Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އައިޝާ ޑޮކިއުމެންޓްރީ

ދިފާއުވާން އަދި ކަން ހިނގި ގޮތް ކިޔައިދޭން ފުރުސަތު ނުދީ އީޝާގެ ތަހުގީގު ނިންމާލައިފި: ވަކީލުން

"އަދަދު" ނޫހުގެ ޑޮކިއުމެންޓްރީއާ ގުޅިގެން އީޝާ އަޝްރަފްގެ މައްޗަށް ކުރާ ގަޒްފުގެ ތުހުމަތުގެ ތަހުގީގުގައި، ދިފާއުގައި ވާހަކަދެއްކުމުގެ ފުރުސަތު ފުލުހުން ނުދޭކަމަށް އޭނާގެ ވަކީލުން ބުނެފި. ތަހުގީގުގެ ތެރެއިން ކުރިން ނެތް އާ ތުހުމަތުތަކެއް އުފަންކޮށްފައިވާކަން ފާހަގަކުރައްވައި، މިއީ ނުފޫޒެއް އޮވެގެން ހިންގާ ތަހުގީގަކަށް ވެދާނެކަމުގެ ކަންބޮޑުވުން ވަކީލުން ވަނީ ފާޅުކޮށްފަ. ފުލުހުން ތަހުގީގު ނިންމާލި ނަމަވެސް، ކުރިއަށް އޮތް މަރުހަލާތަކުގައި ދިފާއުގައި ހުރިހާ ވާހަކަތަކެއް ހާމަކުރާނެ ކަމަށް ވަކީލުން ވިދާޅުވި.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 6 މެއި 2026 | ބުދަ 14:57
އައިޝާ ޑޮކިއުމެންޓްރީ އާ ގުޅިގެން އީޝާ ހެންވޭރު ޕޮލިސް ސްޓޭޝަނަށް ހާޒިރުކުރުން

އައިޝާ ޑޮކިއުމެންޓްރީ އާ ގުޅިގެން އީޝާ ހެންވޭރު ޕޮލިސް ސްޓޭޝަނަށް ހާޒިރުކުރުން | ރާއްޖެ އެމްވީ

އޮންލައިން ނޫސް "އަދަދު" އިން ޝާއިއުކުރި "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން ހިންގާ ޖިނާއީ ތަހުގީގުގައި، ރައީސް އޮފީހުގެ ކުރީގެ މުވައްޒަފު އައިޝަތު އީޝާ އަޝްރަފަށް ދިފާއުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ނުދީ ތަހުގީގު ނިންމާލާފައިވާ ކަމަށް އޭނާގެ ވަކީލުން ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު ހެންވޭރު ޕޮލިސް ސްޓޭޝަނަށް އީޝާ ހާޒިރުވުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އޭނާގެ ވަކީލުން ވަނީ ފުލުހުންގެ އަމަލުތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

Advertisement - newsAdvertisement

އީޝާގެ ވަކީލުންގެ ޓީމުގައި ހިމެނޭ ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ، ތަހުގީގުގައި ފުލުހުން ކުރީ އެންމެ ތިން ސުވާލު ކަމަށެވެ. ގަޒްފުކުރި ކަމަށް ތުހުމަތުކޮށް ކުރި މި ތިން ސުވާލަށް ވެސް އީޝާ އިންކާރުކޮށްފައިވާ ކަމަށް ޝަމީމް ވިދާޅުވި އެވެ. އަދި ގާނޫނުގައި ބުނާ ގޮތުން ގަޒްފުގެ ތުހުމަތު ކުރީ ކޮން ފަރާތަކަށްކަން ސާފުކޮށްދޭން ޖެހުނު ނަމަވެސް، ވަކީލުން އެދުމުން ވެސް ފުލުހުން އެކަން ސާފުކޮށްދީފައި ނުވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އީޝާގެ ވަކީލުންގެ ތެރޭގައި ހިމެނޭ ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
އީޝާގެ ވަކީލުންގެ ތެރޭގައި ހިމެނޭ ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ދެން މައިގަނޑު ކުރެއްވީ އެ ތިން ސުވާލަށް އެ ތިން ސުވާލުގެ ޖަވާބުގައި އަޅުގަނޑުމެން ވާނީ އިންކާރުކޮށްފަ މި ދެންނެވީ ގަޒްފުކުރިކަމަކަށް ގަޒްފުކުރިކަމަށް ތުހުމަތު ކުރަނީ އަޅުގަނޑުމެން ސާފުކުރަން އެހެން ކާކާތޯ މިކަމެއް ކޮށްގެން މިއުޅެނީ ޤާނޫނު ބުނާ ގޮތުން ސާފުކޮށްދޭން ޖެހޭ ކޮންމެވެސް މީހަކާ ކަން ކޮށްގެން އުޅެނީ. ދެން އެ ސުވާލަކަށް އަނެއްހެން ޖަވާބެއް ފުލުހުންނެއް ނުއެއްދެއްވާ. ހަމަ އެ ތިން ސުވާލު ކުރައްވާފައި އެ ތިން ސުވާލުގެ މައްޗަށް ބަޔާނެއް ނަންގަވާފައި މިވަނީ. ދެން އަޅުގަނޑުމެން ދިފާޢުގައި ވާހަކަ ދައްކަން ފުރުޞަތަކަށް އެދުނީމަ ދިފާޢުގައި ވާހަކަ ދައްކާކަށް ފުރުޞަތެއް ނުއެއްދެއްވާ. ހަމަ އެއްގޮތަކަށްވެސް ދިފާޢުގައި ވާހަކަ ދައްކާކަށް ފުރުޞަތެއް ނުދެއްވާ.
އީޝާގެ ގާނޫނީ ވަކީލު ހުސެން ޝަމީމް

ވަކީލު މުހައްމަދު ފަރީދު ވިދާޅުވީ، ތަހުގީގުގެ ތެރެއިން ކުރިން ފޮނުވި ލިޔެކިޔުންތަކުގައި ނެތް އާ ތުހުމަތުތަކެއް ފުލުހުން އުފަންކޮށްފައިވާ ކަމަށެވެ. އެގޮތުން، ޑޮކިއުމެންޓްރީގެ އިތުރުން އެހެން މީހުންގެ ގާތުގައި ވެސް އީޝާ ވާހަކަދައްކާފައިވާ ކަމަށް ބުނެ ފުލުހުން އާ ވާހަކަތަކެއް ދައްކާފައިވާ ކަމަށް ފަރީދު ވިދާޅުވިއެވެ. ނަމަވެސް، ޑޮކިއުމެންޓްރީގައި ގަޒްފަކަށް ވާފަދަ ކަމެއް އޮތް ނަމަ އެކަން ކިޔައިދިނުމަށް އެދުމުން ފުލުހުންނަށް ސީދާ ޖަވާބެއް ދެވިފައި ނުވާ ކަމަށް ވަކީލުން ވިދާޅުވި އެވެ.

އީޝާގެ ވަކީލުން ތެރޭގައި ހިމެނޭ މުހައްމަދު ފަރީދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
އީޝާގެ ވަކީލުން ތެރޭގައި ހިމެނޭ މުހައްމަދު ފަރީދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
އަޅުގަނޑުމެން ފުމަ އުފެއްދި ސުވާލަކީ، މިހާރު އެ ބޭފުޅުން އެ ކުރައްވާ ތުހުމަތަކީ، އަދަދު ނޫހުން މީސްމީޑިއާގެ ވަސީލަތެއްގައި ފާހަގަކޮށްފައި އޮތް ރިޕޯޓަކާ ގުޅޭ ގޮތުން، އޭގައި ގަޒަފުކުރި ކަމުގެ ތުހުމަތެއް ނެތް. އަޅުގަނޑުމެން އެއާ އިންކާރުކުރަން. ކިހިނެއްހޭ ގަޒްފަކަށް ތި ވަނީ؟  އަޅުގަނޑުމެން އެ ސުވާލުތައް ކުރީމާ އެ ބޭފުޅުން  ބްރޭކެއް ނަންގަވާފަ ވިދާޅުވީ އެ ބޭފުޅުން ގަބޫލުކުރައްވާގޮތް. ދެން އެކަމަކު އަޅުގަނޑުމެންނަށް ޤާނޫނުލްއުގޫބާތުން ފެންނަ ގޮތާ، އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ގޮތަށް މުޅިން ތަފާތު، އެ ހިސާބުން ވިދާޅުވީ، މީގައި އެބައޮތޭ އެހެން އެތައް ބައެއް ކައިރީގައިވެސް އެ ވާހަކަ ދައްކާފަ. މި ކޮންޓެސްޓަކީ މިއީ އެއްވެސް ހިސާބެއްގައި، އެއްވެސް ޑޮކިއުމެންޓެއްގަ އޮތް ވާހަކަ އެއް ނޫން. އަޅުގަނޑުމެންނަށް މިކަންވީ ސަޕްރައިޒް އިވެންޓަކަށް. ތަަހުގީގުގެ މެދުތެރެން ކުއްލިއަކަށް އާ ވާހަކައެއް އުފަންވުން. އާދެ! ތުހުމަތެއް އުފަންވެގެންދިޔައީ. އެއީކީ އަޅުގަނޑުގެ މުވައްކިލު ތައްޔާރުވެގެން ހުރި ކަމެއް ވެސް ނޫން. ދެން އެހިސާބުން އަޅުގަނޑުގެ މުވައްކިލު ބޭނުންވީ އަސްލު ކަންވިގޮތް ކިޔައިދޭން.
އީޝާގެ ގާނޫނީ ވަކީލު މުހައްމަދު ފަރީދު

މި މައްސަލައިގައި ކަން ހިނގި ގޮތް ކިޔައިދިނުމަށް އީޝާ އަށް ފުރުސަތު ނުދިނީ ކޮންމެވެސް ފަރާތެއްގެ ނުފޫޒުން ކަމަށް ޝަމީމް ތުހުމަތު ކުރެއްވިއެވެ. އާންމުގޮތެއްގައި ފުލުހުންގެ ތަހުގީގުތަކުގައި ދިފާއުގައި ވާހަކަ ދައްކަން ފުރުސަތު ދޭގޮތަށް މި މައްސަލާގައި ފުރުސަތެއް ނުދެއްވާ ކަމަށް ޝަމީމް ވިދާޅުވި އެވެ. އަދި އެ ފުރުސަތު ނުދެވޭނެ ކަމަށް ފުލުހުން ގަބޫލުކޮށްފައިވާ ކަމަށާއި، އެންމެ ހަތަރު ފޮޅުވަތުގެ ކުރު ބަޔާނެއް ޕްރިންޓް ކުރުމަށްފަހު ތަހުގީގު ނިމުނީ ކަމަށް ފުލުހުން އަންގާފައިވާ ކަމަށް ވަކީލުން ވިދާޅުވި އެވެ.

އީޝާގެ މައްޗަށް ތުހުމަތު ކުރެވެނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ގަޒުފުކޮށް ހަދާފައިވާ ކަމަށް ބުނާ ޑޮކިއުމެންޓްރީގައި ބައިވެރިވުމެވެ. މި މައްސަލައިގައި އަންގާރަ ދުވަހުގެ ރޭ ވެސް އީޝާ ވަނީ ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށްފައެވެ. ފުލުހުން ތަހުގީގު ނިންމާލި ނަމަވެސް، ކުރިއަށް އޮތް މަރުހަލާތަކުގައި ހުރިހާ ވާހަކަތަކެއް ކިޔައިދީ ދިފާއުވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވަކީލުން ވަނީ ވިދާޅުވެފައެވެ.

އައިޝަތު އީޝާ އަޝްރަފްއައިޝާ ޑޮކިއުމެންޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

އީޝާ ފުލުހަށް ހާޒިރު ކުރީ ހަތަރު ފަރާތުން މަގު ބަންދުކޮށްގެން، ފުލުހުން ދަނީ ނޫސްވެރިންނަށް ވެސް ހުރަސް އަޅަމުން

އީޝާ ފުލުހަށް ހާޒިރު ކުރީ ހަތަރު ފަރާތުން މަގު ބަންދުކޮށްގެން، ފުލުހުން ދަނީ ނޫސްވެރިންނަށް ވެސް ހުރަސް އަޅަމުން

06 މެއި 2026
"އައިޝާ ޑޮކިއުމެންޓްރީ" އާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށް އީޝާ މިއަދު ވެސް ފުލުހަށް ހާޒިރު ކުރަނީ

"އައިޝާ ޑޮކިއުމެންޓްރީ" އާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށް އީޝާ މިއަދު ވެސް ފުލުހަށް ހާޒިރު ކުރަނީ

06 މެއި 2026
އައިޝާ ޑޮކިއުމެންޓްރީގެ ތަހުގީގަށް ހުރިހާ ވާހަކައެއް ކިޔައިދީ އެއްބާރުލުންދޭން އީޝާ ހުރީ ތައްޔާރަށް: ޝަމީމް

އައިޝާ ޑޮކިއުމެންޓްރީގެ ތަހުގީގަށް ހުރިހާ ވާހަކައެއް ކިޔައިދީ އެއްބާރުލުންދޭން އީޝާ ހުރީ ތައްޔާރަށް: ޝަމީމް

06 މެއި 2026
މެންބަރު ޒިޔާދުގެ ރައްދެއް ޕީއެންސީ އަށް: އަލިފާން ނެތިއްޔާ ދުމެއް ނާރާނެ

މެންބަރު ޒިޔާދުގެ ރައްދެއް ޕީއެންސީ އަށް: އަލިފާން ނެތިއްޔާ ދުމެއް ނާރާނެ

05 މެއި 2026
އައިޝާ ޑޮކިއުމަންޓްރީގެ ތަހުގީގަށް އައިޝަތު އީޝާ ފުލުހަށް ހާޒިރުވާން އަންގައިފި

އައިޝާ ޑޮކިއުމަންޓްރީގެ ތަހުގީގަށް އައިޝަތު އީޝާ ފުލުހަށް ހާޒިރުވާން އަންގައިފި

05 މެއި 2026

އަހަރުތަކުން މިއަދު

26 މެއި
ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް

 ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް
20242 އަހަރު ކުރިން
ކުޅިވަރު

ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް
20224 އަހަރު ކުރިން
ރާއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!
20197 އަހަރު ކުރިން
ރާއްޖެ

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!

ބީފް ސަބްމެރިން
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ބީފް ސަބްމެރިން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު