Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ ޗެއަރޕާސަން އިންތިހާބު

އާ ޖީލަކަށް އެމް.ޑީ.ޕީގެ ރިޔާސަތު ފޯރުވަން ޖެހޭ: ނިޔާޒު

6 މެއި 2026 | ބުދަ 13:42

އެމް.ޑީ.ޕީގެ ރިޔާސަތު އާ ޖީލަކަށް ފޯރުކޮށްދޭންޖެހޭ ކަމަށް ވިދާޅުވެ، ކުރީގެ މެންބަރު އަލީ ނިޔާޒު ވަނީ އެ ޕާޓީގެ އެތެރޭގެ އިންތިޚާބުގައި މީކާއިލް ނަސީމަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައި. މީކާއިލަކީ ސިޔާސީ ގޮތުން ތަޖުރިބާކާރު އަދި ރައްޔިތުންގެ އިތުބާރު ހޯއްދަވާފައިވާ ބޭފުޅެއްކަން ފާހަގަކުރައްވަމުން، ޕާޓީގެ މުސްތަޤުބަލަށްޓަކައި ޒުވާން ލީޑަރަކު ގެނައުމުގެ މުހިންމުކަން ނިޔާޒު ފާހަގަކުރެއްވި. އަދި ޕާޓީގެ ކާމިޔާބީތަކުގައި ބައިވެރިނުވާ ފަރާތްތަކުން ޕާޓީއަށް ގެންނަން އުޅޭ ބަދަލުތަކަށްވުރެ، ގިނަ ބަޔަކު ގޮވައިގެން މަސައްކަތްކުރެވޭނެ ޤާބިލުކަން މީކާއިލްގެ ކިބައިގައި ހުރިކަމަށް އޭނާ ވިދާޅުވި.

މަޚްތޫމް
މަޚްތޫމް | 6 މެއި 2026 | ބުދަ 13:42
ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު.

ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު. | ރާއްޖެ އެމްވީ

އާ ޖީލަކަށް އެމް.ޑީ.ޕީގެ ރިޔާސަތު ފޯރުވަންޖެހޭ ކަމަށް ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު ވިދާޅުވެއްޖެ އެވެ. 

އެމް.ޑީ.ޕީގެ ޗެއަރޕާސަންގެ އިންތިޚާބާ ގުޅިގެން މީކާއިލް ނަސީމްގެ ކެމްޕޭން ޓީމުން ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަދައްކަވަމުން ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު ވިދާޅުވީ، ޕާޓީގެ ކުރިމަގަށްޓަކައި އާ ޖީލަކަށް ޕާޓީގެ ރިޔާސަތު ފޯރުކޮށްދޭންޖެހޭ ވަގުތު ޖެހިފައިވާ ކަމަށެވެ. އަދި މި ބަދަލަކީ މީގެ ވިހި އަހަރު ކުރިން ޗެއަރޕާސަންގެ މަޤާމުގައި ތިއްބެވި ބޭފުޅުން އަލުން އެ މަޤާމަށް ގެނައުން ނޫން ކަމަށާއި، ހަގީގީ ބަދަލަކީ މީކާއިލް ނަސީމް ފަދަ ޒުވާން ބޭފުޅުން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މީކާއިލް ނަސީމަށް ތާއީދުކުރައްވާ ސަބަބުތައް ހާމަކުރައްވަމުން ނިޔާޒު ވިދާޅުވީ، މީކާއިލަކީ އުމުރުގެ ގޮތުން ހަގު ބޭފުޅެއް ނަމަވެސް ސިޔާސީ ގޮތުން ވަރަށް ތަޖުރިބާކާރު ދޮށީ ބޭފުޅެއް ކަމަށެވެ. އެމް.ޑީ.ޕީއަށް 20 އަހަރު ފުރެންދާއިރު، އޭގެ ތެރެއިން 16 އަހަރު މީކާއިލް ހޭދަކުރެއްވީ ސިޔާސީ މަސައްކަތުގައި ކަމަށް ނިޔާޒު ވިދާޅުވި އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ތަޖުރިބާއަށް ބަލާއިރު ވެސް، މީކާއިލަކީ އޭނާއަށް ވުރެ ވެސް ތަޖުރިބާކާރު ބޭފުޅެއްގެ ގޮތުގައި ނިޔާޒު ސިފަކުރެއްވި އެވެ.

 އަޅުގަނޑު ދެކޭގޮތުގައި މި ޕާޓީއަށް މި ވަގުތަށް އަދި ރާއްޖޭގެ މުސްތަޤުބަލަށް ވެސް އެންމެ ރަނގަޅު ގޮތަކީ، ގިނަ ބަޔަކު، ގޮވައިގެން ގިނަ ބަޔަކާއެކު މަސައްކަތްކުރާނެ ފަދަ މީހަކު އެމް.ޑީ.ޕީގެ ޗެއަރޕަސަންޓް ކަމަށް ގެނައުން. އަޅުގަނޑުމެންނަށް އަދި ދެހާސް އަށާވީސް ގެ ވާހަކައެއް ނުދައްކަމޭ. އަޅުގަނޑުމެން މި އުޅެނީ އަދި ޕާޓީ ތެރޭގައި ހަމައެކަނި އަޅަމުން. އަދި ބައެއް ބޭފުޅުން އެބަ ވިދާޅުވޭ، ޕާޓީ މި އޮތީ ވަރަށް ނާޒުކު ހާލަތެއްގައޭ. ކޮބައިތޯ އެ ވިދާޅުވާ ނާޒުކު ހާލަތެއްގައޭ. ޚާއްޞަ ހާލަތެއް ތެދެއް. ޚާއްޞަ ހާލަތެއް ޕާޓީގައި މި އޮތީ. އެ ޚާއްޞަ ހާލަތަކީ ވަރަށް ބޮޑު އިންތިޚާބެއް ކާމިޔާބުކޮށްގެން އަޅުގަނޑުމެން އައިސް މި ތިބީ. އިންތިޚާބުތަކުން ބަލިވަމުންބަލިވަމުންގޮސް އެއްވެސް ބަޔަކު ހީނުކުރާ ގޮތަށް، ރާއްޖޭގެ ހުރިހާ ސިޓީތަކުގެ މެޖޯރިޓީއާއި، ރާއްޖޭގެ ހުރިހާ ގިނަ ރަށްތަކުގެ މެޖޯރިޓީ ނަގައިގެން ތިބެ، އަޅުގަނޑުމެން މި ތިބީ ވަރަށް ޚާއްޞަ ހާލަތެއްގައި.
ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު

މަޖިލިސް މެންބަރެއްގެ ގޮތުގައި ދެވަނަ ދައުރެއް ކާމިޔާބުކުރުމަކީ ރައްޔިތުންގެ ބޮޑު އިތުބާރެއް އޮވެގެން ނޫނީ ކުރެވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވައި، ނިޔާޒު ވިދާޅުވީ މީކާއިލަކީ އެ އިތުބާރު ހޯއްދަވާފައިވާ ބޭފުޅެއް ކަމަށެވެ. އެހެންކަމުން ޕާޓީގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލާން ތިބި ހުރިހާ ބޭފުޅުންނާއެކު މަސައްކަތްކޮށް، ރައްޔިތުންނަށް މެނިފެސްޓޯއެއް ހުށަހަޅައިގެން ކުރިއަށްދާނެ ބަދަލަކީ މީކާއިލް ކަމަށް އޭނާ ވިދާޅުވި އެވެ.

ނިޔާޒު އިތުރަށް ވިދާޅުވީ، މިއީ ޕާޓީގެ ތެރޭގައި ބައިބައިވުން އުފައްދަންވީ ވަގުތެއް ނޫން ކަމަށެވެ. އަދި ޕާޓީން ހޯދި ބޮޑެތި ކާމިޔާބީތަކުގައި އެއްވެސް މިންވަރަކަށް ބައިވެރިނުވާ ބަޔަކު އައިސް ޕާޓީއަށް ގެންނަން އުޅޭ ބަދަލުތަކަށް ތާއީދު ނުކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޕާޓީގެ މުސްތަޤުބަލަށް އެންމެ ރަނގަޅު ގޮތަކީ ގިނަ ބަޔަކު ގޮވައިގެން މަސައްކަތް ކުރެވޭނެ ފަދަ ބޭފުޅަކު ޗެއަރޕާސަންގެ މަޤާމަށް ގެނައުން ކަމަށް ވިދާޅުވެ، ނިޔާޒު ވަނީ މީކާއިލް ނަސީމަށް އިންތިޚާބު ކާމިޔާބުކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

އެމްޑީޕީއަލީ ނިޔާޒްމީކާއިލް ނަސީމްއެމްޑީޕީ ޗެއަރޕާސަން އިންތިހާބު 2026

އިތުރަށް ކިޔާލަން

06 މެއި 2026

އެމްޑީޕީގެ މުޒާހަރާއެއްގައި ފުލުހެއްގެ ގައިގައި ޖެހި ކަމުގެ ތުހުމަތުގައި، މައިމޫން ފުލުހަށް ހާޒިރުވާން އަންގައިފި

06 މެއި 2026
އެމްޑީޕީގެ މުޒާހަރާއެއްގައި ފުލުހެއްގެ ގައިގައި ޖެހި ކަމުގެ ތުހުމަތުގައި، މައިމޫން ފުލުހަށް ހާޒިރުވާން އަންގައިފި
06 މެއި 2026

ގައުމުގެ އިގްތިސާދު ވަނީ ހުއްޓިފައި، ގަވަރުނަރު އިސްތިއުފާ ދެއްވަން ޖެހޭ: ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު

06 މެއި 2026
ގައުމުގެ އިގްތިސާދު ވަނީ ހުއްޓިފައި، ގަވަރުނަރު އިސްތިއުފާ ދެއްވަން ޖެހޭ: ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު
06 މެއި 2026

ސިޔާސީ މަސްރަހަށް ''ސިޔާސީ އިރު'' ވަނީ އަރާފައި، އެއާއެކު މިހާރު މުޅި ގައުމުން ދަނީ ވާދަވެރިކަން ފެންނަމުން: ވައްޑެ

06 މެއި 2026
ސިޔާސީ މަސްރަހަށް ''ސިޔާސީ އިރު'' ވަނީ އަރާފައި، އެއާއެކު މިހާރު މުޅި ގައުމުން ދަނީ ވާދަވެރިކަން ފެންނަމުން: ވައްޑެ
06 މެއި 2026

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ހުޅުމާލޭގައި ވޯޓު ފޮއްޓެއް ބަހައްޓައިދިނުމަށް އެމްޑީޕީން އެދިއްޖެ

06 މެއި 2026
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ހުޅުމާލޭގައި ވޯޓު ފޮއްޓެއް ބަހައްޓައިދިނުމަށް އެމްޑީޕީން އެދިއްޖެ
06 މެއި 2026

ރަސްމާދޫ ފެން ޕްލާންޓްގެ 70 އިންސައްތަ ނިމިފައިވަނިކޮށް، މި ސަރުކާރުން ވަނީ މަސައްކަތް ހުއްޓާލާ ވީރާނާވާން ދޫކޮށްލާފަ

06 މެއި 2026
 ރަސްމާދޫ ފެން ޕްލާންޓްގެ 70 އިންސައްތަ ނިމިފައިވަނިކޮށް، މި ސަރުކާރުން ވަނީ މަސައްކަތް ހުއްޓާލާ ވީރާނާވާން ދޫކޮށްލާފަ
05 މެއި 2026

ހަނގުރާމައާއި ގުޅިގެން ރައީސް މުއިއްޒުގެ ސަރުކާރުން އުޅެނީ ކަންކަމުގައި މަތިޖަހަން: ނަޝީދު

05 މެއި 2026
ހަނގުރާމައާއި ގުޅިގެން ރައީސް މުއިއްޒުގެ ސަރުކާރުން އުޅެނީ ކަންކަމުގައި މަތިޖަހަން: ނަޝީދު
05 މެއި 2026

އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބު ކާމިޔާބުކުރަން ބޭނުންވަނީ ކެނޑިނޭޅި މަސައްކަތްކުރި އާއްމު މެންބަރުންގެ ވޯޓަކުން: މީކާއިލް

05 މެއި 2026
އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބު ކާމިޔާބުކުރަން ބޭނުންވަނީ ކެނޑިނޭޅި މަސައްކަތްކުރި އާއްމު މެންބަރުންގެ ވޯޓަކުން: މީކާއިލް
05 މެއި 2026

ލަންކާގައި ދިރިއުޅޭ ދިވެހިންގެ ސިޔާސީ ފިކުރު ބަލައި، އެމީހުންނަށް ފާރަލައި ބިރުދައްކާތީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި

05 މެއި 2026
ލަންކާގައި ދިރިއުޅޭ ދިވެހިންގެ ސިޔާސީ ފިކުރު ބަލައި، އެމީހުންނަށް ފާރަލައި ބިރުދައްކާތީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި
04 މެއި 2026

ޕާޓީގެ ތެރެއިން ނިންމެން ހުންނަ ކަންކަން، ކޯޓު މެދުވެރިކޮށް ނިންމަން އުޅުމަކީ ހިތާމަ ކުރާ ކަމެއް: މީކާއީލް

04 މެއި 2026
ޕާޓީގެ ތެރެއިން ނިންމެން ހުންނަ ކަންކަން، ކޯޓު މެދުވެރިކޮށް ނިންމަން އުޅުމަކީ ހިތާމަ ކުރާ ކަމެއް: މީކާއީލް
04 މެއި 2026

އެމްޑިޕީ ޗެއާޕާސަން އިންތިހާބާ ގުޅޭގޮތުން ސިވިލް ކޯޓަށް މައްސަލައެއް!

04 މެއި 2026
އެމްޑިޕީ ޗެއާޕާސަން އިންތިހާބާ ގުޅޭގޮތުން ސިވިލް ކޯޓަށް މައްސަލައެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް