Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އާރުޓީއައި ގާނޫނު

އާރުޓީއައި ގާނޫނު ނަހަމަގޮތުގައި ބޭނުންކުރާކަމުގެ ހެއްކެއް ނެތް: އިންފޮމޭޝަން ކޮމިޝަނަރު

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ބޭނުން ނަހަމަގޮތުގައި ހިފަމުންދާކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވުމާ ގުޅިގެން، އެފަދަ އެއްވެސް ހެއްކެއް ނެތްކަމަށް އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު ވަނީ ވިދާޅުވެފަ. އާހިދު ފާހަގަކުރެއްވި ގޮތުގައި، އާރުޓީއައިތަކަށް ދައުލަތުގެ އިދާރާތަކުން ޖަވާބު ނުދީ ހަނު ތިބުމާއި އިސްވެ މައުލޫމާތު ހާމަނުކުރުމަކީ މާ ބޮޑު މައްސަލައެއް. އެހެންކަމުން، މިކަމުގެ ހަގީގީ ހާލަތު ދެނެގަތުމަށްޓަކައި އައިކޮމްގެ މަސައްކަތްތަކާއި އެސެސްމަންޓްތައް ބައްލަވާލެއްވުމަށް ބަންޑާރަނައިބަށް މިހާރު ވަނީ ދައުވަތު އަރުވާފައި.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 6 މެއި 2026 | ބުދަ 17:35
އިންފޮމޭޝަން ކޮމިޝަނަރު އަޙްމަދު އާހިދު ރަޝީދު.

އިންފޮމޭޝަން ކޮމިޝަނަރު އަޙްމަދު އާހިދު ރަޝީދު. | ސަން އޮންލައިން

އާރުޓީއައި ގާނޫނު ނަހަމަގޮތުގައި ބޭނުންކުރާކަމަށް ދައުލަތުގެ ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވުމުން، އެ އޮފީހުގެ މަސައްކަތްތަކާއި މައުލޫމާތުތައް ބައްލަވާލެއްވުމަށް ވަޑައިގަތުމަށް އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު ވަނީ އޭޖީއަށް ދައުވަތު ދެއްވައިފި އެވެ.

އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ބޭނުން ނަހަމަ ގޮތުގައި ނިޒާމީ ސިފައެއްގައި ހިފަމުންދާކަމުގެ އެއްވެސް ހެއްކެއް އަދި ފެންނާކަށް ނެތެވެ. ވަކިވަކި ހާލަތްތަކުގައި އުނދަގޫވާ ފަދަ ސުވާލުތަކެއް ހުރެދާނެ ނަމަވެސް، އެއީ އާންމުކޮށް ހިނގާ ކަމެއް ނޫން ކަމަށް އާހިދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މައުލޫމާތު ހޯދުމަށް އެދި ހުށަހަޅާ ހުށަހެޅުންތަކަށް ދައުލަތުގެ އިދާރާތަކުން އެއްވެސް ޖަވާބެއް ނުދީ ހަނު ތިބޭ މައްސަލައަކީ، އުނދަގޫވާ ފަދަ ސުވާލުތައް ކުރާ މައްސަލައަށްވުރެ މާ ބޮޑަށްވެސް އާންމުވެފައިވާ މައްސަލައެކެވެ.

Advertisement - newsAdvertisement

މީގެ އިތުރުން، ގާނޫނުގެ ދަށުން އިސްވެ މައުލޫމާތު ހާމަކުރުމަށް ލާޒިމުކުރާ ކަންކަމަށް މިހާތަނަށް އެއްވެސް ވުޒާރާއަކުން ފުރިހަމައަށް އަމަލުކޮށްފައެއް ނުވާ ކަމަށް އާހިދު ވިދާޅުވި އެވެ. އެހެންކަމުން، އެ އޮފީހުން އެއްކޮށްފައިވާ މައުލޫމާތުތައް ބެއްލެވުމަށް ބަންޑާރަނައިބު އަހުމަދު އުޝާމަށް ދައުވަތު ވަނީ އަރުވާފަ އެވެ. އަދި އަހަރީ ރިޕޯޓުތަކާއި، ގާނޫނު ތަންފީޒުކުރާ މިންވަރު ދެނެގަތުމަށް ހަދާފައިވާ އެސެސްމަންޓްތައް ބެއްލެވުމަށްވެސް އެދޭ ކަމަށް ވިދާޅުވި އެވެ. 

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް އަމަލުކުރުން ހަރުދަނާކުރުމަކީ ދައުލަތުގެ އިދާރާތައް ހިމެނޭހެން ހުރިހާ ފަރާތްތަކަށްވެސް އޭގެ ފައިދާ ކުރާނެ ކަމެއް ކަމަށް އާހިދު ވިދާޅުވި އެވެ. 

ރައީސް އޮފީހުން ގާނޫނާ ޚިލާފުވެފައިވާކަމަށާއި، ފިޔަވަޅު އަޅާނެކަމަށް އައިކޮމްއިންވެސް ބުނެފައިވާއިރު، އާރުޓީއައި ހުށަހަޅާ ފަރާތްތައް ގޯސްކުރައްވައި ދައުލަތުގެ ބަންޑާރަނައިބު އަހުމަދު އުޝާމް ވަނީ ވާހަކަ ދައްކަވާފަ އެވެ.

ބުދަ ދުވަހު އޭޖީ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުޝާމް ވިދާޅުވީ، އާރުޓީއައި ގާނޫނަކީ ވަރަށް މުހިއްމު މަގްސަދެއްގައި އެކުލަވާލާފައިވާ ގާނޫނެއް ކަމަށާއި، ހެޔޮ ގޮތުގައި ބޭނުންކުރާ ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދިނުމަކީ ބޭނުންތެރި ކަމެއް ކަމަށެވެ.

އެހެން ނަމަވެސް، ގިނަފަހަރު ފެނިގެންދަނީ އާރުޓީއައި ގާނޫނުގެ ބޭނުން ނަހަމަ ގޮތުގައި ހިފާތަންކަމަށް އުޝާމް ވިދާޅުވިއެވެ. އަދި ބައެއް ފަރާތްތަކުން ހުށަހަޅާ އާރުޓީއައިތަކުގެ ސަބަބުން އިދާރާތަކުގެ ވަރަށް ގިނަ ވަގުތުތައް އެކަމަށް ހޭދަކުރަން ޖެހޭކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް އޮފީހުން އާރްޓީއައި ޤާނޫނާ ޚިލާފުވުމުން އޭޖީއަށް ގޯސްވީ އާރްޓީއައި ހުށަހަޅާ ފަރާތްތައް، ވިދާޅުވީ އިދާރާތަކުގެ ވަގުތު ބޭކާރުކުރާކަމަށް!
Raajje.mv

ރައީސް އޮފީހުން އާރްޓީއައި ޤާނޫނާ ޚިލާފުވުމުން އޭޖީއަށް ގޯސްވީ އާރްޓީއައި ހުށަހަޅާ ފަރާތްތައް، ވިދާޅުވީ އިދާރާތަކުގެ ވަގުތު ބޭކާރުކުރާކަމަށް!

އުޝާމް އިތުރަށް ވިދާޅުވީ، އާރުޓީއައިތަކަށް ޖަވާބު ދިނުމަކީ މުހިއްމު ކަމެއް ކަމަށާއި، ޖަވާބު ނުދިން ނަމަވެސް ފިޔަވަޅު އެޅުމަކީ އޭޖީ އޮފީހުގެ މެންޑޭޓުގައި ހިމެނޭ ކަމެއް ނޫންކަމަށެވެ. ނަމަވެސް، ދައުލަތުގެ އިދާރާތަކުން ކުރާ އެފަދަ ކަންކަމާ ގުޅިގެން އަންގަން ޖެހޭ އެންގުންތައް އެންގުމުގެ ބާރު ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނުން އެ އޮފީހަށް ލިބިފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް އޮފީހުން އާރުޓީއައިތަކަށް ޖަވާބު ނުދޭކަމުގެ ޝަކުވާ އެތައް ބަޔަކު ދަނީ ކުރަމުންނެވެ. ރާއްޖެޓީވީގެ ފަރާތުން އައިކޮމްއަށް ހުށަހަޅާފައިވާ މައްސަލައަށް އެކަނި ބަލާލި ނަމަވެސް، ރައީސް އޮފީހުން ގާނޫނުގައިވާ ގޮތަށް އަމަލުކޮށްފައިނުވާކަން ފެންނަން އެބައޮތްކަމަށް އައިކޮމްގެ ރައީސް ވެސް ވަނީ ވިދާޅުވެފަ އެވެ.

އަހްމަދު އުޝާމްއާހިދު ރަޝީދުއާރުޓީއައި ގާނޫނުރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ކޮމެންޓް

އިތުރަށް ކިޔާލަން

ޒާތީ މައުލޫމާތު ރައްކާތެރިކުރުމާ ގުޅޭ ޑޭޓާ ޕްރޮޓެކްޝަން ބިލެއް މަޖިލީހަށް ހުށަހަޅަނީ

ޒާތީ މައުލޫމާތު ރައްކާތެރިކުރުމާ ގުޅޭ ޑޭޓާ ޕްރޮޓެކްޝަން ބިލެއް މަޖިލީހަށް ހުށަހަޅަނީ

06 މެއި 2026
މަރުގެ ޙުކުމާ ގުޅޭ ޤާނޫނު ހެދުމަށް މަޖިލީހުގެ މި ދައުރުގައި ހުށަހަޅާނެކަމަށް ރައީސް ވިދާޅުވިނަމަވެސް އޭޖީ ވިދާޅުވީ މި ދައުރަށް ހުށަހެޅެން ނެތްކަމަށް!

މަރުގެ ޙުކުމާ ގުޅޭ ޤާނޫނު ހެދުމަށް މަޖިލީހުގެ މި ދައުރުގައި ހުށަހަޅާނެކަމަށް ރައީސް ވިދާޅުވިނަމަވެސް އޭޖީ ވިދާޅުވީ މި ދައުރަށް ހުށަހެޅެން ނެތްކަމަށް!

06 މެއި 2026
ރައީސް އޮފީހުން އާރްޓީއައި ޤާނޫނާ ޚިލާފުވުމުން އޭޖީއަށް ގޯސްވީ އާރްޓީއައި ހުށަހަޅާ ފަރާތްތައް، ވިދާޅުވީ އިދާރާތަކުގެ ވަގުތު ބޭކާރުކުރާކަމަށް!

ރައީސް އޮފީހުން އާރްޓީއައި ޤާނޫނާ ޚިލާފުވުމުން އޭޖީއަށް ގޯސްވީ އާރްޓީއައި ހުށަހަޅާ ފަރާތްތައް، ވިދާޅުވީ އިދާރާތަކުގެ ވަގުތު ބޭކާރުކުރާކަމަށް!

06 މެއި 2026
ރައްޔިތުންގެ މޫނު މަތީގައި ޖަހާލީ ހެޔޮވަރުގެ ތަފާއްޔެއް!

ރައްޔިތުންގެ މޫނު މަތީގައި ޖަހާލީ ހެޔޮވަރުގެ ތަފާއްޔެއް!

28 އެޕްރީލު 2026
"އައިޝާ" ޑޮކިއުމަންޓްރީ ފެތުރި ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ރައީސް މުއިއްޒު ކުރެއްވި އަމުރާއެކު، ފުލުހުން އަދަދު ނޫހުގެ އޮފީސް ބަލާފާސްކުރަން ފަށައިފި

"އައިޝާ" ޑޮކިއުމަންޓްރީ ފެތުރި ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ރައީސް މުއިއްޒު ކުރެއްވި އަމުރާއެކު، ފުލުހުން އަދަދު ނޫހުގެ އޮފީސް ބަލާފާސްކުރަން ފަށައިފި

27 އެޕްރީލު 2026

އަހަރުތަކުން މިއަދު

6 މެއި
"ޕްރިންސް އޮފް މަޑަގަސްކަރަ"!
20251 އަހަރު ކުރިން
ރިޕޯޓު

"ޕްރިންސް އޮފް މަޑަގަސްކަރަ"!

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!
20242 އަހަރު ކުރިން
ރިޕޯޓު

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް
20233 އަހަރު ކުރިން
މީހުން

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"
20224 އަހަރު ކުރިން
ރާއްޖެ

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް

ބިލެތުގެ ސިއްހީ ބައެއް ފައިދާ!
20197 އަހަރު ކުރިން
ސިއްހަތު

ބިލެތުގެ ސިއްހީ ބައެއް ފައިދާ!

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު