Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެމްޑީޕީ

ރ. މަޑުއްވަރީގެ ޔޫތް ސެންޓަރުގެ މަސައްކަތް ނިމުނު ނަމަވެސް ސަރުކާރަށް މިވީ 2 އަހަރާއި ބައިގެ ތެރޭގައި އެތަނަށް ވަސީލަތްތައް ހޯދައި ނުދެވުނު

ރ. މަޑުއްވަރީގައި އިމާރާތްކުރި ޔޫތު ސެންޓަރުގެ މަސައްކަތް ނިމިފައިވީ ނަމަވެސް، އެތަނަށް ބޭނުންވާ ކުޅިވަރު ސާމާނު ނެތުމުގެ ސަބަބުން އެތަން ނުހުޅުވި އޮތުމަކީ ޒުވާނުންގެ ބޮޑު ކަންބޮޑުވުމެއް. ސާމާނު ނުލިބި އެތަން ހުޅުވަން ސަރުކާރުން މަސައްކަތް ކުރި ނަމަވެސް، ކައުންސިލުން ވަނީ އެކަމަށް އިންކާރުކޮށްފައި. އެހެންކަމުން ރަށުގެ ޒުވާނުން އެދެނީ ވީހާވެސް އަވަހަކަށް ބޭނުންވާ އާލާތްތައް ހަމަކޮށް އެ މަރުކަޒު ހުޅުވައިދިނުމަށް.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 7 މެއި 2026 | ބުރާސްފަތި 14:17
މ. މަޑުއްވަރީގައި ކުރީ ސަރުކާރުން ތަރައްގީ ކުރި ޔޫތް ސެންޓަރު.

މ. މަޑުއްވަރީގައި ކުރީ ސަރުކާރުން ތަރައްގީ ކުރި ޔޫތް ސެންޓަރު. | ރާއްޖެ އެމްވީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރ. މަޑުއްވަރީގައި ތަރައްގީ ކުރި ޔޫތް ސެންޓަރުގެ މަސައްކަތް ނިމުނު ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށްވީ 2 އަހަރާއި ބައިގެ ތެރޭގައި އެތަނަށް ވަސީލަތްތައް ހޯދައި ނުދެވުނު ކަމަށް މަޑުއްވަރީ ކައުންސިލްގެ އިންތިހާބީ މެންބަރު މުހައްމަދު ނިޝާމް ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީ އަށް މައުލޫމާތު ދެއްވަމުން މަޑުއްވަރީ ކައުންސިލްގެ އިންތިހާބީ މެންބަރު މުޙައްމަދު ނިޝާމް ވިދާޅުވީ އެމްޑީޕީ ސަރުކާރުގައި ވަރަށް ގިނަ މަސައްކަތްކޮށްގެން ހޯދި ޔޫތް ސެންޓަރެއް ކަމަށެވެ. އަދި އެމްޑީޕީގެ ސަރުކާރު ނިމި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު އައި އިރު ސެންޓަރުގެ 95 އިންސައްތަ މަސައްކަތް އޮތީ ނިމިފައި ކަމަށާއި، ބާކީ 5 އިންސައްތައިގެ މަސައްކަތް ނިމުނު ނަމަވެސް، މި ސަރުކާރަށް ދެ އަހަރާއި ބައި ވި އިރު އިރުސް ތަން ނުހުޅުވާ ކަމަށެވެ. ނިޝާން ވިދާޅުވީ އެތަން ހުޅުވިގެން ދިއުމަކީ ރަށުގެ ޒުވާނުން ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށެވެ. 

Advertisement - newsAdvertisement

ނަމަވެސް އެތަނަށް ބޭނުންވާ އިންޑޯ އާލާތްތައް ނެތުމުގެ ސަބަބުންނާއި އަދި ހޯދޭނެ ގޮތެއް ވެސް ނެތުމުން، ޔޫތް ސެންޓަރާއި (ކުޅިވަރާއި ބެހޭ މިނިސްޓްރީ) އާއި ވާހަކަ ދައްކައިގެން ވެސް އެކަން ނުވި ކަމަށެވެ. 

މިއީ ޒުވާނުންގެ ހުރި ބޮޑު ކަންބޮޑުވުމެއް. މިނިސްޓްރީ އިން ސާމާނު ގެންނަ ވާހަކައެއް ދެއްކި. އިންތިހާބާއި ދިމާކޮށް ވެސް ގެންނަ ވާހަކަ ދެއްކި. ނަމަވެސް އެކަމެއް ނުވޭ. ދެ އަހަރާއި ބައިވެގެން ދިޔަ އިރު އެއީ ވަރަށް ގިނަ ދުވަސް ދެއްތޯ، ސާމާނުކޮޅެއް ވައްދާލާ އެތަން ހުޅުވޭވަރު ކުރަން. 
 މަޑުއްވަރީ ކައުންސިލްގެ އިންތިހާބީ މެންބަރު މުޙައްމަދު ނިޝާމް 

މި ޔޫތް ސެންޓަރަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރ. މަޑުއްވަރީގައި އިމާރާތްކޮށްދެއްވި ޔޫތް ސެންޓަރެކެވެ. ވެރިކަން ބަދަލުވި އިރު 95 އިންސައްތަ ނިމިފައި ބާކީ އޮތީ ކުލަލުމުގެ މަސައްކަތް އެކަންޏެވެ. ވެރިކަން ބަދަލުވެ މިހާތަނަށް އެތަނަށް ސާމާނު ނުލިބިގެން އެތަން ނުހުޅުވި އޮތް ނަމަވެސް، އެތަނަށް ސާމާނު ނުގެނެސް ހުޅުވަން ސަރުކާރުން މަސައްކަތް ކުރި އެވެ. 

ނަމަވެސް ކައުންސިލުން ވަނީ އެކަމަށް އެއްބާރުލުން ނުދޭން ނިންމައި، ސާމާނު ނެތީސް އެކަން ކުރަން ބޭނުން ނުވާ ކަމަށް އަންގާފަ އެވެ. 

މަޑުއްވަރީގެ ޒުވާނުންގެ އެދުމަކީ އެތަނަށް ބޭނުންވާ ސާމާނު ގެނެސް އެތަން ވީހާ ވެސް އަވަހަކަށް ހުޅުވުމެވެ. 

ނިޝާންއެމްޑީޕީޑރ. މުޙައްމަދު މުޢިއްޒުއިބްރާހީމް މުޙައްމަދު ސޯލިޙުރ.މަޑުއްވަރީކުޅިވަރު ވުޒާރާ

ކޮމެންޓް

އިތުރަށް ކިޔާލަން

"ސަރުކާރުން ފުލުހުންގެ މުއައްސަސާ ބޭނުންކުރަނީ އެމްޑީޕީގެ ސިޔާސީ ޙަރަކާތްތަކުގައި އުޅޭ ޒުވާނުންނާއި ލީޑަރުން ފަހަތަށް ޖައްސަން

"ސަރުކާރުން ފުލުހުންގެ މުއައްސަސާ ބޭނުންކުރަނީ އެމްޑީޕީގެ ސިޔާސީ ޙަރަކާތްތަކުގައި އުޅޭ ޒުވާނުންނާއި ލީޑަރުން ފަހަތަށް ޖައްސަން

07 މެއި 2026
އާ ޖީލަކަށް އެމް.ޑީ.ޕީގެ ރިޔާސަތު ފޯރުވަން ޖެހޭ: ނިޔާޒު

އާ ޖީލަކަށް އެމް.ޑީ.ޕީގެ ރިޔާސަތު ފޯރުވަން ޖެހޭ: ނިޔާޒު

06 މެއި 2026
އެމްޑީޕީގެ މުޒާހަރާއެއްގައި ފުލުހެއްގެ ގައިގައި ޖެހި ކަމުގެ ތުހުމަތުގައި، މައިމޫން ފުލުހަށް ހާޒިރުވާން އަންގައިފި

އެމްޑީޕީގެ މުޒާހަރާއެއްގައި ފުލުހެއްގެ ގައިގައި ޖެހި ކަމުގެ ތުހުމަތުގައި، މައިމޫން ފުލުހަށް ހާޒިރުވާން އަންގައިފި

06 މެއި 2026
ގައުމުގެ އިގްތިސާދު ވަނީ ހުއްޓިފައި، ގަވަރުނަރު އިސްތިއުފާ ދެއްވަން ޖެހޭ: ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު

ގައުމުގެ އިގްތިސާދު ވަނީ ހުއްޓިފައި، ގަވަރުނަރު އިސްތިއުފާ ދެއްވަން ޖެހޭ: ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު

06 މެއި 2026
ސިޔާސީ މަސްރަހަށް ''ސިޔާސީ އިރު'' ވަނީ އަރާފައި، އެއާއެކު މިހާރު މުޅި ގައުމުން ދަނީ ވާދަވެރިކަން ފެންނަމުން: ވައްޑެ

ސިޔާސީ މަސްރަހަށް ''ސިޔާސީ އިރު'' ވަނީ އަރާފައި، އެއާއެކު މިހާރު މުޅި ގައުމުން ދަނީ ވާދަވެރިކަން ފެންނަމުން: ވައްޑެ

06 މެއި 2026

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު