Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ"އައިޝާ" ޑޮކިއުމަންޓްރީ

"އައިޝާ" ޑޮކިއުމަންޓްރީ ފެތުރި ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ރައީސް މުއިއްޒު ކުރެއްވި އަމުރާއެކު، ފުލުހުން އަދަދު ނޫހުގެ އޮފީސް ބަލާފާސްކުރަން ފަށައިފި

މިދިޔަ މަހުގެ 28 ވަނަ ދުވަހު އަދަދު ނޫހުން އާންމުކުރި މި ޑޮކިއުމަންޓްރީ ބިނާކޮށްފައިވަނީ ނަން ހާމަނުކުރާ މީހަކު ދީފައިވާ އިންޓަވިއުއެއްގެ މައްޗަށެވެ. މި ވީޑިއޯގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރީގެ މުވައްޒަފަކު ވަނީ ރައީސް މުއިއްޒާ އެކު ޒާތީ ގުޅުމެއް އޮތް ކަމަށް ބުނެ، އެމަނިކުފާނަށް ބޮޑެތި ތުހުމަތުތަކެއް އަމާޒުކޮށްފަ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 27 އެޕްރީލު 2026 | ހޯމަ 17:11
ފުލުހުން އަދަދު ނޫހުގެ އޮފީހުގައި ހަރަކާތްތެރި ވަނީ

ފުލުހުން އަދަދު ނޫހުގެ އޮފީހުގައި ހަރަކާތްތެރި ވަނީ | ރާއްޖެ އެމްވީ

އޮންލައިން ނޫސް "އަދަދު" ގެ ސޯޝަލް މީޑިއާ މަންސަތަކުގައި އާންމުކުރި "އައިޝާ" ޑޮކިއުމަންޓްރީއާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެ ނޫހުގެ އޮފީސް ބަލާފާސްކުރަން ފަށައިފި އެވެ.

ފުލުހުން އެ ނޫހުގެ އޮފީހަށް ވަދެފައިވަނީ، އެ ޑޮކިއުމަންޓްރީގައި ހިމެނޭ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެ، އެކަމުގައި ޝާމިލުވާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަމާބެހޭ އިދާރާތަކުގައި އެދިވަޑައިގެންފައި ވަނިކޮށެވެ.

Advertisement - newsAdvertisement

މިދިޔަ މަހުގެ 28 ވަނަ ދުވަހު އަދަދު ނޫހުން އާންމުކުރި މި ޑޮކިއުމަންޓްރީ ބިނާކޮށްފައިވަނީ ނަން ހާމަނުކުރާ މީހަކު ދީފައިވާ އިންޓަވިއުއެއްގެ މައްޗަށެވެ. މި ވީޑިއޯގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރީގެ މުވައްޒަފަކު ވަނީ ރައީސް މުއިއްޒާ އެކު ޒާތީ ގުޅުމެއް އޮތް ކަމަށް ބުނެ، އެމަނިކުފާނަށް ބޮޑެތި ތުހުމަތުތަކެއް އަމާޒުކޮށްފަ އެވެ.

މި މައްސަލައާ ގުޅިގެން ހޯމަ ދުވަހުގެ ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު ވަނީ އެ ޑޮކިއުމަންޓްރީގައި ހިމެނޭ ހުރިހާ ވާހަކަތަކެއް  ދޮގުކުރައްވާފަ އެވެ. އަދި މި މަސައްކަތުގައި ބައިވެރިވި އެންމެހައި ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް އެދިވަޑައިގަންނަވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

އަދަދު ނޫހުގެ އޮފީސް ބަލާފާސްކުރުމަށް ފުލުހުން ހޯދާފައިވާ ކޯޓު އަމުރުގައި، އެ އޮފީހުން ސީދާ ހޯދަން ބޭނުންވަނީ ކޮން އެއްޗެއްކަން ސާފުކޮށް ބަޔާންކޮށްފައި ނުވާ ކަމަށް އެ ނޫހުގެ ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ. ނަމަވެސް، ފުލުހުން އެ ތަނުގައި ހަރަކާތްތެރިވަމުންދަނީ އެ ޑޮކިއުމަންޓްރީއާ ގުޅުންހުރި ހެކިތަކެއް ހޯދުމަށް ކަމަށް ބެލެވެ އެވެ. އަދަދު ނޫހުން އާންމުކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ފުލުހުން ދަނީ އެ އޮފީހުގެ ފޮޓޯ ނަގައި، ސިސްޓަމްތައް ބަލައި ފާސްކުރަމުންނެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އަދަދު ނޫހުގެ އޮފީސް ބަލައި ފާސް ކުރަމުންދާ ކަމަށެވެ. ނަމަވެސް،  މައްސަލައިގެ އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އަދަދުއައިޝާ ޑޮކިއުމެންޓްރީރައީސުލްޖުމްހޫރިއްޔާގެ އޮފީސް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

އިތުރަށް ކިޔާލަން

27 އެޕްރީލު 2026

މި ސަރުކާރުން ވަނީ ހޯރަފުށީ ފެނަކަ އޮފީހުގެ އާ އިމާރާތުގެ މަސައްކަތް ހުއްޓާލާ، ވީރާނާ ވާން ދޫކޮށްލާފަ: ހޯރަފުށި ކައުންސިލް ރައީސް

27 އެޕްރީލު 2026
މި ސަރުކާރުން ވަނީ ހޯރަފުށީ ފެނަކަ އޮފީހުގެ އާ އިމާރާތުގެ މަސައްކަތް ހުއްޓާލާ، ވީރާނާ ވާން ދޫކޮށްލާފަ: ހޯރަފުށި ކައުންސިލް ރައީސް
27 އެޕްރީލު 2026

ބުލީކުރުން ކުށަކަށް ހަދައި އެކަން ހުއްޓުވުމަށް، އެންޓި-ބުލީ ގާނޫނެއް ހަދަނީ

27 އެޕްރީލު 2026
ބުލީކުރުން ކުށަކަށް ހަދައި އެކަން ހުއްޓުވުމަށް، އެންޓި-ބުލީ ގާނޫނެއް ހަދަނީ
27 އެޕްރީލު 2026

ގަމުގައި އަޅަން ނިންމި މެންޓަލް ހޮސްޕިޓަލް ގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންގޮސް، މާލޭގައި މެންޓަލް ހޮސްޕިޓަލެއް އަޅަން ނިންމާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

27 އެޕްރީލު 2026
ގަމުގައި އަޅަން ނިންމި މެންޓަލް ހޮސްޕިޓަލް ގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންގޮސް، މާލޭގައި މެންޓަލް ހޮސްޕިޓަލެއް އަޅަން ނިންމާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
27 އެޕްރީލު 2026

އައިޝާ ޑޮކިއުންމެންޓަރީ އަކީ ދޮގެއް، އެ ވާހަކަތައް ދެއްކި ހުރިހާ ފަރާތްތަކާ ދެކޮޅަށް ދައުވާ ކޮށްދިނުމަށް އެދެން: ރައީސް މުއިއްޒު

27 އެޕްރީލު 2026
އައިޝާ ޑޮކިއުންމެންޓަރީ އަކީ ދޮގެއް، އެ ވާހަކަތައް ދެއްކި ހުރިހާ ފަރާތްތަކާ ދެކޮޅަށް ދައުވާ ކޮށްދިނުމަށް އެދެން: ރައީސް މުއިއްޒު
25 އެޕްރީލު 2026

އަހަރުގެ މިހާތަނަށް ސަބްސިޑީގެ ބަޖެޓުން ގާތްގަނޑަކަށް 50 ޕަސެންޓް ޚަރަދުކޮށްފި

25 އެޕްރީލު 2026
އަހަރުގެ މިހާތަނަށް ސަބްސިޑީގެ ބަޖެޓުން ގާތްގަނޑަކަށް 50 ޕަސެންޓް ޚަރަދުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު