Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެސްޓީއޯ

ހަނޑޫ ހުސްވި ކަމަށް ބުނެ ރިޕޯޓް ކުރިކަމަށް ވިދާޅުވެ މިނިސްޓަރު ސައީދު ބޮޑު ދޮގެއް ހައްދަވައިފި

މާރުކޭޓުން ހަނޑޫ ހުސްވި ކަމަށް ބުނެ ރިޕޯޓުކުރި ކަމަށް ވިދާޅުވެ، އިކޮނޮމިކް މިނިސްޓަރު ސައީދު ނޫސްވެރިއަކަށް ރައްދު ދެއްވުމުން އެކަމުގެ ހަގީގަތް ނޫސްވެރިޔާ ވަނީ ސާފުކޮށްދީފައި. ނޫސްވެރިޔާ ފާހަގަކުރި ގޮތުގައި ރިޕޯޓުކޮށްފައިވަނީ ހަނޑޫ ހުސްވި ވާހަކަ ނޫން ކަމަށާއި، އެސްޓީއޯ އިން ހަނޑޫ ވިއްކުން ލިމިޓްކޮށްފައިވާ ވާހަކަ ކަމަށް. ނަމަވެސް، ހަނޑޫ ވިއްކުން ލިމިޓްކުރިތޯ ނޫސްވެރިޔާ ތަކުރާރުކޮށް ސުވާލުކުރުމުން ވެސް މިނިސްޓަރު އެ ސުވާލަށް ސީދާ ޖަވާބެއް ދެއްވާފައެއް ނުވޭ.

އަމްނާ އިމާދު
އަމްނާ އިމާދު | 7 މެއި 2026 | ބުރާސްފަތި 08:48
ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި
މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު ވާހަކަ ދައްކަވަނީ.

ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

ހަނޑޫ ހުސްވި ކަމަށް ބުނެ ރިޕޯޓް ކުރިކަމަށް ވިދާޅުވެ ބޮޑު ދޮގެއް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު ހައްދަވައިފި އެވެ. 

ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެޓީވީގެ ނޫސްވެރިޔާ ކުރި ސުވާލަކާ ގުޅިގެން، އެ ސުވާލަށް ޖަވާބު ނުދެއްވައި، މިނިސްޓަރު ސައީދު ވަނީ ވަރަށް ބޮޑަށް ނުރުހުންވެ ވަޑައިގެން ހަނޑޫ  ހުސްވި ކަމަށް ބުނެ ރިޕޯޓު ކުރި ކަމަށް ވިދާޅުވެފަ އެވެ. 

އިއްޔެ އައި އެއް ވާހަކައަކީ މާރުކޭޓުން ހަނޑޫ ހުސްވެއްޖޭ އެނގޭތޯ. ހަނޑޫ ހުހެއް ނުވޭ. މާކެޓުގައި އެހާ ބޮޑު ޓެންޝަނެއް އުފައްދާކަށް ނުވާނެ ނޫންތޯ ދޮގު ޚަބަރެއް ފަތުރައިގެން. ކީއްކުރަންތޯ ހަނޑޫ ހުސް ނުވަނީސް ހަނޑޫ ހުސްވީ އޭ ބުނަންވީ
މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު

މިނިސްޓަރު ސައީދު މިމޭރުމުން ވާހަކަ ދެއްކެވުމުން ނޫސްވެރިޔާ ވަނީ އެ ރިޕޯޓުގެ މައުލޫމާތު ސާފުކޮށްދީފަ އެވެ. 

އެގޮތުން ވޭތުވެދިޔަ 2 ދުވަހު ހަނޑޫ ގަންނަން ދިޔަ ފަރާތްތަކަށް ހަނޑޫ ވިއްކާފައިވަނީ ލިމިޓް ކޮށްގެން ކަމަށް އެސްޓީއޯގެ ގަރާޖުގައި ތިބި މުވައްޒަފުން މައުލޫމާތު ދީފައިވާފައިވާތީ ހަނޑުލުގެ ސްޓޮކް ދަށްވެ އެސްޓީއޯ ކާޑު ގުދަނުން ލިމިޓްކޮށް ހަނޑޫ ވިއްކަމުންދާ ކަމަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. 

މީގެ އިތުރުން ހަނޑޫ ވިއްކަމުން ދަނީ ލިމިޓް ކޮށްގެންތޯ ނުވަތަ މިދޭތެރެއިން ލިމިޓް ކޮށްގެން ހަނޑޫ ވިއްކިތޯ ކުރި ސުވާލަށް މިނިސްޓަރު ސީދާ ޖަވާބެއް ނުދެއްވަ އެވެ. 

މިނިސްޓަރ މުޙައްމަދު ސަޢީދުރައީސުލްޖުމްހޫރިއްޔާގެ އޮފީސް އެސްޓީއޯ

އިތުރަށް ކިޔާލަން

06 މެއި 2026

އާރުޓީއައި ގާނޫނު ނަހަމަގޮތުގައި ބޭނުންކުރާކަމުގެ ހެއްކެއް ނެތް: އިންފޮމޭޝަން ކޮމިޝަނަރު

06 މެއި 2026
އާރުޓީއައި ގާނޫނު ނަހަމަގޮތުގައި ބޭނުންކުރާކަމުގެ ހެއްކެއް ނެތް: އިންފޮމޭޝަން ކޮމިޝަނަރު
06 މެއި 2026

ހަނޑުލުގެ ސްޓޮކް ދަށްވެ އެސްޓީއޯ ކާޑު ގުދަނުން ލިމިޓްކޮށް ހަނޑޫ ވިއްކަނީ!

06 މެއި 2026
ހަނޑުލުގެ ސްޓޮކް ދަށްވެ އެސްޓީއޯ ކާޑު ގުދަނުން ލިމިޓްކޮށް ހަނޑޫ ވިއްކަނީ!
03 މެއި 2026

އެސްޓީއޯގެ ހުސްވި އަހަރުގެ އާމްދަނީ ކުރީ އަހަރާ އަޅާބަލާއިރު ހީނަރުވެއްޖެ

03 މެއި 2026
އެސްޓީއޯގެ ހުސްވި އަހަރުގެ އާމްދަނީ ކުރީ އަހަރާ އަޅާބަލާއިރު ހީނަރުވެއްޖެ
30 އެޕްރީލު 2026

އިހުސާން އަށް އެމްޑީޕީގެ މެމްބަރުން ރުހުން ދިނުމުން ފާޑުކިޔުން ބޮޑުވެ ބައެއް މެމްބަރުން މަޢާފަށް އެދިއްޖެ

30 އެޕްރީލު 2026
އިހުސާން އަށް އެމްޑީޕީގެ މެމްބަރުން ރުހުން ދިނުމުން ފާޑުކިޔުން ބޮޑުވެ ބައެއް މެމްބަރުން މަޢާފަށް އެދިއްޖެ
29 އެޕްރީލު 2026

ތެޔޮ ރިޒާވް ގާއިމްކުރަން ނުފެށެނީސް ބޭރު ކުންފުނިތަކަށް ކުއްޔަށްދިނުމުގެ ވިސްނުން ހުރި ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެއްޖެ

29 އެޕްރީލު 2026
ތެޔޮ ރިޒާވް ގާއިމްކުރަން ނުފެށެނީސް ބޭރު ކުންފުނިތަކަށް ކުއްޔަށްދިނުމުގެ ވިސްނުން ހުރި ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު