Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމައިމޫނު ފުލުހަށް ހާޒިރުކުރުން

"ސަރުކާރުން ފުލުހުންގެ މުއައްސަސާ ބޭނުންކުރަނީ އެމްޑީޕީގެ ސިޔާސީ ޙަރަކާތްތަކުގައި އުޅޭ ޒުވާނުންނާއި ލީޑަރުން ފަހަތަށް ޖައްސަން

އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުގެ ނާއިބު ރައީސް އަހުމަދު މައިމޫން މުހައްމަދުގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ސިޔާސީ ތުހުމަތުތަކެއް ކަމަށް އޭނާގެ ވަކީލު ވިދާޅުވެއްޖެ. ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ފަހު މައިމޫން ބުނީ މިއީ ސިޔާސީ ހަރަކާތްތަކަށް ހުރަސްއަޅައި ޒުވާނުން ފަހަތަށް ޖައްސާލުމަށް ހިންގާ އަމަލެއް ކަމަށް. މި މައްސަލައިގައި ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމަށް ބުނާ ތުހުމަތުތަކަށް އޭނާ ވަނީ ފުރިހަމައަށް އިންކާރުކޮށްފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 7 މެއި 2026 | ބުރާސްފަތި 06:55
މައިމޫނު ފުލުހަށް ހާޒިރުކުރުން

މައިމޫނު ފުލުހަށް ހާޒިރުކުރުން | ރާއްޖެ އެމްވީ

 އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބޭއްވި މުޒާހަރާއެއްގައި އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުގެ ނައިބު ރައީސް އަހުމަދު މައިމޫން މުހައްމަދު، ފުލުހެއްގެ ގައިގައި ޖަހައި، ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ފުލުހަށް ހާޒިރުކޮށްފިއެވެ.

ފުލުހުންގެ އިދާރާއަށް އޭނާ ދިޔައީ ވަކީލަކާއެކުއެވެ. އަދި ބައްދަލުވުން ނިންމާލުމަށް ފަހު ރާއްޖެޓީވީއާ ވާހަކަ ދައްކަވަމުން އޭނާގެ ވަކީލު ވިދާޅުވީ، އޭނާގެ މުވައްކިލުގެ މައްޗަށް ކުރެވޭ ތުހުމަތުގެ ތެރޭގައި ފުލުހެއްގެ ގައިގައި ޖެހުންވެސް ހިމެނޭއިރު، އެކަމާ ގުޅޭ އެއްވެސް ތަފްސީލެއް ފުލުހުންނަށް ނުދެވުނު ކަމަށެވެ.

ވަކީލު ވިދާޅުވީ، މައިމޫނުގެ މައްޗަށް ކޮށްފައިވަނީ އެއްވެސް އަސާސެއް ނެތް ތުހުމަތެއް ކަމަށެވެ. އަދި ތަހުގީގަށް އިތުރަށް މައުލޫމާތެއް ބޭނުންވާނަމަ ގުޅާނެކަމަށް ފުލުހުން ވަނީ މި ބައްދަލުވުމުގައި ބުނެފައެވެ.

މައިމޫނަށް މި ކުރި ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ތުހުމަތެއްގެ ގޮތުގައި އަޅުގަނޑުމެން ފާހަގަ ކުރަމުން މި ދަނީ، ވީމާ އެމްޑީޕީގެ ލޯޔަރުންގެ ޓީމުން އެދެނީ މިފަދަ ކަންކަން ފުލުހުންގެ ފަރާތުން ތަކުރާރު ނުކުރުމަށް.
މައިމޫނުގެ ވަކީލު

ނޫސްވެރިންނާ ވާހަކަ ދައްކަމުން މައިމޫން ބުނީ، އަބަދުވެސް އެމްޑީޕީ އިދިކޮޅުގައި އޮންނައިރު ފުލުހުންގެ މުއައްސަސާގެ ބޭނުންކޮށްގެން އެމްޑީޕީގެ ސިޔާސީ ޙަރަކާތްތަކުގައި އުޅޭ ޒުވާނުންނާއި ލީޑަރުންނަށް ހުރަސްތައް ކުރިމަތި ކުރުވުމަށް މަސައްކަތް ކުރާ މަންޒަރު ފެންނަމުންދާކަމަށެވެ.

މައިމޫން ވިދާޅުވީ، އެމްޑީޕީން އަބަދުވެސް އިސްކަންދެނީ ސުލްޙަވެރި ސިޔާސީ ޙަރަކާތްތައް ހިންގުމަށް ކަމަށެވެ. އަދި އެމްޑީޕީން މަގުތަކަށް ނުކުމެ ކަންބޮޑުވުން ފާޅު ކުރަމުންދަނީވެސް ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅުވާތީކަން އޭނާ ފާހަގަކުރިއެވެ. މި މައްސަލައިގައި އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތަކީ ސިޔާސީ ގޮތުން ފަހަތަށް ޖައްސާލުމަށް ކޮށްފައިވާ ތުހުމަތެއްކަން ފާހަގަކޮށް އޭނާ ވަނީ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.

ކޮންމެ ފަހަރަކުވެސް އަޅުގަނޑުމެން އިދިކޮޅުގައި ތިބޭއިރު އެކިއެކި ސިޔާސީ ތުހުމަތުގައި ފުލުހުންގެ މުއައްސަސާ ބޭނުންކޮށްގެން ސިޔާސީ ޕާޓީތަކުގައި ޙަރަކާތްތެރިވާ ޒުވާނުންނާއި ލީޑަރުން ފަހަތަށް ޖައްސާ މަންޒަރު އަޅުގަނޑުމެންނަށް ފެނިގެންދޭ.
އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުގެ ނައިބު ރައީސް އަހުމަދު މައިމޫން މުހައްމަދު

އޭނާ ހާޒިރުކޮށްފައިވަނީ 18 އޭޕްރީލް 2026 ވަނަ ދުވަހުގެ ވަގުތެއްގައި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާއި ހިލާފަށް މާލޭގެ އެކި ސަރަހައްދުގެ މަގުތަކަށް އެއްވެ އަޑުގަދަކޮށް މުޒާހަރާކޮށް އާއްމު ދަތުރުފަތުރު ކުރުމަށާއި، އާއްމު ވިޔަފާރިތަކަށް ދަތިވާނެހެން ހަރަކާތްތެރިވެ، ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސްއަޅައި، ފުލުހުންގެ އަމުރަށް ނުކިޔަމަންވެރިވެ، ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި ފުލުހުންގެ ގައިގައި ޖަހާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގަ އެވެ. 

 

އަހުމަދު މައިމޫން މުހައްމަދުފުލުހުންމުޒާހަރާ-ފުލުހުންއެމްޑީޕީ

އިތުރަށް ކިޔާލަން

06 މެއި 2026

އާ ޖީލަކަށް އެމް.ޑީ.ޕީގެ ރިޔާސަތު ފޯރުވަން ޖެހޭ: ނިޔާޒު

06 މެއި 2026
އާ ޖީލަކަށް އެމް.ޑީ.ޕީގެ ރިޔާސަތު ފޯރުވަން ޖެހޭ: ނިޔާޒު
06 މެއި 2026

އެމްޑީޕީގެ މުޒާހަރާއެއްގައި ފުލުހެއްގެ ގައިގައި ޖެހި ކަމުގެ ތުހުމަތުގައި، މައިމޫން ފުލުހަށް ހާޒިރުވާން އަންގައިފި

06 މެއި 2026
އެމްޑީޕީގެ މުޒާހަރާއެއްގައި ފުލުހެއްގެ ގައިގައި ޖެހި ކަމުގެ ތުހުމަތުގައި، މައިމޫން ފުލުހަށް ހާޒިރުވާން އަންގައިފި
06 މެއި 2026

ގައުމުގެ އިގްތިސާދު ވަނީ ހުއްޓިފައި، ގަވަރުނަރު އިސްތިއުފާ ދެއްވަން ޖެހޭ: ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު

06 މެއި 2026
ގައުމުގެ އިގްތިސާދު ވަނީ ހުއްޓިފައި، ގަވަރުނަރު އިސްތިއުފާ ދެއްވަން ޖެހޭ: ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު
06 މެއި 2026

ސިޔާސީ މަސްރަހަށް ''ސިޔާސީ އިރު'' ވަނީ އަރާފައި، އެއާއެކު މިހާރު މުޅި ގައުމުން ދަނީ ވާދަވެރިކަން ފެންނަމުން: ވައްޑެ

06 މެއި 2026
ސިޔާސީ މަސްރަހަށް ''ސިޔާސީ އިރު'' ވަނީ އަރާފައި، އެއާއެކު މިހާރު މުޅި ގައުމުން ދަނީ ވާދަވެރިކަން ފެންނަމުން: ވައްޑެ
06 މެއި 2026

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ހުޅުމާލޭގައި ވޯޓު ފޮއްޓެއް ބަހައްޓައިދިނުމަށް އެމްޑީޕީން އެދިއްޖެ

06 މެއި 2026
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ހުޅުމާލޭގައި ވޯޓު ފޮއްޓެއް ބަހައްޓައިދިނުމަށް އެމްޑީޕީން އެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު