Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ "އައިޝާ" ޑޮކިއުމެންޓްރީ

އީޝާ ފުލުހަށް ހާޒިރު ކުރީ ހަތަރު ފަރާތުން މަގު ބަންދުކޮށްގެން، ފުލުހުން ދަނީ ނޫސްވެރިންނަށް ވެސް ހުރަސް އަޅަމުން

6 މެއި 2026 | ބުދަ 12:00

މި ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދިނުމަށް އީޝާ ތައްޔާރަށް ހުރި ނަމަވެސް، އޭނާ ފުލުހަށް ހާޒިރުކުރި ސަރަހައްދު ބަންދުކޮށް، އެ ސަރަހައްދުގައި ހަރަކާތްތެރިވި ނޫސްވެރިންނަށް ފުލުހުން ވަނީ ހުރަސް އަޅާފަ. ރައީސުލްޖުމްހޫރިއްޔާއަށް ގަޒުފުކުރި ކަމުގެ ތުހުމަތުގައި ހިންގާ މި މައްސަލައިގައި އީޝާގެ ފޯނު ރެކޯޑުތައް ހިއްސާކުރަން ވެސް އޭނާ ވަނީ އެއްބަސްވެފަ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 6 މެއި 2026 | ބުދަ 12:00

ބުދަ ދުވަހު ހަވީރު 4 ޖެހި އިރު އީޝާ ހެންވޭރު ޕޮލިސް ސްޓޭޝަނަށް ހާޒިރުކުރުން | ރާއްޖެ އެމްވީ

އޮންލައިން ނޫސް "އަދަދު" އިން ޝާއިއުކުރި "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށް އައިޝަތު އީޝާ އަޝްރަފު ބުދަ ދުވަހު ވެސް ފުލުހަށް ހާޒިރުކޮށްފި އެވެ.

އީޝާ ފުލުހަށް ހާޒިރުވެފައިވަނީ އޭނާގެ ވަކީލުން ކަމަށްވާ ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް ހުސެން ޝަމީމް އަދި މުހައްމަދު ފަރީދު އާއެކުގަ އެވެ.

ބުދަ ދުވަހު ހަވީރު 4 ޖެހިއިރު އީޝާ ހެންވޭރު ޕޮލިސް ސްޓޭޝަނަށް ހާޒިރުކުރިއިރު، އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ. އެގޮތުން ހެންވޭރު ޕޮލިސް ސްޓޭޝަނަށް ދެވެން އޮންނަ ހުރިހާ މަގެއް ބެރިކޭޑް ޖަހައި ބަންދުކޮށްފައި ހުރިއިރު، ގިނަ އަދަދެއްގެ ފުލުހުން އެ ސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

މި ހަބަރު ކަވަރުކުރުމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް ފުލުހުން ދަނީ ހުރަސް އަޅަމުންނެވެ. ފުލުހުން ވަނީ މަޖީދީ މަގާއި ޖަނަވަރީ މަގު ގުޅޭ ހިސާބުން ނޫސްވެރިންނަށް ކުރިއަށް ނުދެވޭނެހެން ހުރަސް އަޅާފަ އެވެ. މީގެ އިތުރުން އެ ސަރަހައްދުގައި ހުންނަ ކެފޭއަކަށް އާންމު ރައްޔިތުންނާއި ނޫސްވެރިން ވަނުމަށް ވެސް ފުލުހުން ވަނީ ހުރަސް އަޅާފަ އެވެ.

އީޝާގެ މައްޗަށް ތުހުމަތު ކުރެވެނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ގަޒުފުކޮށް ހަދާފައިވާ ކަމަށް ބުނާ ޑޮކިއުމެންޓްރީގައި ބައިވެރިވުމެއް އޮތް ކަމަށެވެ. މި މައްސަލައިގައި ސުވާލުކޮށް ބަޔާން ނެގުމަށް އަންގާރަ ދުވަހުގެ ރޭ ވެސް އީޝާ ވަނީ ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށްފަ އެވެ.

އީޝާގެ ވަކީލު ހުސައިން ޝަމީމް ވިދާޅުވީ، "އައިޝާ ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށް އީޝާގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދޭން ބޭނުންވާ" ކަމަށެވެ. އަދި އީޝާގެ ފޯނު ކޯލުތަކާއި މެސެޖުތައް ފަދަ ހުރިހާ ތަފްސީލެއް ހިއްސާކުރަން އޭނާ ހުރީ ތައްޔާރަށް ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

ޝަމީމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި އީޝާ އަކީ މި ހާދިސާގައި "ވިކްޓިމް" އެއް ނުވަތަ އަނިޔާ ލިބުނު ފަރާތެކެވެ. އީޝާ ބޭނުންވަނީ މިކަން ހިނގައިދިޔަ ގޮތުގެ ހުރިހާ ތަފްސީލެއް ފުލުހުންނަށް ކިޔައިދީ، ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށް ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

އައިޝަތު އީޝާ އަޝްރަފްހެންވޭރު ޕޮލިސް ސްޓޭޝަންއައިޝާ ޑޮކިއުމެންޓްރީރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

އިތުރަށް ކިޔާލަން

06 މެއި 2026

"އައިޝާ ޑޮކިއުމެންޓްރީ" އާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށް އީޝާ މިއަދު ވެސް ފުލުހަށް ހާޒިރު ކުރަނީ

06 މެއި 2026
"އައިޝާ ޑޮކިއުމެންޓްރީ" އާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށް އީޝާ މިއަދު ވެސް ފުލުހަށް ހާޒިރު ކުރަނީ
06 މެއި 2026

ރަސްމާދޫ ފެން ޕްލާންޓްގެ 70 އިންސައްތަ ނިމިފައިވަނިކޮށް، މި ސަރުކާރުން ވަނީ މަސައްކަތް ހުއްޓާލާ ވީރާނާވާން ދޫކޮށްލާފަ

06 މެއި 2026
 ރަސްމާދޫ ފެން ޕްލާންޓްގެ 70 އިންސައްތަ ނިމިފައިވަނިކޮށް، މި ސަރުކާރުން ވަނީ މަސައްކަތް ހުއްޓާލާ ވީރާނާވާން ދޫކޮށްލާފަ
06 މެއި 2026

އައިޝާ ޑޮކިއުމެންޓްރީގެ ތަހުގީގަށް ހުރިހާ ވާހަކައެއް ކިޔައިދީ އެއްބާރުލުންދޭން އީޝާ ހުރީ ތައްޔާރަށް: ޝަމީމް

06 މެއި 2026
އައިޝާ ޑޮކިއުމެންޓްރީގެ ތަހުގީގަށް ހުރިހާ ވާހަކައެއް ކިޔައިދީ އެއްބާރުލުންދޭން އީޝާ ހުރީ ތައްޔާރަށް: ޝަމީމް
05 މެއި 2026

މެންބަރު ޒިޔާދުގެ ރައްދެއް ޕީއެންސީ އަށް: އަލިފާން ނެތިއްޔާ ދުމެއް ނާރާނެ

05 މެއި 2026
މެންބަރު ޒިޔާދުގެ ރައްދެއް ޕީއެންސީ އަށް: އަލިފާން ނެތިއްޔާ ދުމެއް ނާރާނެ
05 މެއި 2026

އިންތިހާ އަށް ދަތުރު ގިނަ، އެކަމަކު ރައްޔިތަށް ލިބޭ އެއްޗެއް ނެތް!

05 މެއި 2026
އިންތިހާ އަށް ދަތުރު ގިނަ، އެކަމަކު ރައްޔިތަށް ލިބޭ އެއްޗެއް ނެތް!
05 މެއި 2026

އައިޝާ ޑޮކިއުމަންޓްރީގެ ތަހުގީގަށް އައިޝަތު އީޝާ ފުލުހަށް ހާޒިރުވާން އަންގައިފި

05 މެއި 2026
އައިޝާ ޑޮކިއުމަންޓްރީގެ ތަހުގީގަށް އައިޝަތު އީޝާ ފުލުހަށް ހާޒިރުވާން އަންގައިފި
30 އެޕްރީލު 2026

ނުފޫޒުން ބޭރުން "އައިޝާ" ޑޮކިއުމެންޓްރީ ގެ މައްސަލަ ތަހުގީގު ކުރަން، ހާއްސަ އިންވެސްޓިގޭޓަރ އެއް އައްޔަންކުރަން ޖެހޭ: ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު އަބްދުﷲ ދީދީ

30 އެޕްރީލު 2026
ނުފޫޒުން ބޭރުން "އައިޝާ" ޑޮކިއުމެންޓްރީ ގެ މައްސަލަ ތަހުގީގު ކުރަން، ހާއްސަ އިންވެސްޓިގޭޓަރ އެއް އައްޔަންކުރަން ޖެހޭ: ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު އަބްދުﷲ ދީދީ
30 އެޕްރީލު 2026

ވަޒީރު އިހުސާންގެ ނުސީދާ ތުހުމަތެއް ކުރީގެ އުއްތަމަފަނޑިޔާރު އަބްދުﷲ ދީދީ އަށް

30 އެޕްރީލު 2026
ވަޒީރު އިހުސާންގެ ނުސީދާ ތުހުމަތެއް ކުރީގެ އުއްތަމަފަނޑިޔާރު އަބްދުﷲ ދީދީ އަށް
30 އެޕްރީލު 2026

އަދަދު ނޫހުގެ މައްސަލަ ބަލަން ފުލުހުންނަށް އެންގީ ޕީޖީ: މުންދު

30 އެޕްރީލު 2026
އަދަދު ނޫހުގެ މައްސަލަ ބަލަން ފުލުހުންނަށް އެންގީ ޕީޖީ: މުންދު
30 އެޕްރީލު 2026

ނޫސްވެރިންނަށް އަމާޒުކޮށް ޖިނާއީ ޤާނޫނު ބޭނުންކުރުން ވަގުތުން ހުއްޓާލުމަށް ޓްރާންސްޕޭރެންސީ އިން ގޮވާލައިފި

30 އެޕްރީލު 2026
ނޫސްވެރިންނަށް އަމާޒުކޮށް ޖިނާއީ ޤާނޫނު ބޭނުންކުރުން ވަގުތުން ހުއްޓާލުމަށް ޓްރާންސްޕޭރެންސީ އިން ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް