Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

އައިޝާ ޑޮކިއުންމެންޓަރީ އަކީ ދޮގެއް، އެ ވާހަކަތައް ދެއްކި ހުރިހާ ފަރާތްތަކާ ދެކޮޅަށް ދައުވާ ކޮށްދިނުމަށް އެދެން: ރައީސް މުއިއްޒު

'އަދަދު' ނޫހުން އާންމުކުރި 'އައިޝާ' ޑޮކިއުމެންޓްރީގައި ހިމެނޭ ތުހުމަތުތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ. ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމަނިކުފާނު ވަނީ އެ ވީޑިއޯގައި ހިމެނޭ ދޮގު މައުލޫމާތުތަކާ ގުޅިގެން، އެކަމުގައި ބައިވެރިވި ހުރިހާ ފަރާތްތަކާ ދެކޮޅަށް ދައުވާކޮށްދިނުމަށް ކަމާބެހޭ އިދާރާތަކުގައި އެދިވަޑައިގެންފައި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 27 އެޕްރީލު 2026 | ހޯމަ 07:20
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ. | ރައީސް އޮފީސް

އަދަދު ނޫހުން ގެނެސްދިން އައިޝާ ޑޮކިއުންމެންޓަރީ އަކީ ކަނޑައެޅިގެން ދޮގެއް ކަމަށާއި، އެ ވާހަކަތައް ދެއްކި ހުރިހާ ފަރާތްތަކާ ދެކޮޅަށް ދައުވާ ކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދަދު ނޫހުގެ ނޫސްވެރިޔާ ވަނީ އައިޝާ ޑޮކިއުންމެންޓަރީއާ ގުޅޭގޮތުން ސުވާލު ކޮށްފަ އެވެ.

Advertisement - newsAdvertisement

އެގޮތުން އެއޮފީހުގައި މިދިޔަ އަހަރު  ކުރީ ކޮޅު މަސައްކަތް ކުރި އަންހެން މުވައްޒަފަކު މަނިކުފާނަށް ވަރަށް ސީރިއަސް ތުހުމަތުތަކެއް ކޮށްފައިވާ ކަމާއި، ބައެއް ހެކި ތަކާއެކު ޑޮކިއުޕްމަންޓްރީއެއްގެ ސިފައިގައި ގެނެސްވެސް ދީފައިވާކަން ނޫސްވެރިޔާ ފާހަގަކުރި އެވެ. އެ ތުހުމަތުތަކުގެ ތެރޭގައި ހިމެނޭ މަނިކުފާނު ކައިވެނިން ބޭރުން އެ އަންހެން މީހާއާއެކު ގުޅުމެއް ބޭއްވި ކަމާއި، މަނިކުފާނަށް ޚާއްސަ އޮފީހުގައި ހުންނަ ކެބިންގައި އެކަހެރިކޮށް އެތައް ފަހަރެއްގެ މަތީން ބައްދަލުކުރި ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އޭގެ އިތުރުން މަނިކުފާނުގެ ޕީއޭ ހައްސާން މެދުވެރިކޮށް ތަފާތު އެކި މެސެޖްތައް އަންހެން މީހާއަށް ފޯރުކުރި ކަމަށާއި، ފައިސާ ދިން ކަމަށް އަންހެން މީހާ ތުހުމަތުކޮށްފައިވާކަން ފާހަގަކުރި އެވެ.  މިތުހުމަތުތަކުގެ ތެރޭގައި އޭނާ އިއުތިރާފެއް ވެސް ހިމެނޭ ކަމާއި، މަނިކުފާނުގެ ރަސްމީ ހައިސިއްޔުތުން އަދި އަމިއްލަ ހައިސިއްޔަތުން ބޭރުން އެ އަންހެން މީހާ ތުހުމަތު ކުރާ އެއްވެސް ކަމެއް ނުހިނގާ ކަމުގެ ޔަގީންކަން މިވަގުތު ދެވިދާނެތޯ ސުވާލު ކުރި އެވެ. 

މި ސުވާލަށް ރައީސް މުއިއްޒު ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އަދި ދޮގު ވާހަކަތައް ފެތުރި އެންމެނާ ދެކޮޅަށް ދައުވާ ކޮށްދިނުމަށް ކަމާބެހޭ ހުރިހާ އިދާރާތަކުގެ ކިބައިން އެދޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.


އަދަދު ނޫހުން ތިވިދާޅުވީ ތިބޭފުޅުން ހެއްދެވި ވީޑިއޯއެއްގެ ވާހަކަ. ކަނޑައެޅިގެން ދޮގު ވާހަކަ ހިމެނޭ ގޮތަށް ތިބޭފުޅުން ވީޑިއޯ އެއް ހެއްދެވި ކަމަށް ތި އިއުތިރާފްވެވަޑައިގެންނެވީ. މިފަދަ ދޮގު ވާހަކަ ދެއްކި ހުރިހާ ފަރާތްތަކާ ދެކޮޅަށް އަޅުގަނޑު ދައުވާ ކުރުން އެދެން ކަމާބެހޭ ހުރިހާ ފަރާތްތަކުގެ ކިބައިން. ދެން ތިބޭ ފުޅުންނަކީ ދޮން އަމާގެ ވީޑީއޯ ވެސް ހެއްދެވި ބޭފުޅުން ތެދެއްތޯ. އެކަހަލަ ވީޑިއޯ އެއް ހެއްދެވި ދާނެ އަނެއްކާ ވެސް ތިބޭފުޅުންނަށް. އެހެންވީމަ އަޅުގަނޑު ހައިރާނެއް ނުވޭ ތިހެން ވިދާޅުވީމަކާއެއް.
 ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

ރައީސް އޮފީހުގެ ތެރޭގައި ހިނގި ކަމަށް ބުނާ މިހާދިސާގެ މައްޗަށް އަދަދު ނޫހުން ވަނީ  އައިޝާ ނަމުގައި ޑޮކިއުމެންޓްރީއެއް 28 މާޗް 2026 ގައި އާއްމު ކޮށްފަ އެވެ. އެއާއެކު ވަރަށް ބޮޑަށް ޑޮކިއުމެންޓްރީ އާއްމުވެގެން ދިޔަ އެވެ. އަދި މިހާރު ޑޮކިއުމެންޓްރީގެ މައްސަލަ ކޮންޓްރޯލް ކޮމިޝަނުން ވެސް ދަނީ ބަލަމުންނެވެ.

އައިޝާ ޑޮކިއުމެންޓްރީރައީސުލްޖުމްހޫރިއްޔާގެ އޮފީސް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

އަހަރުގެ މިހާތަނަށް ސަބްސިޑީގެ ބަޖެޓުން ގާތްގަނޑަކަށް 50 ޕަސެންޓް ޚަރަދުކޮށްފި

އަހަރުގެ މިހާތަނަށް ސަބްސިޑީގެ ބަޖެޓުން ގާތްގަނޑަކަށް 50 ޕަސެންޓް ޚަރަދުކޮށްފި

25 އެޕްރީލު 2026
ރައީސް މުއިއްޒު 2024 ވަނަ އަހަރު ނިންމާނެ ކަމަށް ވައުދުވި، ހއ. ހޯރަފުށީ ހޮސްޕިޓަލުގެ މަސައްކަތް ނިމުމުގެ ކޮޅުމަތި އަދިވެސް ނުފެނޭ

ރައީސް މުއިއްޒު 2024 ވަނަ އަހަރު ނިންމާނެ ކަމަށް ވައުދުވި، ހއ. ހޯރަފުށީ ހޮސްޕިޓަލުގެ މަސައްކަތް ނިމުމުގެ ކޮޅުމަތި އަދިވެސް ނުފެނޭ

25 އެޕްރީލު 2026
އެޑިއުކޭޝަން މިނިސްޓްރީގެ އިހުމާލުން 100 އަށްވުރެ ގިނަ ޕްރިންސިޕަލުންގެ ކުރިއެރުން ހުއްޓިފައި

އެޑިއުކޭޝަން މިނިސްޓްރީގެ އިހުމާލުން 100 އަށްވުރެ ގިނަ ޕްރިންސިޕަލުންގެ ކުރިއެރުން ހުއްޓިފައި

25 އެޕްރީލު 2026
ރޯދަމަހަށް ފަހު، ކަރަންޓު ބިލުތަށް އެތަށް ގުނައެއް ބޮޑުވެފައިވާތީ އެމްޑީޕީ އިން ސްޓެލްކޯ ކުރިމަތީ އިހުތިޖާޖު ކޮށްފި

ރޯދަމަހަށް ފަހު، ކަރަންޓު ބިލުތަށް އެތަށް ގުނައެއް ބޮޑުވެފައިވާތީ އެމްޑީޕީ އިން ސްޓެލްކޯ ކުރިމަތީ އިހުތިޖާޖު ކޮށްފި

25 އެޕްރީލު 2026
ސިއްހީ ނިޒާމު ފެއިލް ކޮށްލާ، ދިވެހިރައްޔިތުންގެ ފުރާނަ އަކީ ސަރުކާރުގެ ކުރިމަތީ ގައި އަގެއް ނެތް އެއްޗަކަށް ވެއްޖެ.

ސިއްހީ ނިޒާމު ފެއިލް ކޮށްލާ، ދިވެހިރައްޔިތުންގެ ފުރާނަ އަކީ ސަރުކާރުގެ ކުރިމަތީ ގައި އަގެއް ނެތް އެއްޗަކަށް ވެއްޖެ.

24 އެޕްރީލު 2026

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު