Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ ޗެއަރޕާސަން އިންތިޚާބު

އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބު ކާމިޔާބުކުރަން ބޭނުންވަނީ ކެނޑިނޭޅި މަސައްކަތްކުރި އާއްމު މެންބަރުންގެ ވޯޓަކުން: މީކާއިލް

އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް ވާދަކުރައްވާ މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ އޭނާ ނުކުންނަވަނީ އިތުރު މަޤާމެއް ހޯދުމުގެ ބަދަލުގައި ޕާޓީގެ އާންމު މެންބަރުންނަށް ތެދުވެރިވެ، ޕާޓީ އަލުން ރާވައިލުމަށް ކަމަށް. ޤައުމީ މަޖިލީހުގެ ވޯޓަކުން ނުވަތަ ކޯޓަށް ގޮސްގެން މަޤާމު ހޯދަން ބޭނުންނުވާކަން ހާމަކުރައްވަމުން، އޭނާ ބޭނުންވަނީ އާންމު މެންބަރުންގެ އިތުބާރާއެކު އިންތިޚާބު ކާމިޔާބުކޮށް 2028 ވަނަ އަހަރަށް ޕާޓީ ތައްޔާރުކުރުމަށް ކަމަށް ވިދާޅުވި.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 5 މެއި 2026 | އަންގާރަ 17:27
"އިތުބާރު" ކެމްޕޭން ޓީމުން ބޭއްވި ކަންމަތީ ޖަލްސާފައި މީކާއިލް ބައިވެރިވެވަޑައިގަންނަވަނީ.

"އިތުބާރު" ކެމްޕޭން ޓީމުން ބޭއްވި ކަންމަތީ ޖަލްސާފައި މީކާއިލް ބައިވެރިވެވަޑައިގަންނަވަނީ. | ރާއްޖެ އެމްވީ

އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބު ކާމިޔާބުކުރަން ބޭނުންވަނީ 16 އަހަރު ވަންދެން އެ ޕާޓީގެ އާއްމު މެންބަރުންނާއެކު ކެނޑިނޭޅި މަސައްކަތްކުރި އާއްމު މެންބަރުންގެ ވޯޓަކުން ކަމަށް އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބުގައި ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

މީކާއިލްގެ އިތުބާރު ކެމްޕޭން ޓީމުން ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވީ އެމްޑީޕީގެ ޗެއަރޕާސަންކަމުގެ މަޤާމަށް ނުކުންނަވަނީ އިތުރު އެހެން ބޮޑު މަޤާމެއް ހޯދަން އޮތް މަރުޙަލާއެއްގެ ގޮތުގައި ނޫން ކަމަށެވެ. އެމްޑީޕީގެ ޗެއަރޕާސަންކަން ކުރުމަށް ނުކުންނަވާ ކަމަށާއި މި އިންތިޚާބަކީ ހަމައެކަނި މަޤާމެއް ހޯދަން އޮތް އިންތިޚާބެއް ކަމަކަށް ނުދެކޭ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

މީކާއިލް ވިދާޅުވީ ޤައުމީ މަޖިލީހުގެ ވޯޓަކުން ނުވަތަ ޤައުމީ މަޖިލީހުން ޢައްޔަންކުރާ މީހެއްގެ ގޮތުގައި އެމްޑީޕީގެ ވަގުތީ ޗެއަރޕާސަންކަން ބޭނުމެއް ނޫން ކަމަށެވެ. ޕާޓީގެ ތެރެއިން ހޯދޭނެ ޙައްލުތައް އޮއްވައި، ޕާޓީގެ ތެރެއިން ކުރެވޭނެ މަޝްވަރާތައް އޮއްވައި، މަޞްލަޙަތު ނަގާލައި، މި އިންތިޚާބާއިގެން ކޯޓަށް ދާނެ މީހަކަށް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަޅުގަނޑެއް ބޭނުމެއް ނޫން، ތިޔަބޭފުޅުންގެ ޕާޓީގެ ތެރެއިން ހޯދޭނެ ޙައްލުތައް އޮއްވާ، ތިޔަބޭފުޅުންގެ ޕާޓީގެ ތެރެއިން ކުރެވޭނެ މަޝްވަރާތައް އޮއްވާ، އަޅުގަނޑުމެންގެ މަޞްލަޙަތު ނަގާލައި، މި އިންތިޚާބާއިގެން ކޯޓަށް ދާނެ މީހަކަށް އަޅުގަނޑެއް ނުވާނަން. ތި ބޭފުޅުން ޔަޤީންކުރައްވައި، ތި ބޭފުޅުން އަޅުގަނޑަށް އިތުބާރު ކުރައްވައި، އަޅުގަނޑުމެން އިންތިޚާބު ކާމިޔާބުކުރާނީ އެމް.ޑީ.ޕީގެ އާއްމު މެންބަރުންގެ އިތުބާރާއެކު ބޮޑުކޮށް، ބޮޑުކޮށް، ބޮޑުކޮށް، އެމް.ޑީ.ޕީގެ އާއްމު މެންބަރުން މި ރަންރީނދު ލަސްކަރުގެ ބައިވެރިން އިތުބާރު ކުރައްވައި، އަޅުގަނޑުމެން މި އަންނަނީ ތެދު ހަދަން، އަޅުގަނޑު މި އިންތިޚާބުގައި އެމް.ޑީ.ޕީގެ ޗެއަރޕާސަން ކަމަށް މި އަންނަނީ އެމް.ޑީ.ޕީގެ އާއްމު މެންބަރުންނާ ތެދު ހަދަން. އަޅުގަނޑެއް ނުވާނަން، އަޅުގަނޑެއް ނުވާނަން، އަޅުގަނޑު ދެރަވާ ކޮންމެ ދަނޑިވަޅެއްގައި، އަޅުގަނޑަށް ނާކާމިޔާބު ލިބޭ ކޮންމެ ދަނޑިވަޅެއްގައި އެމް.ޑީ.ޕީގެ އާއްމު މެންބަރުންގެ ޖަޒުބާތާ ކުޅެން ދޮގުހަދައި އޮޅުވައިލާނެ މީހަކަށް އަޅުގަނޑެއް ނުވާނަން.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް 

އިންތިޚާބަށް ނުކުންނަވަނީ ލީކުތައް ނައްތާލަން ކަމަށާއި، ޕާޓީގެ އާއްމު މެންބަރުން އަޑުއައްސަވައި، ޕާޓީ ރާވައިލާދޭން ކަމަށް މީކާއިލް ވިދާޅުވި އެވެ. ދެހާސް އަށާވީހާ މި ޕާޓީ މަތީ ރާވާލަން ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީމީކާއިލް އަހުމަދު ނަސީމްގަލޮޅު ދެކުނުއެމްޑީޕީ ޗެއަރޕާސަން އިންތިހާބު 2026

ކޮމެންޓް

އިތުރަށް ކިޔާލަން

ލަންކާގައި ދިރިއުޅޭ ދިވެހިންގެ ސިޔާސީ ފިކުރު ބަލައި، އެމީހުންނަށް ފާރަލައި ބިރުދައްކާތީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި

ލަންކާގައި ދިރިއުޅޭ ދިވެހިންގެ ސިޔާސީ ފިކުރު ބަލައި، އެމީހުންނަށް ފާރަލައި ބިރުދައްކާތީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި

05 މެއި 2026
ޕާޓީގެ ތެރެއިން ނިންމެން ހުންނަ ކަންކަން، ކޯޓު މެދުވެރިކޮށް ނިންމަން އުޅުމަކީ ހިތާމަ ކުރާ ކަމެއް: މީކާއީލް

ޕާޓީގެ ތެރެއިން ނިންމެން ހުންނަ ކަންކަން، ކޯޓު މެދުވެރިކޮށް ނިންމަން އުޅުމަކީ ހިތާމަ ކުރާ ކަމެއް: މީކާއީލް

04 މެއި 2026
އެމްޑިޕީ ޗެއާޕާސަން އިންތިހާބާ ގުޅޭގޮތުން ސިވިލް ކޯޓަށް މައްސަލައެއް!

އެމްޑިޕީ ޗެއާޕާސަން އިންތިހާބާ ގުޅޭގޮތުން ސިވިލް ކޯޓަށް މައްސަލައެއް!

04 މެއި 2026
ރާއްޖޭގެ ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ: ފައްޔާޒު

ރާއްޖޭގެ ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ: ފައްޔާޒު

04 މެއި 2026
އެމްޑީޕީ ޗެއަރޕާސަން އިންތިހާބު: އިންތިހާބު ކޮމްޕްލަޔަންސް ކޮމިޓީ އިއުލާންކޮށް ވޯޓު ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

އެމްޑީޕީ ޗެއަރޕާސަން އިންތިހާބު: އިންތިހާބު ކޮމްޕްލަޔަންސް ކޮމިޓީ އިއުލާންކޮށް ވޯޓު ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

03 މެއި 2026

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު