގައި ފޮނުވި ޗިޓް.
އެމްޑީޕީގެ މުޒާހަރާއެއްގައި ފުލުހެއްގެ ގައިގައި ޖެހި ކަމުގެ ތުހުމަތުގައި، މައިމޫން ފުލުހަށް ހާޒިރުވާން އަންގައި ފޮނުވި ޗިޓް.

އޭނާ ހާޒިރުކުރަނީ 18 އޭޕްރީލް 2026 ވަނަ ދުވަހުގެ ވަގުތެއްގައި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާއި ހިލާފަށް މާލޭގެ އެކި ސަރަހައްދުގެ މަގުތަކަށް އެއްވެ އަޑުގަދަކޮށް މުޒާހަރާކޮށް އާއްމު ދަތުރުފަތުރު ކުރުމަށާއި، އާއްމު ވިޔަފާރިތަކަށް ދަތިވާނެހެން ހަރަކާތްތެރިވެ، ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސްއަޅައި، ފުލުހުންގެ އަމުރަށް ނުކިޔަމަންވެރިވެ، ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި ފުލުހުންގެ ގައިގައި ޖަހާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގަ އެވެ. 

18 އޭޕްރީލް ގައި ކުރި މުޒާހަރާގައި މައިމޫނު ހައްޔަރު ވެސް ކޮށްފައިވެ އެވެ. ފުލުހުން މައިމޫނު ހައްޔަރު ކުރުމުގެ ތެރޭގައި އޭނާ ގެ ބޮލުން 4 އިންޗިއެއްހާތަން ފަޅައިގެން ގޮސްފައިވާ ކަމަށް އެމްޑީޕީގެ ގާނޫނީ ޓީމުން މައުލޫމާތު ދީފައިވެ އެވެ. އަދި އައިޖީއެމްއެޗްގައި އޭނާ އަށް ފަރުވާ ދީފައިވެ އެވެ. 

އެ ރޭ މައިމޫނު ހައްޔަރު ކުރުމަށް ފަހު، އޭނާ ދޫކޮށްލީ 19 އޭޕްރީލްވީ އާދިއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި 4 ޝަރުތަކާ އެކު އެވެ.

އޭގެ ތެރޭގައި ތަހުގީގަށް އެއްބާރުލުން ދިނުމާއި، މައްސަލައާ ގުޅުންހުރި ފަރާތްތަކާ މުއާމަލާތު ނުކުރުމާއި، ފޯނު ނަންބަރާއި އެޑްރެސް ބަދަލުވެއްޖެނަމަ އެންގުމާއި، މާލެ ސަރަޙައްދުން ދާނަމަ ފުލުހުންނަށް އެކަން އެންގުން ހިމެނެ އެވެ.

މައިމޫނަކީ މުޒާހަރާތަކުގައި ސަރުކާރާ ދެކޮޅަށް އަޑު އުފުލާ ޒުވާނަކަށްވާއިރު، މީގެ ކުރިން ވެސް މުޒާހަރާތަކުގައި އިސްވެ ހަރަކާތްތެރިވާތީ އޭނާ ފުލުހަށް ހާޒިރު ކޮށް ބަޔާން ނަގާފައިވެ އެވެ. 

އަހުމަދު މައިމޫން މުހައްމަދުއެމްޑީޕީމޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީމޯލްޑިވްސް ޕޮލިސް ސަރވިސް

އިތުރަށް ކިޔާލަން

06 މެއި 2026

"އައިޝާ ޑޮކިއުމެންޓްރީ" އާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށް އީޝާ މިއަދު ވެސް ފުލުހަށް ހާޒިރު ކުރަނީ

06 މެއި 2026
"އައިޝާ ޑޮކިއުމެންޓްރީ" އާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށް އީޝާ މިއަދު ވެސް ފުލުހަށް ހާޒިރު ކުރަނީ
06 މެއި 2026

ގައުމުގެ އިގްތިސާދު ވަނީ ހުއްޓިފައި، ގަވަރުނަރު އިސްތިއުފާ ދެއްވަން ޖެހޭ: ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު

06 މެއި 2026
ގައުމުގެ އިގްތިސާދު ވަނީ ހުއްޓިފައި، ގަވަރުނަރު އިސްތިއުފާ ދެއްވަން ޖެހޭ: ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު
06 މެއި 2026

ލިންކެއް މެދުވެރިކޮށް ބައިލައްކަ ރުފިޔާ މަކަރާއި ހީލަތުން ހޯދި މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި

06 މެއި 2026
ލިންކެއް މެދުވެރިކޮށް ބައިލައްކަ ރުފިޔާ މަކަރާއި ހީލަތުން ހޯދި މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި
06 މެއި 2026

ސިޔާސީ މަސްރަހަށް ''ސިޔާސީ އިރު'' ވަނީ އަރާފައި، އެއާއެކު މިހާރު މުޅި ގައުމުން ދަނީ ވާދަވެރިކަން ފެންނަމުން: ވައްޑެ

06 މެއި 2026
ސިޔާސީ މަސްރަހަށް ''ސިޔާސީ އިރު'' ވަނީ އަރާފައި، އެއާއެކު މިހާރު މުޅި ގައުމުން ދަނީ ވާދަވެރިކަން ފެންނަމުން: ވައްޑެ
06 މެއި 2026

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ހުޅުމާލޭގައި ވޯޓު ފޮއްޓެއް ބަހައްޓައިދިނުމަށް އެމްޑީޕީން އެދިއްޖެ

06 މެއި 2026
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ހުޅުމާލޭގައި ވޯޓު ފޮއްޓެއް ބަހައްޓައިދިނުމަށް އެމްޑީޕީން އެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު