Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައިޝާ ޑޮކިއުމެންޓްރީ

އައިޝާ ޑޮކިއުމެންޓްރީއާ ގުޅިގެން ރައީސް މުއިއްޒުގެ ބަޔާނެއް ނެގިތޯ ކުރި ސުވާލަށް ޖަވާބު ދެއްވުމަށް މުންދު ދެކޮޅު ހައްދަވައިފި

"އައިޝާ ޑޮކިއުމެންޓްރީ" އާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށް ރައީސް މުއިއްޒު ބަޔާނެއް ދެއްވިތޯ ނޫސްވެރިން ސުވާލުކުރުމުން، އެކަމަށް ސީދާ ޖަވާބެއް ދެއްވުމަށް ސަރުކާރުގެ ތަރުޖަމާނު ވަނީ އިންކާރު ކުރައްވާފައި. މި މައްސަލައިގައި ރައީސް އޮފީހުގެ ކުރީގެ މުވައްޒަފު އީޝާ ފުލުހަށް ހާޒިރުކޮށް ތަހުގީގު ނިންމާލާފައިވާއިރު، އޭނާގެ ފަރާތުން ވަނީ ދިފާއުވާން ފުރުސަތު ނުދޭކަމުގެ ކަންބޮޑުވުން ފާޅުކޮށްފައި. ތަރުޖަމާނު ވިދާޅުވީ ހިނގަމުންދާ ތަހުގީގަކާ ގުޅޭގޮތުން ސަރުކާރުން އިތުރު ތަފްސީލެއް ހާމަނުކުރާނެ ކަމަށް.

އަމްނާ އިމާދު
އަމްނާ އިމާދު | 7 މެއި 2026 | ބުރާސްފަތި 09:27
ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވާހަކަ ދައްކަވަނީ

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވާހަކަ ދައްކަވަނީ | ރައީސް އޮފީސް

އޮންލައިން ނޫސް "އަދަދު" އިން ޝާއިއުކުރި "އައިޝާ ޑޮކިއުމެންޓްރީ" އާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ ބަޔާނެއް ނެގިތޯ ކުރި ސުވާލަށް ޖަވާބު ދެއްވުމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ދެކޮޅު ހައްދަވައިފި އެވެ. 

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ރައީސް މުއިއްޒު "އައިޝާ ޑޮކިއުމެންޓްރީ" އާ ގުޅިގެން ފުލުހުންގެ ތަހުގީގަށް ބާޔަނެއް ދެއްވިތޯ ސުވާލު ކޮށްފަ އެވެ. ނަމަވެސް މުންދު ވަނީ ރައީސް މުއިއްޒު އެކަމަށް އިންކާރު ކުރައްވާފައިވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އެކަމާ ގުޅިގެން ނޫސްވެރިޔާ ވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު އިންކާރު ކުރެއްވުމަކީ އަދި ފުލުހުންގެ ތަހުގީގަށް ބަޔާނެއް ދެއްވުމެއް ނޫންކަން ފާހަގަކޮށްފަ އެވެ.

ހިނގަމުންދާ ތަހުގީގާ ގުޅިގެން އަޅުގަނޑަށް ދެންނެވޭ ވަރަށް މިހާރު މިދެންނެވީ. ސަރުކާރަކުން ހިނގަމުންދާ ތަހުގީގަކާ ގުޅޭގޮތުން މަނިކުފާނު އަޅުގަނޑު އިތުރު އެއްޗެއް ނުދަންނަވާނަން. 
ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) 

މުންދު މިމޭރުމުން ވާހަކަ ދެއްކެވިއިރު، މި މައްސަލައިގައި ފުލުހުން ހިންގާ ތަހުގީގަށް ރައީސް މުއިއްޒުގެ ބަޔާނެއް ނެގިތޯ ސުވާލު ކުރި ނަމަވެސް ޖަވާބެއް ދެއްވާފައިނުވެ އެވެ. 

މި މައްސަލައާ ގުޅިގެން ފުލުހުން ހިންގާ ޖިނާއީ ތަހުގީގަށް މިމަހުގެ 5 ވީ އަންގާރަ ދުވަހުގެ ރޭ އަދި 6 ވީ ބުދަ ދުވަހު  ރައީސް އޮފީހުގެ ކުރީގެ މުވައްޒަފެއް ކަމުގައިވާ އައިޝަތު އީޝާ އަޝްރަފު ފުލުހަށް ހާޒިރު ކޮށްފައިވެ އެވެ. އަދި ދިފާއުވާން އަދި ކަން ހިނގި ގޮތް ކިޔައިދޭން ފުރުސަތު ނުދީ އީޝާގެ ތަހުގީގު ނިންމާލާފައިވާ ކަމަށް އޭނާ ގެ ގާނޫނީ ޓީމުން ވިދާޅުވެފައިވެ އެވެ. 

އައިޝާ ޑޮކިއުމެންޓްރީރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުމުހައްމަދު ހުސައިން ޝަރީފު (މުންދު)އައިޝަތު އީޝާ އަޝްރަފްރައީސުލްޖުމްހޫރިއްޔާގެ އޮފީސް

އިތުރަށް ކިޔާލަން

07 މެއި 2026

ކުރީގެ ރައީސް ޔާމީނު ދެކެ އެންމެ ލޯބިވާ އެންމެ އަޅާލަން ބޭނުންވާ ބޭފުޅަކީ ރައީސް މުއިއްޒު: މިނިސްޓަރު ސައީދު

07 މެއި 2026
ކުރީގެ ރައީސް ޔާމީނު ދެކެ އެންމެ ލޯބިވާ އެންމެ އަޅާލަން ބޭނުންވާ ބޭފުޅަކީ ރައީސް މުއިއްޒު: މިނިސްޓަރު ސައީދު
07 މެއި 2026

ހަނޑޫ ހުސްވި ކަމަށް ބުނެ ރިޕޯޓް ކުރިކަމަށް ވިދާޅުވެ މިނިސްޓަރު ސައީދު ބޮޑު ދޮގެއް ހައްދަވައިފި

07 މެއި 2026
ހަނޑޫ ހުސްވި ކަމަށް ބުނެ ރިޕޯޓް ކުރިކަމަށް ވިދާޅުވެ މިނިސްޓަރު ސައީދު ބޮޑު ދޮގެއް ހައްދަވައިފި
06 މެއި 2026

އާރުޓީއައި ގާނޫނު ނަހަމަގޮތުގައި ބޭނުންކުރާކަމުގެ ހެއްކެއް ނެތް: އިންފޮމޭޝަން ކޮމިޝަނަރު

06 މެއި 2026
އާރުޓީއައި ގާނޫނު ނަހަމަގޮތުގައި ބޭނުންކުރާކަމުގެ ހެއްކެއް ނެތް: އިންފޮމޭޝަން ކޮމިޝަނަރު
06 މެއި 2026

ދިފާއުވާން އަދި ކަން ހިނގި ގޮތް ކިޔައިދޭން ފުރުސަތު ނުދީ އީޝާގެ ތަހުގީގު ނިންމާލައިފި: ވަކީލުން

06 މެއި 2026
 ދިފާއުވާން އަދި ކަން ހިނގި ގޮތް ކިޔައިދޭން ފުރުސަތު ނުދީ އީޝާގެ ތަހުގީގު ނިންމާލައިފި: ވަކީލުން
06 މެއި 2026

ހަނޑުލުގެ ސްޓޮކް ދަށްވެ އެސްޓީއޯ ކާޑު ގުދަނުން ލިމިޓްކޮށް ހަނޑޫ ވިއްކަނީ!

06 މެއި 2026
ހަނޑުލުގެ ސްޓޮކް ދަށްވެ އެސްޓީއޯ ކާޑު ގުދަނުން ލިމިޓްކޮށް ހަނޑޫ ވިއްކަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު