Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އިލެކްޝަންސް ކޮމިޝަން

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ހުޅުމާލޭގައި ވޯޓު ފޮށި ނުބަހައްޓަން ނިންމައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނާ ގުޅިގެން ހުޅުމާލޭގައި ވޯޓު ފޮއްޓެއް ބަހައްޓައިދިނުމަށް އެމްޑީޕީން އެދުނު ނަމަވެސް، ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން އެކަން ކުރެވެން ނެތް ކަމަށް އީސީން ވަނީ ނިންމާފައި. އެ ކޮމިޝަނުން ހާމަކުރި ގޮތުގައި މާލެ ސަރަހައްދުގެ އަވަށްތަކަށް ވޯޓުލާން ރަޖިސްޓްރީވެފައިވާ ފަރާތްތަކުން އަލުން ރީ-ރެޖިސްޓްރީވާން ނުޖެހޭނެ. މި އިންތިޚާބުގައި ޖުމްލަ 7 ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ އައްޑޫ ސިޓީގައި ބަހައްޓާ 5 ފޮއްޓާއި މާލޭގައި ބަހައްޓާ 2 ފޮށި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 7 މެއި 2026 | ބުރާސްފަތި 10:09
04 އޭޕްރީލް 2026 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓު ގުނުމުގެ ތެރެއިން.

04 އޭޕްރީލް 2026 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓު ގުނުމުގެ ތެރެއިން. | އިލެކްޝަންސް ކޮމިޝަން

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ހުޅުމާލޭގައި ދިރިއުޅޭ އެ ދާއިރާގެ ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމަށް އެ ތަނުގައި ވޯޓު ފޮއްޓެއް ބަހައްޓައިދިނުމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އެދުނު ނަމަވެސް ވޯޓު ފޮއްޓެއް ނުބެހެއްޓުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

5 މެއި 2026 ގައި އިލެކްޝަން ކޮމިޝަން ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އަބްދުއްރަހްމާން ސަލާހު ރަޝީދަށް  އެމްޑީޕީން ފޮނުވި ސިޓީގައި ބުނެފައިވަނީ 6 ޖޫން 2026 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން 2026 ގައި ވޯޓު ފޮށި ބަހައްޓާ ތަންތަން ހަވާލާދީ އިއުލާން ކޮށްފައިވާއިރު، ހުޅުމާލެ-ފޭސް 1 އަދި 2 ގައި އެއްވެސް ފޮއްޓެއް ބެހެއްޓުމަށް އިއުލާންގައި ނެތް ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް 4 އޭޕްރީލް 2026 ގައި ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގައި ހިތަދޫ އުތުރު ދާއިރާއަށް ނިސްބަތްވާ 300 އެއްހާ މީހުން ހުޅުމާލެއަށް ވޯޓުލުމަށް ރީ-ރަޖިސްޓްރީ ކޮށްފައިވާ ކަމަށާއި، މި 300 މީހުން އަލުން ރީ ރަޖިސްޓްރީ ކުރުން ވާނީ ވަރަށް ބޮޑު ތަކުލީފަކަށް ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ.

އެހެންކަމުން އެ ޕާޓީގެ ކެންޑިޑޭޓުގެ އިންތިޚާބީ ހައްގަށް އުނިކަން ނާންނަ ގޮތަށް ބައި އިލެކްޝަންގައި ހުޅުމާލޭގައި ވޯޓު ފޮއްޓެއް ބަހައްޓާ ދިނުމަށް އެމްޑީޕީން ވަނީ އެދިފަ އެވެ.

ނަމަވެސް އީސީން ބުނީ، ބައި-އިލެކްޝަނާ ގުޅިގެން ކޮމިޝަނުން ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުން، މާލޭގެ މައި ސެންޓަރުގެ ގޮތުގައި ކަނޑައަޅާ މަރުކަޒާއި، އެ ރަށެއް ނުވަތަ އެ ސިޓީއެއްގައި ކަނޑައަޅާ މަރުކަޒުގެ އިތުރުން އެހެން އެއްވެސް ތަނެއްގައި ވޯޓު ފޮށި ނުބަހައްޓާނެ ކަމަށެވެ. 

މީގެ އިތުރުން އީސީން ބުނީ، މާލެ ސަރަހައްދުގެ އަވަށްތަކަށް ވޯޓުލީ އެއްވެސް ފަރާތަކުން އަލުން ރީ-ރެޖިސްޓްރީ ވާން ނުޖެހޭނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 2026 ގައި 7 ވޯޓު ފޮއްޓެއް ބައްހައްޓަ އެވެ. އެއީ އައްޑޫ ސިޓީގައި 5 ވޯޓު ފޮއްޓާއި، މާލޭގައި ބަހައްޓާ ދެ ވޯޓު ފޮއްޓެވެ. 

ހުޅުމާލެ އިލެކްޝަންސް ކޮމިޝަންއައްްޑޫ ސިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިވަން މުއައްސަސާ ތަކަކީ ޕީއެންސީގެ ޖަގަހަ ތެރެއިން އޮޕަރޭޓް ކުރާ ތަންތަނަށް ހަދައިފި: މާޒް ސަލީމް

މިނިވަން މުއައްސަސާ ތަކަކީ ޕީއެންސީގެ ޖަގަހަ ތެރެއިން އޮޕަރޭޓް ކުރާ ތަންތަނަށް ހަދައިފި: މާޒް ސަލީމް

07 މެއި 2026
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ހުޅުމާލޭގައި ވޯޓު ފޮއްޓެއް ބަހައްޓައިދިނުމަށް އެމްޑީޕީން އެދިއްޖެ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ހުޅުމާލޭގައި ވޯޓު ފޮއްޓެއް ބަހައްޓައިދިނުމަށް އެމްޑީޕީން އެދިއްޖެ

06 މެއި 2026
އިދިކޮޅު ޕާޓީތަކަށް ފިޔަވަޅު ނާޅާނަމަ އީސީ ވެރިން އިސްތިއުފާ ދެއްވަންޖެހޭ ކަމަށް ވިދާޅުވެ ޕީއެންސީ ޕީޖީ ލީޑަރުގެ އިންޒާރެއް!

އިދިކޮޅު ޕާޓީތަކަށް ފިޔަވަޅު ނާޅާނަމަ އީސީ ވެރިން އިސްތިއުފާ ދެއްވަންޖެހޭ ކަމަށް ވިދާޅުވެ ޕީއެންސީ ޕީޖީ ލީޑަރުގެ އިންޒާރެއް!

05 މެއި 2026
އިންތިޚާބުކުރަންޖެހޭ އަދަދަށްވުރެ މަދުން ކުރިމަތިލާފައިވާ ދާއިރާތަކުގެ ޑަބްލިއުޑީސީގެ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލައިފި

އިންތިޚާބުކުރަންޖެހޭ އަދަދަށްވުރެ މަދުން ކުރިމަތިލާފައިވާ ދާއިރާތަކުގެ ޑަބްލިއުޑީސީގެ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލައިފި

03 މެއި 2026
ހުޅުމާލޭގައި ހުންނަ ނޯޓް ފިހާރައަށް ގޮސް ސެލްފީ އެއް ނަގާލައިގެން 1000 ރުފިޔާގެ ގިފްޓް ޕެކް އެއް ހޯދުމުގެ ފުރުސަތު!

ހުޅުމާލޭގައި ހުންނަ ނޯޓް ފިހާރައަށް ގޮސް ސެލްފީ އެއް ނަގާލައިގެން 1000 ރުފިޔާގެ ގިފްޓް ޕެކް އެއް ހޯދުމުގެ ފުރުސަތު!

03 މެއި 2026

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު